ޚަބަރު / އަހުމަދު އަދީބު

މިހާރު ބުނަނީ އަދީބު ގޭގައި ހުރީ މެޝިނެއް ބޭނުންކުރަން ޖެހޭތީ ނޫން ކަމަށް

ހޯމް މިނިސްޓަރު ވިދާޅުވެފައި ވަނީ އަދީބު ގޭގައި ބެހެއްޓީ ނިދަން މެޝިނެއް ބޭނުންކުރަން ޖެހޭތީ ކަމަށް. އޭނާގެ ގޭ ބަންދާއި ބޭނުންކުރައްވާ މެޝިނާ ބެހޭގޮތުން ކަރެކްޝަންސް އިން މީގެ ކުރިން މައުލޫމާތު ހާމަކުރި އިރު ވެސް، ގޭ ބަންދަށް ބަދަލުކުރީ މެޝިން ބޭނުންކުރަން ޖެހޭތީ ނޫން ކަމަކަށް ނުބުނޭ.

އަދީބު 2019ގައި ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކާ އެކު ކޯޓަށް ވަޑައިގަންނަވަނީ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް 1.3 ބިލިއަން ރުފިޔާ އަށް ޚިޔާނާތްވެގެން 20 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ގޭގައި ބަހައްޓާފައި ހުރީ ބައިޕެޕް މެޝިން ބޭނުންކުރަން ޖެހޭތީ ނޫން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

އަދީބަށް ލުއިދިނުމާ ބެހޭގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދައްކަވާފައިވާ ސަބަބާ ތަފާތުކޮށް ކަރެކްޝަންސް އިން މިހާރު ބުނާގޮތުން އަދީބު ގެ އަށް ބަދަލުކޮށްފައި ވަނީ ޖަލުގައި ހުކުމް ތަންފީޒުކުރަން ނުކުޅެދޭ ފަދަ ބައްޔެއް ހުރުމުންނެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން އަހުމަދު އައިމަން ލަތީފް ހުށަހެޅި "މަހޯލި" ފޯމަކަށް މިދިޔަ އަންގާރަދުވަހު ދިން ޖަވާބުގައި ކަރެކްޝަންސް އިން ސަބަބުގެ ގޮތުގައި ދެއްކީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 82 ވަނަ މާއްދާގެ ހ.ގެ އެއްވަނަ ނުކުތާ އެވެ. އެއީ ސިއްހީ ނުރައްކަލަކަށްޓަކައި ގައިދީން ޖަލުން އެހެން ތަނަކަށް ބަދަލުކުރެވިދާނެ ސަބަބެއްގެ ގޮތުގައި "ޖަލުގައި ހުކުމް ތަންފީޒުކުރުމަށް ނުކުޅެދޭ ފަދަ ބައްޔެއް ހުރުން" ބަޔާންކުރާ ނުކުތާ އެވެ.

އަދީބު "ގޭ ބަންދަށް ބަދަލުކޮށްފައިވަނީ ބައިޕެޕް މެޝިން ބޭނުންކުރަން ޖެހޭތީ ނޫން ކަމަށާއި އަހުމަދު އަދީބު އަބްދުލްޣަފޫރު ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ ޖަލުތަކާއި ޕެރޯލް ގާނޫނުގެ 82 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނުކުތާގެ މަތިން ކަމުގައި ދަންނަވަމެވެ،" ކަރެކްޝަންސްގެ އިންފޮމޭޝަން އޮފިސަރު އަދި އެސިސްޓެންޓް ލީގަލް އޮފިސަރު އިސްމާއީލް ސުއޫދު ސޮއިކުރައްވާފައިވާ ޖަވާބުގައިވެ އެވެ.

ގާނޫނުގެ އެ މާއްދާގައި ހިމަނާފައިވާ ފަދަ ސިއްހީ މައްސަލައެއް މެޑިކަލް އޮފިސަރަށް ފާހަގަކުރެވިގެން އެންގުމުން އެ މައްސަލައެއް ހައްލުވަންދެން ގައިދީ ޖަލުން އެހެން ތަނަކަށް ބަދަލުކުރަން، ޑައިރެކްޓަ އޮފް ޕްރިޒަންގެ ލަފާގެ މަތިން، ކޮމިޝަނަ އޮފް ޕްރިޒަންސް އަށް ހުއްދަ ދެވިދާނެ ކަމަށް އެ މާއްދާގެ ށ.ގައި ވެ އެވެ.

އަދީބު ގޭ ބަންދަށް ބަދަލުކޮށްފައިވަނީ އެ އުސޫލުން ކަމަށް މިނިސްޓަރު އިމްރާން ވެސް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ގޭ ބަންދަށް ބަދަލުކުރި ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވީ ވަކި މެޝިނެއް ބޭނުންކޮށްގެން ނިދަން ޖެހުމެވެ. ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިދިޔަ އޮކްޓޯބަރު 24ގައި އިމްރާން އެ ވާހަކަދެއްކެވި އިރު ވިދާޅުވީ އޭނާ އެކަން ބެއްލެވި އިރު ކަން ހިނގާފައި އޮތީ އެ ގޮތަށް ކަމަށެވެ.

"ދެން އެ މެޝިނަކީ ޖަލުގެ ތެރޭގައި ބޭނުންކުރެވޭ ގޮތަށް ހުރި މެޝިނެއް ނޫން ކަމަށް ވަނީ. އެހެންވީމާ ގޭގައި އެ މެޝިން ގާއިމްކުރެވިފައި ހުރި ކަމަށް ވަނީ. އެހެންވީމާ އެކަމުގެ މައްޗަށް ރިއާޔަތްކޮށްފައި އަހުމަދު އަދީބު ގޭގައި ހުރުމަށް ހުއްދަ ދެއްވާފައިވާ ކަމަށް މި ވަނީ،" އިމްރާން ވިދާޅުވެފައިވެ އެވެ.

ދައުލަތާ އެކު ހެދި، ކުށަށް އިއުތިރާފުވުމުން އަދަބު ލުއިކޮށްދޭ ޕްލީ ބާގެއިން އެއްބަސްވުމެއްގެ ދަށުން ދައުވާތަކަށް ކޯޓުގައި އިއުތިރާފްވެފައިވާތީ އަދީބުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ހުކުމްކުރެއްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު 5ގަ އެވެ. މައުލޫމާތު ހޯދަން "މިހާރު"ން ހުށަހެޅި "މަހޯލި" ފޯމަކަށް ކަރެކްޝަންސް އިން މިދިޔަ އާދީއްތަދުވަހު ދިން ޖަވާބުގައި، އަދީބު ގޭ ބަންދަށް ބަދަލުކުރަން ޑޮކްޓަރު ލަފާ ދިން ތާރީޚު ކަމަށް ބުނީ ވެސް ހުކުމްކުރި ދުވަހެވެ.

އެކަމަކު ކުރިން އިމްރާން ވިދާޅުވެފައި ވަނީ އަދީބު ގޭގައި ހުރުމުގެ ހުއްދަ ދޭން ރިއާޔަތްކުރި ޑޮކްޓަރުގެ ލަފާ (މެޝިން ބޭނުންކޮށްގެން ނިދުން) ލިބިފައި ވަނީ އަދީބު ޖަލު ގޮޅި އަށް ވެއްޓުނު ހާދިސާ އަކަށް ފަހު ކަމަށެވެ. އެއީ އޭނާ 20 އަހަރަށް ޖަލަށް ލާން ހުކުމްކުރުމުގެ މާ ކުރިން ހިނގި ހާދިސާއެކެވެ.

"އަހުމަދު އަދީބު ނިދުމުގައި މައްސަލަތަކެއް ދިމާވާ އަދި ފުއްޕާމެއާ ގުޅުން ހުރި މައްސަލަތަކެއް، ނޭވާލުމުގެ ނިޒާމަށް ދިމާވެފައި ހުރި މައްސަލަތަކެއް ކަމަށް ޑޮކްޓަރު ލިޔުން ދެއްވާފައި ވަނީ. ދެން މީގެ ކުރީ ފަހަރެއްގައި ޖަލުގެ ތެރޭގައި ހުންނަވަނިކޮށް ޖަލުގެ ގޮޅި އަށް ވެއްޓި ނިތްކުރިމަތި ދުޅަވެ ދެން ކަންތައްތަކެއް ހިނގާފައި ހުރީ. އެއަށް ފަހުގައި ޑޮކްޓަރު [ލަފާ] ދެއްވާފައިވޭ ވަކި މެޝިނެއް ބޭނުންކޮށްގެން ނިދުމަށް،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ހުކުމަށް ފަހު އަދީބު ގޭ ބަންދަށް ބަދަލުކުރިކަން އޭގެ ދެ ދުވަސް ފަހުން ކަށަވަރުކޮށްދެމުން ކަރެކްޝަންސް އިން ބުނެފައިވަނީ ހުކުމް އިއްވުމާ އެކު އަދީބު މާލޭ ޖަލަށް ގެންދިޔަ ކަމަށާއި އެކަމަކު ސިއްހީ ހާލަތު ގޯސްވެގެން ގޭ ބަންދަށް ބަދަލުކުރީ ކަމަށެވެ.

Jalah hukumkuri Adeeb geygai!

Jalah hukumkuri Adeeb geygai!

The most trusted news source in the Maldives

Mihaaru

ހުކުމަށް ފަހު އަދީބު ގެއަށް ބަދަލުކުރި ޚަބަރު

ކުރިން ކިޔައިދިނީ ޖަލު ގޮޅީގައި މެޝިން ބޭނުން ނުކުރެވޭކަން

އަދީބުގެ ގޭ ބަންދާއި އޭނާ ނިދުމަށް ބޭނުންކުރައްވާ މެޝިނާ ބެހޭގޮތުން، މައުލޫމާތު ގާނޫނުގެ ދަށުން، ކަރެކްޝަންސް އިން މީގެ ކުރިން ތަފްސީލްތައް ހާމަކުރި އިރު ވެސް، އަދީބު ގޭ ބަންދަށް ބަދަލުކުރީ މެޝިން ބޭނުންކުރަން ޖެހޭތީ ނޫން ކަމަކަށް ނުބުނެ އެވެ.

އިމްރާން ދެއްކެވި ވާހަކައިގެ ތަފްސީލް ހޯދުމަށް "މިހާރު"ން "މަހޯލި" ފޯމެއް ހުށަހެޅުމުން ކަރެކްޝަންސް އިން ފެބްރުއަރީ 23ގައި ޖަވާބުދިނީ އަދީބު ނިދުމަށް ބޭނުންކުރަން ޖެހެނީ ބައިޕެޕް މެޝިނެއް ކަމަށާއި އެ މެޝިން ބޭނުންކުރަން ޑޮކްޓަރު ލަފާދީފައި ވަނީ ނޭވާލާން އުނދަގޫވުމުގެ ސަބަބުން "ނިދުމަށާއި ބޮލުގައި ރިހޭތީވެ" ކަމަށެވެ. އަދި އަދީބު ގޭ ބަންދަށް ބަދަލުކުރީ ވަކި މުއްދަތެއް ނެތް ގޮތަށްކަން ވެސް ކަރެކްޝަންސް އިން ހާމަކުރި އެވެ.

"ޑޮކްޓަރުގެ ލަފާގެ މަތިން ވެކި މުއްދަތެއް ނެތް ގޮތަށް ގޭ ބަންދަށް ބަދަލުކޮށްފައިވާ ވާހަކަ ދެންނެވީމެވެ. އަދި ގަވާއިދުން ޑޮކްޓަރަށް ދެއްކުމަށް ޑޮކްޓަރު ލަފާދެއްވާފައިވާ ވާހަކަ ދަންނަވަމެވެ،" ކަރެކްޝަންސް އިން ލިޔެފައިވެ އެވެ.

ކަރެކްޝަންސް އިން ދިން ޖަވާބުގައި ބުނީ އަދީބު ބޭނުންކުރަން ޖެހެނީ އޭގެ ޒާތަށް ބަލާ އިރު ޖަލުގައި ބޭނުންކުރެވޭނެ މެޝިނެއް ނަމަވެސް އެކަމަށް "އެކި ގޮތްގޮތުން ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމްވެފައި ނެތުމުގެ ސަބަބުން ޖަލުގައި މި ވަގުތަށް ބޭނުންކުރެވިދާނެ މެޝިނެއް ނޫން" ކަމަށެވެ.

އޭގެ ތަފްސީލް ވެސް ކަރެކްޝަންސް އިން ދިނެވެ. ފޯމަށް ޖަވާބުދިނުން ލަސްވެގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ޝަކުވާ ހުށަހެޅުމުން ކޮމިޝަނަރު ހުސެން ފިޔާޒު މޫސާ ބޭއްވެވި އަޑުއެހުމުގައި ކަރެކްޝަންސްގެ އިންފޮމޭޝަން އޮފިސަރު ސުއޫދު ވިދާޅުވެފައިވަނީ އެ ޖަވާބުގައި އޮތީ "ޖަލުގެ ގޮޅީގައި ނުވަތަ މީހަކު ބަހައްޓާފައި ހުންނަ ސެލްގައި އެ [މެޝިން] ބޭނުންކުރަން އުނދަގޫވާ ވާހަކަ" ކަމަށެވެ.

"މިހާރު ކޮވިޑްގެ ހާލަތާ އެކީގައި އަޅުގަނޑުމެންނަކަށް ނޯވޭ ޖަލުގައި މީހަކު ބަހައްޓައިގެން އެ ވަގުތު މެޝިން ބޭނުންކުރާ އިރުގައި، ނަރުހެއް ނުވަތަ ސިއްހީ އެހީތެރިއެއް ބަހައްޓައިގެން މި ބޭނުންކުރަން އެންމެ ރަނގަޅު ކަމަށް ޑޮކްޓަރު މި ލަފާދެނީ އިނގޭތޯ؟" މި މަހު 1ގައި ސުއޫދު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި އަދީބުއާ ބައިވެރިވި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވެސް ޖަލު ހުކުމަށް ފަހު ހުންނަނީ ގޭގަ އެވެ. އަށް އަހަރުގެ ޖަލު ހުކުމެއް އައި ޒިޔަތު ވެސް ގެ އަށް ބަދަލުކުރީ ޑޮކްޓަރުގެ ލަފާގެ މަތިން ކަމަށް ސަރުކާރުން ބުނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި މަހު ވިދާޅުވެފައި ވަނީ އަދީބާއި ޒިޔަތު ގޭ ބަންދުގައި ތިބެނީ ގަވާއިދާ އެއްގޮތަށް ކަމަށެވެ.

"އަދީބާއި ޒިޔަތު ގޭގައި ހުރީ، ކަރެކްޝަނަލް ސާވިސް އިން ވިދާޅުވަނީ، ފުރިހަމަކުރަން ޖެހޭ ހުރިހާ އިޖުރާތުތަކެއް ފުރިހަމަކޮށް، އޭގެ ތެރެއިން ކަމަށް. ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަށް. އަދީބު ވެސް ގޭގައި އެ ހުރީ ސިއްހީގޮތުން ހުންނަން ޖެހޭ ކަމަށް ޑޮކްޓަރުގެ ލިޔުމަކާ އެކީގައި. ޒިޔަތު ވެސް މިހުރީ،" ނިއުސް ކޮންފަރެންސެއްގައި ޖަވާބުދެއްވަމުން ރައީސް ވިދާޅުވި އެވެ.

27 ކޮމެންޓް, 51 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިއްލި

27 March 2021

ކުށްވެރިއެއްގެ ބޭސްފަރުވާގެ ކަންކަމުން ހިމާޔަތް ހޯދަދީގެން ދޮގުހެދިއަސް އެމީހެއްގެ ބަލިވުމުގެ ޓައިމްލައިން ބަލައިފިނަމަ އެނގޭނެ ކިހިނެތްކަން އެވަނީ. ނިމިދިޔަ ވެރިކަމުގަ އެންމެންވެސް ޖަލުން ސަލާމަތްވާންވެގެން ބަލިވި. ދެން އޮންނާނީ ޑރން ހަދާދޭ ދޮގު.

The name is already taken The name is available. Register?

ސަމްސިއްޔާ

26 March 2021

މިކަލޭގެގެ ތިޔަބުނާ މެޝިނެއް ހިފައިގެންތަ ޓަގްބޯޓުގައި ފިލަން ދިޔައީވެސް؟؟ ޑޮކްޓަރުންނާ ނަރުހުންވެސް ގޮވައިގެންދޯ. މިއޮތީވާ ސަރުކާރެއް. ރިހާކުރު ފުޅިވަގަށްނެނީމަ މަރުވިޔަސް ޖަލުގައި. ތިކަމެއްޗަކަށް ނިކަމެތިގޮތް.

The name is already taken The name is available. Register?

ދޯރި

26 March 2021

ދިވެހިން އުފާ ކުރަންވީ އަދީބު ގޭގައި ހުއްޓަސް ޔާމީނު ޖަލުގައި އޮތީމައެވެ. އަދީބަކީ އެންގެވިގޮތަށް ކަންކުރި މީހާއެވެ. މި ހުރިހާ ކަމެއްގެ މާސްޓަރ މައިންޑަކީ އެއްވެސް ސައްކެތްނެތްގޮތުގައި ޔާމީނެވެ. ޔާމީނު އާންގާ ގޮތަކާ ހިލާފަށް އަދީބަށްވެސް ގުޑައެއް ނުލެވޭނެއެވެ. ފައިސާގެ ކަންކަމުގައި ޔާމީނު ކުޑަތަންފުކެއްވެސް ދޫ ނުދޭނެއެވެ.

The name is already taken The name is available. Register?

ދޯރީގެގަލަން

26 March 2021

ދިވެހިން އުފާކުރަންވީ މިސަރުކާރު އަދީބުގެ މުށުގަ އޮތީތީ. އަދީބު އަންގާ ގޮތަށް އޭނާގެ މައްސަލައިގައި މިސަރުކާރުން ކަންކަން ކުރާތީ. އަދީބުގެ މީހުންނަށް ދައުވާނުކުރާތީ. ސިޔާސީޕާޓީއަކަށް ހަމަވާ ވަރަށް މީހުން ހަމަކުރެވޭނީ ލައްކަ ފައިސާ ޚަރަދުކޮށްފަ ހުރީމަ. އެއީ ޔާމީނު ބުނެގެން ހެދި ޕާޓީއެއް ނޫން. އަދީބު އެތައް ބަޔަކަށް ޚަރަދުކުރީ ޔާމީނަށް އެނގިގެންނެއްނޫން.

The name is already taken The name is available. Register?

ދޮންއަލީ

26 March 2021

ޢިމްރާން ވަކިގޮތަކަށް، ކަރެކްޝަންސް ވަކިގޮތަކަށް. އަދީބު ވަކިގޮތަކަށް. އަދީބު ގެ އަށް ބަދަލުކޮށްފައިވަނީ ޖަލުގައި ޙުކުމް ތަންފީޒުކުރަން ނުކުޅެދޭ ފަދަ ބައްޔެއް ހުރުމުންނެވެ. ދެން ދޫކޮށްލާ. އޭރުން ތިޔަބަލިން ރަނގަޅުވެދާނެ. އެއީކަންނޭނގެ. ދެންވާނެގޮތަކީ

The name is already taken The name is available. Register?

ކޮކޮލިކި

26 March 2021

މިވަރުގެ ނާތަހުޒީބު މުޅިލައިފުގަވެސް ނުދެކެން

The name is already taken The name is available. Register?

ޙަބީބު.

26 March 2021

ދިވެހިން އެހާމޮޔައެއްނޫން މިހާރު ގޫގުލްގަ ޖަހަލާއިރައް ތިޔަބުނާ އެނދު އެބަފެނޭ އެއީ ޖަލުގަ ނުބެހެއްޓޭނެ އެނދެއްނޫން އަދީބައް ލުއިދެވިގެންނުވާނެ ސަރުކާރުން ތިހާ ބޭއިންސާފުން އަދީބައް ހަދިޔާއެއްގެ ގޮތުގަ ގޭގަ ބަހައްޓަން ޖާގަދިނުމީ ބޮޑުޖަރީމާއެއް ހިންގާފަވާތީ ކަމައް ގިނަބަޔަކު ގަބޫލުކުރާނެ

The name is already taken The name is available. Register?

ނެކްސްޓް

26 March 2021

ބުނާތީ އެހިން އަދީބަކީ ޔާމީން ސަރުކާރުގައި އައްނި އެޅުވިފަންޏެކޭ. ތެދެއްވީމަތާދޯ މުޅި ޤައުމު ދަވާލީމަވެސް ގޭގައި އޮންނަނީ. މީތޯ ތިކިޔާ އިންސާފަކީ؟

The name is already taken The name is available. Register?

މަރީ.

26 March 2021

އަދާލަތު ޕާޓިން ވަކިވާނަން.

The name is already taken The name is available. Register?

ފާމުލަދޭރި ކިލެގެފާނު

26 March 2021

ތިކަމުގެ ހަގީގަތް އެނގޭނީ މި ސަރުކާރުގެ ދައުރު ހަމަ ވުމަށްފަހު ހިންގޭ މިނިވަން ތަހުގީގަކުން. ތިޔަ ކަމާ 1 މިލިޔަން ޑޮލަރަކާ ވެސް ގުޅުމެއް އޮތް ކަމަށް ވެސް ކިޔާތީ އިވޭ. ޔަގީންވާ ކަމަކީ އެހެން ގައިދީންނަށް ނެތް އެހެން މުޖުރިމުންނަށް ވެސް ނެތް އެތައް އިނާޔަތެއް އަދީބަށް ލިބެމުންދާކަން. އަދީބުގެ ޚިޔާނާތް ބިލިއަނުން ގުނާލެވޭކަން. ފައިސާގެ ބާރު ގަދަ ކަން.

The name is already taken The name is available. Register?

އަހާ

26 March 2021

އެ ކުރި ކަހަލަ ކަންކަން ކޮށްފަ ދޮގު މައްޗަށް ދޮގުހެދީމަ ނުނިދިގެން އުޅޭނީ. ތިޔަ ގުޅާ މެޝިނަކަށްވެސް ކެތެއްނުވާނެ އެވަރުގެ މީހަކު ނިންދަވާކަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454