ދ.ކުޑަހުވަދޫ ބަނދަރު ސަރަހައްދު. އެ ރަށުން ހަ މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި
18 މާޗް 2021 - 10:47
ދ. ކުޑަހުވަދޫން ކޮވިޑަށް އިއްޔެ ޕޮޒިޓިވްވީ އެ ރަށުގެ އެއާޕޯޓުގައި މަސައްކަތް ކުރާ ހަ މުވައްޒަފަކު ކަމަށް ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
ކުޑަހުވަދޫން ކޮވިޑްގެ ބަލިމީހުންތަކެއް ފެނުމުން އެ ރަށް މިހާރު ވަނީ މޮނިޓަރިންއަށް ލައިފަ އެވެ. އަދި މިދިޔަ މަހުގެ 26ގެ ފަހުން އެ ރަށުގައި ތިބުމަށް ފަހު ދަތުރުކުރި މީހުން ކަރަންޓީނު ވާން ވަނީ އަންގައިފަ އެވެ.
އެ ރަށު ކައުންސިލް މެމްބަރު އަލީ ސައުދު ވިދާޅުވިި ގޮތުގައި އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު ބަލީގެ އަލާމާތްތަކެއް ފެނިގެން ޓެސްޓު ކުރި ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އަދި އެކުގައި މަސައްކަތް ކުރި އެހެން ފަސް މުވައްޒަފަކަށް ވެސް ބަލިޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
ކޮވިޑް ޖެހުނީ ހުސް ކުޑަހުވަދޫގެ ޒުވާނުންނަށެވެ. އެ މީހުން ގެއަށް ގޮސް، ގޭގެ މީހުންނާއި ރަށުގެ އެހެން މީހުންނާ ބައްދަލުވެފައިވާނެތީ، ކޮންޓެކްޓުންގެ ގޮތުގައި ޖުމްލަ 160 މީހަކު ފާހަގަކޮށް، ޓެސްޓު ހައްދާފައި ވެ އެވެ.
ރަށުގެ ތެރޭގައި ބަލި އިތުރަށް އުޅޭކަން ޔަގީން ވާނީ އެއިން މީހަކު ޕޮޒިޓިވްވެއްޖެ ނަމަ އެވެ.
ސައުދު ވިދާޅުވި ގޮތުގައި އެ ރަށުގެ އެއާޕޯޓުގެ އެކި މަސައްކަތްތަކަށް، މާލޭން ވަރަށް ގިނައިން މީހުން ދެ އެވެ. އެ މީހުން ކަރަންޓީނު ވާކަށް ނުޖެހޭނެ އެވެ. އެހެންވެ، ލަފާ ކުރެވެނީ ކުޑަހުވަދުއަށް ބަލި ދިޔައީ އެއިން މީހެއްގެ ފަރާތުން ކަމަށެވެ.
ކޮވިޑްގެ ހާލަތު އަދިވެސް ރާއްޖޭގައި ރަނގަޅެއް ނުވެ އެވެ. އިއްޔެ ވެސް 142 މީހުން ޕޮޒިޓިވްވެފައިވާއިރު، މާލޭ ސަރަހައްދުން 112 މީހުންނަށް ބަލިޖެހިފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1828
18 March 2021
ކުޑަހުވަދޫ މޮނީޓަރިންނަށް ލާފައި އޮތަސް ގެސްޓުންނަށް އެއަރޕޯޓުން އައުމާއި ފުރުމަށް އެއްވެސް ހުރަހެއް ނެތް. ހުރިހާ ތަކުލީފެއް އުފުއްލަން މިޖެހުނީ ނިކަމެތި އަތޮޅު ރައްޔިތުންނަށް. މަހުޖަނުންނަށް މިހާލަތުގައި ވިޔަފާރިއާއިގެން ކުރިއަށް. ރައްޔިތުން ގޭ ބަންދަށް.
އޮނަރަބްލް އަފީފު ދީދީ
18 March 2021
މިވެސް އަޖާއިބެއްފަދަ ކަމެއް. ކ.އަތޮޅު މާލޭގައި ހުންނަ މީހަކު ފޮނުވަައިގެން ނޫން ގޮތަކަށް އައްޑުއާއި ހަނިމާދޫ ފަދަ އެއަރޕޯޓް ތަކުގައި މޯލްޑިވިއަން ނުވަތަ އެވިއޭޝަން ކޮމާންޑުން ކުރާންޖެހޭ އެއްވެސް ކަމެއް ކުރެވޭ ކަމަކަށްނުވޭ. # އެންމެ ކުޑަމިނުން ގޭންއެއަރޕޯޓަށް އުފުލާ ކާގޯ އާއި އާންމު މީހާގެ ޕާރސަލް ހޯދަންވެސް އަހަރުމެން ގުޅަން ދީފައި އޮންނަނީ ކ.އަތޮޅު މާލޭގައި ހުންނަ މީހެއްގެ މޮބައިލް ނަމްބަރު. ހުރިހާ ބާރެއް ބޭނުންވަނީ އަންބޮޑީގައި ގެންގުޅެން.
ހަސަނު
18 March 2021
މި ރާއްޖޭގަ ހުރި ހުރިހާ އެއާޕޯޓަކާ ހުރިހާ ރިސޯޓަކާ ހުރޮހަ ހޮސްޕިޓަލެއްގަ މަސައްކތް ކުރާ އެންމެންނަށް މިހާރު ހުންނަންވާނީ ވެކްސިން ދީ ނިމިފަ..