މިއަދުގެ މީޑިއާ ބްރީފިންގައި މިނިސްޓަރު މުހައްމަދު އަސްލަމް: އޭނާ ވިދާޅުވީ މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަކީ އަމާޒެއް ކަމަށް ވިދާޅުވި.---ފޮޓޯ: ރައީސް އޮފީސް
25 މާޗް 2021 - 15:38
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ތެރެއިން ފުލުހުންނާއި ސިފައިންނަށް ހާއްސަކޮށްފައިވާ ކެޓަގަރީ އުވާލަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ދޮގު ކުރައްވައިފި އެވެ.
ކުރީ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގެ 7،000 ފްލެޓުން ސިފައިންނާއި ފުލުހުންނަށް ކަނޑައަޅާފައިވާ ކެޓަގަރީގެ ދަށުން 600 ފްލެޓު ވަނީ ދީފަ އެވެ.
ނަމަވެސް ހިޔާ ފްލެޓު، އޭގެ ހައްގުވެރިންނަށް ހޯދައިދިނުމަށް މަސައްކަތް ކުރާ "އާންމުންގެ އެކުވެރި ޖަމިއްޔާ" އިން ބުނި ގޮތުގައި އެ ކެޓަގަރީ އުވާލަން އުޅޭ ކަމުގެ މަޝްވަރާތައް ކުރާ ކަމުގެ ވާހަކަ ދެކެވޭ ކަމަށާއި އެކަމާ ގުޅިގެން އެ ޖަމިއްޔާ ކަންބޮޑުވާ ކަމަށެވެ.
އެކަމަށް އިޝާރާތް ކުރައްވައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކުރެއްވި ޓުވީޓެއްގައި ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ. އަދި ސިފައިންނަށް ފްލެޓް ދިނުމަށް އެ ފަރާތްތަކާ އިންޓަވިއު ވެސް ކޮށްފައި ކަމަށް މާރިޔާ ވިދާޅުވި އެވެ.
މާރިޔާގެ ވާހަކަތަކަށް ތާއީދު ކުރައްވައި އަސްލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެގޮތަށް ޚަބަރު ފެތުރި ފަރާތްތަކުގެ އޮތީ އެންމެ ނިޔަތެއް ކަމަށާއި އެއީ މައްސަލަ އުފައްދުން ކަމަށެވެ. އަދި އެމްއެންޑީއެފާއި ފުލުހުންގެ ފްލެޓްތައް އެހެން ބަޔަކަށް ދިނުމުގެ ވިސްނުމެއް ނެތް ކަމަށް އަސްލަމް ވިދާޅުވި އެވެ.
ކުރީ ސަރުކާރުން ހިޔާ ފްލެޓް ދިން ފަރާތްތަކުގެ ލިސްޓު އަލުން ބަލައި ހައްގުވެރިންނަށް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. އެ މަނިކުފާނު އުފެއްދެވި ފްލެޓް ކޮމިޓީން މައްސަލަތައް ބަލައި އަލުން ލިސްޓު އެކުލަވާލައި މިހާރު ވަނީ އާ ދާއިމީ ލިސްޓެއް ނެރެފަ އެވެ.
ސަރުކާރުން އެންމެ ފަހުން ނިންމާފައި ވަނީ ހިޔާ ފްލެޓް ލިބޭ މީހުންނަށް މި މަހު ފަހުކޮޅުގައި ފްލެޓުގެ ތަޅުދަނޑި ހަވާލު ކުރުމަށެވެ. ނަމަވެސް މިހާތަނަށް އެކަން ކޮށްފައި ނުވާއިރު ފްލެޓް ދޫކުރާ އަގުތަކާ ގުޅޭ ގޮތުން ވެސް ސަރުކާރުން ނިންމާ ގޮތެއް ޕްލޭނިން މިިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2000
26 March 2021
ތިމާމެންނަށް ޖިފްޓި ގަނޑެއްވެސް އަދި އެޅޭ ވަރެއް ނުވޭ. ދެން އެހެން ސަރުކާރަކުން އެޅި ފްލެޓް ދެން ކޮންމެވެސް ބަޔަކަށް ދީފައި ، ނިންމަބަލަ. އަބަދު އިތުރު ކޮމެޓި ތަކާއި ކޮމިޝަންތައް ހަދައިގެން ހައްޤުވެރިންނޭ ނުކިޔާ. ދެން މިފަހަރު ނުލިބުނު މީހުންނަށް ތިއަޅާ ފްލޯޓީން ސިޓީން ތަނެއް ދީބަލަ ، ނޫނީ ދެން އަންނަ ސަރުކާރަކުން ދޭނޭ ކިޔާފައި 2023ގައި އަލްވަދާއު ކިޔާބަލަ. މައްސަލަ ނިމުނީ. ރައްޔިތުން ހާދަ ހާލެއްގައި ތިބީ ..
ގާދޫނި
26 March 2021
އެއްކޮޓަރި ފުލެޓްވެސް އުވާލީ
ހަޒާ
26 March 2021
ކެޓަގަރީ އުވާ މިނިސްޓަރު.!
ކެޓެގަރީ
25 March 2021
ކެޓަގަރީތަކަށް ބެހީމަ ބޮޑެތިމުސާރަ ލިބޭ މީހުންނަށް ހިޔާފެލްޓް (ސޯޝަލް ހައުސިނގް) ލިބޭއިރު ކުދިމުސާރަ ލިބޭ މީހުންނަށް ފުލެޓް ނުލިބޭ. ވަކިތަނެއްތަ ވަޒީފާ އަދާކުރީމަ ލިބެންޖެހޭ އެއްޗެއްނޫން ފްލެޓްކީ.tިމިސްމީހުން އަމިއްލަތަންތަނުންވެސް ފްލެޓް ގަނޭ އަނބިންގެ ނޫނީ ފިރިންގެ ނަމުގަ. ދެންދެނީ ކުއްޔަށް ބޮޑުއަގުގަ. މީކޮންކަހަލަ އިންސާފެއް. އެވަރަށް ފްލެޓް އެޅޭނަމަވެސް ރަނގަޅު.
ޒަރާނާ
25 March 2021
މާޗުމަހު ފަހުކޮޅު ހަވާލުކުރަންބުނި ފުލެޓުކޮބާ އަދިވެސް ފަހުކޮޅައް ނުވަނީތަ މާލެ ރައްޔިތުން މިތިބީ މުއިއްޒު ހޮވަން ކެއްމަދުވެފަ މިސަރުކާރުން ކަނޑަނީ ހުސްފޮނި ކޮންމެ ސިޓީޔަކައް ގޮސްވެސް ދޮގާމަކަރު
ޙަބީބު.
25 March 2021
ހާދަބިރެއް ތިޔަގަތީ އެނގޭވިއްޔަ ކުރިން ލިބުނު ލަނޑު އަވަހައް ދެފިޔަ ތިރިކޮއް ބިންމަތީ މޫނުޖައްސާފަ ފުލުހުންނާ ސިފައިންގެ ފުލެޓު ނާތުލަމޯ ހައްހައްހާ
އޮނަރަބްލް އަފީފު ދީދީ
25 March 2021
ވަޒީރު މާތޮޑާ އަސްލަމް ވެގެން މިދިޔައީ ރައީސް ސޯލިޙްގެ ކެބިނެޓްގައި ހުންނެވި "ހޮޅި މުއިއްޒު" ފަދަ މީހަކަށް. # ދެއިރު ދެދަޅައަށް ސިޔާސަތު ބަދަލުކޮށް "މެނިފެސްޓޯ އޮޅާލާ ބަޔަކަށް" ރައްޔިތުން އަދި ތިޔަށްވުރެންވެސް ބޮޑު ތުހުމަތުކުރާނެ. މެނިފެސްޓޯގައި އޮތް ކަމުގައިވިޔަސް ރާއްޖޭގެ ރަށްރަށުގެ ބިން ނުހިއްކާނެ ކަމަށާއި، މާލޭގައި ސޯޝަލް ހައުސިންގ ސްކީމް ފްލެޓްދޭނީ "މާލޭ މީހާއަށް" ކަމަށާއި ދަފުތަރު އުވާލާނެކަމަށް ބުނެ ވާހަކަ ދެއްކިހަދާންވޭތޯ؟
ހގފފފ
25 March 2021
ފުލުހުންނާއި ސިފައިންނަށް ހިޔާ ފްލެޓުން ފުލެޓް ދޭކަށް ނުޖެހޭ. ސަރުކާރުން ވަކި ސްކީމް ތަކެއްގެ ގޮތުގައި މިހާރުވެސް އެތައް ފްލެޓެއް އެހެރީ އަޅަފަ. ނުވިތާކަށް، ހިލޭ ސާބަހަށް ފާޑުފާޑު ކޮށި ކޮށި އެއޮތީ އެމީޙުން އުޅޭނެ ދުވަހެއްވަންދެން ދީފަ. ހިޔާ ފްލެޓްތަކަކީ ފްލުހުންނާއި ސިފައިން ނޫން އާއްމު ރައްޔިތުންނަށް ލިބެންޖެހޭ އެއްޗެއް. ތި ހިޔާ ފްލެޓްތަކުން ފްލެޓް ލިބިފަ ހުރީ ރަށްރަށުގަ ދިރިއުޅޭ ފުލުހުންނާއި ސިފައިންނަށް
1828
26 March 2021
ދިވެހި ފުލުހުންނާއި ސިފައިން ފުރަތަމަ ވީ ދިވެހި ރައްޔިތުންނަށް. އެހެން ރައްޔިތުންނަށް އޮން ކޮންމެ ފުރުސަތެއް އެދެ މުއައްސަސާގައި މަސައްކަތްކުރާ ކޮންމެ މީހަކަށް ލިބެންޖެހޭނެ. އެކަމަކު ހުރިހާތާކުން ފުލުހުންނާއި ސިފައިނުންނަށް ފުލެޓް ދޭކަށް ނުޖެހޭ
މުލޭ
25 March 2021
ސިފައިންނާއި ފުލުހުން އަތުން ފުލެޓް އަތުލާފައި ދޭނެ ބަޔަކު ނުތިބޭނެ. އެއްވެސް ސަ ރުކާ ރަކުން އެކަމެއް ނުކު ރާނެ. ހީވާހީވުން ހުންނާނެ. ފިތުނަ އުފެއްދުމަކީ ދެ ދުނިޔޭގައިވެސް ގެއްލުންހު ރި ކަމެއް.
1828
26 March 2021
މިސަރުކާރަކީ ފުލުހުން ދެކެ އިންތިހާއަށް ރުޅި އަންނަ ސަރުކާރެއް. ނަޝީދު އަބަދުވެސް ބަލަނީ ފުލުހުންގެ ކިބައިން ބަދަލުހިފޭތޯ
އަވަސްކުރޭ.
25 March 2021
ކޮބާހޭ ދޭނަމޭބުނި ފުލެޓްތައް. ވޯޓުތައް ގެއްލެނީ