ބޭސް އެތެރެކުރުމުގެ އެކްލޫސިވް ހުއްދަ ލިބިފައިވާ ކުންފުންޏަކާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު، އެ ބޭހުގެ އަގު ކޮންޓްރޯލްކުރީ މިދިޔަ އަހަރު
އާސަންދަ ކުންފުނީގެ ނޮދާން ރީޖަނަލް އޮފީސް: ބޭހުގެ އަގު ކޮންޓްރޯލްކުރަން އާސަންދައިން ގިނަ މަސައްކަތްތަކެއް ކުރޭ -- ފޮޓޯ: މިހާރު
23 މާޗް 2021 - 16:55
ބައެއް ބޭސް ރާއްޖެ އެތެރެކުރުމުގެ ހުއްދަ ވަކި ކުންފުނިތަކަށް ދީފައި ވާތީ، ބޭހުގެ އަގު ކޮންޓްރޯލްކުރަން ދަތި ކަމަށާއި ނަމަވެސް އެފަދަ އެންމެ ކުންފުންޏަކާ އެކު ވެވުނު އެއްބަސްވުމަކުން އާސަންދައިގެ ހަރަދުން އަހަރަކު 12 މިލިއަން ރުފިޔާ ކުޑަކުރެވިފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އާސަންދަ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ބޭސް ވިއްކޭނެ އެންމެ މަތީ އަގެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކަނޑައަޅާފައި ނުވާ ކަމަށެވެ. އެހެންވެ އެކި ފާމަސީތަކުން ބޭސް ވިއްކަނީ އެކި އަގުތަކުގަ އެވެ. އެކަމަކު އާސަންދައިގެ ތެރެއިން ބޭސް ދޫކުރާ ނަމަ، އެއް އަގެއްގައި ވިއްކަން ޖެހޭ ގޮތަށް 2019 ގައި ހަމަޖައްސާފައިވާކަން ފާހަގަކުރި އެވެ.
އާސައިންދައިން ބުނީ ރާއްޖެއަށް ބޭސް އެތެރެކުރުމުގެ "އެކްސްލޫސިވް ރައިޓްސް" ލިބިފައިވާ ކުންފުނިތަކުން އެތެރެކުރާ ބޭހުގެ އަގު ކޮންޓްރޯލްކުރަން ދަތިކަމަށެވެ. އަދި އެ އަގު ކުޑަކުރަން، އެ ހައްގު ހޯދާފައިވާ ކުންފުނިތަކާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
މިގޮތަށް ކުރި މަޝްވަރާގައި، "ޒޮވަންޓާ" ކިޔާ ބޭސް ރާއްޖެ އެތެރެކުރާ ފަރާތާ އެކު މިހާރު އެއްބަސްވުމަކަށް އާދެވިފައިވާކަން އާސަންދައިން ފާހަގަކުރި އެވެ. އޭގެ ސަބަބުން އާސަންދައިގެ ހަރަދުތަކުން އަހަރު 12 މިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް ވެސް ބުންޏެވެ.
ބޭސް ވިއްކުމުގައި އެކި ފާމަސީތަކުން އެކި ގޮތްގޮތުން އޮޅުވާލާތީ އެކަން ކޮންޓްރޯލްކުރަން މިދިޔަ އަހަރު "ވިނަވި" މޯބައިލް އެޕްލިކޭޝަނެއް ނެރުނެވެ. އެ އެޕް މެދުވެރިކޮށް، އެ ޕޯޓަލް ބޭނުންކުރާ ހުރިހާ މަރުކަޒަކުން، ސްކީމްގެ ދަށުން ހޯދާ ހިދުމަތްތަކާއި ނަގާ ބޭސްތަކުގެ އަގު އަމިއްލަ އަށް ބެލޭނެ އެވެ. އަދި ޝައްކުކުރެވޭ ފަދަ އެއްވެސް ކަމެއް ވާ ނަމަ އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ވެސް ހުށަހަޅަން އެދިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޑިގިއްލާ
24 March 2021
ޕެންޓަޕްރޮޒޯލް ބޭސްގުޅައެއް އާއްމުކޮށް ވިއްކަނީ -/2 އަށް. ނަމަވެސް ހަމަ އެބޭސް ޒޮވަންޓާ ބްރޭންގަ އެސްޓީއޯ ލޯގޯ ޖަހައިގެން ގެނެސް އާސަންދައަށް ވިއްކީ 16/- އަށް. އެކަން ބޭޒާރުވީ 2 އަހަރުފަހުން.
އާސަންދަ
24 March 2021
ބޭސްފިހާރަތަކުން ރައްޔިތުންނަށް އަގުހެޔޮ ބޭސް ވިއްކާފައި އާސަންދައަށް އަގުބޮޑުކޮށް ބިލުކުރާކަން އެނގިފައިވާ ކަމަށް ވިދާޅުވެ މިހާރު ގެންނަންއުޅޭ ބަދަލަކީ ޑޮކްޓަރުން ބޭސްސިޓީ ލިޔާއިރު އޭގައި ބޭހުގެ ޖެނެރިކް ނަން އެކަނި ހިމަނާގޮތަށް ހަމަޖެއްސުން. މިބަދަލު ގެނެސްފި ނަމަ ތިޔަބުނާގޮތަށް ބޭސްވިއްކުން މުޅި ރާއްޖޭގައި އާންމުވެގެން ދާނެ. ވީއިރު މިއީ ކޮން މަގުސަދެއްގައި ގެންނަން އުޅޭ ބަދަލެއްބާ؟
ރައްޔިތުސޮރު
24 March 2021
އޭޑީކޭއިން އާސަންދަ އައުމުގެ ކުރިންވެސް މިހާރުވެސް ޑރ އަށް ދައްކަން ނަގަނީ 200ރ އާސަންދަ އައީމަ މިހާރު ނަގާ އަދަދުގެ އިތުރަށް ދަޢުލަތުން (ރައްޔިތުންގެ ޓެކްސް ފައިސާއިން) އިތުރު 200ރ ނަގަންފެށީ. ސަރުކާރުން ރަނގަޅު ހޮސްޕިޓާތަކެއް އަޅާފަ މިބައިގަނޑުގެ ވިޔަފާރި ފުޅާކުރަންދޭ ފައިސާ ހުއްޓާލަންވެއްޖެނު!
ފުތާ
24 March 2021
މިހާރު އެންމެގިނައިން މަކަރުހަދަނީ ބޭސް ސިޓީ ފޯޖްކޮއްގެން މިއައްވެސް ވވ ސިމްޕަލް ހައްލެއްއެބައޮތް ޕާމަސީ ތަކަށް އާސަންދައިން ޕޭކުރުމުގެ ކުރިން ހޮސްޕިޓަލް ތަކުން ދޭ ބޭސް ސިޓީ ޑަބަލް ޗެކުކުރެވޭނެ ގޮތެއް ހަމަޖެއްސީމަ އެކަން ހުއްޓޭނެ .ބިލް ޕޭނުކުރާނީ ބޭސް ސިޓީ ޑަބަލް ޗެކުނުކޮށް
ތުޕީ
24 March 2021
އާސަންދަ ލިބެނީ އާސަންދަ ބޭސް ސިޓީއަކަށްނު؟ އެހެންވީމާ އާސަންދައިގައި ބޭސް ސިޓީ އޮންނާނެންނު؟ ފޭކު ހަދަންޏާ ހެދޭނީ ދެބައިމީހުން ގުޅިގެން.
އަލި
24 March 2021
ގޭސް ކަންތަކާ މަވެސް ބޭސްކާތާ ލައްކަ ދުވަސް ވެއްޖެ. ނަމަވެސް ތިޔަބުނާ ޒޮވަންޓާ ބްރޭންޑް ބޭހެއް ދިން ހަނދާނެއް ނެތް.
ދިވެހިބިން
24 March 2021
މިވަރަށް ޤަޢުމު ލޫޓުވާލީމަވެސް މާންބެމެން އެތިބެނީ ހޯދި ފައިސާގަނޑުގަ އުދުހި އުދުހި... މިއީތޯ އިންސާފަކީ... އެސަރުކާރުގަ ވައްކަން ކުރީ ޔާމީނު އެކަނިތޯ؟
ކަކުނިބޯ
24 March 2021
1. ކޮވިޑް ޖެހިގެން ނޫނީ ބޭސްފަރުވާ ނުލިބޭޒަމާނެއްގެވާހަކަ އެނޫންބައްޔެެއްނެތް ދުވަސްތަކެއްގެވާހަކަ 2. ދައްކާނެ ޑޮކްޓަރެއް ނެތި ހޮސްޕިޓަލައްނުވަދެވޭ ދުވަސްތަކެއްގެ ވާހަކަ 3. ދުވަހުން އެއްދުވަހު ފަރމަސީތަކުން ބޭސްހުސްވިދުވަސްތަކުގެވާހަކަ 4. ޜާއްޖެއިން ބޭރަށް ބޭހަށް ފަސޭހަރަހުމަތަކުން ނުފުރޭ އަދި އާސަންދަ އިން އިމަރޖެންސީކޭސްތަކަށް އެކަނި ހުއްދަދިން ދުވަސްތަކެއްގެ ވާހަކަ 12 މިލިޔަން ކީތްކުރަން24ބިލިޔަން ސަލާމަތްނުކުރެވުނުކަން ދެރަ މޮޔަހައްދާ ވާހަކަ
ނަޝީދު.
24 March 2021
އާސަންދައަކީ އޭ.ޑީ.ކޭ އަށާ މަދު އައްޑޫ ވިޔަފާރިވެރިންކޮޅަކަށް ހުޅުވާދީފައޮތް ބޮޑު ތެޔޮވަޅެއް!
އެމްސް
24 March 2021
ތިޕޯޓަލް ބޭނުން ނުކުރާ އެއްވެސް ބަޔަކަށް ބޭސް ވިއްކުމުގެ ހުއްދަ ނުދޭންވީ ނޫންތޯ؟
ދިވެހިމީހާ
23 March 2021
ޑޮކްޓަރުންނަށް ދައްކަންޖެހޭ ފީވެސް ކޮންޓްރޯލް ނުކުރެވެނީތޯ. ފެއިލްޑް ސަރުކާރު
ޑަކްޓަރުމީހާ
24 March 2021
ދެން ޑަކްޓަރަށް ދޭންޖެހޭ ހައްގު އެކަށޭނަ މުސާރަދޭނީ ސަރުކާރުން ސަބްސިޑައިޒް ކޮށްގެން އުތަ؟