ދުނިޔެ / ބަރަކް އޮބާމާ

ޓްރަމްޕަށް އޮބާމާ މަރުހަބާ ވިދާޅުވެ ވައިޓްހައުސް އަށް ދައުވަތު ދެއްވައިފި

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޓްރަމްޕާއި ރައީސް ބަރަކް އޮބާމާ.

ވޮޝިންޓަން (ނޮވެމްބަރު 9) - އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕަށް ރައީސް ބަރަކް އޮބާމާ މަރުހަބާ ވިދާޅުވެ މާދަމާ ވައިޓްހައުސްގައި ބައްދަލު ކުރުމަށް ދައުވަތު ދެއްވައިފި އެވެ.

އޮބާމާ ވަނީ އިންތިޚާބުން ނާކާމިޔާބުވެވަޑައިގެންނެވި ހިލަރީ ކްލިންޓަނަށް ވެސް ގުޅުއްވާ ކެމްޕޭނުގައި އެކަމަނާ ކުރެއްވި ހިތްވަރަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އެމެރިކާގެ އިންތިޚާބާ ބެހޭ ގޮތުން އޮބާމާ ފަހުން ބަޔާނެއް ދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވައިޓްހައުސްގެ ތަރުޖަމާން ޖޯޝް އާނެސްޓް ވިދާޅުވި އެވެ.

އޮބާމާ ވަނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ އެމެރިކާގެ ފުރަތަމަ ކަޅު ނަސްލުގެ ރައީސްގެ ގޮތުގައި ވެރިކަމަށް ވަޑައިގެންފަ އެވެ. މި އަހަރުގެ ކެމްޕޭނުގެ ތެރޭގައި އޮބާމާ އާއި ޓްރަމްޕް ވަނީ ބަހުގެ ހަމަލާތައް ވެސް ބަދަލު ކުރައްވައިފަ އެވެ.

އާނެސްޓް ވިދާޅުވީ ވައިޓްހައުސްގައި މާދަމާ ބާއްވަވާ ބައްދަލުވުމުގައި ވެރިކަން ބަދަލު ކުރުމުގެ އިންތިޒާމްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. ވެރިކަމުގެ ދެ ދައުރަަށް ފަހު އޮބާމާ ވައިޓްހައުސް އިން ނުކުމެވަޑައިގަންނަވާނީ ޖެނުއަރީ މަހު ފަހުކޮޅު އެވެ.

2 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 63%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަން

10 November 2016

މަމެން ޕިންކީސް ބޭނުމެށްނޫން ރީތި މިސާލުބަލާކަށް

The name is already taken The name is available. Register?

ގާޒީހަސަނު

09 November 2016

އަޅެ މަމެންގެ ޕިންކް ޕާޓީއަށް މިކަހަލަ ރީތި މިސާލު ނުފެންނަނީ ޕިންކް އައިނު އަޅައިގެން އުޅެތީތަ؟؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454