ބީއެމްއެލް ކާޑު ބޭނުން ކޮށްގެން ވިޔަފާރިއެއް ކުރަނީ
07 ފެބުރުއަރީ 2021 - 15:09
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޭޝް ކާޑުތަކުން ވިޔަފާރި ކޮށްގެން ޑިސްކައުންޓު ހޯދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެ ބޭންކުން ބުނީ، މާޗެންޓުންނާ ގުޅިގެން ބީއެމްއެލް ކާޑުތައް ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކަށް 25 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.
ޑިސްކައުންޓު ލިބޭނީ ބީއެމްއެލްގެ "އޮފާސް" ޕޯޓަލްގައި ލިސްޓު ކޮށްފައިވާ ފިހާރަތަކުން ވިޔަފާރި ކުރުމުން ކަމަށް އެ ބޭންކުން ބުނެ އެވެ. ލިސްޓު ކޮށްފައިވާ ވިޔަފާރިތަކުގެ ތެރޭގައި ރީޓެއިލް ފިހާރަތަކާއި ރެސްޓޯރަންޓު، ފަރުނީޗަރު އަދި ހެދުން ވިއްކާ ފިހާރަތަކާއި ކޮސްމެޓިކްސް ފިހާރަތަކުގެ އިތުރުން އެހެން ގިނަ ފިހާރަތަކެއް ހިމެނެ އެވެ.
Discover discounts to enjoy when you pay with BML cards at selected outlets! Visit our offers page to view more details about your favourite shops and restaurants. ☕️ 🍕 🌮https://t.co/KB9vnhWDRz pic.twitter.com/sS4ACnE1d0
— Bank of Maldives (@bankofmaldives) February 7, 2021
ބީއެމްއެލް ޓްވީޓް
ބީއެމްއެލްގެ ކާޑުތައް ބޭނުން ކޮށްގެން ޑިސްކައުންޓު ލިބޭ ބައެއް ވިޔަފާރިތަކުގެ ތެރޭގައި ޗެޕްސް ރިޒާވާއި ގްލޯރިއާ ޖީންސާއި ޕިޓާ ޕޭން ރެސްޓޯރެންޓާއި ޕިއްޒާ ބޯނާ އާއި މެޑްމެކްސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހާނިމް
07 February 2021
ފިހާރައަކަށް ދާއިރު ޗެނަލް ބިޒީކަމުން ނުކެނޑޭ. ކިހިނެތް ވިޔަފާރި ކުރާނީ