ރިޕޯޓް / ތައުލީމް

ދަރިވަރުންނަށް ހުރިހާ ގޮތަކުން ވެސް ގެއްލުން

ކަލާފާން ސްކޫލުގެ ދަރިވަރުންތަކެއް ސްކޫލަަށް ވަންނަނީ.-ސްކޫލްތައް ބަންދުކުރަން ޖެހުމަކީ ބޮޑު ގެއްލުމެއް- ފޮޓޯ: މިހާރު

"ކޮންމެ ދުވަހަކު ސްކޫލަށް ދެވޭނީ ކޮން އިރަކުން؟" ސްކޫލަށް ނުގޮސް މަޑުކުރަން ޖެހޭ ކޮންމެ ދުވަހަކު ދަރިފުޅު ސުވާލު ކުރެ އެވެ. އޭނާގެ އެ ސުވާލަކީ ނުކިޔެވިގެން ކުރާ ޝަކުވާއެއް ނޫނެވެ. ގޭގައި ވެސް ކިޔެވެ އެވެ. އޮންލައިންކޮށް ވެސް އެތައް ދުވަހެއް ވަންދެން ކިޔެވި އެވެ. އެކަމަކު ޝަކުވާ އާއި ސުވާލުތައް ގިނަވަނީ ސްކޫލަށް ދިއުމަކީ ހަމައެކަނި ކިޔެވުމަށް ކުރާ ކަމަކަށް ނުވާތީ އެވެ. އެއީ ކުދިންތައް ބައްދަލުވެ، އެކި ކަންކަމުގައި އުޅެން ލިބޭ މުޅިން ތަފާތު މާހައުލެކެވެ.

ކިޔަވައިދިނުމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު ރޭ ވިދާޅުވީ ކުދިން ސްކޫލަށް ދަނީ އެކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާ ގުޅޭ ވަރަށް ގިނަ ޒަރޫރީ ބޭނުންތަކެއް ފުއްދުމަށް ކަމަށެވެ.

"އެކުދިންގެ ހެދި ބޮޑުވުމާއި އެކުދިންގެ ނަފްސާނީ ތަރައްގީ އާއި އެކުދިންގެ ޖަޒުބާތީ ތަރައްގީ އާއި އެކުދިންގެ އުފާވެރިކަމާއި މި ހުރިހާ ކަމެއް ގުޅިފައި ވަނީ ސްްކޫލް މާހައުލުގެ ތެރެއާ ކަމަށް ވާތީވެ،" ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި މީޑިއާ ބްރީފިންގައި އާތިޔާ ވިދާޅުވި އެވެެ.

އޭނާ އެ ވިދާޅުވި ވާހަކައިގެ ހަގީގަތް އޮތީ އެ ވިދާޅުވި ގޮތަށް ކަން، ބެލެނިވެރިއެއްގެ ހައިސިއްޔަތުން، މިދިޔަ އަހަރު ތަޖުރިބާ ކުރެވުނެވެ. ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ ސްކޫލްތައް ދިގު މުއްދަތަކަށް ބަންދުުކުރުމުން ދެ ކުދިން ވެސް ތިބެން ޖެހުނީ ގޭގަ އެވެ. އާއްމުކޮށް ކޮންމެ ދުވަހަކު ބައްދަލުވާ ކްލާސްމޭޓުުންނާއި ދެކެފަރިތަަ އެހެން ކުދިންނާ ބައްދަލުނުވެ ހޭދަކުރަން ޖެހުނު އެ ދިގު މުއްދަތުގައި ނަފްސާނީ ގިނަ މައްސަލަތަކެއް ދިމާވި އެވެ.

ކޮވިޑްގެ ކޮމިއުނިޓީ ސްޕްރެޑް އޮތް މާލެއިން، އެއަށް ވުރެ ރައްކާތެރި ރަށަކަށް ބަދަލުވުމުން ވެސް ތިބެން ބޭނުންވީ ކޮޓަރީގެ ހަތަރު ފާރުގެ އެތެރޭގަ އެވެ. އައުޓްޑޯ ކުޅިވަރުތަކަށް ދާން ނަފްސާނީ ގޮތުން އުނދަގޫވި އެވެ.

"ކުދިން އުޅޭތީ ޕާކަށް ދާހިތް ނުވަނީ. މިހާރު ވަރަށް އުނދަގޫވޭ އެހެން ކުދިން އުޅެންޏާ،" މާލޭގެ ލޮކްޑައުންގެ ދުވަސްތަކަށް ފަހު ރަށަށް އައިސް، ބޭރަށް ނުކުމެ އުޅެން ލިބުނު ފުރުސަތު ބޭނުންކުރަން ބުނީމާ ވެސް ކުދިން ދިނީ މި ޖަވާބެވެ.

އޮންލައިންކޮށް ކިޔަވަން ޖެހުމަކީ ކުދިންނަށް ނަަފްސާނީ މައްސަލަތަކުގެ އިތުރުން، ކިޔެވުމުގައި ވެސް މައްސަލަތައް ކުރިމަތިވާ ކަމެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ސްކްރީނެއްގެ ފަހަތުގައި ތިބެ ކިޔަވަން ޖެހުމުން ކިޔެވުމުގެ މަތިން ކުދިން ފޫހިވެ އެވެ.

"އެކުދިން ދެން އަނބުރާ އަލުން ކިޔަވަން ބޭނުމެއްނުވޭ،" ދިރާސާތަކާ ހަވާލާދެއްވައި އާތިޔާ ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް ފެތުރުމުގެ ހާލަތު ގޯސްވާން ފެށުމާ އެކު ސްކޫލްތައް ބަންދުނުކޮޮށްގެން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފެށި އެވެ. އެގޮތަށް ކަންތައް ކުރަން ނުޖެހޭ ސަބަބަކީ، އަތިއްޔާ ވިދާޅުވި ގޮތުގައި، ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް އެންމެ ރަނގަޅަށް އަމަލުކުރަނީ ވެސް ސްކޫލްތައް ކަމަށް ވާތީ އެވެ.

ސްކޫލްތައް ރައްކާތެރި

ރޭގެ މީޑިއާ ބްރީފިންގައި އާތިޔާ ވިދާޅުވީ ސްކޫލްތަކުގެ މާހައުލު ރައްކާތެރި ކަމަށާއި ކޮވިޑް ފެތުރޭތީ ބަންދުކުރުމަށް ފަހު ސްކޫލްތައް އަލުން ހުޅުވީ ގިނަ ފިޔަވަޅުތަކެއް އަޅައިގެން ކަމަށެވެ. އެގޮތުން ދަރިވަރުން ސްކޫލަށް ވަނުމުގެ ކުރިން އެކުދިންގެ ހުން ބެލުމާއި ކްލާސްތަކަށް ދިއުމުގެ ކުރިން އަތް ދޮވުމުގެ އިންތިޒާމް ހަމަޖައްސާފައިވެ އެވެ.

ކްލާސްރޫމްތަކުގައި ކުދިން ތިބެނީ ތިން ފޫޓް ދުރުގަ އެވެ. އެ ދުރުމިނުގައި ވެސް ތިބެނީ މާސްކް އަޅައި ރައްކާތެރިވެގެންނެވެ. ކޮންމެ ދެ ސެޝަނެއްގެ ދެމެދު ކްލާސްރޫމްތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ވެސް ރަނގަޅަށް ކުރެ އެވެ.

އާތިޔާ ވިދާޅުވީ ސްކޫލްތަކުން އެ ގައިޑްލައިނަށް އަމަލުކުރާކަން ކަށަވަރުކުރަން މާލޭގެ ގާތްގަނޑަކަށް ހުރިހާ ސްކޫލެއް މީގެ 10 ވަރަކަށް ދުވަސް ކުރިން އިންސްޕެކްޓްކޮށްފައިވާ ކަމަށެވެ.

"މިދެންނެވި އިންސްޕެކްޝަނުން ވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ކަމަކީ ދަރިވަރުންނަށް ކަނޑައެޅިފައި ހުރި ސަލާމަތީ ފިޔަވަޅުތަކަށް ދަރިވަރުން ވަރަށް ރަނގަޅަށް ބޯލަނބާކަން. އަދި އެ ކުދިންނަށް މި ހުރިހާ ކަންތައްތަކެއް ވަރަށް ރަނގަޅަށް އެނގި އެކުދިން މިކަންކަމަށް އަހުލުވެރިވެ، އެކުދިންނަށް މިކަން ވަރަށް ރަނގަޅަށް ބެލެނިވެރިންނާއި ސްކޫލްތަކުން ކިޔައިދޭކަން،" އޭނާ ވިދާޅުވި އެވެ.

އެކަމަކު މާލެ ސަރަހައްދުގައި އަަނެއްކާވެސް ގްރޭޑް 1-6 ގެ ދަރިވަރުންނަށް ސްކޫލް މިވަނީ ބަންދުކުރަން ޖެހިފަ އެވެ. އަނެއްކާވެސް އެތައް ހާސް ކުދިންނަކަށް ވަރަށް ބޮޑު ގެއްލުމެކެވެ. އެ ގެއްލުމުން އަަރައިގަންނާނެ ގޮތެއް ވެސް އަދި ނޭނގެ އެވެ.

15 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 40%
icon angry icon angry 47%
icon wow icon wow 7%
icon inlove icon inlove 7%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނެކްސްޓް

14 February 2021

ސިޔާސީ މީހުންގެ ސަބަބުން ދަރިންނަށްކުރާ ނޭދެވޭ އަސަރު މާބޮޑު މީހުންނަށް އިހުރާމްކިރުމާއި ރިވެތިހުރިހާ އަދަބުތަކެއް މިމީިހުން ކިބައިގައި ނެތް. މަގޭ ދަރިފުޅު ރިޔާސީ ބަޔާން އަޑު އަހާލަން އިންދާ ޖެހުނީ ޓީވީ ނިއްވާލަން. ނޫސްވެރިން ވެއްޖެއެއްނު މިކަމާ ބެހޭ ލިޔުމެއް ޖަހާލަން

The name is already taken The name is available. Register?

ޒިހޫ

14 February 2021

ހަގީގަތަކީ ދަރިވަރުންނަށް އިންތިހާއަށް ރިސްކު ބޮޑު. އަދި ޓީޗަރުންނަށްވެސް. މައިންބަފައިން އެތިބެނީ ދުޢާކޮށްލަކޮށްލާ. އެޑިޔުކޭޝަނުން މިހާ ގޮތް ދޫނުކޮށް ހާސިލްކުރަން މިއުޅެނީ ކޮން ލަނޑުދަނޑިއެއް ކަމެއް ނުވިސްނޭ! ކެބިނެޓްގައި ތިބި ރޫހާނީ ލީޑަރަށް ނިސްބަތްވާ މަދު މިނިސްޓަރުންގެ ތެރޭގައި އެޑިޔުކޭޝަން މިނިސްޓަރު ހިމެނޭ އެހެންވީމަ ކޮވިޑްގެ ކަންކަމުގައި ލީޑަރު ގެންގުޅޭ ވިސްނުން ގެންގުޅެނީ ކަމަށް ލަފާކުރެވެނީ.. އެ ނޫނިއްޔާ ހަމަ އެއްވެސް މަންފާއެއް ނެތް

The name is already taken The name is available. Register?

ލޮލޮސްސް

14 February 2021

ޔެސް. ބަންދު ކޮށްފަ އޮންލައިންކޮށް ކިޔަވާދިނުމުގެ ގާބިލުކަން ނެތީމަ ގޮތްދޫނުކޮށް ހިފަހަށްޓަނީ

The name is already taken The name is available. Register?

ސޫމް

14 February 2021

އަދިވެސްބަޔަކުކިޔަނީ ދަރިން ސްކޫލަށް ނުފޮނުވާށޭ. މުޖުތަމައުގާހުރި އެހެނިހެން ކަންކަމުގެ ސަބަބުން ދަރިންނަށް ކުރިމަތިވެދާނެ ނުރައްކަލެއްގެ ސަބަބުން ކުދިންގެ މުސްތަގުބަލު ހަލާކުވެދިޔަދީގެންނުވާނެ.

The name is already taken The name is available. Register?

އިބުރޭ!

14 February 2021

ކިޔަވައިދިން 5 ހަފްތާގައި ނެގުނު ހުރިހާ ޕީއީ ގަޑިތަކެއްގައި، ކުދިން ހަރަކާތްތެރިވީ މާސްކުނާޅާ، ދުރުމިނުގައި 3 ފޫޓުނެތި، އާތިޔާ ބުނާހެން ސުކޫލަކީ ހަމައެކަނި ކުލާސްތެރޭގައި ތިބެން ދާތަނެއްނޫން، 35 މިނެޓް ގޮނޑީގައި ތިބޭނަމަ، ބަކީ އޮތް 70 މިނެޓް ތިބެނީ އެހެނިހެންކަމެއްގައި މައްއޫލުވެގެން، ދަރިވަރުންގެ މައިންބަފައިން ޕޮޒިޓިވްވެފައިވާއިރުވެސް ދަރިވަރުން ސުކޫލަށް ހާޒިރުވެފައި އެބަ ހުރި، ސުކޫލުގެ ސްޓާފުން ބިރުދައްކާފައެވާހަކަތައް އޮއްބާލަނީ.

The name is already taken The name is available. Register?

މުހައްމަދު..

14 February 2021

ކުރީބައިގައި ގުޅާފަ އިންސްޕެކްޓްކުރުމަށް އައީމަ ހުންނާނީ ހުރިހާކަމެއް ހަަމަ ރަނގަޅަށް، މި ޒަމާނުގެ ކުދިންނަކީ މުދައްރިސުން ބުނާގޮތް ހަދާ ބަޔެއްނޫން، ހައްގުތައްލިބިފައިވާ ޒިންމާދާރުކަމެއްނެތް ބަޔެއް، ދުރުގައި ތިބޭށޭ ކިޔާ އާދޭސްކުރާއިރުވެސް ކުދިންގެ ގައިގޯޅިވޭ. ދަރިވަރުން ބަލާ އަންނަ ބެލެނިވެރިޔާ ގާތު މާސްކު ރަނގަޅުކޮށްލާށޭ ބުނާ ސުކޫލުގެ ސްޓާފު ގަޔަށް ބޮލަށް އަރާ، މީ ތިމަންނަމެންގެ ސަރުކާރޭކިޔާ މާރާމާރީ ހިންގާފައިގޮސްފައި އެބަހުރި.

The name is already taken The name is available. Register?

އަދިކޮބާ

15 February 2021

ބައެއް ކުދިންނަކީ ރަގަޅަށް އަތްދޮންނަ ނޫނީ ސެނިޓައިޒްކުރާ ކުދިންނެއްވެސް ނޫން. މާސްކް އެޖަސްޓްކޮށްލާ ތިރިކޮށްލާ އަތްލާ ހަދާލާނެ. އެކުދިންގެ ނުހުންނާނެ ބޮޑެތި މީހުންގެ ހުންނަ ވިސްނުމެއް. ކޮންމެ ސިކުންތަކު ޓީޗަރ ކުދިންނާ ދިމާލަށް ބަލަން ތިބުމަކީ ވާނެކަމެއް ނޫން ސްކޫލް ކިތަންމެ ރައްކާތެރިއޭ ކިއަސް. އަދި ކުދިން ގެއިން ނިކުމެފަ ސްކޫލަށް ދަނީ އުދުހިފައެއްނޫން. މަގުމަތިން އެތައް ބައަކާ 3 ފޫޓްހަމަނުވާ ހާލުގަ މީހުންނާ ދިމާވެފަ ދަނީ.

The name is already taken The name is available. Register?

ނެކްސްޓް

14 February 2021

މަގޭ ދަރިން ސްކޫލުއޮތިއްޔާ ދާހިތުންދޭ ބަނދުވިއްޔާ ގޭގައި ތިބެނީވެސް ވަރަށް އުފަލުން

The name is already taken The name is available. Register?

ރިސަރޗަރ

14 February 2021

އޮންލައިންކޮށް ކިޔެވުމަކީ %100 ގެއްލުން ހުރިކަމެއް ނޫން. 21 ވަނަ ގަރުނުގައި ޓެކްނޮލޮޖީއަށް އަހުލުވެރިކުރުވަން ޖެހޭ. މި ހާލަތުގައި ވަރޗުއަލް ލަރނިންގައި ދުނިޔޭގައި ގިނަ ކަންކޮޅުތަކުގައި ގެންދަނީ. ކުދިން ފޫހި ވީ އެއް ގްރޭޑެއްގައި ދެއަހަރު ތިބެންވީމަ. ކަރިކިއުލަމް އޮތީ ފުދޭވަރަކަށް ފްލެކްސިބަލްކޮށް. ރަނގަޅަށް އޮންލައިންކޮށް ކިޔަވާދިނުމަކީ ބުރަކަމެއް. ދޯދިޔާ ހިންގުންތެރިން!

The name is already taken The name is available. Register?

ފުވައްމުލައް

14 February 2021

2020 ގަ 12 ގަ އުޅުނު ދަރިވަރުންނަށް އެންމެ ދެރައީ އަދިވެސްސްކޫލު ނުނިމޭ. މިއަހަރުގެ މެދުތެރޭވެސް ނުނިމޭނެ. ބެލެނިވެރިން ވަރަށް ދަތި ޙާލުގަ މާލޭގަ ތާށިވެފަ ތިބެން މިޖެހުނީ މިވީ ގޮތުން.

The name is already taken The name is available. Register?

އާޝޯޙު

14 February 2021

ކޮވިޑް ނެތް ރަށްރަށުގެ ސްކޫލުތަކުގައި ކިޔަވައިދެނީ ، ކުލާހަކަށް 33 ކުދިން ލައިގެން . އެއް ކުއްޖެއްގެ ނޭވާ އަނެއްކުއްޖަކަށް އެޅޭހާވެސް ގާތުގައި ޖެހިފިތިގެން ކުދިން ތިބެނީ. ކޮވިޑްގެ ކުރީން ކުދީން ސްކޫލުގައި ހޭދަ ކުރި ވަގުތަށް ވުރެ ގިނަ ވަގުތު ސްކޫލުގަިއ ހޭދަ ކުރޭ. ގައި ދުރުކަން ބާއްވަނީ ހަމަ އެކަނި ކުދީން ސްކޫލަށް ވަންނަ ގަޑީ އެކަނި. ނިކުމެގެން ދަނީ 700 ނުވަތަ 800 ކުދީން އެއްފަހަރާ . މިއީ ބައެއް ސްކޫލުތަކުގެ ހާލަތު.

The name is already taken The name is available. Register?

ދިއްދޫމީހާ

14 February 2021

މިކަންތައް މީވެސް ބޮޑުއަރަތެއް ކަހަލަ ކަމަކަށް ވެއްޖެ، ސިއްހީ ކަންތައްތަކުގާ ސިޔާސަތު ކަނޑައަޅަން ޖެހޭނީ ސިއްހީ މާހިރުން، މަޖިލިސްއަކުން ނޫން، މަޖިލިސް އިން ބުނީމަ ވަގުތުން ލޮކްޑައުން އުވާލާ އަދި ހާއްސަ ހުއްދަ ދީގެން ރަށްރަށަ ދެވޭގޮތައް ބަދަލްކޮއްފި، އަހުންގެ ކުޑަސޮރު ކުޅުދުއްފުށީ ކޮޗިން ފެރީ ފެއްޓި ދުވަހު ބުނިވާހަކައަކުން ހީވީ ބިންފަޅާ އަޑިޔަ ދިޔަހެން، ބުނީ ބައްޕާ މާލެން އެތިބީ ކޮވިޑް ފްރީ މީހުންދޯވޭ، އެމީހުން ކަރަންޓީން ވާކަށް ނުޖެހޭ،،

The name is already taken The name is available. Register?

ހުޅުލޭބޮޑުމީހާ

14 February 2021

ދިއްދޫމީހާ ދަރިން ކުރިމަތީ ސިޔާސީ ވާހަކަ ދެއްކީމާ ވާނީ ތިހެން. ކޮޗިން ފެރީއިން އަންނަ މީހުން ތިބެނޯ ބޯޓުގައި، އެހެންވެ އެމީހުން ކަރަންޓީނުވާން ނުޖެހެނީ. ދަރިން ހަލާކުކުރަނީ މައިންބަފައިން ދަރިން ކައިރީ ބައިތިއްބައިގެން ސިޔާސީ ދޮގު ވާހަކަދައްކައިގެންނާއި ޓީޗަރުންގެ މަސްކައިގެން

The name is already taken The name is available. Register?

ދިއްދޫމީހާ

14 February 2021

ހުޅުލޭ ބޮޑުމީހާ އަހުންގެއަކީ ސިޔާސީ ކަންތައް ފްރީ ގެއެއް، ސިޔާސީ ވާހަކަ ދައްކާގެންނެތް ނޫން، ޓީވީން ލައިވް ކުރިތަން ދެކުނިންތައް؟؟ ޖަލްސާގަ މާލެއިން ވަޑައިގަތް ބޭކަލުންނަށް ޝުކުރު ދެންނެވިތައް؟؟ އެހެންވިއްޔާ ގްރޭޑް1 އުޅޭ ކުއްޖަކަށް ވަރަށް ސާފް ކޮއްން އިންގޭނެ ވާނުވާ،،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454