ޚަބަރު / ދިވެހި ސިފައިން

އިނގިރޭސި ވިލާތުގެ އަސްކަރީ ކޯހަކުން ރާއްޖޭގެ އަންހެން އޮފިސަރަކަށް އެއްވަނަ

މިއީ ރާއްޖޭގެ އަންހެން އޮފިސަރަކު، ޔޫކޭގެ ރޯޔަލް މިލިޓަރީ އެކަޑަމީ ސޭންޑްހާސްޓްގެ އޮފިސާ ކެޑޭޓް ކޯހުގައި ބައިވެރިވި ފުރަަމަ ފަހަރު ވެސް މެ.

ސާޖަންޓް ފިރުޝާނާއަށް ޔޫކޭގެ ސޭންޑްހާސްޓް ރޯޔަލް އެކަޑަމީގެ ކޯހުން އެއްވަނަ ލިބުމުން އެކަން ފާހަގަކުރަނީ.

އިނގިރޭސި ވިލާތުގައި ބޭއްވި އަސްކަރީ ތަމްރީނު ކޯހަކުން ދިވެހި ސިފައިންގެ އަންހެން އޮފިސަރަކު އެއްވަނަ ހޯދައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، އެ ގައުމުގެ ރޯޔަލް މިލިޓަރީ އެކަޑަމީ ސޭންޑްހާސްޓްގައި ކުރިއަށް ގެންދިޔަ އޮފިސާ ކެޑޭޓް ކޯހުގައި ބައިވެރިވި ސާޖަންޓް ފިރުޝާނާ ތައުފީގު، ބެސްޓް އިންޓަނޭޝަނަލް ދަރިވަރުގެ މަގާމު ހޯދާފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ އަންހެން އޮފިސަރަކު އެ ކޯހުގައި ބައިވެރިވި ފުރަަމަ ފަހަރު ވެސް މެ އެވެ.

ގދ. ފަރެސްމާތޮޑާ އަށް އުފަން ފިރުޝާނާގެ ކާމިޔާބީގެ އުފާފާޅުކުރައްވައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާލުވީ، އެކިއެކި ސަރުކާރު ތަކުގައި ރާއްޖޭގެ އަންހެން ސިފައިންނަށް އެ މީހުންނަށް ހައްގުވާ ފުރުސަތު ނުލިބި އޮތް ކަމީ ހިތާއެއް ކަމަށެވެ. ފިރުޝާނާއާ މެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ، މިއީ އެމްއެންޑީއެފަށާއި ރާއްޖެއަށް ވެސް ފަޚުރުވެރި ވަގުތުކޮޅެއް ކަމަށެވެ. ފިރުޝާނާއަކީ ޝަރަފްވެރި ސޭންޑްހާސްޓް ގައި ތަމްރީނުވުމުގެ ފުރުސަތު ލިބުނު ފުރަަތަމަ އަންހެން އޮފިސަރުކަން އޭނާ ވެސް ފާހަގަކުރެއްވި އެވެ.

39 ކޮމެންޓް, 54 ރިއެކްޝަންސް

icon happy icon happy 87%
icon sad icon sad 0%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 6%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހައްމަދު...

21 March 2021

އެމްއެންޑީއެފް ގެ ކޯސްތަކަށް ކައިވެނިކޮށްގެން އުޅޭ ކަނބަލުން ޑިސްކްރިމިނޭޓްކުރޭ. ކައިވެންޏެއް ކޮށްފަ ވާނަމަ ކޯސްނުދޭ. މިއީ ކޮންކަހަލަ ޑިސްކްރިމިނޭޝަނެއް. މި އޮފިސަރވެސް ކައިވެނިކޮށްގެން ހުރި ނަމަ ކޯސް ނުދިން ކަންނޭގެ. ޕްރޫފާ އެކީ މިދަންނަވަނީ https://www.gazette.gov.mv/iulaan/view/134647

The name is already taken The name is available. Register?

ޑރފަލަޑޭ

21 March 2021

ދިވެހި ރާއްޖެއަކީ ކުޑަ ގައުމެއް. ހަމަ އެފަދައިން އެގައުމުގަ އުޅޭދިވެހިންގެ ސިކުނޑިވެސް އެހާ ކުޑަ. ވިސްނުމުގެ ގާބިލުކަން މިހުންނަނީ ވަރަށް އާދައިގެ ގޮތަކަށް. ކޮންމެ ކަމެއްވެސް ޕޮލިޓިކުސް ކޮށްލާނެ އަދި ހުރިހާ ރައްޔިތުންވެސް އުޅެނީ ޕޮލިޓިކުސްތެރޭގަ. އެހެން ކޮންމެވެސް ނަޒަރަކުން ބަޔަކު ވިސްނަންވެއްޖެދޯ

The name is already taken The name is available. Register?

ކ.ހ.ވ

21 March 2021

އުފާ ފާޅުކުރުމުގެ ގޮތުން މިނިސްޓަރެއްގެ ފުރަތަމަ ބަހަކީ ކުރީގެ ސަރުކާރާ ބެހިގަތުން. އޭގެ ފަހުގައި އަދި ބުނަން ބޭނުންވާހަކައެއް ބުނެލުން. މީ ދެރަވަރުގެ ކަމެއް. މިކަންވެއްޖެ މިހާރު ދިވެހި ސަގާފަތަކަށް.

The name is already taken The name is available. Register?

މުފައްކިރު.

21 March 2021

ކޮކާލަކަށް ހެދިގެން މަލުން ފޮނިބޯން ނަހަދާ އެހެން ސަރުކާރު ތަކުގައިވެސް އަންހެނުންގެ ޙައްގު ތަކަށް ކުރި އިޙުތިރާމް ދެމެހެއްޓުން މުހިއްމު.

The name is already taken The name is available. Register?

މާތޮޑާ

21 March 2021

ކަމަނާ ހޯއްދެވި ކާމިޔާބީއަށް މަރުޙަބާ ދަންނަވަން. ތިފަދަ ހިތްވަރުގަދަ ކެރޭ ކަނބަލުން މިޤައުމުގައި ގިނަވެގެން ދިއުމަކީ އަބަދުވެސް ކުރާ ދުޢާ. މުޅި ޤައުމުގެ ކަމަނާއަށްޓަކައި ފަޚުރުވެރިވޭ. މަރުޙަބާ މަރުޚަބާ. މަރުޙަބާ ތައުފީގުބެ އެންޑް ރިޒާސާއްތަ

The name is already taken The name is available. Register?

456888

21 March 2021

ފާޑެެއްގެ ހެލޮކޮޕްޓަރެއް ދުއްވުން ފިޔަވާ ހުރިހާކަމެއް ދިވެހި ސިފައިންނަށް ކުރެވޭނެ، ވަނަ ވެސް ގެންނާނެ

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

21 March 2021

މަރުހަބާ ފިރުޝާނާ.ޑޯނިޔާ ފްލައިޓް އަދި ރާއްޖޭގަ އޮންނަ 02 ހެލޮކަޕްޓަރ ދުއްވާލަން އެނގޭ މީހަކު ސިފައިންގެ ފައުޖުގަ ނެތް.ދެރަ ދޯ މިހެންވީމަ.

The name is already taken The name is available. Register?

ހަމޮގޫ

21 March 2021

މަރުހަބާ ފިރުޝާނާ.ޑޯނިޔާ ފްލައިޓް އަދި ރާއްޖޭގަ އޮންނަ 02 ހެލޮކަޕްޓަރ ދުއްވާލަން އެނގޭ މީހަކު ސިފައިންގެ ފައުޖުގަ ނެތް.ދެރަ ދޯ މިހެންވީމަ... ހަމޮގޫ

The name is already taken The name is available. Register?

އަހުމަދު އަހުމަދު

21 March 2021

އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކަޑަމީ ސޭންޑްހާސްޓް ގައި ކުރިއަށް ގެންދިޔަ އޮފިސަރ ކެޑޭޓް ކޯހުގައި ބައިވެރިވި ސާޖަންޓް ފިރުޝާނާ ތަޢުފީޤު އެ ކޯހުން ބެސްޓް އިންޓަރނޭޝަނަލް ދަރިވަރަކަށް ހޮވިއްޖެ. މިއީ މި ކޯހުގައި ސިފައިންގެ ކަނބަލެއް ބައިވެރިވި ފުރަތަމަ ފަހަރު. ހޯދެވި ކާމިޔާބިއަށް މަރުހަބާ. ނަމަވެސް ޚަބަރު ރިޕޯރޓް ކުރާއިރު ޓުއިޓުގައި އޮތް ވާހަކަ ރަނގަޅަށް ބަލާލުން އެދެން. އޭގައި އޮތީ "ބެސްޓް އިންޓަނޭޝަނަލް ދަރިވަރު"

The name is already taken The name is available. Register?

ދެރަ

21 March 2021

ތިޔަ ވަނައަށް އެކަމަނާއަށް މަރުހަބާކިޔަން. އެކަމަކު ތިޔައީ ކީއްކުރާ ވަނައެއް. ދިވެހި ސިފައިންނަށް މިހާރުވަނީ އާއްމުދިވެހިންނަށް ވެފައިވާގޮތް. މިބުނީ މަސައްކަތްނުކޮށް ތިބުމުގެ އާދަ އަށަގަތުން. ސިފައިންގެ ބަދިގޭގައި ކަށްކަން ބިދޭސީން. ބަނދަރު ހެދުމަށް އިންޑިޔާ ހެލިކޮޕްޓަރު ދުއްވަން އިންޑިޔާ ރާޑަރު ބަލަހައްޓަން އިންޑިޔާ. މިހެންގޮސް ނުކިޔާނެކަމެއްނެތް. އަހަރެމެންގެ ކަންކަން އަހަރެމެން ކޮށްގެން އުޅޭނަމަ ތިޔަހެން ނުވީސް

The name is already taken The name is available. Register?

މުހައްމަދު ފުތާ

21 March 2021

މިއީ މީޑިއާ ކެމްޕޭނެއް ގޮތަށް ގެނެސްދޭންފެށި ޚަބަރެއް.މިއީ އިގިރޭސި ސަފީރާއި،ޔޫކޭ ދިވެހި އެމްބަސީ އަދި ރާއްޖޭގެ ކަމާއި ގުޅޭ އިދާރާތައް ގުޅިގެން ހިންގާ މީޑިއާ ކެންޕޭއިންގެ ބައެއް.ކުރިންވެސް އަންހެނުން އޮފިސަރުންނަށްވޭ.އެމީހުން ވަނަތައް ވެސް ހޯދާ.މުދައްރިބުންނަށްވެސްވޭ.މިވަރަށް ފޯރިއަރުވާލައިގެން ކުރީގެ ސަރުކާރުތަކޭ ނުކިޔާ.ސިފައިންގޭގައި އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް އޮވޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454