23 މާޗް 2021 - 07:44
އުސޫލުތަކާ ތަކުރާރުކޮށް ހިލާފުވެވަޑައިގަތުމުން ޓްވިޓާ އާއި ފޭސްބުކުން ޖެނުއަރީ މަހު ބޭރުކޮށްލި އެމެރިކާގެ ކުރީގެ ރައިސް ޑޮނަލްޑް ޓްރަމްޕް "އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް" އަކާ އެކު އެނބުރި ވަޑައިގަންނަވާނެ ކަމަށް އެޑްވައިޒަރު ޖޭޒަން މިލާ ވިދާޅުވެއްޖެ އެވެ.
ފޮކްސް ނިއުސް އަށް އޭނާ ވިދާޅުވީ ކުރިއަށް އޮތް ދެތިން މަހުގެ ތެރޭގައި ޓްރަމްޕް ސޯޝަލް މީޑިއާ އަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި އެއީ "އަމިއްލަ އެއްޗަކާ އެކީގައި" ކަމަށް ވިދާޅުވި އެވެ. އެކަމަކު އޭގެ ތަފުސީލެއް ޖޭޒަން ނުދެއްވަ އެވެ.
އޭނާ ސިފަކުރެއްވި ގޮތުގައި ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމަކީ އެ ދާއިރާ އަށް އަންނާނެ "އެންމެ ހޮޓް ޓިކެޓް" އެވެ.
"އަދި އެއީ ސޯޝަލް މީޑިއާ މުޅިން ބަދަލުކޮށްލާނެ އެއްޗެއް."
Jason Miller: Trump Launching New Social Media Platform https://t.co/DuW6MHnwwy #Newsmax via @Newsmax
— Jason Miller (@JasonMillerinDC) March 22, 2021
ފޭސްބުކާއި ޓްވިޓާ އިން ޓްރަމްޕް ބޭރުކުރަން މަޖުބޫރުވީ އޭނާ "ހިތްވަރު ދެއްވައިގެން" ކެޕިޓޮލް ހިލްގައި ޖެނުއަރީ މަހުގެ 6 ގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގުވައި، އެކަމާ ގުޅުވައިގެން ހަމަނުޖެހުންތަކާއި އަނިޔާވެރި ކަމަށް ހިތްވަރުދޭ ވާހަކަތައް ދެއްކެވުމުންނެވެ. ވެރިކަން ކުރެއްވި ދުވަސްވަރު "ސަރުކާރު ހިންގެވުމަށް" ޓްރަމްޕް އެންމެ ބޮޑަށް ބޭނުންކުރެއްވި އެއް ވަސީލަތަކީ ޓްވިޓާ އެވެ.
ޓްވިޓާ އާއި ފޭސްބުކުން ޓްރަމްޕް ބޭރުކުރި ފަހުން އޭނާގެ ޔޫޓިއުބް ޗެނެލް ވެސް ވަގުތީ ގޮތުން ބްލޮކްކުރި އެވެ. އަނެއްކޮޅުން ޓްރަމްޕްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބޭނުންކުރަމުން ދިޔަ "ޕާލާ" ވެސް އޭނާގެ ސަކަރާތްގަނޑާ ހެދި ބަންދުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަޒް
23 March 2021
ޓްރަންޕް އެއީ ފިތުނަ ފަސާދަ އުފައްދަން ދެވަނައެއް ނެތް މީހެއް.. އެކަމަކު އޭނާއަށްވެސް އެބަ އޮތް އަމިއްލައަށް ސޯޝަލް މީޑިއާ ހަދާ އެ ބޭނުން ކުރުމުގެ ހައްގު.. އެފްބީ އަދި ޓްވިޓާއަށް ޗެލެންޖެއް ދޭނެކަމަށް ފެންނަނީ