އިސްކޮށް އުޅޭ ކަމަށް ފުލުހުން ބުނާ އަންވަރާއި ޝަކީބް--
10 މާޗް 2021 - 17:33
އީރާނު ބޯޓަކުން ރާއްޖެ އަށް އެތެރެކުރި 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ބޮޑަކު ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު ދޫކޮށްލައިފި އެވެ.
ނަމަވެސް އެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމީ އިސްތިއުނާފު ނުކުރާށެވެ.
ސްރީ ލަންކާ އާއި ރާއްޖޭގެ ކޯސްޓް ގާޑާއި ފުލުހުން ގުޅިގެން އޮކްޓޯބަރު، 2019 ގައި ހިންގި އޮޕަރޭޝަނުގައި ދެ އުޅަނދަކުން 70 ކިލޯގެ މަސްތުވާތަކެތި އަތުލާފައިވެ އެވެ. އެ އޮޕަރޭޝަނުގައި ހިފެހެއްޓީ އީރާނުގެ ދިދަ ނަގާފައިވާ ބޯޓަކާއި "ހެދޭކުރި-7" ނަމަކަށް ކިޔާ ރާއްޖޭގެ މަސް ދޯންޏެކެވެ.
ނަމަވެސް ޝަރީއަތުގެ އަޑުއެހުމެއްގައި ބަންދު ރިވިއުކުރުމަށްފަހު ދަށު ކޯޓުން ނިންމާފައިވަނީ އަލީ އަންވަރު މުހައްމަދު، ސ. ހިތަދޫ، ކޯޒީކޯނާ ދޫކޮށްލާށެވެ. ވައްކަމުގެ ރެކޯޑު އޮންނަ އަންވަރަކީ 70 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު ތިން މީހުންގެ ތެރެއިން އެކަކެވެ.
ދެން ހިމެނެނީ އަހްމަދު ޝަކީބް، މާތިލަ، ކ. ދިއްފުށި އަދި މުހައްމަދު ރިޝްފާން، މިލާނޯ، ލ. ގަން ތުނޑިއަށެވެ.
އެކަމާ ގުޅިގެން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ އަންވަރު ދޫކޮށްލި މައްސަލަ އިސްތިއުނާފު ނުކުރަން ނިންމާފައިވާ ކަމަށެވެ.
އޭނާގެ މައްޗަށް ކޮށްފައިވަނީ ޖަދުވަލު އެކެއްގައިވާ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެހީތެރިވުމުގެ ދައުވާ އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އޭރު ވިދާޅުވީ އަތުލައިގަތް މަސްތުވާތަކެތީގެ އަގު 59.2 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫޅު
11 March 2021
މިގައުމަކަށް ކޯޓެއް އޭޖީއެއް ޕީޖީ އެއް ބޭނުމެއްނޫވޭ. ދަރިންނޭ މިއީ އެއްވެސް މުވައްސަސާއެއް ބޭއްވުމުގެ ބޭނުން ކެނޑިފައިވާ ގައުމެއް. ޖަންގަލީގެ ގާނޫނު މިތާހިނގަނީ. ސިންގަޕޫރުފަދަ ގައުމުތަކުގައި މަސްތުވާތަކެތި ވިއްކާ އެތެރެކުރާ މީހުންނަށް އަންނަނީ ދަންޖެއްސުމުގެ ހުކުމް. މިގައުމުގައި ދައުލަތުގެ ހަރަދުގައި ދުވަސްކޮޅަކު ކާންދީފައި ދޫކޮށްލަނީ، މިއީ ރާވައިގެން ހިންގާ ކަމެއް.
އަރުތަ
10 March 2021
ކޯޓުގަ ތިބޭ ފަނޑިޔާރުންނަށް ފެނުނީމަ ހަމަ ދޫކޮށްލަންވީ އުތަ، ކޮންކަހަލަ ހަމައެއް އުސޫލެއްމީ، މިވަރުގެ ބޮޑު ޑްރަގްޑީލަރަކު ދޫކޮށްލި ސަބަބު ބުނަންޖެހޭނެނު.
ބޮޑުމީހާ
10 March 2021
ސާބެހޭ ޕީޖީ! ތުހުރީ އިންސާފުފުރާ ބަންޑުންވެފަ! މާދަމާ މޮޅު ޓްވީޓަކުން ތިކަން ނިންމާލާ
އަރުތަ
10 March 2021
ޕީޖީގެ ވާހަކަ ބާއްވާފަ، ތިމީހާ ކޯޓުން ދޫކޮށްލީ ކީއްވެގެންކަން ސާފުވާން އެބަޖެހޭ ނޫންބާ!
އމ އަދުރޭ
10 March 2021
އަދިވެސް ގޯސްވީ ޕީޖީތަ؟ މަހީކުރީ ކޯޓުންކަމަށް ދޫކޮއްލީ.
ޟފހ5
10 March 2021
ކޯޓުން ދޫކުރި ސަބަބެއް؟ ޕީޖީ އިސްތިއުނާފު ނުކުރަން ނިންމި ސަބަބެއް؟ ބުނެލި ނަމަ އެޓް ލީސްޓް.
ޢަބްދުލް
10 March 2021
ކިހާ ދެރަކަމެއް؟ ސޭޓު ނިދި ޖެހުނުވަގުތު ސުޕާރީ ޕެކެޓެއް ކައްވާލި ސޮރަށް ހަމަސް ޖަލު ހުކުމް، ސަލާމަތް ވާނެ ގޮތެއް ނެތް، ނޯ ޗޮއިސް... އެކަމަކު 70 ކިލޯ، 59 މިލިއަން ރުފިޔާގެ މަސްތުވާތަކެއް އެތެރެ ކުރަން އުޅުނު މީހާ ހަމަ ދޫކޮށް ލެވުނީ ކިހިނެއް؟ ހަމަ ހެއްކެއް ނެތީ؟ ދެން ބުނާނެ ކޯޓުތަކަށް ރެސްޕެކްޓް ކުރަން ޖެހޭނެއޭ... އެތާނގަ ތިބޭ މީހުންނާހެދި މުޅި ގައުމު ހަލާކުވަނީ... ދީނޭ ނުކިޔާ މިކަން ރަނގަޅުކުރަން އުޅެބަ ފުރަތަމަ!!!
އމ އަދުރޭ
10 March 2021
59 މިލިޔަން ރުފިޔާ އެއީ ވަރަށް ބައިވަރު ފައިސާދޯ. ދެން ކިހިނެއް ހުކުމެއް އަންނާނީ.
އަލީ2
10 March 2021
ތީ ހަމަ އެންމެންގުޅިގެން ހިންގާ ޖަރީމާ
ރާޒީ
10 March 2021
މީ ޖަލުގަ އޮވެގެން ލާރިހެދި މީހެއް ފޭކް ފޯންކޯލްތައްކުރަނީ މީނަ އަޑީގަ ހުރެގެން
ޖަމަލު
10 March 2021
ގުޅިގެން ކުޅޭ ކުޅިވަރެއްތީ.. ކޯޓުތަކާއި ތިޔަ މުއައްސަސާތައް ހިންގަން ބޮޑު ހަރަދެއް ނުކޮށް ބަންދު ކުރަންވީނުން. ހަމައެއްތާކު ޖެހޭނީ
ސަޒި
10 March 2021
ސާބަހޭ ޕީޖީ،
ޑޮކްޓާރ. ބަނާނާ
10 March 2021
ކޮންމެ ވެރިކަމެއް އަޔަސް އައްޑު އަތޮޅުން ޑްރަގް މައްސަލަތަކަށް ހައްލެއް ހޯދުމަށް އެކަށީގެންވާ މަސައްކަތެއެއް ކުރާތަން ނުފެނޭ އަތޮޅުގެ ރަށްތަކުަގއި މިހާރު ވެސް ވަނީ ޑްރަގް އަދިވައްކަމުގެ މައްސަލަތަށް ގިނަ ވެ ރައްޔިތުން ވަނީ އިޖްތިމާއީ އެތަށް މައްސަލަ ތަކުގެ ތެރެއަށް ވެއްޓިފަ. މިކަމާއި ދޭތެރޭ ވިސްނާ މިކަންބަލާ ބަޔަކަށް އަތޮޅުގެ ޒުވާންޖީލަށް ދިމާ ވެފައި ވާ މައްސަލަތަކާއި އެމީހުންގެހާލަތު ފެނިފަ ކަރުނަ އަޅާ ރޯނެ. ކޮބާ އަދި ކުރިމަގުގެ ހާލަތ؟