އެކްސީޑުން މާލޭގައި ހުޅުވި ޑެލްޓާގެ ޝޯރޫމް-- ފޮޓޯ: އެކްސީޑް
07 ފެބުރުއަރީ 2021 - 09:30
އެކްސީޑުން ޕޯޗުގަލްގެ އެންމެ މޮޅު ކޮފީ ބްރޭންޑް، ޑެލްޓާ ކޮފީ ރާއްޖެ އަށް ތައާރަފުކޮށްފި އެވެ.
އެކްސީޑުން މިހާރު ވަނީ އެ ކޮފީ އަށް ހާއްސަކޮށްގެން ޝޯރޫމެއް ވެސް މާލޭގައި ހުޅުވައިފަ އެވެ. މި ޝޯރޫމް ހުންނާނީ ބޮޑު ރަސްގެފާނު މަގުގަ އެވެ.
ޑެލްޓާ ކޮފީ ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ބޭނުންވާ ކަސްޓަމަރުންނަށް ވެސް މި ޝޯރޫމުން ހިދުމަތް ލިބޭނެ އެވެ. އަދި ޝޯރޫމަށް އަންނަ ކޮންމެ ކަސްޓަމަރަކަށް ކޮފީގެ ރަހަ ބަލަައިލުމުގެ ފުރުސަތު އެބަ އޮތެވެ.
މީގެ އިތުރުން އޮންލައިންކޮށް ވިޔަފާރި ކުރަން ބޭނުންވާ މީހުންނަށް އެކްސީޑުން ވަނީ އެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ. އެގޮތުން އެ ކުންފުނީގެ ވެބްސައިޓު exceedshops.com އިން ޑެލްޓާ ކޮފީއަށް އޯޑަރު ކުރެވޭނެ އެވެ.
ޑެލްޓާ ކޮފީ
އެކްސީޑުން ޑެލްޓާ ބްރޭންޑުގެ ކޮފީގެ އިތުރުން ކޮފީ ތައްޔާރުކުރާ މެޝިނާއި ކެޕްސޫލް އާއި ކޮފީ ތައްޔާރުކުރަން ބޭނުންވާ ތަފާތު އުފެއްދުންތައް ވެސް ލިބެން އެބަ ހުއްޓެވެ.
- ޑެލްޓާ ޑްރިޕް ކޮފީ
- ޑެލްޓާ ކަޕަޗީނޯ
- ޑެލްޓާ ގްރައުންޑް ކޮފީ
- ޑެލްޓާ ކޮފީ ބީންސް
- ޑެލްޓާ ކިޔު ކޮފީ މެޝިން
- ޑެލްޓާ ކިޔު ކެޕްސޫލްސް އަދި އެކްސަސަރީޒް
އެކްސީޑުން ހުޅުވި ޑެލްޓާގެ ކޮފީއަށް ހާއްސަ ޝޯ ރޫމް -- ފޮޓޯ: އެކްސީޑް
މިއީ މިހާރު ވެސް ގިނަ އަދަދެއްގެ ދިވެހިންގެ މެދުގައި މަގުބޫލު ކޮފީއެކެވެ. މި ކޮފީގެ ބާވަތްތައް މާލޭގެ ބައެއް ސުޕަމާޓުތަކުން ވެސް ލިބެން ހުރެ އެވެ. އޭގެ ތެރޭގައި އޮރެންޖު މާޓާއި އިހުސާން ފިހާރަ 1 އަދި 3 އާއި ޝޮޕް އެން ސޭވް އާއި ވޯލްސްޓްރީޓާއި ހޯމް ޒޯން 2 އަދި އެގްޒޯޓީކް އީޓްސް ހިމެނެ އެވެ.
ޑެލްޓާ ކޮފީ އެންމެ ފުރަތަމަ އުފައްދަން ފެށީ 1961 ވަނަ އަހަރު އެވެ. އެ ދުވަހުން ފެށިގެން މިހާތަނަށް އެ އެ ކޮފީއަށް ވަނީ ގިނަ ބައެއްގެ ލޯބި ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy