ބޮޑުފުންގަނޑު މަގުގައި ހުޅުވި "ސީވިއު ޕާކިން" ޒޯންގައި ސައިކަލްތަކެއް ޕާކުކޮށްފައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު
24 ފެބުރުއަރީ 2021 - 12:27
މާލޭގައި ވެހިކަލް ޕާކް ކުރުމުގެ މައްސަލައަށް ހައްލު ހޯދަން މާލޭ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގައ ހެންވޭރު ބޮޑުފުންގަނޑު މަގުގައި އާ ޕާކިން ޒޯނެއް ހަދައިފި އެވެ.
މާލޭގެ މޭޔަރު ޝިފާ މުހައްމަދު "މިހާރު" އަށް ވިދާޅުވީ ދެ ފުރޮޅުލީ އުޅަނދުތަކަށް ހާއްސަކޮށްގެން ހެދި "ސީވިއު ޕާކިން" ގައި 120 ޖާގަ އޮންނާނެ ކަމަށެވެ. މިތަން ހަދާފައިވަނީ ބޮޑުފުންގަނޑު މަގު، މަޖީދީމަގާވީ ކޮޅުގަ އެވެ.
ޝިފާ ވިދާޅުވީ ސީވިއު ޕާކިން ކައިރީ އޮންނަ ކޮލިއުމަރު މަނިކު ގޯޅި އާއި އިބްރާހިމް ހުސެއިން ދީދީ މަގުގައި 100 އަށް ވުރެ ގިނަ ސައިކަލް ޕާކުކޮށްފައި ހުންނަ ކަމަށާއި އޭގެ ތެރެއިން ގިނަ ވެހިކަލަކީ ބޭނުންނުކުރާ އުޅަނދުތައް ކަމަށެވެ. މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކުރާ ސައިކަލްތައް ނަގަން ނުވަތަ ސްޓިކާ ޖަހަން ކައުންސިލްގެ ފަރާތުން ފުލުހުންނަށް އެދިފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސީވިއު ޕާކިން ޒޯން: މިތަން ބޭނުންކުރަން އެދި ސިޓީ ކައުންސިލުން ވަނީ އެ ސަރަހައްދުގެ ގޭގެ އަށް ސިޓީ ވެސް ފޮނުވާފައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޝިފާ އެދިވަޑައިގަތީ މަގުމަތީ ބޭނުން ނުކޮށް ހުރި ވެހިކަލްތައް ވެސް އެ ޕާކިން ޒޯނަށް ގެންގޮސް މަގު ހުސްކޮށްދިނުމަށެވެ.
"އަޅުގަނޑުމެން އިއްޔެ އެ ސަރަހައްދުގައި ހުރި ގެތަކަށް ސިޓީ ފޮނުވިން ކައުންސިލްގެ ފަރާތުން، އެ ޕާކިން ޒޯން ބޭނުންކުރަން އެދި،" ޝިފާ ވިދާޅުވި އެވެ.
H.Seaview Parking zone getting ready #TeamMCC pic.twitter.com/TJbTftp9pE
— Male' City Council (@MaleCitymv) February 18, 2021
ސީވިއު ޕާކިން ޒޯން ހުޅުވުމުގެ ކުރިން، އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން މާލެ ސިޓީ ކައުންސިލުން ކުރި ޓްވީޓެއް
ޝިފާ ވިދާޅުވީ ޕާކިން ޒޯނު ހަދަން ހުސްކުރި ތަނަކީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި އޭގެ ވިޔަފާރިކުރާ މީހުން ވެސް ކުރިން ބޭނުންކުރި ތަނެއް ކަމަށެވެ. ޕާކިން ޒޯނަށް އެތަން ނެގުމުން މިހާރު އެ މައްސަލަ އަށް ވެސް ކޮންމެވެސް ހައްލެއް އަންނާނެ ކަމަށް ޝިފާ ވިދާޅުވި އެވެ.
"އެ ސަރަހައްދުގައި އުޅޭ މީހުންގެ ޝަކުވާ އަޅުގަނޑުމެންނަށް ވަރަށް ގިނައިން ލިބޭ މިކަމާ ގުޅިގެން،" ޝިފާ ވިދާޅުވި އެވެ.
މި ޕާކިން ޒޯނުގެ އިތުރުން ލޯކަލް މާރުކޭޓު ސަރަހައްދު ބާރުބޮޑުވާތީ، އުޅަނދުތަކަށް މުދާ އަރުވައި ބާލަން ވެސް ވަކި ޒޯނެއް ހަދާފައިވާ ކަމަށް ޝިފާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޫ ސައީދު
25 February 2021
ކައުންސިލް އިންތިހާބަށް ފަހު މިތަންވާނީ ކެފޭ އަކަށް ނުވަތަ ބަރު ވެހިކަލް ގަވާއިދާ ހިލާފަށް ބާއްވާ ޕުރައިވެޓު އެރިޔާއަކަށް
ގްރީން ބިލްޑިންގ
24 February 2021
މާލޭގެ މަގުތައް ލެވެލްކޮއް ރަގަޅު ފެންވަރަކަށް ހަދާފައި މާލޭގެ އިމާރާތްތައް އީކޯ-ފްރެންޑްލީ ބިލްޑިންގތަކަށް ހަދަން ފެނޭ.
ފިއުޗާ
24 February 2021
ތިގޮތަށް ޕާކިން ހަދާގެން ހައްލުނުލިބޭނެ. ޕާކިން ބިލްޑިންގ ހަދާފަ ކުޑަ ފީ އަކަށް ދޭންވީ އޭރުން ސަރުކާރައްވެސް އެއްޗެއްލިބުނީ
ނިއުޗާ
25 February 2021
ބުރިބުރިއަށް ޕާކިންގެ ހެދުމަކީ ޔާމީންގެ ކަމެއްވީމަ މިވެރިން ވަރަށް ބިރުގަންނާނެ އެފަދަ ކަންކަން ކުރަން. ޕާކިންގެ އެހަދަނީ ޓެމްޕޮރަރީކޮށް ކަމަށް ބެލެވެނީ. އެހެންވީމަ ބިލްޑިންގއެއް ނާޅާނެ.
އަހުމަދުބޭ
24 February 2021
އަދިވެސް މިހެން ހުރި ވަރަށްގިނަ ޕާކިންޒޯން ހެދޭނެ ތަންތަން މާލޭގައި އެބަހުރި މިފަދަތަންތަން ހަމަ ހެސްކިޔާފަ އިތުރު ކުރަންވީ އޭރުން ނަތީޖާ ނެރެވޭނީ،
ވަރަށް
25 February 2021
ޕާކިންގ ޒޯން ހަދަހަދާފަ ވެހިކަލްތައް އިތުރުތަ އަދިވެސް ކުރަންވީ؟ މާލޭގައި ތޮއްޖެހުން ކުޑަވާނީ ވެހިކަލްވެސް މަދުކޮށްގެން. ކޮންމެ މީހަކު އެބަ ގެންގުޅޭ 12 ސައިކަލު. އެހުރިހާ އެއްޗަކަށް ޕާކިންގތަ ހަދާދޭންވީ؟ އަމިއްލަ ގެ ހަދާއިރު އަމިއްލަ ވެހިކަލް ވައްދާނެ ތަނެއް ނުހަދާ.
ބޮބީ ބުރައުން
24 February 2021
ތިޔާ ތަން ހަދާފަ މަޖީދީ މަގުން 250 ޖާގަ ޕާކު ނުކުރެވޭ ގޮތަށް ހެދީމާ އެއޮތީވެފަ
ރަދީފްއޮފިޝިއަލް
24 February 2021
މަރުހަބާ ސިޓީ ކައުންސިލް.ވަރަށް ބިޔަ ފުޅާ ޕްރޮޖެކްޓެއް.
ފޫހި
24 February 2021
އަޖައިބެއްކަހަލަކަމެއް. މުޅި މާލޭގައި ޕާކިންގ ޒޯނު ހަދާފަ ހަމައެކަނި ހުއްދަދެއްނީ ސައިކަލްތަކަށް. ކުރީގަ ދަރުމަވަންތަ ހުރިބިމުގައި ވެސް ހެދި ޕާކިންގ ގައި ޕާކްކުރެވެނީ ސައިކަލްތަކަށް އެކަނި އެއްގަމުގައި ދުއްވަނީ ހަމައެކަނި ސައިކަލްތަ؟ ނޫނީ ސައިކަލް ބެހެއްޓުމުން ބިމުގެ އަގު ލިބެނީތަ؟ މަގުމަތީގައި ދުއްވާ ހަތަރުފުރޮޅުލީ އުޅަދުވެސް ޕާކުކުރެވޭނެގޮތެއް އޮންނަންވާނެދޯ. ސައިކަލް ޕާކްކުރުމުންވެސް ހަމައެއީ އަގުބޮޑު ބިންދޯ. ތިޔައީ ބޯހަމަޖެހޭބައެއްތަ؟
ރަދީފްއޮފިޝިއަލް
24 February 2021
ކަލޭމެން ކާރުމެން ކީއްކުރަންތަ މަމެން ސައިކަލް ޒޯންތަކުގަ ކާރުތައް ޕާކްކުރަނީ.ތަމެންގެ ތިޔާ ސްޓްރެޓެޖީ ކަމަކުނުދޭ.ތަމެން ކާރު ރަޖިސްޓްރިކުރިއިރު ޓްރާންސްޕޯޓަށް ދެއްކި ގަރާޖް ކޮބައި ތޯ؟؟ޖައްވަށް ފަޒައަށް ތޯ އެތަން އެރީ؟ މިކަމުން އެނގެނީ ތަމެން ކާރު ރެޖިސްޓްރޭޝަން ޕްރޮސެސްގަ ވަަރަށް ގިނަ ނުބައިތަކެއް ހަދާފައިވާކަން.އެހެންވީމަ ރެޖިސްޓްރީކުރި ގަރާޖަށް ކާރު ހިފައިގެންދޭ.ހަމަ މިހާރު ދޭ.ވ.ވެދުން
އަޑަފި
24 February 2021
ކާރާ ޕިކަޕްތައް ބަހައްޓަން މަގުތަކުން ޒޯނު ވިއްކާ ގޮތަށް އޮތީ ހަމަޖެހިފައެވެ. ވަރަށް ސަލާމް
އައްޔު
24 February 2021
ހަތަރު ފުރޮޅު ލީ ވެހިކަލް ތައް، ޓެކްސީ ފިޔަވައި ލައިސަންސް ބާޠިލްކޮށް ދެއްވާ، މިނިސްޓަރުންނަށްވެސް ސައިކަލް ދީ، ކީއްކުރަން 2 ކިލޯ މީޓަރުގަ ދުއްވަން ކާރު ދެނީ، ސަރތުކާރު އެބަޖެހޭ މިސާލު ދައްކަވަން.
އިބުރާ
24 February 2021
ބަލަގަ ތިޔަ ކާރު ގެނައީ ގަރާޖަކަށް ރަޖިސްޓްރީ ކޮށްގެންގެން ނޫންތަ؟ އެހެންވިއްޔާ ކޮބާތަ ތިކާރުގެ ގަރާޖު؟؟ ގޮސް ގަރާޖުގަ ބާއްވަބަލަ. މަގުމަތީ ސައިކަލް ބަހައްޓަން ހުންނަ ޖާގައިގައި ނުބަހައްޓާ
ހައްލު އެކީ
24 February 2021
ހަތަރު ފުރޮޅުލީ އެއްޗެހި ޕާކްކުރަން ގަރާޖު ހޯދާފައެއްނުން ރަޖިސްޓްރީ ކުރީ
ޒަބޫ
24 February 2021
މި ރަދީފު ނަމުގަ ކޮމެންޓް ޖަހާ މީހާ މީދެން ހުރިހާ ކަމެއް އެގޭ ރޯނު އެދުރެއް. ކާރުގަ ތަންތަނަށް ގޮސް ޕާކުކުރާކަށް ނުޖެހޭތަ. އަބަދު ގަރާޖުގަ ބާއްވަންވީ. އަންތަރީސްވެ ދާނެ.
ރަދީފްއޮފިޝިއަލް
25 February 2021
@ޒަބޫ ކަލެއަށް އަދި މަގޭ ކޮމެންޓް ދޭހަނުވުން އެއީ މަގޭ މައްސަލައެއް ނޫން.މަހަށް ދޭބަލަ.
އަލީ ހަމިދު
24 February 2021
ނާދީ ހުރިބިމުގައި ޕާކިން ޒޯނެއް ވަރަށް މުހިންމު. އަމީރު އަހަމަދު މަގު އެއްކޮށް ފުރިފަ
ބިންޑިއާ
25 February 2021
ނާދީ ހުރިތަން އިންޑިއާއަށް ދިން ގޮތަށް އަދިވެސް އަތުލެވުނުކަމެއް ނޭނގެ.
ކަލްބު
24 February 2021
ތީ ހަނިގޯޅިގަނޑެއްގެ ތެރޭގައި ހުރި ތަނެއް، ތިތަނުގައި ޕާކުކުރާނީ ކާކު؟
1828
24 February 2021
މެގަ ޕްރޮޖެކްޓެއް. މިރޭ ވާނެ ސަރުކާރުގެ ޚަރަދުގައި މިކަން ފާހަގަކުރަން 'މާލޭ'ގައި ހަވާ އަރުވަން.