ޚަބަރު / ސްރީ ލަންކަން އެއާލައިން

ކޮލޮމްބޯ/ގަން ދަތުރުތައް ޑިސެމްބަރުގައި ފެށޭނެ، މަސައްކަތް ހުއްޓައެއް ނުލަން: ފިރާގް

ފިރާގް: އޭނާ ވިދާޅުވީ ކޮލޮމްބޯ އާއި ގަމާ ދޭތެެރޭ ޝެޑިއުލް ދަތުރުތައް ފެށުމުގެ ހުއްދަ ލިބޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް.

އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކޮލޮމްބޯ އާއި އައްޑޫ ގަމާ ދޭތެރޭ ޝެޑިއުލް ދަތުރުތައް ފެށުމަށް ސްރީ ލަންކަން އެއާލައިންސް އިމް ތައްޔާރުވަމުން އަންނަނިކޮށް، އެކަން މަޑުޖައްސައިލުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން އެ އެއާލައިނަށް އެންގި ނަމަވެސް، މަސައްކަތް ހުއްޓާ ނުލާ ކަމަށާއި ދަތުރުތައް ފެށޭނެ ކަމުގެ އުންމީދު ވަރަށް ބޮޑޫ ކަމަށް އެ އެއާލައިންގެ ރާއްޖޭގެ އެޖެންޓް އޭސް އޭވިއޭޝަން މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.

މެނެޖިން ޑިރެކްޓަރު މުހައްމަދު ފިރާގު (އިނަ މޯލްޑިވްސް ފިރާގު) ލަންޑަންގައި ހުންނަވައިގެން "މިހާރު" އަށް ފޯނުން ވިދާޅުވީ ޑިސެމްބަރު އެކެއްގައި ދަތުރުތައް ފެށޭނެ ކަމުގެ އުންމީދު އަދިވެސް ގެއްލުވާ ނުލާ ކަމަށެވެ.

އޭނާ ވިދާޅުވީ މިކަމާ ގުޅޭ ގޮތުން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާ އެކު މިއަދު ވެސް މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ.

"އެހެންވެ އަޅުގަނޑުމެން އުންމީދު ކުރަނީ ހަމަ ޑިސެމްބަރު އެކެއްގައި ޝެޑިއުލް ދަތުރުތައް ފެށޭނެ ކަމަށް. އެހެންވެ އަޅުގަނޑުމެންގެ ސައިޑުން ކުރަން ޖެހޭ އެއްވެސް ކަމެއް އަދި ހުއްޓާލައިފައެއް ނުވާނެ،" ފިރާގު ވިދާޅުވި އެވެ. "ރިޒަވޭޝަން ޕްރޮސެސް ވެސް ހަމަ ކުރިއަށް ދާނެ."

މިދިޔަ މަހުން ފެށިގެން ރިޒަވޭޝަން ހެދުމުގެ ފުރުސަތު ހުޅުވާލައި، ފޭދޫގައި ވަނީ ސްރީ ލަންކަން އެއާލައިންސްގެ ޓިކެޓިން އޮފީހެއް ވެސް މި މަހު ހުޅުވައިފަ އެވެ.

"މިހާރު ވެސް ދެކުނުގެ އަތޮޅުތަކުން 600 އަށް ވުރެ ގިނަ މީހުން ބުކިންސް ހަދާފައި އެބަހުރި. އެ ޕްރޮސެސް އަދިވެސް ހަމަ ކުރިއަށް ދާނެ،" ފިރާގު ވިދާޅުވި އެވެ.

ކޮލޮމްބޯ އާއި ގަމާ ދެމެދު ޝެޑިއުލް ދަތުރުތަކެއް ފަށަން ނިންމައި، އެކަމުގެ ހުއްދައަކަށް އެދި ސްރީ ލަންކަން އެއާލައިންސް އިން ސިވިލް އޭވިއޭޝަނަށް ހުށަހެޅީ މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ގަ އެވެ.

ނަމަވެސް މި މަހުގެ ހަތް ވަނަ ދުވަހު އެ އޮތޯރިޓީން ސްރީ ލަންކަން އެއާލައިންސް އަށް ވަނީ ގަން އިންޓަނެޝަނަލް އެއާޕޯޓް އަދި އިންޓަނެޝަނަލް ޝެޑިއުލް ފްލައިޓްތައް އޮޕަރޭޓް ކުރަން ތައްޔާރު ނޫން ކަމަށް ބުނެ އެކަން މަޑުޖައްސައިލަން އަންގައިފަ އެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ ޝެޑިއުލް ފްލައިޓްތައް ހޭންޑްލް ކުރުމަށް ބޭނުންވާ ސިސްޓަމްތައް ތަރައްގީކޮށް ފުރިހަމަވެފައި ނެތުމާއި ޝެޑިއުލް ފްލައިޓުތައް ހޭންޑްލް ކުރުމަށް، ބޯޑާ ކޮންޓްރޯލްގައި ހަރަކާތްތެރިވާ ކަމާ ގުޅުން ހުރި މުއައްސަސާތަކުން ވެސް އަދި ގަމުގެ އޮޕަރޭޝަނަށް ތައްޔާރު ނޫން ކަމަށެވެ.

އެކަމަކު ހުއްދަ ދެވޭނެ ތާރީހެއް އަންގައިފައެއް ނުވެ އެވެ.

ދަތުރުތައް ފެށުމުގެ ހުރިހާ ތައްޔާރީތަކެއް ސްރީ ލަންކަން އެއާލައިންސް އިން ވެފައި ވާތީ، އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ވަކި ގޮތެއް ނިންމައި އެކަން އަންގައި ދިނުމަށް އެ އެއާލައިނުން ވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީގައި އެދިފަ އެވެ.

"ދަތުރުތައް މިހާރު ރާވާފައި އޮތް ޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދެވޭނެ މަގުފަހިކޮށް ނުދެވޭނެ ނަމަ، އެކަން ދުރާލައި އަންގަން ވެސް އެދިފައި ވާނީ. އެހެންވެ އޭގެ ޑެޑްލައިނަކަށް ބަލައިގެން މިތިބީ އަންނަ ބުރާސްފަތި ދުވަސް،" ފިރާގް ވިދާޅުވި އެވެ.

ފޭދޫގައި ހުޅުވި ސްރީ ލަންކަން އެއާލައިންސްގެ އޮފީހުގައި މުވައްޒަފުން މަސައްކަތް ކުރަނީ. ފޮޓޯ: އޭސް އޭވިއޭޝަން

އޭނާ ވިދާޅުވީ އެ ހިސާބަށް ހުއްދަ ނުލިބިއްޖެ ނަމަ، ސްރީ ލަންކަން އެއާލައިންސް އިން ރޭވި މަސައްކަތް މުޅިން އެހެން ގޮތަކަށް ބަދަލު ކުރަން ޖެހޭނެ ކަމަށެވެ.

"އެ ފުރުސަތު ނުލިބިއްޖެ ނަމަ މީގެ އެއް އޮޕްޝަނަކަށް ވާނީ ރިޒަވޭޝަން ހެދި މީހުންނަށް މާލެ ތްރޫކޮށް ކޮލޮމްބޯ އަށް ދަތުރު ކުރެވޭނެ ގޮތެއް ހެދުން. އަނެއް ގޮތަކީ މާލެ/ގަން ތްރޫކޮށް ކޮލޮމްބޯ އަށް ދެވޭނެ ގޮތެއް އިމިގްރޭޝަނުން ހަމަޖައްސައި ދިނުން،" ފިރާގު ވިދާޅުވި އެވެ. "މިކަހަލަ ގޮތަކަށް މިކަން ކުރިއަށް ގެންދަން ޖެހިއްޖެ ނަމަ ވަރަށް ބުރަ ބޮޑު އަދި ހަރަދު ވެސް ބޮޑުވާނެ ކަމަކަށް ވެގެން ދާނީ. އެހެން ނަމަވެސް އަޅުގަނޑުމެން ދޭން އޮތް ޔަގީންކަމަކީ ރިޒަވޭޝަން ހަދާ އެއްވެސް މީހަކަށް ދެރަ ގޮތެއް ނުވާނެކަން."

އޭނާ ވިދާޅުވީ ޝެޑިއުލް ފްލައިޓްތަކެއް ބާއްވަން ބޭރުގެ އެއާލައިނަކުން މިހާތަނަށް އެދުމުން ރާއްޖޭގައި ހުއްދަ ނުދީ ނެތް ކަމަށެވެ.

އަދި ސްރީ ލަންކަން އެއާލައިންސްގެ ތާރީހުގައި ވެސް މިކަހަލަ ކަމެއް މިހާތަނަށް ކުރިމަތި ނުވާ ކަމަށް ފިރާގް ވިދާޅުވި އެވެ.

13 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 6%
icon angry icon angry 90%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖީބު

11 November 2016

ސީޕްލޭނުގަ ހުލޫލެއިން ދާލު ރިސޯޓަށް 350 ޑޮލަރު. މީދެން ބޮޑުވަރު. ގެސްޓުން ނާންނަ ވާހަ މިދައްކަނީ. ޔޫރަޕުން ރާއްޖެ އާދެވޭ މިއަށްވުރެ އަގުހެޔޮކޮށް.

The name is already taken The name is available. Register?

އައްމަޓީ

11 November 2016

އިންޓަނޭޝަނަލް އެއާޕޯޓެއްގެ އާރަންވޭ، ޓީ.އެމް.އޭ ގެ އާސީޕްލޭން ހަބް ނޮވެމްބަރ 15 ވަނަ ދުވަހު ހުޅުވަނީކީއްކުރަން އިންޓަނޭޝަނަލް ޝެޑިއުލް ފްލައިޓް ނުޖައްސަންޔާ!!

The name is already taken The name is available. Register?

ހިތަދޫ އަންވަރު

10 November 2016

އައްޑޫ ގަމަށް ހެޕީމާކެޓުން ޑެންމާކުން އޮޕަރޭޓްކުރި 737ބ އަކީ އޭ320 އާއި އެއްސައިޒެއްގެ ބޯޓްފަހަރު. އޭގެއިން ދަތުރުކުރީ ހައްތާވެސް ޓްއަރިސްޓުން . އޭރު ބަރާބަރަށް ބޯޑަރ ކޮންޓްރޯލްު ކުރެވިފައި މިހާރު ތީއްޗެއް ކޮންޓްރޯލު ނުވާންވީ ސަބަބެއް ނުވިސްނޭ.. ޕޮލިޓިކްސް .. އަހަރެމެން ކޮންމެވެސްދުވަހަކުން ގަދަކުރާންން

The name is already taken The name is available. Register?

ކމލކމޖނ

10 November 2016

ވާދަވެރި މާކެޓެއް އުފެދެން ޖެހެނީ ހަމައެކަނި މާލެ ކޮލަމްބޯއަކު ނޫނެވެ. ޑޮމެސްޓިކް، ނުވަތަ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު ބޮޑު ވާހަކައާއި ޝަކުވާ ގިނަ ބަޔަކު ކުރާ އިރު، އެ އޮޕަރޭޝަންތަކަށްވެސް ފުރުސަތު ހުޅުވާލަން ޖެހެއެވެ. ޚާއްސަކޮށް ގަން ކޮލަމްބޯ އެއިރުން އޭގެ ފައިދާ ސަރުކާރަށާއި ރައްޔިތުންނަށް ކުރާނެކަން ކަށަވަރެވެ.

The name is already taken The name is available. Register?

ރަޝީދު

10 November 2016

މަމީ ޕީޕީއެމް އައްޑޫ މެންބަރެއް. ވޯޑުލާއިރު ފުލައިޓުތަށް އޮޕަރޭޓު ނުކުރާނަމަ ލޯކަލް ކައުންސިލްގައި ޕީޕީއެމްއަށް ވޯޓު ނުދިނުމަށް ކެމްޕެއިން ކުރާނަށް. ޕީޕީއެމް އިން އައްޑުއަށް ވި އެއް ވައުދުވެސް ނުފުއްދާއިރު ޗަންޕާ އަފީފުމެންގެ ލޮބީއާއި ކެނޑިނޭޅި ކުރި މަސައްކަތުން މިހިސާބަށް އައިސް މިކަންތައް ހުއްޓާލުމަކީ އަހަރަމެން އެދޭކަމެއްނޫން. ޕީޕީއެމް އިން ވި ވައުދުތަށް، 1 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުން- ފަންޑު ލިބި ބިޑަށްލުމަށްފަހު ކެންސަލްކުރީ 2 އައްޑުއަތޮޅުގައި 5000 ޓުވަރިސްޓު އެނދު ތަރައްގީކުރުން. އެއްމެ އެނދެއްވެސް ތަރައްގީ ނުކުރޭ 3 ހިތަދޫގައި އައިޓީ ޕާރކެެއް ހެދުން..ހަދާން ހުރިމީހަކުވެސް ނެތް 4 ހުޅުދޫގައި 100 ޓަނުގެ މަސްފެކުޓަރީ އެއް އެޅުން، އެމަސައްކަތް ގާވެފަ އަހަރަމެން ބޭނުންވަނީ ވަޒީފާގެ ފުރުސަތު، ބަލިވީމާ ބޭސްފަރުވާ ކުރެވޭނެގޮތްވުން، ލިބޭއާމްދަނީ އިތުރުވުން. ފުޓުސަލް ދަނޑެއްނޫން.

The name is already taken The name is available. Register?

ރާސްޓަސް

10 November 2016

މާލެ ސަރުކާރު ބޭނުމެއްނުވޭ މާލެ ހުޅުމާލެ ނޫން އިތުރު އަރބަން ސެންޓަރެއް ތަރައްގީވާކަށް. މާލޭ ހުޅުމާލޭގައި ދިވެހިން ފިތި ބާރުވެގެން އުޅޭ ދިރިއުޅުމަށް ލުޔެއް ލިބޭނެ އައްޑޫ ފޯއްމުލައް ހުވަދޫ ލާމު އަދި ހަނިމާދޫ ސަރަހައްދަށް އިގުތިސާދީ ތަރައްގީ ގެނެސް އެތަންތާގައި އުޅެވޭނެ ގޮތް ހަމަޖެހުމުން. މިވަގުތަށް ފަސޭހަކަމާއި އެކު ތަރައްގީ ކުރެވިދާނެ 2 ސިޓީއެއް އައްޑޫ ސިޓީއާއި ފޯއްމުލައް ސިޓީ. އައްޑޫ އަތޮޅުގަމުން ހިތަދޫއާއި ހަމައަށް 970 ހެކުޓަރ. ހިއްކަން ބޭނުމިއްޔާ އައްޑުއަތޮޅުވަރު ތަނެއް އަދި ހިއްކިދާނެހާ ފަޅު އެބައޮތް. ފޯއްމުލަކުގެ ބޮޑުމިނަކީ 490 ހެކުޓަރ ހުޅުމާލެއަށްވުރެ ބޮޑު. ގަމުގައި އެއޮތީ އިންޓަނޭޝަނަލް އެއަރޕޯޓެއް. ފޯއްމުލަކުގެ ގެސްޓު ހައުސްތަށް އަޅައިގެން މާފުށީގެ ރިކޯޓު ބިއްދާލެވިދާނެ. ކައިރީގައި އެއޮތީ ހުވަދު އަތޮޅޫ ، ސީޕުލޭންގައި 40 މިނިޓުން ގެސްޓުން ރިސޯޓަށް ގެންދެވޭނެ،. ވަކި ވަކި ރަށެއްގައި ހަދާ ބަނދަރަކުން، ކުލާސްރޫމަކުން، ފުޓުސަލް ދަނޑަކުން ތަރައްގީއެއްނާންނާނެ، ތަރައްގީއަންނާނީ ޕުލޭންކޮށްގެން އަތޮޅުތަށް ޕުރޮވިންސުތަކަށް ބަހައިގެން އިގުތިސާދީ ތަަރައްގީ ގެނެސްގެން

The name is already taken The name is available. Register?

ހުސްނާ

10 November 2016

އިގިރޭސިން ގަމުން ފޭބުމާއި ގުޅިގެން އައްޑޫ ވަރީ ވީރާނާވެ ފަޅުވެފަ. އަތޮޅުގެ 1/2 މީހުންވަނީ އަތޮޅު ހިޖުރަ ކޮށްފަ. ހިޖުރަ ކުރި އެންމެންގެ ވެސް އުއްމީދެއް އަތޮޅަށް އަބުރާގޮސް ރަށުގަ ދިރިއުޅުން. ކުއްޔަށް ތޮއްޖެހުން މާލެ ހުޅުމާލެ ފުލެޓުތަކުގައި ދިރިއުޅުމަކީ ދިރިއުޅުމެއްނޫން. މާލެ މިވަނީ ތޮއްޖެހި ބާރުވެފަ، ތޮއްޖެހި ޓެކުސް( ކޮންޖެންޝަން ޓެކުސް) މިއަންނަ އަހަރު ނަގަނީ، ބުރިޖުއަޅާ ނިމުމާއެކު ހުޅުމާލެވެސް މާލެފަދަ ތޮއްޖެހިފައިވާ ތަނަކަށްވާނެ. ރާއްޖެއަކީ ދުނިޔޭގައިވާ ހަމައެކަނި ގައުމު ކެޕިޓަލް ސިޓީއަށް މީހުން ޖަމާކުރާ، މާލެއަށްވެސް ލުއި ލިބޭނީ ދިވެހިންނަށް އުފާވެރި ދިރިއުޅުމެއްލިބޭނީ ރާއްޖޭގައި އުތުރާއި ދެކުނުގައި 2 ސިޓީ ތަރައްގީކޮށްގެން. އައްޑު އަތޮޅު ގަން އެއަރޕޯޓު ހެޔޮގޮތުގައި ބޭނުން ކޮށްފިނަމަ އައްޑޫ ފޯއްމުލައް ހުވަދުއަށް އިގުތިސާދީ ތަރައްގީއައިސް ރައްޔިތުންނަށް އުފާވެރިކަން ލިބޭނެ އައްޑޫ ފޯއްމުލައް ހުވަދޫ ޓުވަރިޒަމް އަށް ކުރި އެރުން ލިބޭނެ. ފޯއްމުލައް މާފުށި ފަދަ 3 މާފުއްޓަށް ބަދަލުވެގެންދާނެ. އައްޑޫ ގަން އެއަރޕޯޓުން ސީޕުލޭންގައި ހުވަދު އަތޮޅުގެ ރަށްތަކަށް ޓުވަރިސްޓުން އުފުލޭނެ. ހުވަދު އަތޮޅުގައި މަސައްކަތް ކުރާ އައްޑޫ ފޯއްމުލައް ޒުވާނާއަށް އޮފުޑޭގައި އަނބިމީހާކައިރީ ނިދާލެވޭނެ. ވިސްނަންވީ ވަކި ބައެއްގެ މަންފާއަށްޓަކައި ތާއަނބަދު އަތޮޅުތަކަށް އިގުތިސާދީ ތަރައްގީ ނުގެނެސް ، މާލެ ހުޅުމާލޭގައި ރައްޔިތުންގެ ދިރިއުޅުމެެއްނޫން. ރާއްޖޭގައިވެސް އެކި އެކި ސަރަަހައްދުތަށް ތަރައްގީ ކުަރަންޖެހޭ. ދިރިއުޅެންވީ ގޯތީގައި ފުލެޓެއްގައެއްނޫން. ސިންގަޕޯރގައި ފުލެޓު އަޅަނީ ބިންނެތީމަ. ރާއްޖޭގައި ބިން އެބައޮތް މައްސަލައަކީ ސިޔާސަތުގެ މައްސަލަ

The name is already taken The name is available. Register?

ސިންތިލީ ވޫމް

10 November 2016

ހުސް މަކަރު ފެނައްދާނީ ތިޔަކަން

The name is already taken The name is available. Register?

ރަދީފް

10 November 2016

މިކަމުގެ ބަދަލު ވަަރަށް ނަލަކޮށް އައްޑޫ ރައްޔަތުންނަށް ދެވޭނެގޮތެއް އެބައޮތް. ޖަނަވަރީ 2017 ގަ އޮންނަ ކައުންސިލް އިންތިހާބްގަ މިހާރުގެ ސަރުކާރަށް އެންމެ ގޮނޑިއެއްވެސް ނުދޭންވީ. ވ.ވެދުން

The name is already taken The name is available. Register?

ސޭފްޓީ

10 November 2016

ކޮލަމްބޯ ގަން ދަތުރު ތައް ސީދާ ސީދަލަށް ގަމަށް ފަށަން ތިޔާ އުޅުއްވަނީ އެވަރަށް ޑިމާންޑް އެބައޮތް ތޯއެެވެ. ދެން ބޯޑަރ ކޮންޓްރޯލް ސިސްޓަމް ރަނގަޅަށް އެޕްލައި ކޮށް ފިން ތޯއެވެ. ދެން އެއާރފްރައިޓް ކޮށް ޑްރަގް އެތެރެ ކޮށް ފިނަމަ އެކަން ބެލޭނެ އިންތިޒާމް ހަމަޖެހިފައިވޭތޯ އެވެ. އޯނޯ ޔޫ ގޮޓާ ލުކް އޮން ދިސް. ގަންލަންކާ ދަތުރު ތައް ބާއްވަން މަމެން ވެސް ވަރަށް ބޮޑަށް އެދެމެވެ. އެކަމަކު ސޭފްޓީ ފަސްޓް ދޯ.

The name is already taken The name is available. Register?

1211

10 November 2016

ިބްރާހިމް ނާސިރު އިންޓަރނޭޝަނަލ އެއަރޕޯޓް ICAO މިންގަނޑަށް ފެތޭތޯ ނިކަންބަލާބަލާށެވެ. އެހެރަ ނޯޒް އިންކޮށްފަ ހުންނަ ބޯޓްފަހަރު ސްލޯޕަށް ނުވަންނާނެގޮތަކީ ނުހައްދަވާނެ ގޮތެކެވެ . ވަރަށް ސަލާމެވެ ކަލޯނެންނަށް މާއެނގެނީއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454