ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ފުލުހުންގެ ބޯޑަށް އާއްމުންގެ ތެރެއިން ކުރިމަތިލާން މިއަދު ހުޅުވައިލެވޭތީ އެމަނިކުފާނު އުފާފާޅުކުރެއްވި.
08 ފެބުރުއަރީ 2021 - 12:39
މިދިޔަ އަހަރު ފާސްކޮށް އަަމަލުކުރަން ފަށާފައިވާ "ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު"ގައި ބުނާ ޕޮލިސް ބޯޑަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މެމްބަރުންގެ މަގާމަށް ކުރިމަތިލާން މިއަދު ހުޅުވާލުން، ފެބްރުއަރީ 8 އާ ދިމާވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފާފާޅުކުރައްވައިިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައި އެޖެންޑާގެ ތަފްސީލު ދެއްވަމުން ޕޮލިސް ބޯޑަށް މެމްބަރުން އައްޔަން ކުރުމުގެ މައްސަލައާ ހިސާބަށް ވަޑައިގެން، ނަޝީދު ފުރަތަމަ ވެސް ދެއްވީ ފެބްރުއަރީ އަށެއްގެ ތަފްސީލެވެ. އެމަނިކުފާނަށް މި ދުވަސް ހާއްސަ ވަނީ އެއީ 2012 ވަނަ އަހަރު އެމަނިކުފާނުގެ ވެރިކަން ބަދަލުވުމާ ގުޅިގެން، އެ ބަަދަލަކީ ބަޣާވާތެެއް ކަމަށް ސިފަކޮށް އެމްޑީޕީން މުޒާހަރާ އަށް ނުކުތް ދުވަސް ކަމަށް ވާތީ އެވެ. އެމަނިކުފާނު ވިދާޅުވީ ފުލުހުންގެ ގާނޫނަށް މަޖިލީހުން އިސްލާހު ގެނައީ ފެބްރުއަރީ 8، 2012 ގައި ފުލުހުންގެ ތެރެއިން ބަޔަކު އެގޮތަށް ކަންތައް ކޮށްފައި ވާތީ އެ ސަބަބަށްޓަކައި ކަމަށެވެ.
"މިއަދު އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް، ހިތްހަމަޖެހުމެއް މި މަސައްކަތުގެ އެންނެ ފަހު ތުންފަތުގައި ތިބުމުގެ ވަގުތަށް އަޅުގަނޑުމެން އައިސް ހުއްޓޭކަމީ،" އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ފުލުހުންގެ ބޯޑަށް އާއްމުންގެ ތެރެއިން މެމްބަރުން ހޮވުމުގެ މަސަައްކަތަށްް ކުރިމަތިލާނީ "ބަޣާވާތުގެ މަސައްކަަތްތައް" ކޮށްފައިވާ ފުލުހުންނަށް ފިޔަވަޅު އަޅާފައި ކަމަށެވެ. ފުލުހުންގެ ހިދުމަތަކީ ދިވެހިންގެ އިހުތިރާމާއި ލޯބި ލިބިގެންވާ ހިދުމަތަކަށް، މި ބަދަލާ އެކު ވެގެން ދިއުން އެދިވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ފެބްރުއަރީ 8 ގައި ކުރި މުޒާހަރާ ފުލުހުން ރޫޅާލިއިރު އެކަމުގެ ތެރޭގައި އަނިޔާ ލިބިވަޑައިގަތް ބޭފުޅުން މިހާރު ތިއްބެވީ މަތީ މަގާމުތަކުގައި ކަމަށް ވިދާޅުވެ، އެކަމާ ވެސް އެމަނިކުފާނު އުފާ ފާޅުކުރެއްވި އެވެ.
ނަޝީދު މިމޭރުމުން ވާހަކަފުޅު ދެއްކެވި އިރު އަލަށް އަމަލުކުރަން ފެށި ފުލުހުންގެ ހިދުމަތުގެ ގާނޫނުން އުފައްދާ ބޯޑަށް އެ ގާނޫނުގައި ދީފައިވާ ބާރުތަކުގެ ތެރޭގައި މިހާރު ތިބި ފުލުހުންގެ އޮފިސަރުން މަސައްކަތް ކޮށްފައިވާ ގޮތް ބަލައި، މަގާމުގައި ދަމަހައްޓަން ނުވަތަ ވަކިކުރުމުގެ ބާރު ހިމެނެ އެވެ. އެކަން ނިންމުމުގައި ބޯޑުން ބަލާނެ ކަންތައްތަަކުގެ ތެރޭގައި އެ ފުުލުހުންގެ ސުލޫކީ މައްސަލައެއް އޮތްކަން ނުވަތަ ނެތްކަން އަދި އެ އޮފިސަރުންގެ އަރަންޏާއި ދަރަނީގެ ކަންތައައް ވެސް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަަސްކުރާ
08 February 2021
ދިވެހިންގެ އިހްތިރާމާ ލޯބި.. އެއީ ކޮން އެއްޗެއްސެއްކަން އެނގޭ މީހަކުތަ އެއެއްޗެހީގެ ވާހަކަ އެ ދައްކަނީ؟
ކަހަބުގޮޑި
08 February 2021
އުފާފާޅުކޮށްކޮށް ހުރޭ ވެރިކަން ގެއްލުނީ ވެރިކަން ކުރާނެ ގާބިލުކަންނެތުމުން ތިގޮޑީގައި ތިއިދެވެނީވެސް ކޮންމެހެނެެއް މާގާބިލު މީހަކަށް ވީމަކާ ނޫން ކަހަބެއް ތިގޮޑީގައި ތިވަރުގެ ބޮޑު މެޖޯރިޓީއަކާއެކު ބައިދައިފިނަމަ އޭތިވެސްް މާއިންސާފުވެރިކޮށް ކަންކަން ކުރާނެ
އިންސާފް
08 February 2021
ތިކޮމިޓީއަށްލާންވާނީ ވަފާތެރިން..
ކްރޯޑް
08 February 2021
މުޒާހަރާއެއްނޫން އެދުވަހު ކުރީކީ ގައުމުގައި ހުޅުޖަހާ ގައުމު އިނދަޖައްސަލީ ، ސަރުކާރުގެ ޢިމާރާތްތަކާ ވެހިކަލްތައް އަންދާލީ ،ފަނާވެގެން ދިޔައީ ކިތައް މިލިއަންގެ މުދާކަން އެނގޭބާ ބުއްޅަބެޔަށް.އެކަމުގައި މީނާގެ މައްޗަށް ދައުވާ ކުރެވެންވާނެ ކަމަށް އަހުން ދެކެން،
ބަބުރަންޖީ ހާޖީ
08 February 2021
މިތަނަށް ނަޝީދުގެ ދެފައިނުކޮށްޕާލައިފިއްޔާ ރަނގަޅު.
ލޮލްލޮލްލޮލް
08 February 2021
ހުޅު ޖަހައި ރައްޔިތުންގެ މުދަލަށް ގެއްލުންދީ، ލިޔެ ކިޔުންތައް އަންދައި އެކަމަށް ހިތްވަރުދިން މީހުންނަށް ކިހިނެއްތޯވާނީ؟ ކޮންމެ މީހަކަށްވެސް މަޤާމެއް ލިބުނީމަ ހީވަނީ ލައްކައެކޭ. ދެން އެމަޤާމު ދިން މީހުންނަށްވެސް ބެލުމެއްނެތި، ވައްކަންކޮށް، ބަދަލު ހިފައި ދީނީ ވަޙްދަތާއި، ޤައުމިއްޔަތާއި އެއްބައިވަންތަކަން ނަގާލައި ޤައުމު ހަލާކު ކުރަނީ. އޮތީ ހަމައެކަނި އަމިއްލަ މަސްލަޙަތާއި މަޤާމު ދިފާޢު ކުރުން. ހެޔޮ ޤައުމު ވިއްކާފައިވިއަސް
ރޯބާއި
08 February 2021
ހުޅުޖެހީވެސް އެދުވަހު. އެމީހުންނަށް ފިޔަވަޅު އަޅާތަ. ނޫނީ މާފްތަ. އަންގާލީމަ އެނގޭނީ، ކައުންސިލާ ރިޔާސީ އިންތިހާބުގައި ގޮތެއް ނިންމަން.
2222
08 February 2021
ޤާނޫނަށް އަމަލުކުރާކަށް އަދި ނުފަށާ.