ނިހާން: ނިހާނަށް ކުރާ ދައުވާތަކާ ގުޅިގެން ޖަވާބުދާރީވާން އިތުރު ފުރުސަތެއް ވަނީ ދީފައި --- ފޮޓޯ/މިހާރު
25 ފެބުރުއަރީ 2021 - 11:14
ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން ޖަވާބުދާރީވާން އިތުރު ފުރުސަތެއް ކްރިމިނަލް ކޯޓުން މިއަދު އޭނާ އަށް ދީފި އެވެ.
ވިލިމާލޭ ދާއިރާގެ ކުރީގެ މެެމްބަރު އަހުމަދު ނިހާންގެ މައްޗަށް ދައުލަތުން ހަ ދައުވާއެއް ކުރެ އެވެ. އެއީ ރިޝްވަތު ހިފުމުގެ ތިން ދައުވާ އަކާއި ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދައުވާ އެކެވެ. އެ ދައުވާތައް ކުރަނީ އޭނާ މަޖިލިސް މެމްބަރަކަށް ހުންނެވިއިރު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މެދުވެރިވެގެން ގިނަ އަދަދެއްގެ ފައިސާ އާއި ރޮލެކްސް ގަޑިއެއް ހޯއްދެވި ކަމަށް ބުނެ އެވެ. އޭނާ ކުށް ކޮށްގެން ހޯދި މުދާ ދައުލަތަށް ނަގަން އެ މައްސަލާގައި އެދިފައިވެ އެވެ.
މިއަދުގެ އަޑުއެހުމުގައި ނިހާންގެ ވަކީލުންގެ ޓީމުން ބުނީ ދައުލަތުން ހުށަހެޅި ބައެއް ލިޔުންތައް ސާފުނުވާ ކަމަށެވެ. އަދި ޖަވާބުދާރީވުމުގެ ކުރިން އެކަން ސާފުކުރަން ބޭނުންވާ ކަމަށް ނިހާންގެ ވަކީލުން ވިދާޅުވި އެވެ.
ދައުލަތުން އެދުނީ ސާފުނުވާ ލިޔުންތަކަކީ ކޮބައިކަން ލިޔުމުން އެންގުމަށެވެ. އޭރުން އިދާރީ ގޮތުން އެކަންކަން ހަމަޖައްސައިދޭނެ ކަމަށް ދައުލަތުން ބުންޏެވެ.
މީގެ އިތުރުން މައްސަލަ ކޯޓުގެ އެހެން ސެކްޝަނެއްގައި އޮތް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އަދިި ގާޒީ ބަދަލުވެއްޖެ ނަމަ، އެކަން ދައުވާލިބޭ ފަރާތަށް އަންގަން ޖެހޭނެ ކަމަށް ނިހާންގެ ވަކީލުން ވިދާޅުވި އެވެ.
އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ މައްސަލަ އޮތީ އެ ސެކްޝަންގައި ކަމަށެވެ. އަދި އެ ސެކްޝަންގައި މައްސަލަ އޮތްކަމުގެ ލިޔުން ހަވާލު ނުކުރެވި އޮތީ ރެޖިސްޓްރޭޝަން ސެކްޝަނަށް ދިމާވި އިދާރީ އޮޅުމަކުން ކަމަށާއި މިއަދު އެ ލިޔުން ހަވާލު ކުރާނެ ކަމަށް ގާޒި ވިދާޅުވި އެވެ.
އެ މައްސަލަ ކޯޓުގައި އޮތުމުން ނިހާންގެ ޕާސްޕޯޓް ޝަރީއަތް ނިމެންދެން ހިފަހައްޓައި، އޭނާ ފުރުން އޮތީ މަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިވަރެއްނެތް
26 February 2021
މިބޭފުޅާ ކިޔެވި ތަނެއްނެތް! ކުރިވިޔަފާރިއަކާ ދަސްކުރި ހުނަރެއްނެތް! ސިޔާސީ ޕާޓީތައް ވުޖޫދަށް އައިދުވަހުން ފެށިގެން މުޒާހަރާކުން ފިޔަވާކުރި ކަމެއް ނެތް! އެކަމަކު ޕްލެޓިނަމް ރެސިޑެންސުން 2 ފްލެޓު، ރެހެންދިން ފްލެޓެއް! މިހުރިހާ އެއްޗެއް ހޯދިއިރު އެންމެ ލަގްޒަރީ ދިރިއުޅުމުގައި އުޅެ ރޮލެކްސް ގަޑިއަޅާއިފި! އަގުބޮޑު ކާރުތައް ހޯދައިފި! ނުހައްގު މުއްސަނދިކަން ކުށަކަށް ހަދަން އެމްޑީޕީގެ އިންތިޚާބީ ވައުދު ނުފުއްދަނީ އެވެރިންވެސް މިގޮތަށް އުޅެން ނަގަންބާ؟
ލިފަހްމް
25 February 2021
ސީ ޔޫ އިންދަ ކޯޓް އޭ ނޫސްވެރިޔަކާ ދިމާއަށް ބުނިހަދާން ވޭ، ނޫސްކޮންފަރެންސް އެއްގަ ވަރަށް ފެންވަރުގަ
އައްޔަ ބޮޑޭ
25 February 2021
ރަންރީނދޫ ވިސްނުމުގެ މީހުންފޫހި ވާންވީ ކީއްވެ! އެއީވަތައް އަޒުމް ވަރުގަދަބައެއް, ޕީޕީއެމްގަ އުޅޭކަހަލަފިނޑިންނެއް ނޫން އެއީ,
ސަންޕަ ހަސަންފު
25 February 2021
މީނާ ފިލިޔަދީގެންނުވާނެ.
ސަމްސުންނިސާ
25 February 2021
މީމަވަރަށއް ފޫހިވާބޭފުޅެއް. އަބަދުހުންނާނީ ނަރުގަނޑުކޮޅަށްއަރާފާ.
ރަންރީނދޫ
25 February 2021
ރަންރީނދޫ ވިސްނުމުގެ މީހުން ވަރަށް ފޫހިވާނެ
ހަސަންމާހިރު
25 February 2021
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން ހުކުމެއް ކުރެވޭތޯ ސަރުކާރުން މި މައްސަލައަށް ނުފޫޒު ފޯރުވަން ވަރަށް މަސައްކަތް ކުރާނެއެވެ. ބޭނުމަކީ ވަޢުދު ފުއްދޭކަން ދެއްކުމެވެ. ޕީޕީއެމް ގެ އޭރުގެ އިސްހުރިހާ އެންމެންގެ ބޮލުގައި އެޅުވި ވަގު ބަދުނާމު ހަޤީޤަތަކަށް ހެދޭނީ ހަރާމް ދަޢުވާކޮށް ހަރާމް ހުކުމެއް ނެރެގެންނެވެ. ވައްސަލާމް