ޓޫރިސްޓުންތަކެއް އެއާޕޯޓުގައި: ދަބަހުން ވައްކަންކުރި ކަމުގެ ތުހުމަތުގައި ކްރޫއެއް ހައްޔަރުކޮށްފައިވޭ-- ފޮޓޯ: އަހުމަދު އަވްްޝަން/ މިހާރު
11 ފެބުރުއަރީ 2021 - 19:51
ރިސޯޓަކަށް ދިޔަ ޓޫރިސްޓެއްގެ ދަބަހުން ގެއްލުނު ގިނަ އަދަދެއްގެ ފައިސާތަކެއް، ފްލައިޓުގެ ކެބިންކްރޫއެއްގެ އަތުން ފެނުނު މައްސަލައިގައި އެ ކެބިންކްރޫ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ބ. އަތޮޅަށް ދިޔަ ޓޫރިސްޓެއްގެ ދަބަހުން ގެއްލުނު ފައިސާ، އެ ޓޫރިސްޓު ދަތުރުކުރި ސީޕްލޭންގެ ކެބިން ކްރޫއެއްގެ އަތުން ފެނުނު މައްސަލައެއް މިދިޔަ އަންގާރަ ދުވަހު ލިބިފައިވާ ކަމަށެވެ.
އެ ކަމުގައި ތުހުމަތުކުރެވޭ 21 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، ކޯޓަށް ހާޒިރުކުރުމުން ބަންދަށް ފަސް ދުވަސް ދީފައި ވެ އެވެ.
ރިސޯޓުތަކުގައި ޓޫރިސްޓުންގެ އެއްޗެހި ވަގަށް ނެގުން ފަދަ ކަންކަން ވަރަށް މަދުން ނަމަވެސް މީގެ ކުރިން ހިނގާފައި ވެ އެވެ.
މިކަމާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖުނައިދު
12 February 2021
އަދިވެސް ތުހުމަތު؟ކުރޫގެ ދަބަހުން ފެނުނީ..ޔަގީންވާނީ ކޮންއިރަކުންބާ؟
ޒިދުނާ
12 February 2021
ކޮބާ ތި ވަގުގެ ފޮޓޯ؟
މަންްޓާ އިންތި
12 February 2021
މީ ޓީއެމްއޭ ކްރޫންއިން ތެރޭ އާއްމުކަމެއް.
މަބޫލޮ
12 February 2021
ތިމީހާއަށް ލާހިކެއް ނޫން ބޭރަށް ފުރައިގެން ދާން. އަޑުބަރޭ ޖާމިނުވެސް ނުވާނެ
އަނަކަލް
11 February 2021
ކީވެތަ ޓީ.އެމް.އޭ ކުރޫ އެކޭ ބުނަން ނުކެރެނީ
ފާރަގެމަ
11 February 2021
ވައްކަންކުރުމަކީ މިގައުމުގަ ބޮޑު ކަމެއްނޫން .މަތިފަޑިން ފެށިގެން ކިޔަވާ ދަރިވަރުންނާ ހަމައަށް އޮތީ މިކަން ފެތުރިފަ. ފަހުޒަމާނުގަ މިހުރިހާ ކަމެއް ވެސް އާންމުވާނެކަމައް އޮތީ އަންގަވާފަ .
ޢެލެކުސްއަހުމަދު
11 February 2021
ޢެންމެ3000ޑޮލަރުނުށް މިލިޔަން ޑޮލަރުން ވައްކަންކުރިމީހުން މި ގައުމުގަ މިނިވަންކަންމަތީ އުޅޭ
އެހެންތާ
11 February 2021
ވަރަށް މަދުން ނަމަވެސް އޭ ؟