28 ފެބުރުއަރީ 2021 - 12:46
ދޮގު އިލްޒާމެއް އަޅުވައިގެން ރައްޔިތުންގެ މަޖިލީހުގެ ވަކި ފެކްޝަނަކުން ދޭން އުޅޭ އަދަބު ބޭޒާރުވާނެ ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރުކަން ވެސް ކުރައްވާ މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް ތާވަލުކޮށްފައި ވަނިކޮށް، އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަޖިލީހުގެ ވަކި ފެކްޝަނެއް ހުދުމުހުތާރުވެ، ގާނޫނުއަސާސީ ތަރިކަ މުދަލަކަށް ހަދާފައިިވާ ކަމަށެވެ.
ނަމަވެސް އެއީ ކޮން ފެކްޝަނަކުން ކުރަން އުޅޭ ކަމެއް ކަމަކަށް މަލީހު ވިދާޅެއް ނުވެ އެވެ.
އެކަމަކު އޭނާ ވިދާޅުވީ އަސާސެއް ނެތް ކަމެއްގައި އޭނާގެ ބޮލުގައި ދޮގު އިލްޒާމެއް އަޅުވައި، ބޭއިންސާފުން ދޭން އުޅޭ އަދަބު ބޭޒާރު ވާނެ ކަމަށެވެ. މި ސަރުކާރު ވެރިކަމަށް ގެނައުމަށް ކޯލިޝަންގެ ތެރެއިން ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަލީހު ވިދާޅުވި ގޮތުގައި، "ބޭއިންސާފުގެ މައްޗަށް އަބަދުވެސް އިންސާފު ކުރި ހޯދާނެ" އެވެ.
Rayyithun Majlihuge vaki factioneh khudhumuhuthaaru vejje. Qaanoonu Asaasy tharika mudhalah hadhaifi. Asaaseh neiy kamehga, dhogu ilzaameh alhuvaa beyinsaafun dheyn ulhey adhabu beyzaaru vaane. Beyinsaafuge mahchah insaafu abadhuves kuri hoadhaane.Libey baarakee faadehge ehcheh.
— Mohamed Maleeh Jamal (@maleehjamal) February 28, 2021
އިތުބާރު ނެތް މައްސަލަ ތާވަލުކުރުމުން މަލީހު ކުރެއްވި ޓުވީޓެއް
މި ސަރުކާރުގެ ވަޒީރުންގެ ތެރެއިން އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ މަލީހު މަގާމުން ވަކިކޮށްދިނުމާ މެދު ގޮތެއް ނިންމަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުށަހެޅި އެވެ. ނަމަވެސް މި ސަރުކާރުގެ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ޕީޖީން އޭރު ނިންމީ އެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދާށެވެ. މަލީހުގެ މައްސަލައިގައި ރައީސް ގޮތެއް ނުނިންމަވަނީސް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވަނީ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅުއްވައިފަ އެވެ.
މަލީހާ ގުޅޭ ގޮތުން އެމްޑީޕީގެ މެމްބަރުންގެ ނުރުހުން އެންމެ ބޮޑަށް އަމާޒުވަނީ އިންޓަނެޓުގެ އަގާއި ސްޕީޑަށް ހެޔޮ ބަދަލެއް ނާންނާތީ އެވެ. ނަމަވެސް މަލީހު ވިދާޅުވާ ގޮތުގައި އިންޓަނެޓުގެ އަގު ހެޔޮކުރަން އެ މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތްތައް ނިންމައި ރައީސް އޮފީހަށް ވަނީ ފޮނުވައިފަ އެވެ. އެހެންވެ، މަލީހު ވިދާޅުވަމުން ގެންދަވަނީ އިންޓަނެޓުގެ އަގުހެޔޮ ކުރެވޭނީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ސީދާ ރައީސް އޮފީހުން ގޮތެއް ނިންމުމުން ކަމަށެވެ.
ނަމަވެސް ރައީސް އޮފީހުން އެ މައްސަލައިގައި ވާހަކައެއް ނުދައްކަ އެވެ.
މަލީހުގެ އިތުރުބާރު ނެތްކަމުގެ މައްސަލަ ވެއްދީ، މިނިސްޓަރުކަމުގައި ދެ އަހަރު ވީ އިރު ވެސް، ކޮމިޔުނިކޭޝަން އޮތޯރިޓީން ހަދަން ޖެހޭ ގަވާއިދުތަކެއް ނުހެދި އޮތުމުން އެކަމަށް ބިނާކޮށެވެ. ނަމަވެސް މަލީހު ވިދާޅުވާ ގޮތުގައި ކޮމިޔުނިކޭޝަން އޮތޯރިޓީއަކީ މިނިވަން އިދާރާއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހށނރބާ
01 March 2021
ހުރިހާ ސަރުކާރެއްގަ ވެސް ހަމަ ވާތްތީ މަލީހު އަށް. އެހެން ވީމާ އެބައުޅޭ މަލީހުގެ މައްސަލައެއް. ހަމަ ގައިމުވެސް ބޮޑާ ކަން އެބަހުރި.
އަރުތަ
01 March 2021
ދެން ވަކި ފެކްޝަނަކުން ނަމަވެސް ތިކަން ނިމުމަކަށް ގެނައުމޭ އެމީހުންގެ ބޭނުމަކަށް ވެފަ އެއޮތީ، އެކަން އެމީހުން ކުރާނެ މަލީހޫ، މާ ޒާތްކޮޅު ބޮޑުކުރަން އުޅޭނެ ކަމެއްނެތޭ...........
ށަލާމް
28 February 2021
ޙުސް ދޮގު! މަލީހާ ދެކޮޅަށް އޮތީ މުޅި ގައުމުގެ ޒުވާން ޖީލު!!!!
ޑިޑިން
28 February 2021
ކޮބާ އަގުހެޔޮ ކުރި އިންޓަނެޓް
ދިއްދޫމީހާ
28 February 2021
މަލީހްއަ ކަންތައް ވާގޮތުން ހަނދާންވަނީ ޑރލުތުފީއަ ކަންތައްވީގޮތް، މައުމޫން ވެރިކަމުގާ އެއްމެ ކުޑަދުވަސްކޮޅަކަށް މިނިސްޓަރުކަން ކުރީ ލުތުފީ، ދެން ނަޝީދު ވެރިކަމުގާވެސް ހަމަ އެހެން(މަޖިލިސްގެ އިތުބާރު ނެތިގެން ވަކިވާން ޖެހުނީ) މަލީޙްވެސް ޔާމީން ވެރިކަމުގާ ވަކިކުރީ މިސަރުކާރުގާ އިތުބާރުނެތް ކަމަށް އެއޮތީ ލާފާ، އަހުންނަ ހީވަނީ މަލީޙްގް ދާއިރާއަކީ ދަނޑުވެރިކަން ކުރުންހެން
ބަނދަރު
28 February 2021
މިއީ ވަރަށް ދެރަކަމެއް. ރައިސް ޢައްޔަނު ކުރެއްވި ވަޒީރަކު ޒިންމާ އަދާނުކުރަންޏާ ރައީސް ފިޔަވަޅު އަޅުއްވާނެ. މިކަން މިހާރު މިދާ ގޮތް ކަމަކު ނުދޭ. ރައީސުލްޖުމްހޫރިއްޔާގެ އަގު ވައްޓާލަން ގަސްދުގާ މަޖިލީހުގެ ބައެއް މެންބަރުން ކުރާ ކަމެއް މިއީ،
ސަސި
28 February 2021
ދެން ރައީސްއަށް އިތުބާރުއޮތިއްޔާ މަޖިލީސް މެންބަރުންގާތު ބުނާނެދޯ މަލީހުގެ ވޯޓުނުނަގަން، ގަދަބަސް ބުނެގެން ސަލާމަތްވާނެ ކަމަކަށް ނުފެނޜ
ސިހާބު
28 February 2021
މިއީއަބަދުވެސްހާފްޓައިމްޕްލެޔާއެއްދޯ
އަރުތަ
01 March 2021
ފުލްޓައިމް ކުޅޭނެ ފެންވަރުނެތީ، މާއަވަހަށް ވަރުބަލި ވަނީ، ދެން އިތުރަށް ބެހެއްޓީމަ ޓީމަށް ގެއްލުންވާނީ، އެހެންވީމަ ބަދަލުކުރުން ނޫން ގޮތެއް ނެތެއްނު.
ވައްގާ
28 February 2021
ޖަމީލް،މަލީހު ސައީދު ކަމަކު ނުދޭ
ކޮލަމާފުށި
28 February 2021
ނާގާބިލް ވަޒިރެއްމީ..ގަދަބަސް ބުނުމާއި ފެންވަރުގެ އޮފީހެއް ހެދުން ފިޔަވާ އެހެން ކަމެއް ކުރިތަނެއް ނުފެނޭ.