ޚަބަރު / ހުސްނުއް ސުއޫދު (ސުޕްރީމް ކޯޓުގެ ފަނޑިޔާރު)

ވަކާލާތު ނުކުރެވޭ ގޮތަށް ސުއޫދަށް އައި ސަސްޕެންޝަން އުވާލައިފި

ސުއޫދު: އޭނާ ސަސްޕެންޑްކުރީ ޓްވީޓްތަކަކާ ގުޅިގެން -ފޮޓޯ/މުހައްމަދު ޝަރުހާން

ގާނޫނީ ވަކީލް ހުސްނުއް ސުއޫދަށް އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭ ގޮތަށް އޭނާގެ މައްޗަށް އައިސްފައިވާ ސަސްޕެންޝަން މިރޭ އުވާލައިފި އެވެ.

މިދިޔަ ހަފުތާއިން ފެށިގެން މުއްދަތެއް ނެތް ގޮތަށް ސުއޫދު ސަސްޕެންޑްކުރީ ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ޓްވީޓްތަކެއް ކުރި ކަމަށް ބުނެއެވެ.

ސުއޫދުގެ ސަސްޕެންޝަން އުވާލިކަން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން މިރޭ އިއުލާން ކުރިއިރު މިދިޔަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓަށް ސުއޫދު ހާޒިރުކޮށް، އޭނާގެ ބަޔާނެއް ނަގައި އިންޒާރާއި ނަސޭހަތް ވަނީ ދީފަ އެވެ.

ސުއޫދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވެސް އެއްވެސް ކޯޓެއްގައި ވަކާލާތު ކުރުން ވަނީ ވަގުތީ ގޮތުން މަނާކޮށްފަ އެވެ. އެކަމަކު އޭނާގެ ސަސްޕެންޝަން އަދި މިހާތަނަކަށް އުވައެއް ނުލަ އެވެ.

6 ކޮމެންޓް, 44 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 2%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޅަޅަޅާ

08 November 2016

ސުޢޫދުއައް ދެންކޯޓްތަކުގަ ވަކާލާތުކުރެވޭނީ ޢަރަބިބަހުން

The name is already taken The name is available. Register?

وِلِ احمد

08 November 2016

ދިވެހިންނައް ކޮންގޮތެއްތޯ ރަނގަޅީ!؟؟؟މީހެއްގެފަރާތުން ފެށިގެންއަނަ މައްސަލައެއް ގޯސް ކަމުގައި ކޯޓުތަކަައް ނުވަތަ އެނޫން ވެސް މުުއައްސަސާއަކައް ފެނިއްޖެ ހިނދު ނުތަ ފާގަކުރެވިއްޖެ ހިނދު އެ މައްސަލައެއްބަލާ ފިޔަވަޅު އެޅުމަކީ ޤާނޫނައި ޤަވާއިދާ ޙިލާފުވެ ސަރުކާރުން އަނިޔާވެރި ވުމެއްނޫނެވެ.ސަރުކާރު ހަމައިންނެއްޓިގެން ދިއުމެއްވެސް ނޫނެވެ. ތުހުމަތު ކުރެވުނު މީހާގެ އެ ތުހުމަތުން އޭނަ ބަރީއަވީ ނުވަތަ އޭނާޔައް ނަސޭހަތްތެރިވެ އެމީހަކައް އިހްސާންތެރިވެ އެމީހަކައް މަޢާފުލިބި ދެވަނަ ފުރުސަތެއް އެފަދަމީހަކައް ލިބިގެން ދިއުމަކީ އެއީ އެފަދަމީހާގެ ހުރިކުޅަދާނަކަމާއި ސްމާޓު ކަމަކުން ވީކަމެއްވެސް ނޫނެވެ. އަދި ކިއެއްތޯ އެއީ އެފަދަމީހާދެކެ ސަރުކާރު ބިރުގަތުމެއްވެސްނޫނެވެ. އަދި އެއީ އެފަދަ މީހާކުރިމަތީގައި ސަރުކާރު ގޮތްހުސްވުމެއްވެސް ނޫނެވެ. އަދި ކިޔެއްތޯ ސަރުކާރު ވެއްޓެން އުޅޭ ކަމުގެ އަލާމާތެއްވެސް ނުމެ ނޫންމެއެވެ. ދެންފަހެ އަދުލުވެރި ކަމުގެ ތެރެއިން އެކަމަށް ނުވަތަ އެފަދަމީހާޔައް އިންސާފުލިބުމުންވެސް ދިވެހިންނައްރަނގަޅީ ދެން ކޮން ގޮތެއްތޯ؟؟؟

The name is already taken The name is available. Register?

GAN Island

08 November 2016

އައްޑޫ މީދޫ ހަސަން ކާރިގޭގެ ކުދިންގެ ތެރެއިން ހުސްނު އަލް ސުއޫދަކީ ތަފާތު ބޭފުޅެއް ކަމުގައި ބެލެވިދާނެ. . . ކިޔަވާ ވިދާޅުވެ ހުންނެވި ދާއިރާ އާއި ޕްރޮފެޝަން އަށް އަދި ރައްޔިތުންނަށާއި އިންސާފުގެ މަގަށް އަޅާން ޖެހުނު ކޮންމެ ފިޔަވަޅެއް އެޅުމުގައި ''ގޮތް ދޫނުކުރައްވާ ބޭފުޅެއް'' ގެ ގޮތުގައި ސުއޫދު ވަނީ މަޝްހޫރު ވެފައި. . . ރާއްޖެ މިހާރު މިއޮތް ހާލަތަށް ބަލާފައި އަދި ޤައުމަށާއި ރައްޔިތުންނަށް މެދުވެރިވެދާނެ ނިކަމެތިކަމަކަށް ބަލާއިރު މިއީ ހުސްނު އަލް ސުއޫދު ފަދަ ''ހަރުދަނާ ދިވެއްސެއްގެ އެހީތެރިކަން ރައްޔިތުންނަށް ބޭނުންވާ ވަގުތެއް'' ކަން ޤަބޫލު ކޮށް އެކަމުގައި ރައްޔިތުންނަށް އެހީތެރިވެ ދެއްވުމަކީ އަހަރުމެންގެ އެދުމެއް. . . ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ކޮށްލުމަށާއި ވެރިކަމުގެ ފަރާތުން ރައްޔިތުންނަށް އަނިޔާ ކުރުން ހުއްޓުވުމަށާއި ޤައުމުގެ މުއްސަނދިކަން ހަމަހަމަ އުސޫލަކުން ރައްޔިތުންނަށް ހިއްސާ ކުރުމަށް ''ހަމަ އެކަނި ޤާނޫނީ ވަކީލު ކަން ކޮށްގެން'' ވާކަށް ނެތް. . . ބިރު ކަޑާލާފައި ޤާނޫނުގެ ދިގުއަތާއި އެކު ސިޔާސީ ދާއިރާ އަށް ނިކުންނަވާ. ސުއޫދު އަކީ ހިއްވަރާއި ފަންވަރު ހުރި ޤާބިލް ކުޅަދާނަ ހަރުދަނާ ބޭފުޅެއް.

The name is already taken The name is available. Register?

އަލިދީދީއައްޑޫސިޓީ

08 November 2016

ހުސްނު އަލް ސުއޫދު އަކީ، ދިވެހި ރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަން ކުރައްވަންވީ ބޭފުޅެއް. ރައްޔަތުންނަށް މިއަދު ބޭނުްޖެހިފައިވަނީ، އިޚްލާޞްތެރި ވަކިފަރާތަކަށް ނުޖެހި ޙުކުމް ކަނޑައަޅައިދޭނެ ފަނޑިޔާރުން.

The name is already taken The name is available. Register?

ޏ އައިކު

08 November 2016

ސަރުކާާރުގެ ނިމުން ގާތްވެ ގޮތް ހުސްވެފަ. އެެއްމެ 3000 މީހުން ކިރިޔާ ހަމަވި ޕާޓީއަކުން ގައުމު މިވަނީ ހައިޖެކް ކޮށްފަ. ހިންގާ ކޮންމެ މަޝްރޫއަކުން ފެނިގެންދަނީ ކޮރަޕްޝަން. ރައްޔިތުން ބަނޑަށް.

The name is already taken The name is available. Register?

އަލީ

08 November 2016

ހާދަ އަވަހަކަށް ބިރު ގަތީތަ. ތީގެ ސިއްރަކީ ކޮބާތަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454