ކުޅިވަރު / އެފްއޭއެމް

ގަމުގައި އޭއެފްސީ ކަޕް މެޗު ކުޅުމުގެ ފުރުސަތު ބޮޑު: އެފްއޭއެމް

މި ފަހަރުގެ އޭއެފްސީ ކަޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅެން ނިންމާފައިވާއިރު، ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ މެޗުތަކުގެ ތެރެއިން އެއް މެޗު ލ. ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުމުގެ ފުރުސަތު ބޮޑު ކަމަށް އެފްއޭއެމުން ބުނެފި އެވެ.

އިންޑިއާއާ ވާދަކޮށް އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގެ މެޗުތައް ބޭއްވުމުގެ ބިޑް ރާއްޖޭން ކާމިޔާބުކުރިއިރު، ޕްރޮޕޯސަލްގައި ހިމަނާފައިވަނީ ފަހު ދެ މެޗު އެއް ވަގުތެއްގައި ކުޅޭއިރު އެހެން ދަނޑެއްގައި އެއް މެޗު ކުޅޭގޮތަށެވެ. ދާދި ފަހުން ޔޫތު މިނިސްޓްރީ އާއި އެފްއޭއެމްގެ އޮފިޝަލުންގެ ޓީމެއް ގޮސް ވަނީ ގަމު ޒޯން ސްޓޭޑިއަމްގެ ހާލަތު ބަަލައިފަ އެވެ. އޭއެފްސީ ކަޕް މެޗު ކުޅެވޭ ފެންވަރަށް ދަނޑުގެ ބައެއް މަސައްކަތްތައް އަދި ކުރަން ޖެހެ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އާއި ޖެނެރަލް ސެކްރެޓަރީ ޖަވާޒް އަދި ސްޕޯޓްސް މިނިސްޓަރު މަހުލޫފް ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން.

ދާދި ފަހުން އޭއެފްސީ ކަޕްގެ މެޗުތައް ހޯސްޓްކުރުމާ ބެހޭގޮތުން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވަނީ ބައްދަލުކުރައްވައިފަ އެވެ.

ޖަވާ "މިހާރު" އަށް ވިދާޅުވީ ސްޕޯޓްސް މިނިސްޓްރީ އާއި އެފްއޭއެމް އަދި ގަމު ކައުންސިލް ގުޅިގެން އޭއެފްސީ ކަޕް މެޗު ގަމުގައި ކުޅެވޭތޯ ކުރަން ޖެހޭ މަސައްކަތް ވަގުތު އޮއްވައި ނިންމޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.

"މިހާރު އޮތްގޮތުން ގަމުގައި އޭއެފްސީ ކަޕް މެޗު ކުޅުމުގެ ފުރުސަތު ބޮޑު. ދެން މީގެ ކުރަން ޖެހޭ މަސައްކަތްތައް ފުރިހަމަކުރުމުގެ މަސައްކަތް އެފްއޭއެމާއި ޔޫތު މިނިސްޓްރީ ގުޅިގެން ކުރާނެ،" ޖަވާ ވިދާޅުވި އެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ތާވަލުކޮށްފައިވަނީ މެއި މަހު 14 އިން 20 ވަނަ ދުވަހަށެވެ. އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގައި މި ވަގުތު އޮތީ ތިން ޓީމެކެވެ. އެއީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އެވެ. ދެން މި ގްރޫޕްގެ ފަހު ޖާގަ ލިބޭނީ ކޮލިފައިން ކާމިޔާބުކުރާ ޓީމަކަށެވެ. ކޮލިފައިންގައި ރާއްޖޭގެ އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ އަދި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ވާދަކުރެ އެވެ. ކޮލިފައިންގައި އީގަލްސް ކުޅޭ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހު މާލޭގަ އެވެ. އީގަލްސް ނުކުންނާނީ ބޫޓާންގެ ޗެމްޕިއަން ތިމްޕޫ ސިޓީއާ ދެކޮޅަށެވެ.

މީގެ ކުރިން މި ގޮތަށް ބައިނަލްއަގުވާމީ މުބާރާތެއްގެ މެޗެއް ނޫނީ މެޗުތައް މާލެ ނޫން ސަރަހައްދެއްގައި ކުޅެފައިވަނީ ސ. ހިތަދޫ ޒޯން ސްޓޭޑިއަމްގަ އެވެ. އެފްއޭއެމްގެ މިހާރުގެ ލީޑަޝިޕުން ވަނީ 2019 ވަނަ އަހަރު ޔުއެފާ އެސިސްޓް 15 އަހަރުން ދަށުގެ މުބާރާތް އައްޑޫގައި ބާއްވައިފަ އެވެ. މި ފަހަރު އެފްއޭއެމުން އޭއެފްސީ ކަޕްގެ މެޗު ހޯސްޓް ކުރަން ނިންމީ ގަމުގަ އެވެ.

ގަމު ޒޯން ސްޓޭޑިއަމް ހުޅުވީ މިދިޔަ ޑިސެމްބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނެވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި މިނިސްޓަރު މަހުލޫފް ވަނީ އޭއެފްސީ ކަޕް މެޗުތައް ގަމު ސްޓޭޑިއަމްގައި ކުޅެވޭ ވަރަށް އެ ދަނޑު ތަރައްގީ ކުރުމަކީ އަމާޒެއް ކަމަށް ވިދާޅުވެފަ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454