ހުޅުމާލޭގައި ސްޓެލްކޯ އިން އަޅާ ފްލެޓް އިމާރާތް -- ފައިލް ފޮޓޯ: މިހާރު
09 މާޗް 2021 - 12:11
ސްޓެލްކޯއިން ހުޅުމާލޭގައި އަޅައި ނިމިފައި ހުރި ފްލެޓްތައް ކުރިއަށް ދޭތޯ ބައްލަވަން އިއްޔެ ހުޅުމާލެ އަށް ވަޑައިގެންނެވި ކަމަށާއި އެކަމަކު އެ ފްލެޓްތައް ނިންމުމުގެ މަސައްކަތް ކުރިއަށް ދާ ތަން ފެނިވަޑައިނުގަންނަވާތީ، އެކަން ކުރިއަށްދޭތޯ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ތަކުރާރުކޮށް ސުވާލުކުރައްވައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފެށި ހިޔާ މަޝްރޫއުގައި ސަރުކާރުގެ ކުންފުނިތަކުން އަޅަން ފެށި ފްލެޓް އިމާރާތްތަކުގެ ތެެރެއިން ސްޓެލްކޯއިން އެޅި ފްލެޓްތައް ލިބޭނެ ފަރާތްތައް ކަނޑައެޅި ގޮތް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން ބެލުމަށް ފަހު އެކުލަވައިލި ރިޕޯޓު މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅި އެވެ. ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިލްޔާސް ލަބީބު އެ ރިޕޯޓް ތަޅުމަށް އިއްވަވައި ނިންމެވުމާ އެކު ނަޝީދު އެތައް ސުވާލެއް ކުރެއްވި އެވެ. ފުރަތަމަ ސުވާލުކުރެއްވީ މަަސައްކަތް ހިނގަަމުންދާކަން ނުވަތަ ނޫންކަން ކޮމިޓީ އަށް ފާހަގަވިތޯ އެވެ.
އިލްޔާސް ވިދާޅުވީ އެ މަސައްކަތް ހިނގަމުންދާ ކަމަށް ސްޓެލްކޯ އާއި ހައުސިން މިނިސްޓްރީން މައުލޫމާތު ދީފައިވާ ކަމަށެވެ. މަސައްކަތް ހިނގަމުން އަންނަ ކަމަށް ކޮމިޓީން ބެލީ އެ ދެ ތަނުން ދިން މައުލޫމާތަށް ބިނާކޮށް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޮމިޓީ އަށް ފެނުނުތޯ؟" ފުރަތަމަ ސުވާލަށް އިލްޔާސް ދެއްވި ޖަވާބާ އެކު ނަޝީދު އެއްސެވި އެވެ.
އެ ސުވާލު އުފައްދަވާ އެއް ސަބަބެއް ކަމަށް އެމަނިކުފާނު ވިދާޅުވީ ސްޓެލްކޯއިން އަޅާ އިމާރާތަށް ފައިސާ ހޯދަން އޮތްް އެއް މަގަކީ އެ އިމާރާތުން 72 ހައުސިން ޔުނިޓް ސަރުކާރަށް ވިއްކުން ކަމަށް ވެފައި، އެތަންތަން ނުގަންނާނެ ކަމަށް ސަރުކާރުން ބުނެފައިވާ ވުމެވެ.
"އެ ފައިސާ އިތުރަށް ހޯއްދަވައިގެން ސްޓެލްކޯ އަށް ކުރިއަށް ގެންދެވޭނީ. ދެން ކޮމިޓީން ސީދާ ދުށްތޯ ކްރޭން އަރާ ފައިބާ ތަން،" ތިން ވަނަ ފަހަރު ސުވާލު އުފައްދަވަމުން ނަޝީދު ވިދާޅުވި އެވެ.
ހުޅުދޫ ދާއިރާގެ މެމްބަރު އަދި އެސްއޯއީ ކޮމިޓީގެ މުގައްރިރު އިލްޔާސް ލަބީބް. އޭނާ ވިދާޅުވީ ސްޓެލްކޯ ފްލެޓް އިމާރާތުގެ މަސައްކަތް ހިނގާ ކަމަށް ގަބޫލުކުރައްވާ ކަމަށް.
މެމްބަރަކު ވާހަކަ ދައްކަވައި ނިންމެވުމުން އެހެން މެމްބަރަކަށް ފުރުސަތު ދެއްވުމާ ދެމެދު އެމަނިކުފާނު ފަހުން ސުވާލު ކުރެއްވީ ސަރުކާރުން 72 ހައުސިން ޔުނިޓް ނުގަތުުމުން، ސްޓެލްކޯއިން ފައިސާ ހޯދި ގޮތަކާ މެދު އެވެ. އެ 72 ޔުނިޓް، ސްޓެލްކޯގެ އަމިއްލަ ހައުސިން ޕްރޮގްރާމްގެ ތެރޭގައި ވިއްކީތޯ ވެސް ސުވާލުކުރެއްވި އެވެ. މަސައްކަތް ހަމަ ހަގީގަތުގައި ވެސް ހިނގަމުން އެބަދޭތޯ ކުރައްވާ ސުވާލު އެއާ އެކުގައި ވެސް ތަކުރާރު ކުރެއްވި އެވެ.
"އަޅުގަނޑު އިއްޔެ ހަވީރު، ބަލައިލަން ދިޔައިން ހުޅުމާލެ އަށް. އަޅުގަނޑު ފޮޓޯ ވެސް ނެގީމު. އެއްވެސް ކްރޭނެއް ހިނގާތަން ނުފެންނާތީ އަަޅުގަނޑު މިއަހަނީ،" ނަޝީދު ވިދާޅުވި އެެވެ.
އެއަށް ފަހު އެ ސުވާލަށް ޖަވާބު ދެއްވަން ކޮމިޓީގެ މުގައްރިރު އިލްޔާސަށް ފުރުސަތު ދެއްވުމުން ވެސް އޭނާ ދެއްވީ ކުރިން ވެސް ދެއްވި ޖަވާބެވެ. ނަޝީދު ތަކުރާރުކޮށް އެ ސުވާލު ކުރައްްވާތީ ފެލިދޫ ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ އެކަން ބައްލަވަން އެންމެ ފަސޭހަވެވަޑައިގަންނަވާނީ ޚުދު ނަޝީދަށް ކަމަށެވެ.
"އިއްޒަތްތެރި ރައީސް މިވަގުތު އޮތީ އެމްޑީޕީ ސަރުކާރެއް. މަނިކުފާނަކީ އެ ސަރުކާރަށް ނިސްބަތްވާ ބޭފުޅެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެހެންވީމާ އިއްޒަތްތެރި ރައީސް މިކަން އަމިއްލަފުޅަށް ބައްލަވައިލަދެއްވާ،" ފަޒުލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުންފުނިތަކުން އަަޅަން ފެށި ފްލެޓް އިމާރާތްތަކުގެ މަސައްކަތް ހިނގާތަން އޭނާ އަށް ވެސް ފެނިވަަޑައިގަންނަވާ ކަމަށާއި ރައްޔިތުންނަށް ވެސް ފެންނަ ކަމަަށެވެ. ކުންފުނިތަކުން އަޅާ ފްލެޓްތަކުން ސަރުކާރަށް ގަންނަަން އުޅުނު ފްލެޓްތައް ސަރުކާރުން ނުގަތުމުން ފަޒުލް އެކަމަށްް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއީ ސަރުކާރުގެ ނާގާބިލުކަން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަރާނާ
10 March 2021
މަލޭރައްޔިތުންނައް މިފަ ހަރު ވަރައްރީތި ބޮނޑިޔެއް ނަޝީދު ދެއްވާނެ ބަލަންތިއްބަވާތި ކައުންސިލުއިންތި ހާބައް މަލެ ރައްޔިތުން ބޮލައް ޗިޕު ޖަ ހާފަ ވޯޓުން މޮޅުވައިރައް ލިސްޓު ބާތިލުކޮއްފަ ފުލެޓުތައް އަތުލާނެ އަދިވެސް ނަޝީދު ދަސްނުވޭތަ
ޙަބީބު.
10 March 2021
މަސްވެރިން ބަނާ މަސްކޮޅު ގަނެވިއްކާ ނުދެވެ ބަޔަކައް ކޮންފުލެޓެއް ގަނެފަ ރައްޔިތުންނައް ދެވެނީ
އުނބުށޭމު
10 March 2021
ދައުލަތުގެ ކުންފުނިތަކުންވެސް ފްލެޓް ދޭންޖެހޭނީ އަމިއްލަ ބޯހިޔާވަހިކަމެއްނެތް އެންމެބޮޑަށް ބޯހިޔާވަހިކަމަށް ބޭނުންވާ މީހުންނަށް އިސްކަންދެވިގެން. އެއީ އެތާނގައި ވަޒީފާއަދާކުރާމީހުންގެ ތެރެއިން ކަމުގައިވިޔަސް. އެފަދަ މުވައްޒަފުންނަށް ދީފައި ބާކީހުންނަ ތަންތަން އެހެން ރައްޔިތުންނަށް ވިއްކާލެވިދާނެ. ގެދޮރުހުރި މީހުންނަށް އާމްދަނީ ހޯދަން އިތުރު ފުރުޞަތެއްގެ ގޮތުގައި ކުއްޔަށްދިނުމަށް ދައުލަތުން ނުވަތަ ދައުލަތުގެ ކުންފުންޏަކުން ފްލެޓް ދެވިގެންނުވާނެ.
ނަސީ
10 March 2021
ނަސީދު ބަލަންވީ ފްލެޓް ކަމެއް ނޫން ރާޑަރު ތައްބަހައްޓައިގެން ރާއްޖެއި ބޭރުން ބޯޓްތައް އައިސް ވަގައް މަސް ބާނަކަންތައް
ޖާބެ
10 March 2021
ކައުންސިލް އިންތީޙާބައް ފުލެޓް އެމް.ޑި.ޕީން އަޅާފަ ދީބަލަ މިހުންގެ ވަހަކަ ނުދައްކަ ހުސްބުޅީގަ މަސް ބޭނުން މިއޮއްނަނީ
ބަރުތީލަ
10 March 2021
ވޯޓުން ބަލިވީމައި 11000 ލިއުން ބަހާ 7000 ފުލެޓް ބިންގާ އެޅި ކޮންޓްރެކްޓަރުން އަތުން 200 މިލިއަންށްވުރެ ގިނަ ފައިސާ އަތުލީ
ދޭދޭ
09 March 2021
ރާއްޖޭގައި މީހުން ދި ރިއުޅޭ 200 ރަށާއި 19 ނުވަތަ 20 އަތޮޅު އޮތް އި ރު، އެތަންތާ އެންމެ އަސާސީ ކަންކަމާއި ވަޒީފާގެ ކަންކަން ހަމަނުޖެހި ހު ރިއި ރު ޤައުމުގެ އާމްދަނީގެ ބޮޑުބައި އެއް ރަށަކަށް ހަ ރަދު ކޮށް ބު ރިޖުތަކާއި ޕާކުތަކާއި ސްޓޭޑިއަމް ތަކާއި އެއްޗެހި ހަދާއި ރު އެކަމާއި ސުވާލު ނުކު ރައްވަނީ ކީއްވެތޯ؟
އާރީ
09 March 2021
ނަސީދަކަށް ނުކެރުނި އެމްޑީފީ ސުފަރމެޖޯރިޓީ ސަލާމްގެ މުއްދަތު ކުޑަ ކުރާތީ ހިތްހަމަ ނުޖެހުނީމަ ޗުއްފް ވެސް ބުނާކަށް. އާދައިގެ މަސައްކަތު މީވީމާ 15 ސަލާން. މަޖިލިސް މެންބަރު ވީމަ އަހަރު ދުވަހުވެސް ސަލާމްގަ މުސާރަ ނަގައި ގެން. މީތަ ތިބުނާ ތިލަފަތުގެ ހަމަ ހަމަ ކަމަކީ.
އަލީ
09 March 2021
ހުސް ނާގާބިލު މީހުން
އަހައްމާދާ
09 March 2021
5 އަހަރު ވެރިކަން ނިމިގެން ދިޔައިރު އެންމެ ފުލެޓަކަށް ވެސް މީހަކު ވަދެފަކާއި ނޯންނާނެއެވެ. ސަރުކާރު ކުންފުނި ތަކުން ރައްޔިތުންނަ ރަގަޅު ޚިދުމަތެއް ނުދެވި އަދި އެކަށީގެންވާ ބޮޑު އަގުތަށް ނަގައިގެން އަދި އެވަރުން ނުވެގެން ފުލެޓް ބޭނުންވާ ރައްޔިތުންނަ ނުލިބި ވަކިބަޔަކަށް ދައުލަތުގެ ފައިސާ ބޭނުންކޮއްގެން ފުލެޓް ބެހުމަކީ ގަބޫލު ކުރެވޭނެ ކަމެއްނޫންނެވެ.