ދުނިޔެ / ޑޮނަލްޑް ޓްރަމްޕް

އޮބާމާއާ ބައްދަލު ކުރުމަކީ ބޮޑު ޝަރަފެއް: ޓްރަމްޕް

އޮބާމާ (ކ) އާއި ޓްރަމްޕް ވައިޓްހައުސްގައި ބައްދަލު ކުރައްވަނީ.

ވޮޝިންޓަން (ނޮވެމްބަރު 10) - ރައީސް ބަރަކް އޮބާމާއާ ބައްދަލު ކުރުމަކީ ބޮޑު ޝަރަފެއް ކަމަށް އެމެރިކާގެ އިންތިޚާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕް މިއަދު ވިދާޅުވެއްޖެ އެވެ.

އޮބާމާގެ ދައުވަތަކަށް ނިއު ޔޯކުން އަމިއްލަ ޖެޓުގައި ވޮޝިންޓަނަށް ވަޑައިގެން ވައިޓް ހައުސްގައި އޮބާމާއާ ބަައްދަލު ކުރެއްވި ޓްރަމްޕް ވިދާޅުވީ ކުރިމަގުގައި ވެސް އޮބާމާއާ ގާތްކަން ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އޮބާމާ (ކ) އާއި ޓްރަމްޕް ވައިޓްހައުސްގައި ބައްދަލު ކުރައްވަނީ.

އެކަމަކު ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ވަނީ ވަރުގަދަ ބަހުގެ ހަމަލާތައް ދެއްވައިފަ އެވެ. އޮބާމާ އަކީ އެމެރިކާ އަށް އުފަން ބޭފުޅެއް ނޫން ކަމަށް ޓްރަމްޕް ގެންދެވީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި އެމެރިކާ ދުށް އެންމެ ކަމުނުދާ ރައީސް އަކީ ވެސް އޮބާމާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އޮބާމާ ވަނީ ޓްރަމްޕަކީ ވެރިކަމަށް އެއްގޮތަކަށް ވެސް ކަމުދާ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

ވައިޓްހައުސްގައި ނޫސްވެރިންނަށް ނުވަދެވޭ ގޮތަށް ބޭއްވި ދޮޅު ގަޑިއިރުގެ ބައްދަލުވުމަށް ފަހު އޮބާމާ ވިދާޅުވީ ކުރިއަށް އޮތް ދެ މަހެއްހާ ދުވަހު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އޮމާންކަމާ އެކު ވެރިކަން ހަވާލުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ. ދާޚިލީ އަދި ޚާރިޖީ މައްސަލަތަކާ ގުޅޭ ގޮތުން ވެސް ޓްރަމްޕާ އެކު މަޝްވަރާ ކުރެއްވި ކަމަށާއި އޮބާމާގެ ޓީމާ އެކު މަސައްކަތް ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވުމުން ހިތްވަރު ލިބިއްޖެ ކަމަށް އޮބާމާ ވިދާޅުވި އެވެ.

އޮބާމާ (ކ) އާއި ޓްރަމްޕް ވައިޓްހައުސްގައި ބައްދަލު ކުރައްވަނީ.

ޓްރަމްޕާ އެކު އަނބިކަނބަލުން މެލަނިއާ ވެސް ވައިޓްހައުސް އަށް ވަޑައިގެންނެވި އެވެ. މެލަނިއާ ވަނީ އޮބާމާގެ އަނބިކަނބަލުން މިޝޭލްއާ ބައްދަލު ކުރައްވައިފަ އެވެ.

ޓްރަމްޕް އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އޮބާމާ ވަނީ ފޯނު ކުރައްވާ މަރުހަބާ ވިދާޅުވެފަ އެވެ. އަދި ނާކާމިޔާބުވި ކެންޑިޑޭޓް ހިލަރީ ކްލިންޓަން ވެސް ވަނީ ޓްރަމްޕަށް ވެރިކަން ކުރުމުގެ ފުރުސަތު ދެއްވުމަށް ސަޕޯޓަރުންނަށް ގޮވާލައްވައިފަ އެވެ.

1 ކޮމެންޓް, 28 ރިއެކްޝަންސް

icon happy icon happy 68%
icon sad icon sad 18%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގެދާނޯމޮސް

11 November 2016

މިހާތަނަށް އެންމެ މޮޅު ސިޔާސީއުކުޅު ބޭނުންކޮށްގެން ވެރިކަމަށް ވަޑައިގެން ބޭފުޅާގެ ލަގަބު ޓްރަމްޕަށް ހައްގެވެ. އެއްވެސް މުސްލިމަކު އެމެރިކާއަކަށް ނޭރުވުގެ ބަސް ވެގެން ދިޔައީ މުސްލިމުން ދެކެ ބިރުންއުޅޭ ކާފަރު އެންމެންގެ ހިތައްލިބުނު ފިނިކަމަކަށެވެ. ވޯޓުލުމަށް ކެތްމަދުވެ ތިބި އެތަށްބަޔަކަށް މިޚަބަރުން އުންމީދު އާވެގެން ދިޔައެވެ. މިފަދަ ބަސްފުޅުތަކަކީ އިސްލާމީ ޤައުމުތަކުގެ ވެރިންނަށް މާހަޖަމް ކުރަން އުނދަގޫވި ކަމަކަށް ނުވިއެވެ. މަރުޚަބާ ކިޔުމުގައި އެންމެ ގިނަައީ މުސްލިމް ގައުމުތަކަށް ވެގެން ދިޔުން ކަމުނުދިޔައީ މުޅިއެމެރި ކާއަށެވެ. މާފަހުން ހޭވެރިކަން އައުމުން މި އެނގުނުކަމަކީ އެއީ ސިޔާސީ އުކުޅެއްކަމަށެވެ. ބާލަން އުޅުންނަސް ދެން އެކަމެއްވެސް ނުވާނެއެވެ. ޓްރަމްޕް ގެ ކެރިއަރަކަށް ބަލައިގެން ޔަހޫދިން ތިބީ ޤުދުސް އެއީ އެމީހުން ގެ ވެރިރަށަައް ހެދުމެވެ. މިވެސް ޖެހިއުކުޅެކެވެ. މިކަންވެސް މީނާއަކަށް ނުވާނެއެވެ. މީނާގެ ކެމްޕެއިންގައި އެންމެ އިސްކޮށް ތިބީ ޔަހޫދިން ކަމުން އެބަޔެއްގެ މޮޅުރޭވުން މީ ފަހުގެ ތާރީހެއްގައި މިފަދަ ނާގާބިލް ކެންޑިޑޭޓަކު ހޮވިގެން ދިޔަފުރަތަމަ ފަހަރެވެ. މީނާގެ ވެރިކަން ބެލެވެނީ ދާނީ ސުލްހަ ސުލްޙަ މިލަވައިން ކަމަށެވެ. މީ އީރާން ދެކެޖެހިލުން ވާތީ އެމެރިކާއިން ކިޔާހިޓްސޯންގެކެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454