ޓެކްނޮލޮޖީ / ވިންޑޯޒް

މައިކްރޮސޮފްޓަށް ދެން އޮތް ގޮތަކީ ވިންޑޯޒް ފޯނު ހުއްޓާލުން

މައިކްރޮސޮފްޓް ސާފަސް ޕެން: މައިކްރޮސޮފްޓަށް ދެން އެންމެ ރަނގަޅު ގޮތަކީ ކާމިޔާނު ނޫން ހާޑްވެއާ މޮޑެލްތައް ދޫކޮށް، ވިޔަފާރި ރަނގަޅު މޮޑެލްތައް ތަރައްގީކޮށް ދެމެހެއްޓުން

11 ނޮވެމްބަރ 2016 - 06:25

މައިކްރޮސޮފްޓަށް ސްމާޓްފޯން މާކެޓުން ރަނގަޅު ޖާގައެއް ނުލިބުނެވެ. މާކެޓް ހިއްސާ ދެ ޕަސެންޓަށް ވުރެ ވެސް ދަށެވެ. ޒަމާން ފެށުނީއްސުރެ ކުރި މަސައްކަތުން ސަބަބު ވެސް ދެނެނުގަނެވުނެވެ. ދެނެގަނެވުނު ނަމަވެސް، ކުރިއަރަން ކުރި މަސައްކަތުން ވެސް ދިޔައީ ފަހަަތަށެވެ. ދެން ރަނގަޅު ވާނީ ކުރެވެން ހުރި މަސައްކަތަކުން ފައިދާ އިތުރުކުރުމެވެ.

މައިކްރޮސޮފްޓަކީ ކާމިޔާބު ސޮފްޓްވެއާ ކުންފުންޏެކެވެ. ޑެސްކްޓޮޕް މާކެޓްގައި 91 ޕަސެންޓަކީ މައިކްރޮސޮފްޓް ވިންޑޯޒް އެވެ. ވިންޑޯޒް އަށް ވުރެ ވެސް މައިކްރޮސޮފްޓް އޮފީސް ޕެކޭޖް މަޝްހޫރެވެ. އެ އަށް ވުރެ ކުޅަދާނަ އޮފީސް އެޕްލިކޭޝަން ޕެކޭޖެއް ޒަމާން ފެށުނީއްސުރެ ނެތެވެ. ބޮޑުވައި އިނގިލި ކޮޅަށް ޖަހައިލުން ނޫން ގޮތެއް ވާދަވެރިންނަށް ވެސް ނެތެވެ. އައިފޯން އަދި އެންޑްރޮއިޑްގައި ވެސް އޮފީސް އެޕްލިކޭޝަންތައް އޮބިނޯވެ އެވެ.

ހާޑްވެއާ މާކެޓަށް ވަނުމަށް މައިކްރޮސޮފްޓް އަބަދު ވެސް ލޯބިކުރެ އެވެ. އެ ގޮތުގައި އެންމެ ގިނަ ދުވަސް ވަންދެން އުޅެފައި ވަނީ ވިންޑޯޒް ފޯނެއް ތަރައްގީކުރެވޭތޯ އެވެ. އެ މަސައްކަތް ވައިގައިހިފާ ގޮތެއް ދުވަހަކު ވެސް ނުވި އެވެ. އެ މަސައްކަތް ދެން ރަނގަޅުވާނީ ހުއްޓާލުމެވެ.

އަމިއްލަ އަށް ކޮމްޕިއުޓަރު ހާޑްވެއާ އުފެއްދުމަކީ ވެސް މައިކްރޮސޮފްޓުން ބޭނުންވި ކަމެކެވެ. އެހެން ނަމަވެސް، ވިންޑޯޒް ކުރިއަރުވަން މަސައްކަތްކޮށްދޭ ހާޑްވެއާ ކުންފުނިތަކުން އެކަން ކަމަކުނުދެ އެވެ. އެހެންވެ، އެ ޚިޔާލު ވަނީ ދޫކޮށްލަން ޖެހިފަ އެވެ.

އެކްސްބޮކް އާއި ސާފަސް އަކީ މައިކްރޮސޮފްޓަށް ރަނގަޅު ވިޔަފާރިއެކެވެ. ސާފަސް ބްރޭންޑުން ކުރި ފަޅުވައި އުފެއްދި ސާފަސް ޕްރޮ ޓެބްލެޓާއި، ސާފަސް ބުކް ލެޕްޓޮޕް ވެސް ހާޑްވެއާ މާކެޓްގައި ވަރަށް ކާމިޔާބެވެ. ސާފަސް ސްޓޫޑިއޯ ޕީސީ ވެސް ކާމިޔާބު ވިޔަފާރިއަކަށް ވާނެ ކަމަށް ބެލެވެ އެވެ. އެހެންކަމުން މައިކްރޮސޮފްޓަށް އެންމެ ރަނގަޅު ގޮތެއް ކަމަށް ބެލެވެނީ ކާމިޔާބު ހާޑްވެއާ މޮޑެލްތައް ހަރުދަނާކޮށް ދެމެހެއްޓުމެވެ.

މައިކްރޮފޮސްޓަށް އެންމެ ބުއްދިވެރި ގޮތަކީ ވިސްޑޯޒް ފޯނުތައް މި ވަގުތަށް މަޑުޖައްސާލުމެވެ. އަދި އެއީ އެ ކުންފުނިން ތަރައްގީކުރާ ޕްރޮޖެކްޓެއް ގޮތުގައި ބޭވުމެވެ. މައިކްރޮސޮފްޓުން ވެސް އެކަން ގަބޫލުކުރެ އެވެ. އޮފިޝަލަކު ބުނި ގޮތުގައި، ވިޔަފާރިން ފައިދާ ހޯދުން ފަހުގެ ކަމަކަށް ބާއްވާފައި، ވިންޑޯޒް ފޯނު ތަރައްގީކުރުމުގައި އެ މީހުން ދެމިތިބެން ބޭނުންވެ އެވެ.

ވިންޑޯޒް ފޯނާ މެދު މައިކްރޮސޮފްޓުން މިހާރު އެހެން ފިކުރެއްކުރެއް ވެސް ކުރެ އެވެ. ސާފަސް ފޯނުގެ ވާހަކަ ފެށެނީ އެ ހިސާބުންނެވެ. އެއީ ސްމާޓްފޯން މާކެޓަށް ވަމުނަށްޓަކައި މައިކްރޮސޮފްޓުން ތަސައްވުރުކުރާ ތަފާތު މޮޑެލެކެވެ. ވިންޑޯޒް ފޯން ދޫކޮށް ސާފަސް ފޯނަށް ދިޔަ ނަމަވެސް، ސްމާޓްފޯނަކީ ބުރަ މަސައްކަތުން ވެސް މައިކްރޮސޮފްޓަށް ކާމިޔާބު ނުވި ވިޔަފާރިއެކެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454