މާލެ ލޮކްޑައުން ކުރި ދުވަހު، އެސްޓީއޯ އިން ވިޔަފާރިކުރަން މީހުން ސަފުހަދައިގެން ބޭރުގައި މަޑުކުރަނީ -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު
15 މާޗް 2021 - 17:05
އެސްޓީޢޯ ސުޕަމާޓުން ގިނަ އަދަދެއްގެ ތަކެތި ހުސްވެ، ސްޓޮކް އާ ނުކުރެވި ވަނީ ލޯކަލް ސަޕްލަޔަރުން އަތުން ތަކެތި ނުލިބުމުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ، ސުޕަމާޓުން މިދިޔަ ދެ ހަފުތާގައި މުދާތައް ހުސްވެ ތަކެތި ހޯދުމަށް ދަތިވީ އެ މައްސަލަ ކުރިމަތިވުމުން ކަމަށެވެ.
"މިހާރު ޕްރޮސީޖާ ތައް ބަދަލު ކޮށްގެން އެކަން ހައްލު ވެއްޖެ. މިހާރު މުދާ ވެސް ހުންނާނެ،" އަމްރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ސުޕަމާޓު އިތުރަށް ފުޅާކުރުމުގެ ވިސްނުމެއް އެސްޓީއޯއަކުން ނުގެންގުޅެ އެވެ. އަދި ވިދާޅުވީ، މިހާރު ވެސް ހިންގާ އުސޫލުން އެތަނަށް މުދާ ގެނެސްގެން ވިއްކާނެ ކަމަށެވެ.
އެސްޓީއޯއިން ސުޕަމާޓަށް ގިނައިން މުދާ ހޯދަނީ ރާއްޖޭގެ ލޯކަލް ސަޕްލަޔަރުން މެދުވެރިކޮށެވެ. އެކަމަކު، ޑެވޮންޑޭލް މިލްކު ފަދަ ތަކެތި އަދި ވެސް ރާއްޖެ އަށް ގެނެސް ސުޕަމާޓުގައި ވިއްކަ އެވެ.
އެސްޓީއޯ އިން މިދިޔަ ހަފުތާގައި ޑޮވެންޑޭލް މިލްކް ވިއްކީ ލިމިޓް ކޮށްގެންނެވެ. މިގޮތަށް ދިމާވީ ސްކޫލުތަކުގެ ނާސްތާ ޕްރޮގްރާމަށް ތަކެތި ދޭން ޖެހުމުގެ ސަބަބުން ކަމަށް އަމްރު ވިދާޅުވި އެވެ.
އާންމު ގޮތެއްގައި ޑޮވެންޑޭލް ފަދަ ބްރޭންޑްތަކުން ތަކެތި ގެންނަން ހަތަރު މަސް ދުވަސް ނަގާ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާލި މު
17 March 2021
އަގަޔޭ ކިޔާ. 4 މަސް މިވަނީ ބޮޑެތި މީހުންގެ ނެޕީ ނެތްތާ އަ މުރައް އެގޭބާ
ޑެބީ
16 March 2021
ފެންޓަސީއަށް ފަހު މާލޭގަ ހުރި މުދާ އެންމެ އަގުބޮޑު ސުޕަމާޓުތީ.
ރެކޭ
16 March 2021
ތިކަމުގެ ޒިއްމާ ނަގަންޖެހޭނީ ތިތަނާ ހަވާލުވެ ހުރި މާ ތަންދޮރޮ ދަންނަ ކަމަށް ހެދިގެން އުޅޭވެރިމީހާ.. ތިތަންދާނީ ދުވަހެއް ދުވަހަކަށް ދަށްވަމުން.. ވަރަށް ނާގާބިލް ކަންފަސޭހަ މީހެއް މިހާރު ތި ސުޕަމާޓާއި ހަވާލުވެ ތިހުންނަނީ.. މީ ވަރަށް ވާހަކަ
އައްބެ
16 March 2021
އެސްޓީއޯއިން ކަންމަތީ ފިހާރައިން މުދާގަނެގެން ވިއްކާ ހިސާބަށް ދިޔުމަކީ ދެރަވަރު. ބޭރުން މުދާ އިންޕޯމްކޮށްގެން ނުވިއްކެންޏާ ތަނުގައި ތަޅުއަޅުވާފައި ގޭގައި ނިދަންތިބޭ. އެސްޓީއޯގެ ސްޕަމާޓްގެ އެންމެ ބޮޑު ބޭނުމަކީ އާންމު ކާބޯތަކެތީގެ އަގު މާކެޓްގައި މައްޗަށް ދިޔަނުދީ ކޮންޓްރޯލަގައި ބޭއްވުން. އެހެންނޫނީ އަމިއްލަ ވިޔަފާރިވެރިން ބޭނުންވަގުތަކު ބޭނުންވަރަކަށް ތަކެތީގެ އަގު ބޮޑުކުރަމުންދާނީ.
ކިނބޫ
15 March 2021
ދެން އާންމުން ދާންވީ ސަޕްލަޔަރުން ކައިރިއަށްތަ؟ ކަލޭމެން ކަމެއް ނޫންތަ ކަންކަން ހައްލުކޮށް ތަކެތި ލިބޭބެ މަގު ފަހި ކުރުމަކީ! މިތިބީ ބަޔަކަށް ވެރިކަމެއް ލިބިފަ. އަންތަރީސް ވެދާނެ.
ޑޮކްޓާރ. ބަނާނާ
15 March 2021
މީގެ ކުރިން ތިޔާ ތަނުގެ ވެރިން ގެ ކަމަކީ ޓީވީ ތަކަށް އަރާ ފޮނިބާސާކެޑުން. ކޮވިޑް އައިސްގެން ސަރުކާރުން ގަންނަންޖެހޭ ތަކެތި ގަންނަމުމްދަނީ އިއްޒައްތެރި ބޭފުޅުންގެ ވަލުދޮރާށި ކުންފުނިތައް މެދުވެރިވެގެން . ރޯދަމަސް އަންނައިރު އެސްޓީއޯ ތިޔާ އޮތީ ތަކެތި ހުސްވެ ތަންބަންދުކުރާ ހިސާބައްގޮސްފަ! ސާބެހޭ .. ފައްކާ ރައްވެހި ފަތިހެއް!
ޢެކުއްޖާ
15 March 2021
ދޮގު ނަހަދާ.....
މަމެންގެ
15 March 2021
ފުރަތަމަ ސަޕްލަޔަރުންގެ ޕޭމެންޓު ދީ ، އޭރުން ސަޕްލައި ކޮއްދޭނެ.
ޙަބީބު.
15 March 2021
ނާގާބިލު މީހުން ވެރިންނައް ލީ މަވަނީ ތިހެން ސަޕްލައިޔަރުންގެ މައްސަލައެއްނޫންތީ
ވަރިހަ މަ
16 March 2021
އަދިވެސް ވޯޓް ދީފަ ބަހައްޓާ! ވަރިހަ މައެއްނުން، އެއްކަ މެއް ނުވިޔަސް، ލޯކަލް ކައުންސިލް އިންތިޚާބުގަ ވެސް ހޮވާނީ ހަ މަ އެ މީހުންވިއްޔާ.
ލަތީފް
16 March 2021
އައްޑޫ އާ ކުޅުދުއްފުޢް ޓަށް އޮށް ނަ މުދާ ފެރީ އޮށް ގޮސް ފައި ސާކޮޅު ހުސް ވީ ބާ؟؟
އަމްރު
15 March 2021
ބްރައުނީ ނެތޭ. ކޮބާހޭ ބްރައުނީ.