ޚަބަރު / ޑްރަގް ރިހަބިލިޓޭޝަން

މައްސަލަ ހުރިކަން ގަބޫލުކުރަން، މި އަންނަނީ ބަދަލުތައް ގެންނަމުން: އެންޑީއޭ ބޯޑު

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ކުރިއަށް އޮތް ތަނުގައި ފަރުވާ ދޭނީ އެ މީހަކު ހުރި ހާލަތަށް ބަލައި، ކޮންމެ މީހަކަށް ވަކި ފަރުވާއެއް ކަމަށް އެންޑީއޭއިން ބުނޭ.

އެންޑީއޭ ހިންގާ އިމާރަތް: އެންޑީއޭއަށް ބޮޑެތި ބަދަލުތަކެއް އަންނަން ޖެހޭ-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ހިންގުމާއި ފަރުވާގައި މައްސަލަތައް ހުރިކަން ގަބޫލުކުރައްވާ ކަމަށާއި އެކަންކަމަށް ހެޔޮ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް، އެ ބޯޑުގެ ޗެއާމަން އަބްދުލް ހަމީދު ވިދާޅުވެއްޖެ އެވެ.

މަސްތުވާތަކެތީގެ ސަބަބުން މުޅި ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރުމަށް އެންޑީއޭ ނުކުޅެދިފައިވާ ކަމުގެ ޝަކުވާތަކާ އެކު 1،050 މީހުންގެ ސޮއ ހިމަނައިގެން ރައްޔިތުންގެ މަޖިލީހަށް މިދިޔަ އަންގާރަ ދުވަހު ވަނީ ޕެޓިޝަނެއް ހުށަހަޅައިފަ އެވެ. އޭގައި އެ މީހުން އެދިފައިވަނީ އެންޑީއޭ ބަދަލުކޮށްދިނުމަށެވެ.

އެކަމާ ގުޅިގެން ހަމީދު މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އަށް ވިދާޅުވީ ޕެޓިޝަންގައި ބުނެފައި ހުރި ވަރަށް ގިނަ ކަންތައްތައް ބަދަލުކުރުމަށް މިހާރު ވެސް މަސައްކަތް ފަށާފައިވާ ކަމަށެވެ. އޭގައި ފަރުވާގެ ހުރިހާ ޕްރޮގްރާމެއް ރިވިއުކުރުމާއި މިހާރު ފަރުވާ ދޭ ނިޒާމް އެއްކޮށް ބަދަލުކުރުން ހިމެނެ އެވެ. އޭގެ އިތުރުން އަމިއްލަ ފަރާތްތަކަށް ފަރުވާދޭ މަރުކަޒުތައް ހިންގުމުގެ ފުރުސަތު ދިނުމަކީ އޭގެ ތެރެއިން އެއް ކަމެވެ.

އެންޑީއޭއިން މިދިޔަ ބުދަ ދުވަހު ވަނީ އަމިއްލަ ފަރާތްތަކަށް ވެސް ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ހިންގަން ޖާގަ ދީ ޕްރޮޕޯޒަލް ހުށަހަޅަން ހުޅުވާލައިފަ އެވެ.

"ކުރިއަށް އޮތްތާގައި ރާއްޖޭގައި ފަރުވާއަށް މިހާރު އައި ބަދަލާ ގުޅިގެން ފަރުވާގެ ކަންތައްތައް ދާނީ ކޮންމެ ކުއްޖަކަށް ވަކި ފަރުވާއެއް. އެއް ފަރުވާއެއް ނޫން. އެއީ އަސްލު ފަރުވާ ހޯދަން ބޭނުންވާ ކުދިންގެ އެންމެ ބޮޑު އެއް ޝަކުވާ. އެންމެންނަށް އެއް ފަރުވާއެއް ދިނުމުގެ ޝަކުވާ. އޭތި އެ ބަދަލުވީ،" ހަމީދު ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތަނުގައި ކުދިންނަށް މި ދެވެނީ އެ ކުއްޖަކަށް ބޭނުންވާ ފަރުވާ،"

އޭނާ ވިދާޅުވީ މިދިޔަ ހަފުތާގެ ކުރީކޮޅު މެތަޑޯން ފަރުވާ ވެސް ފަށާފައިވާ ކަމަށެވެ. އޭގެ ދެ ހަފުތާ ކުރިން ބޭސް ދީގެން ޑްރަގް އެޑިކްޓުން ރަނގަޅު ކުރެވޭ އިތުރު ޕްރޮގްރާމެއް އަދި އޭގެ ކުރިން އިތުރު ޕްރޮގްރާމެއް ފަށާފައިވާތީ، ވަރުގަދަ ބޭސް ދީގެން އެޑިކްޝަން ފިލުވުމުގެ ތިން ފަރުވާ މިހާރު ވަނީ ފަށައިފަ އެވެ.

"ކުދިންނަށް ވަރަށް ޕެއިންފުލް ވިތުޑްރޯވަލް ގޯތުރޫ ކުރަން ނުޖެހި ހުއްޓާލެވޭނެ މަގުފަހިވެގެން ދިޔައީ. އެހެންވީމަ އެއީ ވަރަށް ބޮޑު ޕޮޒިޓިވް ބަދަލެއް ސިސްޓަމަށް އައި،" ހަމީދު ވިދާޅުވި އެވެ.

ހަމީދު ވިދާޅުވީ މިހާރު އޮތް އެންޑީއޭގެ އާ ބޯޑުން ހަވާލުވުމަށްފަހު އެތަނުގެ ހިންގުމުގެ ސްޓްރަކްޗާ ބަދަލުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެކަމުގެ މަޝްވަރާތަކަށްފަހު ދެން އޮތީ ފައިނަލްކުރުމުގެ މަސައްކަތަށް ދިއުންކަން ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި އެންޑީއޭ ބެހިގެންދާނީ ކިހިނެއްތޯ އަދި އެޖެންސީ ހިންގާނެ އުސޫލު ހިމެނެ އެވެ.

އެންޑީއޭ ހިންގާނީ ސިވިލް ސާވިސްގެ ތެރެއިން ކަމެއް ނުވަތަ މިނިވަން ތަނެއްގެ ގޮތުގައި ކަން ޕޮލިސީ ލެވެލްގައި ކަނޑައަޅަންޖެހޭ ކަމަށް ހަމީދު ވިދާޅުވި އެވެ. އަދި އެންޑީއޭ ހިންގުމުގެ ސްޓްރަކްޗާއާ ގުޅޭގޮތުން ނިންމަން ޖެހެ އެވެ.

ފަހުން އެކުލަވާލި ސްޓްރަކްޗާ ތެރޭގައި ފުލުހުންނާއި ކަސްޓަމްސް އަދި އިމިގްރޭޝަނާ އެއްގޮތަށް އެންޑީއޭއަށް ވެސް މަސްތުވާތަކެތީގެ ސަޕްލައި ރިޑަކްޝަނަށް މަސައްކަތް ކުރަންޖެހެ އެވެ.

"އޭގައި ހުރި ބައެއް ގެޕްސްތައް އައިޑެންޓިފައި ކުރެވިގެން އެ ކަންތައްތައް މިހާރު އެ ދިޔައީ ފިކްސް ކުރެވޭތޯ މިހާރުގެ މަސައްކަތުގެ ތެރޭގައި މި ހިމެނެނީ،" ހަމީދު ވިދާޅުވި އެވެ.

އެޖެންސީއާ ގުޅޭގޮތުން ޖާއިޒު ކަންބޮޑުވުންތައް ހުރިކަމަށް ވިދާޅުވެ، ހަމީދު ވިދާޅުވީ، "ފަރުވާއަށް ދިއުމަށް ވުރެ މަގުމަތިން ނުވަތަ ކަންމަތިން މަސްތުވާތަކެތި ހޯދުން ފަސޭހަ" ކަމަށެވެ. ބޯޑުގެ އަމާޒަކަށް ވާންޖެހެނީ، އޭނާ ވިދާޅުވިގޮތުގައި މަގުމަތިން ނުވަތަ ކަންމަތިން މަސްތުވާތަކެތި ހޯދުމަށްވުރެ ފަރުވާއަށް ދިއުމުގެ ކަންކަން ފަސޭހަކޮށްދިނުމެވެ. ބަދަލު އަންނާނީ އޭރުން ކަމަށް ވިދާޅުވި އެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ހާއްސަ މެންޓަލް ހެލްތު ކްލިނިކެއް ހުޅުވުމުން ފަރުވާއަށް ކިއުގައި ތިބި މީހުން ވަރަށް ކުޑަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ. ހަމީދު ވިދާޅުވީ ސައިކޭޓްރިސްޓަކަށް ދައްކާލައިގެން ބޭސް ނަގަން ބޭނުންވާ ކުދިން ވަރަށް ގިނަ ކަމަށެވެ.

އެ ތަނުގައި ދުވާލަކު ދެ އޯޕީޑީ ހިންގާނެ އެވެ. އެއީ އެންޑީއޭ ތެރޭގައި އަދި ގަލޮޅު ދަނޑުގައި އިތުރު އޯޕީޑީއެކެވެ. އެހެންވެ ޑޮކްޓަރަށް ދެއްކުމުގައި ކިއު ވަރަށް ކުޑަވާނެ ކަމަށް ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން ކ. ހިންމަފުށީގައި އިންނަ ރިހެބިލިޓޭޝަން ސެންޓަރު ބަންދުކުރުމަށްފަހު އެ ތަނަށް މީހުން ފޮނުވަން ފެށީ ވެސް ވަރަށް ފަހުންނެވެ. ބެޗަކަށް ފަހު ބެޗެއް އެ ތަނަށް ފޮނުވަމުންދާ ކަމަށާއި މާލެ ސަރަހައްދުގައި ވަރަށް އަވަހަށް އިތުރު ދެ ޑިޓޮކްސް ސެންޓަރު ހުޅުވުމުން "މާލެ ސަރަހައްދުގައި އުނދަގޫ ހާލަތުގައި އުޅެންޖެހޭ ހުރިހާ ކުދިންނަށް ލުއެއް ލިބިގެންދާނެ" ކަމަށް ވިދާޅުވި އެވެ.

"ރޯދަ މަސް ތެރޭގައި އިރާދަކުރެއްވިއްޔާ ބޮޑު ބަދަލެއް މާލެތެރެއިން ފެންނާނެ،" ހަމީދު ވިދާޅުވި އެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ ހިންގަނީ، އެ އެޖެންސީގެ ބޯޑުގެ ލަފާއާއި އިރުޝާދާ އެއްގޮތަށް އެތަނަށް އައްޔަންކުރާ ސީއީއޯ އެވެ. އެންޑީއޭ ބޯޑުގައި ހިމެނެނީ އެކި އިދާރާތަކުން ރައީސް އައްޔަންކުރައްވާ 10 މެމްބަރުންނެވެ. އޭގެ ތެރޭގައި ޖެންޑާ މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އާއި ޕޮލިސް އަދި ކަސްޓަމްސް ހިމެނެ އެވެ.

7 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮންސާންވާ ބައްޕައެއް

04 April 2021

އެޑިކްޓުންނަށް މާބޮޑަށް މިނިވަންކަންދީ އެއްވެސް ހިފެހެއްޓުމެއް ނެތްކަން މިހާރު އެބަފެނޭ. ކޮންމެ ބޭހެއް ދިނަސް އެމީހުން ޑިސިޕްލިން ކޮށްދީ ބަލަ.

The name is already taken The name is available. Register?

ވަރަށް ކުރުކޮށް

04 April 2021

މީ ބޯމީހުންގެ ގައުމެއް. ހުރިހާ ވައްތަރެއްގެ ބޯމީހުންގެ ސުވަރުގެ މިއީ. ރޫފަހުރި ދޮންމީހުނާ ޅިނދުގައި މަސްކޮޅެއް ނެތިގެން ފަޓްލޫނު ސޮހޭކުދިންނާ އަލަނާސިއެއް ހެން ހުޅިޖަހައިގެން ހެސްކިޔާފައި ސައިކަލުން މީހުން ފިއްކަނޑުވާ ގްރޫޕްތަކާ ކުރާ މަސައްކަތެއް ނޭންގި ސައިކަލް މަޑިމަތީއާ އަތުފުރާ ހާޑުކަރުދާސް ނޫޓް ގުނަންތިބޭ ޒުވާނުންގެ ގައުމު މީ.

The name is already taken The name is available. Register?

ޝޭޚު

03 April 2021

އެން.ޑީ.ޢޭ ގައި އޮންނަނީ ޑްރޮއިން ބޯޑެއް ކަމަށް ވަނީ . ޗެއަރ ކޮންމެ ދުވަހަކު ނިކުމެ މޮޅު ކުރެހުމެއް ޑްރޮއިން ބޯޑުގައި ކުރަހާލާނެ.

The name is already taken The name is available. Register?

ޢަލީ ޝަރީފް

03 April 2021

އަދި ހަމަ އެއްވެސް ބަދަލެއް ނުފެނޭ. މެނޭޖްމަންޓް މާ ބޮޑަށް ވެސް ވީކް. އަލަށް ޙުޅުވި ޑިޓްކްސްތަކުގައި ފަރުވާ ގައި ތިބީ ތިން ހަތަރު ކުއްޖެއް . ޚިދުމަތެއް ދޭ ވާހަކަ ބުނަން ސަރުކާެރުން ކުރާ ބޭކާރު އިސްރާފެއް.

The name is already taken The name is available. Register?

ޙަސަން ޝަހީމު

03 April 2021

ބޯދާ ކަތީބުންތައް ބޭރު ނުކޮށް ތިތަން އިސްލާހެއް ނުކުރެވޭނެ..

The name is already taken The name is available. Register?

އިރާކީ

03 April 2021

އާއިލާއެއްގެ ތެރޭ ބޯމީހަކު ހުރިނަމަ އާއިލާގެ އެއްމެން އެކަމުގެ ތަކްލީފް އުފުލަން ޖެހޭ..ގޭގައި އުޅޭ ގިނަމީހުން ނަފްސާނީ ފަރުވާ ނަގަންޖެހޭ ހިސާބުގައި އޮންނަނީ..ގެއިން ގެއްލިދާނެ އެއްޗަކަށް ވިސްނަންޖެހޭ..މުޅިގޭގެ މަސްލަހަތު ގެއްލުވާލާނެ އެތައް ފަހަރަކު.

The name is already taken The name is available. Register?

ހިމާނީ

03 April 2021

ތިތަނުން ފަރުވާ ހޯދަން ބޮޑުކިޔޫއެއްގައި ޖެހޭކަށް ނުޖެހޭނެ ކިރިޔާވެސް ކަމެއް ކުރެވޭނަމަ..ބޯމީހަކު ހިތުން ރުހުމުން ފަރުވާ ހޯދަން ދަނީ މަދުފަހަރަކު..އާއިލާއިން އެތައް މަސައްކަތެއް ކޮށްގެން އެއްބަސްވެ ތިތަނުގެ ކިޔޫގައި ޖެހި އެތައް ދުވަހެއް..ބޯމީހުންނަކީ އިރުއިރުކޮޅުން ވިސްނުން ބަދަލުވާ ބައެއް..އެއްވެސް ކިޔޫއެއް އޮވެގެން ނުވާނެ..ރިހެބް ފަރުވާވެސް އަވަސްކުރަންޖެހޭ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454