މަންޓާ އިން ބުނީ ބޯޓުގައި ތިބި އެންމެން ވެސް ސަލާމަތްވެފައިވާ ކަމަށް. އެކަމަކު ބައެއް ޒަހަމްތައް ލިބިފައިވާ ކަމަށް.
14 ފެބުރުއަރީ 2021 - 08:47
މިއަދު ހެނދުނު ހުޅުލޭ ފަޅަށް ޖައްސަން އުޅެނިކޮށް މަންޓާ އެއާގެ ސީޕްލޭނެއް ނުވަ މީހުންނާ އެކު ވެއްޓިއްޖެ އެވެ.
މަންތާ އިން ބުނީ އޭގައި ތިބި ހަ ފަސިންޖަރުންނާއި ތިން ކްރޫން ބައެއް ޒަހަމްތަކާ އެކު ސަލާމަތްވެފައިވާ ކަމަށެވެ.
ހެނދުނު 7:30 ގައި ވެއްޓުނީ ކޮމޯ މާލިފުށިން ޓޫރިސްޓުން ގޮވައިގެން އައި ބޯޓެކެވެ.
ފޮޓޯ އިން ފެންނަ ގޮތުގައި ސީޕްލޭން ވެއްޓި، އެ އޮތީ ފުށުން ޖެހިފަ އެވެ. އެހެންވެ ފެނުން މައްޗަށް ފެންނަން އޮތީ އޭގެ ދެ ކަނދު އެކަންޏެވެ.
މަންޓާ އެއާ އިން ނެރުނު ބަޔާނެއްގައި ބުނީ ބޯޓު ވެއްޓުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ސީޕްލޭން ރަންވޭގައި ޖައްސަން އުޅެނިކޮށް ކަމަށެވެ. ހާދިސާ ހިނގި ގޮތާ ބެހޭ ގޮތުން އަދި އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
މަންޓާގެ ސީޕްލޭން ވެއްޓިފައި
އެއާލައިނުން ބުނީ ފަސިންޖަރުންނާއި ކްރޫންގެ އާއިލާތަކަށް މި ހާދިސާގެ މައުލޫމާތު އަންގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވަގުތުން ފަށާފައިވާ ކަމަށެވެ.
"މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ފަސިންޖަރުންނާއި ކްރޫންގެ އާއިލާތަކަށް މި ވަގުތަށް ބޭނުންވާ އެހީތެރިކަން ދިނުމަށެވެ." މަންޓާގެ ބަޔާނުގައިވެ އެވެ.
ހާދިސާއާ ބެހޭ މައުލޫމާތު ސާފުވަމުން ދިޔަ ވަރަކަށް ހާމަކުރަމުން ގެންދާނެ ކަމަށް ވެސް މަންޓާ އިން ބުންޏެވެ.
މަންޓާ އަކީ ރާއްޖޭގައި އެންމެ ފަހުން އޮޕަރޭޓްކުރަން ފެށި ޑޮމެސްޓިކް އެއާލައިނެވެ. އެއާލައިންގެ ދަތުރުތައް 2019 ވަނަ އަހަރު ފެށުމަށް ފަހު ފްލީޓް އަންނަނީ ބޮޑުކުރަމުންނެވެ. ޓޫރިސްޓުންނަށް ހާއްސަކޮށް ރިސޯޓްތަކަށް އޮޕަރޭޓްކުރާ ހަތް ސީޕްލޭނާއި ޑޮމެސްޓިކް އެއާޕޯޓްތަކަށް ދަތުރުކުރާ އޭޓީއާރް ތިން މަތިންދާބޯޓް މަންތާގެ ފްލީޓްގައި ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާނޭގެ
14 February 2021
ޢެއްވެސްމީހަކު ނޭގޭ ވާހަކަ ނުދައްކާ ....
ޖޯރޖް
14 February 2021
ބޯޓެއް ވެއްޓުމުގެ އެކްސްޕީރިއަންސް ހުރި މީހެއްގެ ހައިސިއްޔަތުން ޖޯޖް ބުނެލަން ބޭނުންވަނީ މިކަންމިދިމާވީ ކްރޫ ފެޓީގާހެދިކަމަށް.
ޢަބްދުﷲބެ
14 February 2021
07:40 ހާއިރު އަޅުގަނޑަށް ތިޔަ ބޯޓު ފެނުނެވެ. އެއިރު ރެސްކިއުއަށް އެއްވެސް އުޅަނދެއް އައިސްފައި ނުވެއެވެ. އަޅުގަނޑު ހީކުރީ ކުރިން އެތަނަށް ބޯޓެއް ވެއްޓިފައި އޮތީމަ، އެތަން ފާހަގަކޮށް މޫރަލް އެއް ހަދަން ބޯޓެއްގެ ކަނދު އެތަނުގައި ބާއްވާފައި އޮތީކަމަށް. މާލެ އައި މަގުމަތީގައި ހިތަށް އެރި، އެއާމޯލްޑިވްސްގެ ބޯޓުތައް މާލެ ކައިރިއަށް ފެއްތިފައި ހުރިނަމަ ހާދަރީތި ފަރެއް މިހާރު އޮންނާނެ އެވެ.
ގުދުގުދާބެއްޔާ
14 February 2021
މަންތާގެ ދުވަސް ތިޔަދިޔައީ! މިފަދަ އެކްސިޑެންޓްގައި ދިވެއްސަކަށް ކަމެއްވެއްޖެނަމަ ރުއްސާލަން 50 ހާސް ރުފިޔާ ދިނީމާ އަޅާނުލާފާނެ! އެކަމަކު ތިޔަ ފުލައިޓްގައި ޔޫރަޕްގެ 3 މީހުންވެސް އެބަތިބި. އެމީހުންގެ އިންސުއަރެންސް ކޮންޕެނީ އަދި އެތަނުގެ ގާނޫނުގައި ވާގޮތުން ތިފަދަ ކަމެއް ވެއްޖެނަމަ މިލިޔަން މިލިޔަން ޔޯރޯއިން އަގުދައްކަންޖެހޭނެ! ހިއެއްނުވޭ އަޅާނުލާ ދޫކޮއްލާނެހެން!
ހާމިދު ޝާހިދު
14 February 2021
މިކަން ވަރަށް ރަނަގަޅަށް ތަހުގީގު ކުރައްވާ. އެހެނީ، މިއީ އަހަރުމެންގެ ރެވެނިއު ބެކްބޯން އާ ގުޅިފައިވާ ކަމެއް. ރާއްޖޭގައި ފަހަކަށް އައިސް ﷲ އިރާދަފުޅުން މިފަދަ އެކްސިޑެންޓްތައް ވަރަށް ނުހިނގާ. މިހާރަށްވުރެއް ޤާބިލު ޓީމެއް އެބަ ބޭނުންވޭ ރާއްޖޭގެ ސިވިލް އޭވިއޭޝަނަށް، ކަންކަން މޮނިޓަރކޮށް ބަލަހައްޓަން. ސްޓޭންޑަޑުތައް ކަނޑައަޅަން.
ލޮލްޒ
14 February 2021
ކޮމެންޓް ކޮއްފަ ހުރީ ހާދިސާ ހަމަލޮލަށް ފެނުން އިންޑަސްޓްރީ އެކްސްޕާޓުން. ސިވިލް އޭވިއޭޝަން މީހުނަށް ގުޅޭން ކޮންޓެކްޓްސް ދޭންވީނުން. އިންވެސްޓިގޭޝަން މިއޮތީ އާޓިކަލްގެ ކޮމެންޓް ސެކްޝަންގަ ނިމިފަ.
ށަވިޔަނި
14 February 2021
އެއްވެސް މީހަކަށް ބޮޑު ގެއްލުމެއް ނުލިބި ސަލާމަތްވުމުން ހިތްހަމަޖެހޭ. ނަމަވެސް ހާދިސާއަކީ ނުރައްކާތެރި ހާދިސާއެއް. އެކަމާ ދެރަވޭ.
ޙަމް77
14 February 2021
ކަނޑު މަޑު ދުވަހެއްގަ ބޯޓް ފުރޮޅިގެންދާނީ ޕްލޯޓު ހުރިގޮތަކުން ހެން ހީވަނީ. ބޯޓު ވެއްޓުން މިބަސް ރަނގަޅު ނޫން ކަންނޭގެ.
ހުސޭނު.
14 February 2021
ބަލަ އައްޑޫ ގަމާއި ހަނިމާދޫ ތަރައްޤީ ކޮށްގެން ހިންގައިފިނަމަ އެތަނަށް ލިބޭ ފައިސާ އާއި އޭގެ ސަބަބުން ރައްޔިތުންނަށް ލިބޭ ތަނަވަސްކަމަކީ މާލޭސަރުކާރަށް ލިބޭ އެއްޗެއްކަމަށް ނުދެކޭތީތޯ އެތަންތަން ފަޅަށް ބާއްވާފައި މުޅި ހަޒާނާ ތިތަނަށް އަޅަމުން ތިގެންދަނީ ؟
އޮނަރަބްލް އަފީފު ދީދީ
14 February 2021
ދައުލަތުގެ މުޅި މިލްކީއްޔާތު އޮތްގޮތަށް ހުޅުލެއަށް ޖައްސާ ބިޔަ ބޯޓް ތަކުގެ ފުރޮޅު ދަށަށް ވާގޮތަށް ކ.އަތޮޅު ފަޅު ހިއްކައިގެން ހަދާފައިވާ ހުޅުމާލޭގެ ބަދަލުގައި ރާއްޖޭގެ އެހެންހިސާބުތަކުގައިވެސް މީހުން ދިރިއުޅޭނެރަށްތަކެއް ތަރައްޤީކުރާން އަހަރުމެންއެދެނީ މިހެންވެ. # މިހާރު އެކަންޤަބޫލުކުރާން ދަތިކަމަކަށްވިޔަސް ހުޅުމާލެއާއި ހުޅުމާލޭގައި ހަދާފައިވާ އުސްއިމާރާތްތަކަކީ ދިރިއުޅެން ރައްކާތެރިތަންތަނެއްނޫންކަން ކޮންމެވެސްދުވަހަކުން ދިވެހިން ޤަބޫލުކުރާނެ.