ޚަބަރު / ޖުމްހޫރީ ދުވަސް

ގައުމީ އިނާމު 22 ބޭފުޅަކަށް، ޝަރަފުވެރިކަމުގެ އިނާމު ހަތަރު ބޭފުޅަކަށް

ދިވެހި ތާރީހުގެ ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމު ކަށިމާ އަހުމަދު ޝާކިރަށް، ރައީސް ޔާމީން މިރޭ ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

ޝަރަފްވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 26 ބޭފުޅަކަށް މިރޭ ސަރުކާރުން ދީފި އެވެ.

ދަރުބާރުގޭގައި ބޭއްވި، މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި އިނާމުތައް ހަވާލުކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ.

ޕާފޯމިން އާޓްސްގެ ދާއިރާއިން ފުލޫ އަހުމަދު ނާޝިދުގެ ހަނދާނަށް ޝަރަފުވެރިކަމުގެ އިނާމާ، އޭނާގެ ދަރިކަނބަލުން މިރޭ ހަވާލުވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ޝަރަފްވެރިކަމުގެ ގައުމީ އިނާމު ހަތަރު ބޭފުޅަކަށް ލިބިވަޑައިގަތްއިރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު 22 ބޭފުޅަކަށް ލިބިވަޑައިގަތެވެ. ޝަރަފްވެރިކަމުގެ އިނާމު ލިބިވަޑައިގަތް ހަތަރު ބޭފުޅުންނަކީ މީގެ ކުރިން، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނެވެ.

ދިވެހި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމު އާދަމް އަބްދުއްރަހުމާނަށް، ރައީސް ޔާމީން މިރޭ އަރުވަނީ.---ފޮޓޯ: ރައީސް އޮފީސް

ޝަރަފްވެރި ކަމުގެ އިނާމް:

ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާ: ހއ. އުތީމު، އަލިމަސްގެ، އާދަމް އަބްދުއްރަހުމާން

ދިވެހި ތާރީހްގެ ދާއިރާ: ކަށިމާ އަހްމަދު ޝާކިރު

އިޖުތިމާއީ ހިދުމަތުގެ ދާއިރާ: ޅ. ނައިފަރު މަދުގަސްދޮށުގެ، މުހައްމަދު ނިޒާރު

ޕާފޯމިން އާޓްސްގެ ދާއިރާ: ފްލޫ އަހްމަދު ނާޝިދުގެ ހަނދާނަށް

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަށް ރައީސް ޔާމީން ދަރުބާރުގެއަށް ވަޑައިގަތުމުން ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ހިތްވަރުދިނުމުގެ އިނާމް

ގުރުއާން ކިޔެވުމާ އުގަންނައިދިނުމުގެ ދައިރާ: ފ. ނިލަންދޫ، އަމާޒު، ސަފިއްޔާ އަހްމަދު

އިސްލާމް ދީނަށް ހޭލުންތެރި ކުރުމުގެ ދާއިރާ: ފ. ނިލަންދޫ، ބިތްދޮށުގެ، އިބްރާހިމް އަހްމަދު

ތައުލީމީ ދާއިރާ: އަހްމަދު އާތިފް

އާއްމު ސިއްހަތު ކުރިއެރުވުމުގެ ދާއިރާ: ލެފްޓިނެންޓްކާނަލް ޑރ. އަލީ ޝާހިދު

އިޖުތިމާއީ އަދި އިންސާނީ ހައްގުތަކުގެ ދާއިރާ: ފައުޒިއްޔާ އިބްރާހިމް

ހިލޭ ސާބަހަށް މަސައްކަތް ކުރުމުގެ ދާއިރާ: މުހައްމަދު އަދީލް

މުޖުތަމައުގައި އަށަގަންނަ ނުރަނގަޅު އާދަތައް ނައްތާލުމުގެ ދާއިރާ: ޖާނީ

އިޖުތިމާއީ ހިދުމަތުގެ ދާއިރާ: ހދ. ހަނިމާދޫ ޖަމިއްޔާ

އަތްތެރި މަސައްކަތުގެ ދާއިރާ: ގދ. ގައްދޫ، ފާއިޒާ

ހަބަރާއި މައުލޫމާތު ފެތުރުން/ ނޫސްވެރިކަމުގެ ދާއިރާ: އަހްމަދު ޒާހިރު (ހިރިގާ)

ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާ/ ޕްރޮގްރާމް އުފެއްދުމުން: ހަފްސީ އަބްދުﷲ

ކުޅިވަރުގެ ދާއިރާ: އަހްމަދު އަބީރު އިސްމާއިލް

ކުޅިވަރުގެ ދާއިރާ: މ. ނީލޯފަރުމާގެ، ޑރ. ހުސެއިން ހަލީމް

ކުޅިވަރުގެ ދާއިރާ/ މީހުން ތަމްރީން ކުރުން: މުއީނާ މުހައްމަދު

ކުޅިވަރުގެ ދާއިރާ/ މީހުން ތަމްރީންކުރުން: މުހައްމަދު ޒިލާލް

ކުޅިވަރުގެ ދާއިރާ/ މީހުން ތަމްރީންކުރުން: މއ. މާންދޫގެދެކުނު، އަހްމަދު އަކްރަމް

ކުޅިވަރުގެ ދާއިރާ: ސާޖަންޓު ހދ. ނޭކުރެންދޫ ރޯޒީ، އަހްމަދު ޒުނެއިޖު

ވިޝުއަލް އާޓްސްގެ ދާއިރާ: މ. ލޮނުވެލި، ކާނަލް އަބްދުލް މަތީން އަހްމަދު

ވިޒުއަލް އާޓްސްގެ ދާއިރާ/ ލިއުމާއި ކުރެހުމާއި ފަރުމާކުރުން: ފަރުހާދު އިބްރާހިމް

ޕާފޯމިން އާޓްސްގެ ދާއިރާ/ ލަވަ ކިޔުމާއި މީހުން ތަމްރީންކުރުން: މަރިޔަމް އުނޫޝާ

އަންހެނުންގެ ހައްގުތައް ކުރިއެރުވުމުގެ ދާއިރާ: މ. މާހިޔާ، ރަހީމާ އާދަމް

15 ކޮމެންޓް, 41 ރިއެކްޝަންސް

icon happy icon happy 37%
icon sad icon sad 2%
icon angry icon angry 61%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބޫ

12 November 2016

މަސައްކަތް ތެރިކަމުގެ ދާއިރާ އިން އިނާމެއް ނެތް ކަމީ ހިތާމަ ހުރި ކމެއް... ކުޅިވަރއި ޕާރފަމިންއާޓްސް ދާއިރާއިން 9 އިނާމު އޮތް އިރު މަސައްކތް ތެރިކަމުގެ އެނމެ އިނާމެއްވެސް ނެތްކަމީ ދެރަ ކަމެއް

The name is already taken The name is available. Register?

ބާސްކެޓް ގެ ތަޖުރިބާ ކާރެއް

12 November 2016

ކުޅިވަރުގެ އިނާމް ހައްގުބާ އޭ ހިތައް އަރަނީ ޒިލާލް އައް ، ފުރަތަމަ ޑިވިސަން އާއި ގައުމީޓީމައް ކުޅެފަ ، އޮފީހައް ގޮއްސަ ދެން މިފެންވަރުގެ އިނާމް އެއް ހައްގުވާނެ ވަރައް ކުޅުން ތެރިން ތަމްރީން ކުރާނެ ވަގުތު އޮންނާނެބާ ؟

The name is already taken The name is available. Register?

ވާނުވާ

11 November 2016

އިމްރާން އަށް ނުލިބުނީ ކީއްވެބާ؟

The name is already taken The name is available. Register?

Parents

11 November 2016

ޒިލާ ކޮންތާކުން ކާކު ތަމްރީނުކުރީ ބާސްކެޓް ގަ ޒިލާ ތަމްރީން ކުރިމީހަކު ދައްކަބަލަ. ޙަމަ ރުންކުރުބެގެ ހަމަ

The name is already taken The name is available. Register?

ޮހޯމް ސްވީޓް ހޯމް

11 November 2016

ގައްދޫ މަރިޔަމް ފާއިޒާ މުޙައްމަދަށް މަރުހަބާ .

The name is already taken The name is available. Register?

ސީމްސް

11 November 2016

ގައުމީ އިނާމާއި އަދި ޝަރަފުވެރި އިނާމު ލިބުނު ހުރިހާ ކުދިން ވެސް އެބުނަނީ ތިމަންމެން ހަޔާތުގައި ވެސް މިހާ އުފާވެރި ދުވަހެއް ނުދެކޭ ކަމަށެވެ. ސަބަބަކީ މަމެން ޕިންކީން ބޭއްވި ގްރޭންޑް ޖުމްހޫރީ ދުވަހުގެ ޖަލްސާ ގައި އިނާމުގެ ހައްގުވެރިންނަށް އެ އިނާމު ތައް ލިބުމުން ކުދި ކުދި ދޫނި ތަކެއް ވެސް ޖަލްސާ ކުރާ ހޯލްގެ ސީލިންގް ވަށައިގެން އުދުހެމުން ލަވަކިޔަމުން ނަށަަނީ އެވެ. މިފެންވަރުގެ އިނާމު ދިނުމުގެ ޖަލްސާ އެއް އަދި އެއް މިހާތަނަށް ދުނިޔޭގައި ވެސް ބޭއްވިފައި ނުވާ ކަމަށް ސީއެންއެން އިން ދަނީ ޚަބަރުގައި ވެސް ގޮވަމުންނެވެ. ސީމްސް ލައިކް ދެޓް ހޯލް ވޯލްޑް އެޕްރޫވްޑް ދިސް ޖަލްސާ ދޯ. ޕީޕަލް ޗޮއިސް އިޒް ޕިންކީސް..

The name is already taken The name is available. Register?

އޯލްވޭޒް

10 November 2016

ގައުމީ އިނާމާއި ޝަރަފުވެރި ކަމުގެ އިނާމު މޫސުމް ރީތި ދުވަހެއްގެ ރޭގަނޑު މޫންލައިޓް ގެ އަލީގައި ރާއްޖޭގެ ތާރީޚް ގައި ވެސް ފުރަތަމަ ބޭއްވިގެން މިދިޔައީ އެއީ މަމެން ޕިންކީންގެ ވެރިކަމުގައެވެ. ރަންރީނދުލޭ މެންގެ ވެރިކަމުގައި މިފަދަ ޕާރފެކްޓް ޖަލްސާ އެއް ވެސް ނުބޭއްވުނު ކަން އެއީ އެމެންގެ ކަންކަން ކުރާ ކްރުއަލް ގޮތުން އެމެން ހޭވް ނޯ ލަކްސް އޭ ބުނާ ކަށް މަމެން ނެތީމެވެ. މަމެން ގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން މިރޭ އިނާމު ހަވާލުކުރި ކުދިންގެ ލޮލަށް ބަލާލުމުން އެކުދިންގެ ލޯތައް އެބުނަނީ އައި އޭމް ކީޕިންގް ދިސް ޕާރފެކްޓް އެވޯރޑް އިން މައި ހާރޓް ފޯރ ލައިފް ޓައިމް، އޯލްވޭޒް، އޯލްވޭޒް، އޯލްވޭޒް...

The name is already taken The name is available. Register?

މަސްޓްބީ

10 November 2016

ގައުމީ އިނާމާއި އަދި ޝަރަފުވެރި ކަމުގެ އިނާމު ލާރޖް ކޮށް ދެމުން އެދަނީ އެކަމުގެ ހައްގުވެރިންނަށެވެ. މުޅި އޯޑިއެންސް އެދަނީ އަތްތިލަ ބަޑި ޖަހަމުން އެކަމަށް މަރުހަބާ ކިޔަމުންނެވެ. ރަންރީނދުލޭ މެންގެ ވެރިކަމުގައި މިބާވަތުގެ ބިއުޓިފުލް މޫމެންޓްސް ތައް ނާދޭ ދޯ. އެމެން އޮންނަނީ މުޒާހަރާ ކުރުމާއި މިބާވަތުގެ ހަޑި މުޑުދާރު ނުބައި ވަސް ދުވާ ޖަލްސާ ތައް ބޭއްވުމެވެ. މަމެން ޕިންކީން ބާއްވާ ޖަލްސާ އަކީ ފިނިފެންމަލުގެ މީރު ވަސް ދުވާ ޖަލްސާ ދޯ. ތަމެން ރަންރީނދުލޭ މެން ބާއްވާ ޖަލްސާ އަކީ ސީވޭޖް ވަސް ދުވާ ޖަލްސާ ދޯ. މަސްޓްބީ ބޭޑް، މަސްޓްބީ ބޭޑް. އެން އިޓސް އޯވަރ ނައު.

The name is already taken The name is available. Register?

GAN Island

10 November 2016

އަހަރުމެން ރައްޔިތުން ދެއްވާ ''ދަވާލި ޤައުމު'' އިނާމް އޭގެ ޙައްޤުވެރިންނަށް ވަރަށް އަވަހަށް ދޭނަން. ނުރުހުނަސް މިދެންނެވި އިނާމް ލިބޭނެ ކަން ކަށަވަރުކޮށްފައިވާ ''ހަމަ އެންމެނަށް'' ރައްޔިތުން އެ އިނާމް ހަވާލު ކުރާނެ. އަސްލެއް ނަސްލެއް ބެލުމެއްނެތި ދެއްވާ އިނާމެއް ކަމުގައި ''ރައްޔިތުންގެ އިނާމް'' ވެގެން ދާނެ

The name is already taken The name is available. Register?

ދޮންދީނި

10 November 2016

އިންޝާ ﷲ، ...ތިދުވަސް ރައްޔިތުންނަށް ފެންނާނެ.

The name is already taken The name is available. Register?

ފީލް

10 November 2016

ގައުމީ އިނާމާއި ދެން ވެސް ހުރިއްޔާ ހުރި ހުރިހާ އިނާމު ތައް އެދަނީ ލާރޖް ކޮށް ދެމުން އެކަމުގެ ހައްގު ވެރިންނަށް މަމެންގެ ގައުމުގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން. ސީއެން އެން އެންބީސީ އަދި ފޮކްސް ނިއުސް އަދި ބްލޫމް ބާރގްް ޓީވީ ޗެނަލްސް ތަކުން އެދަނީ އެ ޕްރޮގްރާމް ލައިވް ވެސް ކުރަމުން އިނގޭ. ދިސް އިޒް ހައު އައި ފީލް.. ބައިދަވޭ ކޭން އައިސީ ދަ ޕާރފެކްޓް ސްކައި..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454