ފީޗާސް / ލޯކަލް ކައުންސިލް އިންތިޚާބު-އެމްޑީޕީ

އިސްމާއިލް: ލ. އަތޮޅު ތަފާތުކޮށްލެވޭނެ

ލ. އަތޮޅު ރައީސް ކަމަށް ވާދަ ކުރައްވާ އިސްމާއިލް އަލީ--

08 އެޕްރީލް 2021 - 08:00

3 comments

ލ. އަތޮޅަކީ ރާއްޖޭގައި ބިމުގެ ގޮތުން އެންމެ ތަނަވަސް އަތޮޅެވެ. މި ސަރުކާރުން ވިޔަފާރި ހަބެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާ ސަރަހައްދުތަކުގެ ތެރެއިން އެއް ސަރަހައްދެވެ. ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ތަރައްގީ ކޮށްފި ނަމަ "ރަނެ" ކެވެ.

އެ އަތޮޅު ކައުންސިލް ރައީސް ކަމަށް ވާދަ ކުރައްވާ އިސްމާއިލް އަލީ ވިދާޅުވާ ގޮތުން ލ. އަތޮޅަށް އެ އަމާޒަށް ވާސިލްވެވެން އޮތީ ދެ ގޮތެކެވެ. އެއް ގޮތަކީ ސަރުކާރަށް ތާއީދު ކުރާ އަދި އެމްޑީޕީގެ ސިޔާސަތުތައް ދަންނަ ކެނޑިޑޭޓަކު ހޮވުމެވެ. ދެވަނަ ގޮތަކީ ތައުލީމާއި ތަޖުރިބާގެ ގޮތުން ވަރުގަދަ ކެނޑިޑޭޓަކު އިންތިހާބު ކުރުމެވެ.

"މި ވަގުތު ލ. އަތޮޅު ކައުންސިލް ރައީސް ކަމަށް ވާދަ ކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން މި ދެ ޝަރުތު އެންމެ ރަނގަޅަށް ފުރިހަމަވާ ކެނޑިޑޭޓަކީ ހަމައެކަނި އަޅުގަނޑު،" ލ. ގަމު ތުނޑިއަށް އުފަން އިސްމާއިލް ވިދާޅުވި އެވެ.

އިސްމާއިލް އަކީ ލ. އަތޮޅު މީހުނަށް އާ މޫނެއް ނޫނެވެ. ފެށުނީއްސުރެ އެމްޑީޕީގެ ފިކުރުގައި އަދި އެ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގެ އެންމެ ކުރީގައި އުޅުއްވަމުން އެ އަތޮޅުގެ ތައުލީމީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ވެސްކުރެއްވި ބޭފުޅެކެވެ.

މީހުން ބިނާ ކުރުމާއި ކުރިއެރުވުމަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާ އިސްމާއިލް މެދު ނުކެނޑި 27 އަހަރު ސަރުކާރަށް ހިދުމަތް ކުރެއްވި އެވެ. އެގޮތުން 1994 ވަނަ އަހަރު ސަރުކާރުގައި އޭނާ ވަޒީފާ ފެށީ ތުނޑީ ސްކޫލުގެ ޕްރައިމެރީ ޓީޗަރަކަށެވެ. އޭގެ ފަހުން ލ. ހިތަދޫ ސްކޫލުގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފަހު ސްކޫލްގެ އެސިސްޓަންޓް ހެޑް މާސްޓަރު ކަން 1999 އިން ފެށިގެން 2006 އަކާ ހަމަޔަށް ކުރެއްވި އެވެ. އޭގެ ތެރެއިން އެއް އަހަރު ބ. ތުޅައިދޫ ސްކޫލުގެ އެސިސްޓަންޓް ހެޑް މާސްޓަރު ގޮތުގައި ވެސް މަސައްކަތް ކުރެއްވި އެވެ. އަދި އެންމެ ފަހުން އެ ދާއިރާއަށް ހިދުމަތް ކުރެއްވީ ލ. އިހައްދޫ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުގަ އެވެ.

އިސްމާއިލް މިހާރު ހުންނެވީ އެ އަތޮޅު ގަމު ކައުންސިލްގެ އެސިސްޓަންޓް ޑިރެކްޓަރުގެ މަގާމްގަ އެވެ. އެތަނުގައި މަސައްކަތް ކުރަމުން ކައުންސިލްގެ ތަޖުރިބާ ހޯދާތާ މިހާރު ހަތަރު އަހަރު ވެއްޖެ އެވެ.

އޭނާގެ ތައުލީމީ ހަޔާތުގައި އެންމެ ފަހުން ކިޔަވާފައި ވަނީ މައި ކޮލެޖުން ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން މާސްޓާޒް ފެންވަރަށެވެ. އޭގެ އިތުރުން ބެޗްލާ ޑިގްރީ އިން އާޓްސް އެންޑް ލެންގުއޭޖްގެ އިތުރުން ޓީޗިން އާއި ސްކޫލް މެނޭޖްމަންޓް ދާއިރާއިން ދެ ޑިޕްލޮމާ ވެސް އޭނާ ވަނީ ހާސިލް ކުރައްވައިފަ އެވެ.

އެ ތަޖުރިބާ އާއި އިލްމުގެ ފުރިހަމަ ބޭނުން ހިފައިގެން އިސްމާއިލްގެ މިހާރުގެ އަމާޒަކީ ސީދާ އަތޮޅު ކައުންސިލް ރައީސް ކަމެވެ.

"އަތޮޅު ކައުންސިލްގައި އަޅުގަނޑަށް ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ގަބޫލުކުރެވޭ. ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން މިވަގުތު އެކަން އެންމެ ރަނގަޅަށް ކުރެވޭނީ އަޅުގަނޑަށް، މި ދާއިރާއަށް ތަރައްގީ ގެނެވޭނީ އެމްޑީޕީގެ މި ސިޔާސަތުގެ ތެރެއިން،" އިސްމާއިލް ވިދާޅުވި އެވެ.

ސިޔާސީ މަސައްކަތަށް އަބަދުވެސް ޝައުގުވެރިކަން ހުންނަ އިސްމާއިލް ލ. އަތޮޅުގެ ކައުންސިލްގެ ރައީސްކަމަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރެއްވުމުގެ ފުރުސަތު ހޯއްދެވީ މިހާރު ހުންނެވި އަތޮޅު ކައުންސިލް ރައީސްއާ ޕްރައިމަރީގައި ވާދަކުރައްވައި ކާމިޔާބުކުރައްވައިގެންނެވެ.

"ސިވިލް ސާވިސްގައި މަސައްކަތް ކުރިޔަސް ރަށުތެރޭގެ ސިޔާސީ މަސައްކަތުގައި އަބަދުވެސް ހަރަކާތްތެރިވަން،" އޭނާ ވިދާޅުވި އެވެ.

ލާމުގެ ނުފޫޒު ގަދަކޮށް، ނަމޫނާ އަތޮޅަކަށް ހެދުން!

އިސްމާއިލް ގަބޫލުކުރައްވާ ގޮތުގައި މި އިންތިހާބު ކާމިޔާބުކުރުމަށާއި ލާމަށް ތަރައްގީ ގެނައުމަށްޓަކައި އެމްޑީޕީގެ ކެންޑިޑޭޓެއް ގޮތުގައި ހުންނެވުން މުހިންމެވެ. ވެރިކަން ކުރާ ޕާޓީން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ އެކު ރަށްރަށުގައި ކުރަން ޖެހޭ މަސައްކަތް ހަމަހަމަ އުސޫލެއްގެ ދަށުން ހުރިހާ ރައްޔިތުންނަށް ވަރަށް ފުރިހަމައަށް ފޯރުކޮށް ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ އިސް ކަމެއް ދީގެން ކުރައްވާނެ މަސައްކަތަކީ، އިސްމާއިލް ވިދާޅުވި ގޮތުގައި، ލ. އަތޮޅަކީ އެހެން އަތޮޅުތަކަށް ވުރެ ނުފޫޒު ގަދަ އަދި މާލެއަށް ބަރޯސާވާން ނުޖެހޭ އަތޮޅަކަށް ހެދުން ކަމަށެވެ. އެކަމަށްޓަކައި ޕްލޭންތައް ހިމަނައިގެން މުޅި އަތޮޅަށް ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލާމުގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބައެއް ރަށްރަށުގެ މަޝްރޫއުތައް ހުއްޓިފައި ހުރުމެވެ. އަދި ބައެއް ރަށްރަށަށް މާ ބޮޑަށް ސަމާލުކަން ދީގެން މަޝްރޫއުތައް ކުރިއަށް ގެންދިއުމެވެ. އިސްމާއިލް ވިދާޅުވަނީ "ހަމަހަމަ ގޮތެއްގައި ހުރިހާ ރަށަކަށް ތަރައްގީގެންނަން މަސައްކަތް ކުރާނެ" ކަމަށެވެ.

"ތަރައްގީގައި އަޅުގަނޑުމެނަށް އޮތް އެޑްވާންޓޭޖް ބޮޑު. ލާމަކީ ނަމޫނާ އަތޮޅަކަށް ހަދާނަން،" އިސްމާއިލް ވިދާޅުވި އެވެ.

އެޑިޓަރުގެ ނޯޓު

މިއީ ކައުންސިލް އިންތިހާބުގެ ކެންޑިޑޭޓުންނަށް "މިހާރު" އިން ހާއްސަކުރި ޕެކޭޖެއްގައި ހިމެނޭ ކޮންޓެންޓްގެ ބައެކެވެ.

3 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 40%
icon wow icon wow 0%
icon inlove icon inlove 60%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނުވާނެ

08 April 2021

ހުސް އަނގަ... ހޮވުނީމަ ނިމުނީ... ތިފިކުރަކީ ބުނާ ބަހާއި އަމަލާ ދިމާނުވާ ފިކުރު

The name is already taken The name is available. Register?

ނެކްސްޓް

08 April 2021

ވެރިކަމާ މަޖްލިސް ލިބިގެން ވީކަމެއް ހަރާން

The name is already taken The name is available. Register?

އިބްރާހީމް ޝަފީޤު

08 April 2021

އަޅުގަނޑުމެން މިތިބީ ހޮވަން ތައްޔާރައް އިއްސެއަކީ ގާބި ލް މީހެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454