މާޒިޔާގެ ކޯޗު ރިސްޓޯ: ލީގުގައި ކޮންމެ މެޗެއް ވެސް އުނދަގޫވާނެ ކަމަށް ގަބޫލްކުރޭ. -- މިހާރު ފައިލް ފޮޓޯ
މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު
03 އެޕްރީލް 2021 - 11:58
ދިވެހި ޕްރިމިއާ ލީގުގައި ސުޕަ ޔުނައިޓަޑް ސްޕޯޓްސް (ސަސް)އާ ދެކޮޅަށް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ނުކުންނައިރު، މިއީ ފަސޭހަ މެޗަކަށް ނުވާނެ ކަމަށް މާޒިޔާ ކޯޗުގެ ރިސްޓޯ ވިޑަކޮވިޗް ބުންޏެވެ.
ލީގުގައި އެންމެ ފަހުން މާޒިޔާ ކުޅުނު މެޗުގައި ތާވަލްގެ ފުލުގައި އޮތް ޔުނައިޓަޑް ވިކްޓަރީ އަތުން މޮޅުވީ 1-0 އިންނެވެ.
ތާވަލްގެ އެއްވަނައިގައި މާޒިޔާ އޮތީ 24 ޕޮއިންޓާއެކު އެވެ. ތާވަލްގެ ދެވަނައިގައި އޮތް ވެލެންސިއާގެ މައްޗަށް މާޒިޔާ އިން ވަނީ ހަ ޕޮއިންޓްގެ ލީޑެއް ހޯދައިފަ އެވެ.
މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރިސްޓޯ ބުނީ ލީގުގައި ދެން މާޒިޔާ ކުޅެންޖެހޭ އެއްވެސް މެޗެއް ފަސޭހައެއް ނުވާނެ ކަމަށެވެ. އަދި މިރޭގެ މެޗުން ވެސް ތިން ޕޮއިންޓް ހޯދަން ވަރަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ.
"މާޒިޔާ އަށް މި ލީގުގައި ދެން ފަސޭހަ މެޗެއް ނޯންނާނެ. ތާވަލްގެ އެއްވަނައިގައި އޮތް ޓީމަށްވާތީ، މާޒިޔާ ބަލިކުރަން ހުރިހާ ޓީމަކުން ވެސް ބޭނުންވާނެ. މާޒިޔާއާ ދެކޮޅަށް ހުރިހާ ޓީމެއް ވެސް ކުޅޭނީ ވަރަށް ބޮޑު މޯޓިވޭޝަނަކާއެކު. އަދި މާޒިޔާއާ ކުޅޭއިރު ހުރިހާ ޓީމެއް ވެސް ކުޅޭނީ ތަފާތު ރޫހެއްގައި،" ސާބިއާގެ ތަޖުރިބާކާރެއް ކަމަށްވާ ރިސްޓޯ ބުންޏެވެ.
ލީގުގެ ފުރަތަމަ ބުރުގައި ސަސް އަތުން މާޒިޔާ ވަނީ 3-0 އިން މޮޅުވެފަ އެވެ.
ސަސްގެ ކޯޗު މުހައްމަދު ސިޔާޒް (މޯހަން) ބުނީ މާޒިޔާ އަކީ ރާއްޖޭގައި މި ވަގުތު އޮތް އެންމެ ވަރުގަދަ ޓީމު ކަމަށާއި އެ ޓީމު އަތުން ލިބޭ ޕޮއިންޓަކީ ސަސް އަށް ލިބޭ "ބޯނަހެއް" ކަމަށެވެ.
"މާޒިޔާ އަކީ ތަފާތު ޓީމެއް. އެހެންވީމަ އެ ޓީމު އަތުން ޕޮއިންޓެއް ލިބިއްޖެ ނަމަ އެއީ ސަސް އަށް ލިބޭނެ ބޯނަހެއް. އަޅުގަނޑުމެން ބަލާނީ ޕޮއިންޓެއް ނުވަތަ މި މެޗުން ކާމިޔާބެއް ވެސް ލިބޭތޯ. ސަސް މި ސީޒަނަށް ކަނޑައެޅި ފުރަތަމަ ޓާގެޓަކީ ރެލިގޭޝަނުން ސަލާމަތްވުން. އެހެންވީމަ މި މެޗުން ޕޮއިންޓެއް ލިބިއްޖެ ނަމަ އެއީ ވަރަށް މުހިންމު ޕޮއިންޓަކަށް ވެގެންދާނެ،" މޯހަން ބުންޏެވެ.
މިިދިޔަ މަހުގެ ޓްރާންސްފާގައި މާޒިޔާ އިން ގައުމީ ޓީމުގެ ޑިފެންޑަރު މުޖުތާޒް މުހައްމަދު (މުޖޭ) އާއި އަބްދުﷲ ޖުނައިދު (ޖެންނޭ) ލޯނު އެއްބަސްވުމެއްގެ ދަށުން ސަސް އަށް ދޫކުރި ނަމަވެސް، މިއަދުގެ މެޗުގައި މި ދެ ކުޅުންތެރިން ވެސް ނުފެންނާނެ އެވެ. ލޯނު އެއްބަސްވުމުގެ ދަށުން މާޒިޔާއާ ދެކޮޅަށް މި ދެ ކުޅުންތެރިންނަށް ވެސް ނުކުޅެވޭނެ އެވެ.
މާޒިޔާ އާއި ސަސް މިރޭ ބައްދަލުކުރާ މެޗު ފަށާނީ ނުވަެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy