މިއަދު ލޮލަށް ބުޅި ހެރުނު މަސްވެރިޔާ އަށް އެހީތެރިވަނީ. -- ފޮޓޯ: އެމްއެންޑީއެފް
07 މާޗް 2021 - 11:08
މަހަށް ނުކުމެ އުޅުނު މަސްވެރިއެއްގެ ލޮލަށް އަނެއްކާވެސް ބުޅިއެއް ހެރި ފަރުވާ ދޭން ޅ. ނައިފަރަށް ގެންގޮސްފި އެވެ.
އަނިޔާވި މަސްވެރިޔާ ނައިފަރަށް ގެންދިއުމުގައި އެހީވި އެމްއެންޑީއެފުން ބުނީ ހާދިސާގެ ރިޕޯޓް ލިބުނީ ހެނދުނު 7:30 ހާއިރު ކަމަށެވެ. މިކަން ހިނގީ އެމްއެންޑީއެފުން ބުނި ގޮތުގައި ޅ. މުލީ ބޮއި ކައިރީގައި މަސްވެރިކަން ކުރަން އުޅުނު "ރުއްކުރި" ދޯނީގަ އެވެ.
އަނިޔާވީ އުމުރުން 35 އަހަރުގެ މީހަކަށް ކަމަށާއި ހެނދުނު 9:15 ހާއިރު އެ މީހާ ނައިފަރަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މަހަސް ގޮސް އުޅެނިކޮށް ލޮލަށް ބުޅި ހެރުން މި ފަހަކަށް އައިސް ވަނީ ވަރަށް އާންމުވެފަ އެވެ. މިފަދަ ހާދިސާތަކުގައި ލޮލުގެ ފެނުން އެއްކޮށް ގެއްލެން ވެސް މެދުވެރިވެ އެވެ. އެހެންވެ މިކަމުން ރައްކާތެރިވެ ތިބުމަށް، މަސްވެރިކަން ކުރާއިރު ލޮލުގެ ހިމާޔަތަށް ހަދާފައި ހުންނަ އައިނު އަދި ގޮގުލްސް ފަދަ ތަކެތި ބޭނުންކުރުމަށް ސިއްހީ ތަޖުރިބާކާރުން އަންނަނީ ލަފާ ދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރުކެހި
07 March 2021
އުތުރުގެ ގިނަ މަސްވެރިން މަސްވެރިކަން ކުރުމުގާ ވަރައްފަރުވާކުޑަތަން މިފެންނަނީ ކުރީޒަމާނުގާ ލޮލުގާއައިނެއް އެއްޗެއްނޭޅިޔަސް މިހާރު އެޅުންމީ ވަރައްމުހިންމުކަމެއް
ހިޔާލެއް
07 March 2021
މަސްވެރިން މިހާރު ވެއްޖެ ސޭފްޓީ ގޮގުލް ބޭނުންކުރަން.
ހިސާނާ
07 March 2021
ފިޝްރިޒް ގެ އެއްވެސް ޒިއްމާއެއް ނެތީތަ. މުސާރަ ނަގައިގެން ތިބުން ފިޔަވައި؟
ވިސްނާލަމާ
07 March 2021
މަސްވެރިކަމުގައިވެސް ސަލާމަތީ ފިޔަވަޅުތައް އަޅަންޖެހޭގޮތް ހެދުމަކީ މުހިއްމުކަމެއް. މީހެއްގެ ލޮލޮގެ ފެނުމަކީ އެމީހާގެ މުޅިދިރިއުޅުމޭ ބުންޏަސް ދޮގަކަށް ނުވާނެ. ވީއިރު އެފަދަ ހިތި ތަޖުރިބާތަކުން ސަލާމަތްވާންޖެހޭ. މިކަމާއިމެދު އެންމެން ވިސްނައި ފިޔަވަޅުއެޅުމަކީ މުހިއްމުކަމެއް. ކަމާއިބެހޭ މުވައްސަސާތަކުން ނިންމުމުގެ ކުރިންވެސް އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ހޯދުމަކީ މުހިއްމުކަމެއް.