މީދޫން މިހާތަނަށް 13 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައި. އެކަމަކު އެ އަވަށުން ކޮންޓެކްޓް ޓްރޭސިން އަށް އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭ ކަމަށް ވަނީ ބުނެފައި.
01 މާޗް 2021 - 09:55
އައްޑޫގައި މިހާރު އެންމެ ބޮޑަށް ކޮވިޑް-19 ގެ ކޭސްތައް އިތުރުވަނުންދާ މީދޫގެ ހުރިހާ ގެކުން ސާމްޕަލް ނަގަން ނިންމައިފި އެވެ.
ހުޅުމީދޫ ސިއްހީ މަރުކަޒުން މިގޮތަށް ނިންމީ މީދޫގައި ކޭސްތައް އިތުރުވަމުން ދިޔަ ނަމަވެސް އެ އަވަށުން ކޮންޓެކްޓް ޓްރޭސިން އަށް އެދެވޭ އެއްބާރުލުމެއް ނުލިބޭ ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އާ ހަވާލާދީ އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ރޭ ވިދާޅުވެފައި ވަނިކޮށެވެ.
އީއޯސީން ރޭ ބޭއްވި ޕްރެސްގައި އޭނާ ވިދާޅުވީ މީދޫން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކޭސްތައް އިތުރުވަމުން ދަނީ އެ މައުލޫމާތުތައް ނުލިބި އަދި ކޮންޓެކްޓްވީ މީހުން ނޭނގުމުގެ ސަބަބުން ކަމަށެވެ.
އެހެންވެ ވީހާވެސް ބޮޑަކަށް ކޮންޓެކްޓް ޓްރޭސިން އަށް މައުލޫމާތު ދޭންޖެހޭ ކަމަށާއި އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ކްލާސްޓާ އިން ބަލި ޖެހޭ މީހުން ކޮންޓްރޯލް ކުރެވުނީ ވެސް އެންމެންގެ އެއްބާރުލުމާ އެކީގައި ކަމަށް މޭޔަރު ވިދާޅުވި އެވެ.
މީދޫގެ ކޮމިއުނިޓީގެ ތެރެއިން މިދިޔަ މަހުގެ މެދުތެރޭގައި ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވީ އެ އަވަށުން ނެގި ރޭންޑަމް ސާމްޕަލްގެ ތެރެއިންނެވެ. އެހެންވެ އޭގެ ފަހުން ކޮންޓެކްޓް ޓްރޭސިން ހަދަމުން އަންނަ އިރު، މިހާތަނަށް މީދޫން 13 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.
މީދޫ ސިއްހީ މަރުކަޒުން ބުނީ ބަލި ޖެހޭ މީހުން އިތުރުވަމުންދާތީ އެ އަވަށުގެ ހުރިހާ ގެއަކުން މިއަދުން ފެށިގެން ސާމްޕަލް ނަގަން ފަށާނެ ކަމަށެވެ. އެހެންވެ މިކަމަށް ހުރިހާ ގޭބިސީއަކުން ވެސް އެއްބާރުލުން ދިނުމަށް އެދިފައިވެ އެވެ.
އައްޑޫން މިދިޔަ މަހުގެ ކުރީކޮޅު ކޮވިޑްގެ ކޭސްތަކެއް ފެނުނު ފަހުން މިހާތަނަށް 91 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ. އެކަމަކު އޭގެ ތެރެއިން 56 މީހަކު ރަނގަޅުވެފައިވާ އިރު، އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 35 އެވެ.
Case Update (Addu City) as of 28 February 2021, 1800hrs (Updated) pic.twitter.com/s24oOMC1BK
— Addu Emergency Operations Center (@EOCaddu) February 28, 2021
މި ވަގުތު އައްޑޫގައި ކޮވިޑް ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެނީ 4 މީހަކަށެވެ.
މިހާތަނަށް އައްޑޫން ކޮވިޑް ޖެހުނު މީހުންގެ ތެރޭގައި 35 ބިދޭސީން ވެސް ހިމެނެ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ބިދޭސީން ހިމެނެ އެވެ.
އައްޑޫން މިހާތަނަށް އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވީ ހިތަދޫންނެވެ. އެއީ 22 އެވެ. ފޭދޫން 17 އަދި މަރަދޫފޭދޫން 4 މީހަކު ޕޮޒިޓިވްވި އެވެ. މިހާތަނަށް އައްޑޫން ޕޮޒިޓިވް އެއްވެސް ކޭހެއް ފެނިފައި ނުވަނީ މަރަދު އާއި ހުޅުދޫންނެވެ.
މިދިޔަ މަހުގެ 1 އިން ފެށިގެން އައްޑޫގައި ކޮވިޑް ވެކްސިން ދެމުން އަންނަ އިރު އިއްޔެއާ ހަމައަށް 7،145 މީހުން ވެކްސިން ޖަހާފައިވެ އެވެ.
Covid19 Vaccine update 28.02.2021 pic.twitter.com/P9WDYrvYtD
— Addu Emergency Operations Center (@EOCaddu) February 28, 2021
މީދޫން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާ ގުޅިގެން މީދު އާއި ހުޅުދޫ ހިމެނޭ ގޮތަށް މިދިޔަ މަހުގެ 24 އިން ފެށިގެން މިހާރު ވެސް އޮތީ ހާއްސަ ފިޔަވަޅުތަކެއްގެ ތެރޭގަ އެވެ. އޭގެ ތެރޭގައި ރޭގަނޑު ކާފިއު ހިންގުމާއި ޖަމާއަތުގައި ނަމާދު ނުކުރުން ފަދަ ކަންކަން ހިމެނެ އެވެ.
އައްޑޫން ކޮވިޑްގެ ކޭސްތައް ފެނުނު ފަހުން މޮނިޓަރިން އަށްލީ ގޮތަށް އަދިވެސް އޮތީ މޮނިޓަރިން ހާލަތުގަ އެވެ. ނަމަވެސް ގުޅިފައިވާ އަވަށްތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް މިދިޔަ މަހުގެ 24 އިން ފެށިގެން ވަނީ ލުއި ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުމުއްވުލް
01 March 2021
ބަގްލަދޭސް މީހުންނާއި ، ޓޫރިސްޓުން، އަދި ދިވެހިން ވަކިވާނެހެން ފައްސިވާ މީހުންގެ ތަފްސީލް ހާމަ ކުރަންޖެހޭ.
ސްކިޕަރ
01 March 2021
ކަލެއްއަށް އިނގޭތަ ބަންގްލަދޭސް މީހުންނަކީވެސ ހަމަ އިންސާނުންކަން؟ އެމީހުންގެ ގައިގައި ހުރިބައްޔެއްވިއްޔާ ހަމަ ތިޔަ މީދޫމީހުންގެ ގަޔަށްވެސް އަރާފާނެކަން. ބޯހަލާކު.
ަެަްެއެދުރު
01 March 2021
ސޯބެ ދައްކާ ވާހަކަ ގަބޫލު ކުރެވޭނެ އެއްވެސް ގޮތެނެއި. އެންމެފަހަރަކު މަދުބަޔަކު ރެންޑަމް ސާމްޕަލް ނަގާފަ ގުޅިފައިވާ ރައްތަ ހުޅުވާލީ. މިކޮޅުގަ ތިބިވަކިބަޔަކު ހިންހަމަ ޖައްސައިދޭން.. މިހާރު ކޮންޔަގީންކަމެއް އޮތީ ކޮމިއުނިޓީ ސްޕްރެޑެއް ނެއިކަމަ؟؟
ދޮންކުކުޅައު
01 March 2021
ތިޔަތިޔަސޯބެ ބަލާބަލަ ހިތަދޫގަ ބަގުޑި ބައްދައިގެން އޮވެވޭތޯ މީދޫއޭކިޔަން ލަދުގަންނަންޖެހޭ ތިޔައީ މީދޫގެ ބަސް ބުނާ މޭޔަރެއްތަ ފާޑުފާޑުވާހަކަ ދައްކަން
އާހާ
01 March 2021
އަދިވެސް ޓެސްޓްތަ ކުރަންވީ. ވެކްސިންޖަހައިގެން ކޮވިޑް ކޮންޓްރޯލްކުރެވޭނެ ކަމަށް ބުނާއިރު ވެކްސިންނޫންބާ ޖަހަންވީ. ޓްރޭސިންގއަކީ އެތައް ސަބަބުތަކަކާހެދި ފުރިހަމައަށް ހެދޭނެ އެއްޗެއް ނޫން. ޓެސްޓްކުރާއިރު ޓެސްޓަށް ނާރާ ވަރަށް ބަލި ހުރެއްޖިއްޔާ ނެގެޓިވްކަމަށް ދައްކާނެނޫންބާ. ނެގެޓިވް އެންމެން ދެން އަނެއްކާ ޓެސްޓްނުކުރެވޭނަމަ އަލުން އެމީހުންގެ ފަރާތުން ބަލި ފެތުރޭނީނޫންބާ.