މަލީހް: އޭނާ ވަކިކުރަން ވޯޓު ދިނުމާ މެދު އިދިކޮޅު ކޯލިޝަނުން ވަކި ގޮތެއް ނުނިންމާ --- ފޮޓޯ/މިހާރު
28 ފެބުރުއަރީ 2021 - 22:18
ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތްކަމުގެ ވޯޓާ މެދު ވަކި ގޮތެއް ނުނިންމާ ކަމަށް އިދިކޮޅު ކޯލިޝަނުން މިރޭ ބުނެފި އެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި މަލީހު އިތުބާރު ނެތްކަމުގެ ވޯޓަކުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ އެމްޑީޕީންނެވެ. އެ މައްސަލަ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.
އިދިކޮޅު ކޯލިޝަންގައި ހިމެނޭ މެމްބަރަކު ވިދާޅުވީ އެ ކޯލިޝަނުން މަލީހުގެ އިތުބާރު ނެތްކަމުގެ ވޯޓުގައި އަމަލު ކުރާނެ ގޮތެއް ނިންމާނީ އެމްޑީޕީން އަމަލުކުރާ ގޮތެއް ބެލުމަށް ފަހު ކަމަށެވެ. އެކަން ނިންމާނީ މާދަމާގެ ޖަލްސާގައި ކަމަށް އެ މެމްބަރު ވިދާޅުވި އެވެ.
"ފަހަރެއްގައި އަޅުގަނޑުމެން ވަކި ކޮޅަކަށް ވޯޓު ނުދޭން ވެސް ނިންމަފާނެ." ނަން ނުޖަހަން އެދިވަޑައިގެން ވާހަކަ ދެއްކެވި އެ މެމްބަރު ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަނުން އެގޮތަށް ބުނިއިރު، އެމްޑީޕީން ވަނީ މަލީހް ވަކިކުރަން ތްރީލައިން ވިޕެއް މިއަދު ނެރެފަ އެވެ. އެ ވިޕާ މެދު ބައެއް މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިފައި ވިޔަސް، އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އެކަން ދޮގުު ކުރައްވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑްމުންޑޯ
01 March 2021
ތިމަލީހުގެ ދިފާއުގައި އެންމެ ވޯޓެއްވެސް އިދިކޮޅުން ދީގެން ނުވާނެ ، އެމީހުން ހާވާ ހަޑިތަކަށް ނުވަދެ ކުޅިބަލަންތިބޭ ، ގާސިމަށް ރަގަޅު ފިލާވަޅެއްތިދަނީ ލިބެމުން ، ދައުރު ފަހުބަޔަށް އެޅޭއިރު ގާސިމް އަށް ނިސްބަތްވާ އެންމެ މިނިސްޓަރެއްވެސް ހީނުވޭ ހުންނާނެހެން
ރަޝިދާ
01 March 2021
މިހާރުވެސް ލަސްވެއްޖެ. ޕޕމ ގެ ސަޕޯޓަރެއް، މެމްބަރެއްގެ ހައިސިއްޔަތުން އިދިކޮޅަށް ގޮވާލަން. މީނަ ބޭރުކުރަން. އަދި ޚިޔާނާތްތެރިންނަށް އިތުރު ފުރުސަތު ނުދޭން.
ބުރުވާލިބާގިރުގެ ސިޔާސީ މާވަހަރު
28 February 2021
މީ ވިސްނަންޖެހޭވަރުކަމެއްނޫން. މީ އެއްބުރުން ވަކިކުރާންޖެހޭ މީހެއް. ރައްޔިތުންނަށް ދަޅަދެއްކުމުގާ އޭނާ ދެއަހަރު އެދުއްވާލީ. މިވަރުމީހަކާމެދު ދެވަނަވިސްނުމެއް ގެންގުޅޭނީ މޮޔައެއް.
ކަތްދާދީގޭ ބަކުރު
28 February 2021
މަލީހަށްފަހު ދެން އޮންނަންޖެހޭނީ އައިޝް. އައިޝްއައްފަހު އަސް. އަސްއަށްފަހު އިމް.
ބަބުރަންޖީ ހާޖީ
28 February 2021
މިހާރު ގޮތެއް ނިންމާހާދުވަސްވެއްޖެއްނު. 2 އަހަރާ ބައި ވެގެންދިޔައީވިއްޔަ!
1234
28 February 2021
އިދިކޮޅު ކޯލިޝަންގައި ހިމެނޭ މެމްބަރަކު ވިދާޅުވީ އެ ކޯލިޝަނުން މަލީހުގެ އިތުބާރު ނެތްކަމުގެ ވޯޓުގައި އަމަލު ކުރާނެ ގޮތެއް ނިންމާނީ އެމްޑީޕީން އަމަލުކުރާ ގޮތެއް ބެލުމަށް ފަހު ކަމަށެވެ. ލޮލް.. ކޮޕީކެޓް