ޚަބަރު / މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން

ކަނޑަށް ކުނިއަޅާ ގަވައިދު އުވައިލަން މަޝްވަރާ އެބަ ކުރަން: ހުސައިން ރަޝީދު

ދޯންޏަކުން މޫދަށް ބަޔަކު ކުނި އަޅަނީ (ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހިއްސާކުރެއްވި ވީޑިއޯއަކުން ނަގާފައި)

ރިސޯޓްތަކުން ބާކީވާ ކާބޯތަކެތިން އުފެދޭ ކުނި ކަނޑަށް އަޅަން ހުއްދަކޮށް، ޓޫރިޒަމް މިނިސްޓްރީން މާކުރިއްްސުރެ އަމަލުކުރަމުން އަންނަ ގަވައިދު އުވައިލަން މަޝްވަރާކުރަމުން އަންނަ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުއްޖެ އެވެ.

ރިސޯޓްތަކުގެ ފަސޭހައަކަށް ހަދާފައިވާ އެ ގަވައިދު އުވައިލުމަށް ސްޓޭކްހޯލްޑަރުންނާ މަޝްވަރާކުރަމުން އަންނަ ކަމަށްް އެންވަޔަރްމެންޓް މިނިސްޓްރީން މިދިޔަ ޖެނުއަރީ މަހު ވެސް ބުންޏެވެ. ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގައި އެހެން ބުނެފައި ވާތީ، އެ ގަވައިދާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުވާލު ކުރެއްވީ ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބް އަބްދުﷲ އެވެ. ޔައުގޫބަކީ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މެމްބަރެކެެވެ.

މަޖިލީހުގައި ވަޒީރުުންނާ ސުވާލުކުރުމުގެ ވަގުތުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަން މިނިސްޓަރު ވަޑައިގެންނެވުމުން، އިތުރު ސުވާލު ކުރުމުގެ ވަގުުތުގައި ޔައުގޫބް އެއްސެވީ ޓޫރިޒަމް ދާއިރާއިން ކަނޑަށް ކުނިއަޅާ މައްސަލައަށް މިހާރު ހައްލެއް ލިބިއްޖެތޯ އެވެ.

އެންވަޔަރްމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ނޫސްވެެރިންނާ ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ ކަނޑަށް ކުނި އަޅަން ހުއްދަކުރާ ގަވައިދު އުވައިލަން ވާހަކަދައްކަމުންް އަންނަ ކަމަށް.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ މައްސަލައަށް އެދެވޭ ހައްލެއް އަވަހަށް ލިބުން އެދޭ ކަމަށާއި އެކަމާ ބެހޭ ގޮތުން މޯލްޑިވްްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ މަޓީއާ ވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ.

"މިކަން އިސްލާހުކުރުމަށް ޓަކައި އަޅުގަނޑުމެން ކަމާ ބެހޭ ވުޒާރާއާއި ކަމާ ބެހޭ ފަރާތްތަކާ ވާހަކަދައްކަމުން އެބަދަން. އަޅުގަނޑުމެން އުއްމީދުކުރަނީ ޓޫރިޒަމް މިނިސްޓްރީން ހަދާފައި އޮތް އެގަވައިދު ދާދި އަވަހަށް އިސްލާހު ކުރެއްވި އެމައްސަލަ ހައްލުވެެގެން ދާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ރިސޯޓްތަކުން ކަނޑަށް ކުނި އަޅަން ހުއްދަވާ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ހަދާފައި އޮންނަ އެ ގަވައިދު އުވައިލުން ލަސްވެގެން، އެންވަޔަރްމްނެޓް ކޮމިޓީގެ ބައްދަލުވުމެއްގައި މެމްބަރުން ކުރިން ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ޖެނުއަރީ 18 ގައި ބޭއްވި އެ ބައްދަލުވުމުގައި ޔައުގޫބް އޭރު ވިދާޅުވީ ގަވައިދެއް ހަދަން ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށް އެ މަސައްކަތުގެ ޓައިމްލައިނުން އެނގޭ ކަމަށެވެ.

"މިއީ ހަމަ ކުޑަކުޑަ ގަވާއިދެއްގެ ކަންތަކަށް އަހަރުތަކެއް މިދަނީ. އަދިވެސް ޓޫ ޓު ތުރީ މަންތުސް ވީމަ އަދި އަޅުގަނޑަށް މާ ލަސް. އެހެންވީމާ މިއަށް ތަންކޮޅެއް ސީރިއަސްކޮށް ވިސްނައިގެން މިކަހަކަ ކަންތައް ކުރަންޏާ އަޅުގަނޑަށް ހީވަނީ ދުވަސްތަކެއް ނޫނީ ހަފްތާތަކެއްގެ ތެރޭގައި މިކަން ނިންމައިލެވިދާނެހެން،" އޭނާ އޭރު ވިދާޅުވި އެވެ.

އެ ގަވައިދު ކުއްލިއަކަށް އުވައިލުމާ ދެކޮޅަށް އެ ދުވަހު މަޓީން ވާހަކަ ދެއްކި އެވެ. މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު ވިދާޅުވީ އެކަން ކުއްލިއަކަށް ހުއްޓާލަން ޖެހިއްޖެ ނަމަ ވަރަށް އުނދަގޫ ވާނެ ކަމަށާއި ހާއްސަަކޮށް ސަފާރީތަކަށް ވަރަށް އުނދަގޫ ކަަމަކަށް އެކަން ވާނެ ކަމަށެވެ.

13 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 13%
icon angry icon angry 25%
icon wow icon wow 13%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރިސޯޓަކުން

04 March 2021

އިސްލަހު ކުރަންވީ ކިތަންމެ ކަމެއް ރިސޯޓް ތަކުގަ ގަވައި ދާ ހިލާފަށް އެބަކުރަމުން ދޭ. ގިނަވަގުތު މަސައްކަތް ކުރުވުމާ ޗުއްޓީ ނުދިނުމާއި ކެއުމައި ނި ދުމާއި މިހުރިހާކަމެއް ބޮއްސުންލާފަ ހުރި ރިސޯޓްތައް ވަރަށްގިނަ . ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި

The name is already taken The name is available. Register?

ނަސީ

03 March 2021

ޢެއްކަމެއްވެސް ކުރެވޭނެ ބައިގަނޑެއް ނޫން މިހާރު ވެރިކަމުކައި އެތިބީ ގަޓުޔާމިން އެބަޖެހޭ ވެރިކަމައް ގެންނަން

The name is already taken The name is available. Register?

ޔަގީން ކަތީބު

04 March 2021

ކިހާ ބޮޑު އަޖައިބެއް! ތިޔަބުނާ މީހަކު 5އަހަރު ވެރިކަންކޮށްފަ ދިޔައިރުވެސް އެބުނާ ގަވަެިދުެޮތް. ކެރުނުތަ އެންމެ ކުޑަ މިނުން އެއްޗެއް ބުނެލަން. ނުކެރޭނެކަން ޔަގީން!

The name is already taken The name is available. Register?

ށިރިކނ

03 March 2021

ސޯލްމޭޓުން ބިންމަތީގަ ދިމާވެލުމަކީވެސް ތިމަންނަގެ އިޚުތިޔާރުގަ އޮތް ކަމެކޭ ތިމަންނަގެ ހުއްދަ ހޯދައިގެން ތިމަންނައަށް އެގިގެންނޭ އަގައިން ބުނެވޭނީ ކިޔައިގެން އުޅޭ އިންސާނާއަށް. އެދެން އެދެން ތިޔަ ޚިޔާލީ އުފާތައް. އެކަން އެނގޭތީހެ ތިހުރީ ފިލާފާ. ހުރީއެ ފަރުވާ މިތާ ވެވި ދިވާނާ. ތިތާ މިމަންޒަރު ހުރީ ދެން ބަލަންތާ. ދޮހޮއްކޮ

The name is already taken The name is available. Register?

ޙަބީބު

03 March 2021

ކައިފަ ބާކިވާބަތާ ރިހަޔާ ކުކުޅުކަށި ރިހަޔާ ބޮނޑިބަތާ މަސްކަނޑާ ބާވަތްތައް ކަނޑައް އެޅުމަކީ ހަމައެއްވެސް މައްސަލައެއްނޫން އެބާވަތް ތަކަކީ މަސްމަހާމެހި ކައި ހުސްކޮއްލާ ބާވަތްތައް އެއީ ފުންކަނޑައް އަޅާލީބަ ގޮނ ދޮށައް ލައްވާ

The name is already taken The name is available. Register?

އަހުމަދު މުހައްމަދު

03 March 2021

ހަޑި ކަމެއް ވާނީ ހަޑި ކަމަކަށް . ކުނި އަޅާ ހަޑިކުރާކަށް ނުވާނެ ކިތަންމެ އުނދަގުލެއް އުފުލަން ޖެހުނަސް. މިހާރުވެސް އެބަ ޖެހޭ ޕްލާސްޓިކް ހުއްޓާލުމުން ރައްޔިތުން ކުނި އުކަން ކަން ކުރަން ޖެހޭނެ ގޮތެއް ކިޔާދީ ހޭލުން ތެރި ކުރުވަން. މަގުތަކަށް ސީލާ ކޮތަރު ތަކުގެ ސަބަބުން މަގުމަތި ހަޑިވާ މައްސަލަ އަށް ވެސް ހައްލެއް ބޭނުން.

The name is already taken The name is available. Register?

ހެޔޮއެދޭ ރިސޯޓް

03 March 2021

ނިކަމެތި ރިސޯޓްތަކަށް ތިހެން ނަހައްދަވާ :( ކުނި ނައްތާލުމަށް ހަރަދު ކުރަންޖެހިއްޖެޔާ ކިހިނެއް އެތަންތަނުން ދެކޮޅު ޖައްސާނީ.

The name is already taken The name is available. Register?

ނެތީމޭނެތީމޭ

03 March 2021

ތަމެންނަށް ރަނގަޅަށް މިފަހަރު ވިޔަފާރިވެރިންގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބަށް ވޯޓް ލިބޭނެއޭ މަމެން ބުނަން ނެތީމޭ ކަނޑަށް ކާތަކެތީގެ ކުނި އެޅި ނަމަވެސް އެއީ ތިމާވެއްޓަށް ވެސް އަދި ކަނޑަށް ވެސް އެއްވެސް ގެއްލުމެއް ވާނެ ކަމެއް ނޫނޭ ތަމެން ތިޔާ އުޅެނީ އަބަހައްދަވެގެންނޭ މަމެން ބުނަން ނެތީމޭ..

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

03 March 2021

އުވާލަން ޖެހެނީ ތިޔަ ޤަވާއިދެއްނޫން. މަޖިލީހުން ތިޔަ ޤަވާއި އުވާނުލިކަމުގައިވިޔަސް ތިއީ ރާއްޖޭގެ ޤާނޫނުތަކާއި ޙިލާފަށް ހަދާފައިވާ ޤަވާއިދެއްކަމަށްވާތީ އާންމުމީހާއަށް ކޯޓަށްގޮސްގެންވެސް ތިކަންކުރެވޭނެ. # ތިމާވެއްޓާއި ބެހޭ ޤާނޫނަށް އެއްރަށުން އަނެއްރަށަށް ކުނި އުފުލަން ނުވަތަ އެނޫންވެސް ގޮތަކަށް ކަނޑުމަގުން ކުނިއުފުލޭނީ އެކަމަށް ޙާއްސަ ހުއްދަ ދޫކޮށްފައިވާ ކުންފުނިތަކަށް އެކަންކުރުމަށް ހުއްދަ ލިބިފައިވާ އުޅަނދު ތަކަށް ކަމުގައި ޤާނޫނެއްގައި ލިޔޭ.

The name is already taken The name is available. Register?

ހުސޭނީ

03 March 2021

އަތުން 20ރ މަދުވެދާނެތީ ރިސޯޓްތަކަށް ދީފަހުރި ލުއިތަށް!

The name is already taken The name is available. Register?

މޮހިތު

03 March 2021

އަރާފައިން ގޮފިގަނޑު ކަނޑާލިޔަސް މި ރިސޯޓް އޯނަރުންނަކަށް ނޭގޭނެ! ރީތި މޫދު ވިއްކަމުން، އަދި އެ ރީތި މޫދަށް ކުނި އަޅަނީ.. ބޯހަލާކު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454