ޚަބަރު / ފުލުހުން

ފުވައްމުލަކުގައި ޓޫރިސްޓެއްގެ ދަބަހެއް ފޭރުނު މައްސަލައެއް ބަލަނީ

ޓޫރިސްޓް މީހާ އޭނާ އަތުން ފޭރުނު ގޮތް ކިޔައިދެނީ.

ފުވައްމުލަކުގައި ޓޫރިސްޓެއްގެ އަތުން ދަބަހެއް ފޭރުނު މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި އެކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ވެސް މިހާރު އައިޑެންޓިފައި ކޮށްފައިވާ ކަމަށެވެ.

ޓޫރިސްޓު މީހާގެ އަތުން ފޭރުނު ގޮތް އޭނާ ކިޔައިދޭ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެ މިހާ ބުނި ގޮތުގައި، އޭނާ ގޮނޑުދޮށުގައި ޑްރޯންއެއް އަރުވަން ހުއްޓާ ފުރާވަރުގެ ދެ ފިރިހެން ކުއްޖަކު އެ ތަނަށް ގޮސް އެ ޑްރޯންގެ އަގާ އެއްޗެހި އެހި އެވެ. ފެންނަ ފެނުމަށް އެއީ ވަރަށް ރަނގަޅު ކުދިންތަކެއް ކަމަށް އޭނާ އަށް ހީވި އެވެ.

އޭނާ ބުނީ އެ ކުދިންނާ ދެ ތިން މިނިޓެއްހާއިރު ވާހަކަ ދައްކަން ހުރުމަށް ފަހު، ޑްރޯން ތިރިކޮށްފައި އޭނާ މޫދަށް އެރުނީ ކަމަށެވެ. މޫދަށް އެރުނީ އޭނާގެ ޑްރޯން އާއި ދެ ދަބަސް އޭނާ ދުއްވަން ގެންގުޅުނު ސައިކަލުގެ ކައިރީގައި ބަހައްޓާފައި ކަމަށް ބުންޏެވެ.

"މޫދަށް އެރުނީ ސައިކަލު ހަމަ ފެންނަ ހިސާބަށް. އެ ގަޑީގައި އެކަކު ވެސް ނާދެ. ފަހަރެއްގައި އެ ކުދިން ތިބީ ވަލުތެރޭ ފިލާ. ދެން އިރުކޮޅަކުން ފެންނަނީ އެ ކުދިން މަޑުމަޑުން އަންނަ ތަން. އައިސްފައި ދަބަސް ނަގާ ތަން. އެކަމަކު ޑްރޯން އާއި އޭގެ ކޮންޓްރޯލް އޮންނަނީ އެތާ ކައިރީގައި އަހަރެންގެ ތުވާލި ތެރޭގައި ބާއްވައިފައި،" އޭނާ ބުންޏެވެ.

"އަހަރެންގެ ދެ ދަބަސް އޮންނާނެ. އެއް ދަބަސް އެއީ ޑްރޯން ލާން ގެންގުޅޭ ކަޅުކުލައިގެ ދަބަހެއް. އަނެއް ދަބަހަކީ އުނަގަނޑުގައި އަޅުވާ ދަބަހެއް. އޭގެ ތެރޭގައި އަހަރެންގެ ވޮލެޓް އޮންނާނީ."

އެ ކުދިން ފޭރުނީ އުނަގަނޑުގައި އަޅުވާ ދަބަހެވެ.

އެ ދަބަހުގެ ތެރޭގައި އޭނާ ވޮލެޓާއި ކްރެޑިޓް ކާޑުތަކާއި 200 ޑޮލަރާއި 1،500ރ. އާއި އެކި ލިޔެކިޔުންތަކާއި ފޯނާއި ސައިކަލުގެ ދަޅުގަނޑި ވެސް އޮންނާނެ ކަމަށް އޭނާ ބުންޏެވެ.

"އަހަރެންގެ ހުރިހާ އެއްޗެއް ގެއްލިއްޖެ،" އެ މީހާ ބުންޏެވެ.

23 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 81%
icon angry icon angry 8%
icon wow icon wow 4%
icon inlove icon inlove 4%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޯޕެކް

25 March 2024

އަހަރެންމީ ފަތުރުވެރިން ގޮވައިގެން ފުވަށްމުލަކަށް ދާމީހެއް،އަދި ޓްރެވެލް އެޖެންޓް އެއްވެސް ހިންގަން ވ ރަނގަޅަށް،އަހަރެން ގެންދާ ފަތުރު ވެރިން އަތުން ސަލާން ޖަހަން 10 ޑޮލަރު ކިޔަކިޔާ ޕާރޓޭން އުޅޭ،ދެ ދުވަހު ވައްކަން ކޮށްފި ކައިރީގަ ހުއްޓަ،ދެން އެކަމު ނުގެންދާނަން ފުވަށްމުލަކަށް އެއްވެސް ގެސްޓަކު،ވެގެން ވަންޏާ ބޮއިކޮޓްވެސް ކުރާނަން ފުވަށްމުލަށް،

The name is already taken The name is available. Register?

ޙަސަން އަޙްމަދު

25 March 2024

މިއީ ފުވައްމުލަކުގެ ނަމަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް. ތިހެން އަންނަ ޓުއަރިސްޓުން ގެ ފީޑްބެކް ބަލާނެ ދެން އަންނަ އެހެން މީހުން.

The name is already taken The name is available. Register?

އަހުމަދޭ

25 March 2024

ފުވައްމުލަކު މީހުންނަށް މީ ފަހުރެއް.

The name is already taken The name is available. Register?

އާދަނު33

25 March 2024

ދެން ޓައިގަރ ޝާކް ބަލަންވެސް ޓޫރިސްޓުން ފޯއްމުލަކަށް ދާނެކަމެއްނެތް.. ފޭރޭ މީހުންއުޅޭ ރަށެއް.

The name is already taken The name is available. Register?

އަންދާ ގާނޫނު

25 March 2024

ނަމަނަމަ ތިއިން މީހަކަށް ހައްޤު އަދަބު ނުދޭތި ޕްލީސް.

The name is already taken The name is available. Register?

ވަގުންގެ ހާލި

24 March 2024

މިގައުމުގަ ވައްކަމާ ފޭރުމާއި މާރާމާރީއާއި މަސްތުވާ ތަކެތީގެ އެއްވެސް ކަމެއް ހިނގާފަ ނޯންނާނެ ގދ،ގއ،ލ،ސ،ޏ ދެން ނ ވެލިދޫ ހިސާބު ބަޔަކު ނުހިމެނި އެއް،ރަނގަޅަށް ބަލާ ހަގީގަތް،މުޅި ގައުމުގެ ހަލާކު މިއަތޮޅު ތަށް،އިންޑިޔާ އަށް ވިއްކާލަން ފެނޭ،އޭރުން ދެން އެކަމާ ބޯގޮވާނީ މޯދީ އެއްނު،

The name is already taken The name is available. Register?

އައްޑޯ

24 March 2024

ފޯއްމުލަކަކީ ވަރަށް ނުރައްކާތެރިތަނެއް

The name is already taken The name is available. Register?

އަހުމަދޭ

25 March 2024

ހަމަ ސަދޫމް

The name is already taken The name is available. Register?

MySuperGreenDOTcom

24 March 2024

އަގުހުރި އެއްޗެހި މިހެން ހާމަޔަށްބެހެއްޓުމަކީ ބުއްދިހަމަޖެހޭކަމެއްނޫން، މުދަލާފައިސާ ރައްކާތެރިކުރަން ޓޫރިސްޓުމީހާވެސް ފަރުދީޒިންމާނަގަންޖެހޭ، ތަކެތި ސޭލްއަޅުވާފަ މޫދަށްއެރުނީމާ ކޮންމެގައުމެއްގައިވެސް ވާނީތިހެން، ޑުރޯން ފަދަތަކެތި ސައިކަލުކައިރީ، ބަހައްޓާފަ މީހުންމޫދަށްއެރޭތަ؟ ވައްކަންކުރުން ރަނގަޅެކޭނޫންމިކިޔަނީ، ރާއްޖެއައިސް ޓޫރިސްޓުން އަމިއްލައަމިއްލައަށް އުޅޭތީމިފަދަކަންކަން މިހިނގަނީ! ބަންގާޅިންހެން ޓޫރިސްޓުންވެސް ރާއްޖެއަށް މާފަރިތަވަނީ!

The name is already taken The name is available. Register?

MySuperGreenDOTcom

25 March 2024

އަޅުގަނޑުގެ ފުރަތަމަ ކޮމެންޓަށް ޑިސްލައިކުޖެހި ބޭފުޅުން ފޯނާ ގަޑިޔާ ޑުރޯނާ ވޮލެޓު ފަދަތަކެތި އަތިރިމަތީ ގައި ނުވަތަ ދުއްވާ ސައިކަލު ކައިރީގައި (މާނައަކީ ފެންނަގޮތަށް) ބަހައްޓާފައި މޫދަށްއެރެމުތޯ؟ ނޭރޭނެ، ކޮމަންސެންސުހުރި އެކަކުވެސް މިރާއްޖެއަކު މިހެން ކަންތަކެއްނުކުރާނެ، ސަބަބަކީ އެންމެނަށްވެސް އެނގޭނެ ވަގަށްނަގާފާނެކަން! ދެން ކޮންޑިސްލައިކެއް؟

The name is already taken The name is available. Register?

އަހުމަދޭ

25 March 2024

ވައްކަމަށް މިހާ ބާރު އަޅާ މީހަކު އަދި ނުދެކެން. އެއީވެސް މިއޮއްފަދަ ރޯދަމަހު.

The name is already taken The name is available. Register?

MySuperGreenDOTcom

25 March 2024

@އަހުމަދޭ : ފުރަތަމަކޮމެންޓުގައި ސާފުކޮށް ބުނެފައިވާނެ ވަށްކަންކުރަން ސަޕޯޓުނުކުރާވާހަކަ! ކަންކަން ދިމާވީމާ ވާހަކަދެއްކޭނީ ފެކުޓުސްގެ މައްޗަށް، އިމޯޝަނަލްވެގެން ވަކިކޮޅަކަށްޖެހި ސިންޕަތީކޮމެންޓުކުރުމަކީ ހަގީގަތްބަދަލުވާނެކަމެއްނޫން! ފަައިދާއެއްކުރާނެކަމެއްވެސްނޫން! ލައިކު ޑިސްލައިކަށް ބަލާލީމާ އަޅުގަނޑުގެ ކޮމެންޓަށް ލައިކުޑިސްލައިކު ދިން މީހުންނަކީ ކިހާހޭލުންތެރިބައެއްކަން ހާމަވޭ! 1+2 އީކުއަލް 3 ކޭ ބުނީމާ މިފަދަމީހުންބުނާނެ އެކީއްވެހޭ 3 ވާންވީ!

The name is already taken The name is available. Register?

އަފްރާސިޔާބު

24 March 2024

ރާއްޖެތެރެއަށް ޓޫރިސްޓުން ދާކަށް ނުވާނެ. ފޭރޭ މީހުން ވަރަށް ގިނަވާނެ.

The name is already taken The name is available. Register?

ބަސްޖަގަހަ

24 March 2024

ދިވެހިބަހުން ފޭރުން ކިޔަނީ ގަދަކަމުން އަނެކާގެ އެއްޗެއް އަތުލައިގަތުމަށް. ސުރުޚީ ކިޔާފައި މަވެސް ހީކުރީ ޓުއަރިސްޓްމީހާ އަތުގައި ދަބަސް އޮއްވާ ބަޔަކު ގަދަކަމުން ދަބަސް ނަގައިގެން ދިޔައީ ކަމަށް. ނޫސްވެރިންވެސް ކޮންމެވެސް ވަރަކަށް ބަހުގެ މާނަ ބަލަންވެއްޖެހެން ހީވަނީ.

The name is already taken The name is available. Register?

އިބު

25 March 2024

ގައުމު ބަދުނާމުވެދާއިރުވެސްް ނޫސްވެރިންނާ ދިމާލަށް އެއްޗެއް ކިޔޭތޯ ބަލާ. އެބުނާހެން ވައްކަން ކުރާއިރުވެސް ދިވެހި ބަހުގެ ހަމަތަކައް ބަލައިގެން ވައްކަން ކުރެވޭތޯ ބަލާތި. ސާބަސް މީވާ ގައުމެއް.

The name is already taken The name is available. Register?

ޒީރޯ

24 March 2024

އެދިޔައީ މިހުރިހާ ދުވަހު ކުރި ޕްރޮމޯޝަން ފެނަށް. އޭނަ އެކުޅުނީ ގައުމުގެ އިގުތިސާދުގެ މައިނާރާ. އުމުރަށް ޖަލަށް ލާ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454