12 މާޗް 2021 - 21:38
އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ބޭއްވި މުޒާހަރާއިން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ އެކު 24 މީހަކު މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ޕީޕީއެމް އާއި ޕީއެންސީން މާލޭގައި ކޮންމެ ހުކުރު ދުވަހު މުޒާހަރާ ކުރާއިރު މިއަދުގެ މުޒާހަރާ ހުއްޓުވުމަށް ވެސް ގިނަ އަދަދެއްގެ ފުލުހުން ނުކުތެވެ. ފުލުހުން ވަނީ ޕީޕީއެމްގެ އޮފީސް ހިމެނޭ ސަރަހައްދުގެ ހުރިހާ މަގުތަކެއް މުޒާހަރާ ފެށުމުގެ ކުރިން ބަންދުކޮށްފަ އެވެ. އަދި މުޒާހަރާއަށް މީހުން އެއްވިޔަ ނުދޭން މަސައްކަތްކުރި އެވެ.
ނަމަވެސް އެހެން ދުވަސްތަކެކޭ އެއްގޮތަށް ޕީޕީއެމްގެ ސަޕޯޓަރުން މަގުމައްޗަށް ނުކުމެ މަޖީދީމަގާއި އެހެން ބައެއް މަގުތަކުގައި ވަނީ މުޒާހަރާކޮށްފަ އެވެ.
މީގެ ކުރިން މުޒާހަރާތަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ވެސް ވަނީ، އެޗްޕީއޭގެ ގައިޑްނަލައިނާ ހިލާފްވެފައި ވާތީ ޖޫރިމަނާކޮށް ދޫކޮށްލައިފަ އެވެ.
އިދިކޮޅު ފަރާތްތަކުން "މަގޭ ފްލެޓް ކޮބާ" ގެ ނަމުގައި ކުރިޔަށް ގެންދާ މުޒާހަރާއަށް ފުލުހުން ހުރަސް އަޅާތީ އިންތިހާބަށް ހަމަހަމަ ފުރުސަތު ނުލިބޭ ކަމުގެ ޝަކުވާ ޕީޕީއެމް އިން ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފަ އެވެ. އެ ޕާޓީން ބުނީ މުޒާހަރާ ހުއްޓުވަން ޕާޓީގެ އޮފީސް ބަންދުކޮށް އެތަނަށް މުވައްޒަފުންނަށް ވެސް ނުވަދެވޭ ގޮތަށް ފުލުހުން ހުރަސްއަޅާ ކަމަށެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އިތުރުވެފައިވާއިރު އެޗްޕީއޭއިން ވަނީ އެއްފަހަރާ ފަސް މީހުންނަށް ވުރެ ގިނައިން އާންމު ތަންތަނުގައި އެއްވެ އުޅުން މަނާކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަސްރު45
13 March 2021
ދޫނިދޫ ޖަލުގަ ދުވަސް ކޮޅަކު ބައިތިއްބާލަ ބަލަ،
ފުތާ
13 March 2021
ބަލަ އަދުރޭ 100 ފަހަރު ގާނޫނާހިލާފުވިޔަސް ފިޔަވަޅެއްނޭޅެނީތަ؟؟؟ އަދި ކޮބާ ކަރޮޕްސަނުގެ މައްސަލަ ވަކިބަޔަކުވީމަ މައްސަލަބެލެނީ.....
ދޫނި
13 March 2021
މިސަރުކާރަށް 6 އެއްކަ ކެނަ މައިތިރި ނުވި ކީންކުރާ ބައެއް ތީ. އަހަރަމެން ވިޔަފާރިއަށް ހާދަ ގެއްްލުމެކޭ މިވަނީ މި އޮށްދަތި ދުވަސް ވަރު. މުޒާހަރާ އޭ ކިޔާފަ މިޖަހާ ސަކަރާތަކުން
ހަނުހުންނަ މީހާ1
13 March 2021
މަގުމަތީގަ ލާޗާރު ޕިޗާރުވެގެން އުޅޭ ކުދިންކޮޅަކަށް ފައިސާދީގެން އަދުރޭ ހިތުން ގައުމު ހަލަބޮލި ކޮށްލެވިދާނެ. ރައްޔިތުން ގަބޫލުކުރާނެ މޫނުތަކެއް ދައްކާގެން ތަންކޮޅެއް އޮގަނައިޒްކޮށް މުޒާހަރާކޮށްބަލަ އޭރުން ރައްޔިތުންގެ ތެރޭތިބި އެމްޑީޕީއާއި ދެކޮޅު މީހުން އެކަން ތިކަމުގަ ބައިވެރިވާނެ
މޯންޑޭ
13 March 2021
އަދުރޭ އުޅެނި މުގާބެއަށް ވާން ވެގެން. މާލެތެރެ ހަލަބޮލި ކޮށް ރަށްއިތުން ރުޅިއަރުވާފަ ސަރުކާރާ ޖަންސަން. މަށަށް ރަގަޅީ އަދުރޭ ޔާމީނު ކައިރީ ކުޑަ ދުވަސް ކޮޅަކު ބޭންވިންޔާ. ކަކުލު ހުޅުގަ ރިންސާތީ މަންސަލައަކީ.
އމ އަދުރޭ
13 March 2021
15 ދުވަސް ޖަހާލަބަލަ، މިހާރު ކޯޓްތައް މާ ބޮޑަށް މިނިވަންވީތަ.
ސީޒަން ޖެކްޝަން
12 March 2021
އަދުރޭ މައިތިރިކުރެވޭނެ ބާރެއްހުރިމީހަކު މިގައުމުގާ ނެތީތޯ؟