ޚަބަރު / ސްޓެލްކޯ

ސްޓެލްކޯގެ މުވައްޒަފުންނަށް ފްލެޓް ދިނުމުގެ އުސޫލް މުރާޖައާކުރަން އަންގަނީ

ސްޓެލްކޯގެ ސްޓާފް ހައުސިން ޕްރޮޖެކްޓްގެ ދަށުން މުވައްޒަފުންނަށް ފްލެޓް ދޫކުރި އުސޫލް ކަމުނުދާތީ، އެ އުސޫލް މުރާޖައާކުރަން އެންގުމަށް ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން ނިންމައިފި އެވެ.

ކުރީގެ ސަރުކާރުގައި ހިންގި ހިޔާ މަޝްރޫއުގެ ތެރެއިން މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން އެއްބަސްވެ ސްޓެލްކޯ އިން ނިންމީ 15 ބުރީގެ ދެ ޓަވަރު އަޅާށެވެ. އެއް ކޮޓަރި އާއި ދެ ކޮޓަރީގެ ފްލެޓްތައް ހިމެނޭ ގޮތުން ޖުމްލަ 384 އެޕާޓްމެންޓް ހިމެނެ އެވެ. އެއީ އެއް ކޮޓަރީގެ 144 އެޕާޓްމެންޓާއި ތިން ކޮޓަރީގެ 240 އެޕާޓްމެންޓެވެ.

މީގެތެރެއިން 1 ކޮޓަރީގެ 72 އެޕާޓްމަންޓް ސަރުކާރުން ކަނޑައަޅާފައިވާ އަގެއްގައި ވިއްކަން ޖެހޭ ގޮތަށް ވަނީ އެއްބަސްވެފަ އެވެ.

އެސްއޯއީ ކޮމިޓީން ސްޓެލްކޯ ފްލެޓްތަކުގެ މައްސަލަ ބަލަން ފެށީ އުސޫލުން ބޭރުން ދޫކުރަން ނިންމާފައިވާ ކަމުގެ ޝަކުވާ ހުށަހެޅުމުންނެވެ. އޭގެތެރޭގައި ކުންފުނީގައި ތިން މަސް (ދާއިމީ) ނުވާ މުވައްޒަފުންނަށް ދޭން ނިންމުމާއި މާލޭގެ ގެދޮރު ހުރި މީހުންނާއި ސްޓެލްކޯގެ އިސްވެރިންނާއި ބޯޑު މެމްބަރުންނާއި ސްޓެލްކޯގެ ފްލެޓް ކޮމިޓިގެ ހުރިހާ މެމްބަރުންނާއި އެ ކުންފުނީގައި ނޫޅޭ މުވައްޒަފުންނަށް ދޫކުރި ކަމުގެ ޝަކުވާ ވެސް ބޮޑެވެ.

ސްޓެލްކޯގެ ފްލެޓް ދިނުމަށް އެ ކުންފުނީގެ ވަޒީފާ އަށް މީހުން ވެއްދި ކަމުގެ ތުހުމަތު ވެސް ކުރެ އެވެ. އެކަން ގުޅުވަނީ ކުންފުނީގެ ސިޔާސީ މަގާމްތަކުގައި ތިއްބެވި ބޭފުޅުންނާ އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް ހުޅުވާލުމުން 300 އަށް ވުރެން ގިނަ މުވައްޒަފުން ކުރިމަތިލި އެވެ.

އެސްއޯއީ ކޮމިޓީން މައްސަލަ ބެލުމަށް ފަހު އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ ކުންފުނިން ފްލެޓް ސްކީމެއް ހުޅުވާލުމުގެ ބޭނުމަކީ ބޯހިޔާވަހިކަން ތަހައްމަލްކުރާ އެތަނުގެ މުވައްޒަފުންނަށް ސަބްސިޑައިޒް ރޭޓެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ. އެކަމަކު ސްޓެލްކޯގެ ފްލެޓްތަކަށް ހުޅުވާލައި ދޭން ނިންމާފައި ވަނީ އެ އުސޫލުން ނޫން ކަމަށް ކޮމިޓީގެ ރިޕޯޓުގައިވެ އެވެ.

ސްޓެލްކޯގެ ފްލެޓް ދޫކުރާ އުސޫލް އަލުން މުރާޖައާކުރަން އަންގަން ނިންމާފައިވާއިރު، އެކަން އެގޮތަށް ކުރޭތޯ ހައުސިން މިނިސްޓްރީން ބެލުމަށް އެތަނުގައި އެދެން ވެސް ކޮމިޓީން އޮތީ ނިންމައިފަ އެވެ.

43 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 52%
icon sad icon sad 13%
icon angry icon angry 30%
icon wow icon wow 4%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަދު

10 March 2021

އެއްސަރުކާރުން ކޮށްފައި ހުންނަ ކަންކަން ދެން އަންނަ ސަރުކާރަކުން އުވާލައި އެހެން ގޮތެއްހަދާ ކަމަށް ވަންޏާ ދުވަހަކުވެސް ތަރައްގީގެ ރަހަވެސް ނުފެންނާނެ.

The name is already taken The name is available. Register?

އަހަންމަދޭ

10 March 2021

ކަލޭނޭ މި ފްލެޓްތަކުން ނެއްޓި އެހެން ކަމަކާ އުޅެވޭވަރު ނުވިއެއްނު. މެއަށް ހެރިފަ ހުރި ޚަންޖަރެކޭ ތިއެކޭ އެއްގޮތެއްނު. އިންތިޚާބަށް އުކަން ދިރުވައިގެން ގެންގުޅޭ އެންވަށްޓެއްތަ ހިޔާ މަޝްރޫއުގެ ފްލެޓަކީ. ބަޔަކު އެތަނުގަ ދިރިއުޅޭތަން ދެކޭކަށް ލަގޮނޑިއަކަށް ކުޅަދާނައެއް ނޫން. ތަން ތަޅާލެވޭކަށް ނެތް. ބަޔަކަށް ނުދީވެސް ވާކަށް ނެތް. މިވަރުކަމެއް ދުށީމުތަ އަޅެފަހެ!

The name is already taken The name is available. Register?

ނާޗާރު

09 March 2021

ދިވެހިންގެތެރޭގައި ގިނަވާނީ ނާޗާރާއިންނާއި ބޭޗާރާއިން. އެމެރިކާގައި ވޮޝިންގޓަން ޑީސީއާއި އިންޑިޔާގައި ނިއުޑެލްހީއާއި ޕާކިސްތާނުގައި އިސްލާމް އާބާދު ހެދީ ކީއްވެ؟ މެލޭޝިޔާއާއި މިސުރުގައި ވެރިކަންކުރާނެ އާ ރަށެއް ބޮޑު ޚަރަދުކޮށްގެން ހަދަނީ ކީއްވެ؟ މި ގައުމުތަކުގައިވެސް ގެދޮރު ނެތް މީހުން އެބަތިބި. ގައުމެއްގައި ތިބޭ ނާޗާރާއިންނާއި ބޭޗާރާއިންނާމެދު ވިސްނިޔަސް ކިތަންމެ ކަމެއް ކޮށްދިނަސް ވާނެކަމެއް ނޯންނާނެކަން އެ ގައުމުތަކަށް އެނގޭތީ މިގޮތަށް ކުރަނީ.

The name is already taken The name is available. Register?

މުސާރަފުޅު

09 March 2021

މަގާމުތަކުގެ މުސާރަ ތަފާތުވެފައި އެކިވަރަށް މުސާރަ ދެނީ ކީއްވެ؟ ދައުލަތަށް ގައުމަށް ޚިދްމަތްކުރާ މީހުންނަށް އިނާމު ދެނީ ކީއްވެ؟ ދައުލަތަށް ޚިދުމަތްކުރާ މީހުން ދުނިޔޭގެ ހުރިހާ ތަނެއްގައި ތަފާކުރަނީ ކީއްވެ؟ ޚިދުމަތްތެރިންނަށް މެޑެއްޔާއި ޝަރަފު އަރުވަނީ ކީއްވެ؟ މިކަން މިކުރަނީ ޚިދުމަތުގައި ރަނގަޅު މޮޅުމީހުން ބޭތިއްބުމަށް. ރަނގަޅު މޮޅުމީހުން ޤައުމީ ޚިދުމަތަށް ނެރުމަށް. ގެދޮރު މިދެނީވެސް ހަމަ އެކަމަށް. މޮޅު މީހުން ގައުމު ދޫކޮށްފައި ދިޔަ ނުދޭންވެގެން.

The name is already taken The name is available. Register?

ތަސްބީހަ

09 March 2021

ފްލެޓް އެޅުން ކަމަކު ނުދޭ. ފްލެޓް އެޅިގޮތް ކަމަކު ނުދޭ. ފްލެޓް ދިންގޮތް ކަމަކު ނުދޭ. ފްލެޓް ދީގެން ވާކަށް ނެތް. ނުދީ ވާކަށް ނެތް. ވެރިކަން ނިމެންދެއް އޮތީ މި ތަސްބީހަ.

The name is already taken The name is available. Register?

ނުއާ

09 March 2021

ސަ ރުކާ ރުން ކަންތައްކު ރަނީ އިންސާފުންތޯ؟ މިގައުމުގައި މަސްވެ ރިންނާއި ދަނޑުވެ ރިންނާއި ޓުވަ ރިޒަމް ދާއި ރާ އާއި ފިހާ ރަތަކާއި ކެފޭ ރެސްޓޯ ރެންޓް ތަކާއި އެހެނިހެން އަމިއްލަ ޕު ރައިވޭޓް އޮފީސްތަކާއި އެކި އެކި ވަޒީފާ އަދާ ކު ރާ މުއައްޒިފުންނާއި ވަޒީފާއެއް ނެތިފަ ތިބި އެތައް ބަޔަކާއި ތިބިއި ރު ވަކި ވަޒީފާ ތަކެއްގައި ތިބި މުއައްޒިފުން ނަށަށާއި ވަކި ރަށެއްގެ ބޭފުޅުންނަށް އިސްކަން ދީގެން ހަދާ ކެޓަގަ ރީ ތަކުގެ އިންސާފަކީ ކޮބާތޯ؟

The name is already taken The name is available. Register?

ނަލަބެ

09 March 2021

އެމް އޭ ސީ އެލް އިން އެޅީވެސް ހިޔާ މަޝްރޫއުގެ ފުލެޓް ތަކެކެވެ. އެތަންތަންވެސް ބެ ހީ ބޯ ހިާވަ ހިކަމުގެ އިސްކަންދޭ އެއްވެސް ތަރުތީބެއް ނެތިއެވެ. ޥީމާ މިތަންތަން ދިންގޮތްވެސް އަލުން މުރާޖާ ކުރުމަށް ގޮވާލަމެވެ.

The name is already taken The name is available. Register?

ހުސްބުޅި

09 March 2021

ކަލޭމެން ކީއްވެތަ އެސްޓިއޯފުލެޓާއި ބެހޭގޮތުން ވާހަކަ ނުދައްކަނީ, އެތާއުޅޭ މުވަސަފުންވެސް އެތިބަނީ ކާކުތޯ އެމުޒަފުންގެ ވާހަކަ ދައްކާނީ? ބެލީމަތާ އިނގޭނީ. ސަހަލި ތަނެއްނެތް.

The name is already taken The name is available. Register?

ށޏޘޝ

09 March 2021

މިހާރު ކަމުދާ އެއްކަމެއްވެސް ކުރެވޭތަ އަޅޭ؟

The name is already taken The name is available. Register?

ާއަލިބެއްޔާ

09 March 2021

މުޅި ގައުމު ތަރައްޤީކޮށް ހުރިހާ އަތޮޅެއްގެ ރައްޔިތުންނަށް ގޯތިގެދޮރު ހަމަޖައްސާ ދެވޭހާ ފައިސާ ހުޅުމާލެ ކިޔާތަނެއް ހިއްކައިގެން ތަޅާ ހުސްކޮށްލައިފި. ޢެކަމުން ރައްތިތުންގެ ދިރިއުޅުމުގެ ހާލަތެއްވެސް. ގޯތިގެދޮރުގެ ހާލަތެއްވެސް ބަދެލެއްނާދޭ. ރައްޔިތުން ހައްތާހާވަނީ ނިކަމެތި. އިޖުތިމާއީ މައްސަލަތަށް ދަނީ ބޮޑުވަމުން. ޢައިލީގުޅުން ދަނީ ހީނަރުވަމުން. އަވައްޓެރިންނާއި ގާތްތިމާގެ ގުޅުންވެސް ނެތިދަނީ. މަސްތުވާތަކެއްޗާ ވައްކަމާ ހިޔާނާތާ ކޮރޮޕްޝަން އަަންމުވަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454