އަންނަ ބުރާސްފަތި ދުވަހު ގުރުއަތު ލަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ 6،720 ފްލެޓް ލިބުނު މީހުންނަށް، ލިބުނީ ކޮން ފްލެޓެއް ކަން ނިންމަން. ގުރްއަތުލުން ފަށާނީ އެ ދުވަހު ހެނދުނު 9:00 ގައި.
ހިޔާ ފްލެޓުތައް: ފްލެޓްތައް ލިބުނު ފަރާތްތަކުގެ މެދުގައި ގުރްއަތުލުމުގެ މަސައްކަތް އެޗްޑީސީއާ ހަވާލުކުރީ ސަރުކާރުން .-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު
06 އެޕްރީލް 2021 - 19:57
ސަރުކާރުން ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ފްލެޓްތައް ލިބުނު ފަރާތްތަކަށް، ލިބުނީ ކޮން ފްލެޓެއް ކަން ކަނޑައަޅަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންނަ ބުރާސްފަތި ދުވަހު ގުރުއަތުލާން ނިންމައިފި އެވެ.
އެޗްޑީސީން ބުނީ މި މަސައްކަތް އެ ކޯޕަރޭޝަނާ ހަވާލުކުރީ ދައުލަތުން ކަމަށެވެ. މިއީ ދެވަނަ ފިޔަވަހީގައި ހަދާފައިވާ 6،720 ފްލެޓް ލިބުނު މީހުންގެ މެދުގައި ނަގާ ގުރުއަތެކެވެ. އެ ދުވަހު ގުރުއަތު ނަގާނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީ (އެޗް10) ގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކުގެ މެދުގައި ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ، ގުރުއަތު ލުމުގެ މަސައްކަތް ފަށާނީ އެ ދުވަހުގެ ހެނދުނު 9:00 ގައި ކަމަށެވެ. އަދި އެޗް10 ކެޓަގަރީގައި ހިމެނޭ އެންމެންގެ މެދުގައި އެ ދުވަހު ގުރުއަތު ލާނެ ކަމަށާއި ގުރުއަތު ލުމުގައި ބަލާނީ އައިޑީކާޑު ނަންބަރުގެ ތަރުތީބަށް ކަމަށް އެތަނުން ބުންޏެވެ.
ގުރުއަތުލުމުގެ ރަސްމިއްޔާތު ދައުލަތުގެ ޓީވީ ޗެނަލް ޕީއެސްއެމުން ލައިވްކޮށް ދައްކާނެ އެވެ. ގުރުއަތު ނެގުމުން، ލިބުނު ފްލެޓާއި، ފްލޯ އަދި ޓަވަރު ނަންބަރު ޓީވީން ދައްކާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. އަދި ފްލެޓް ލިބުނު ފަރާތަށް، މެސެޖަކުން އެކަން އަންގާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
ފްލެޓް ލިބުނު ފަރާތްތައް، އެގްރީމެންޓްގައި ސޮއިކުރުމާއި ތަޅުދަނޑި ހަވާލުކުރާނެ ތާރީހުު އަދި އިއުލާނެއް ނުކުރެ އެވެ. ނަމަވެސް ފްލެޓް ލިބުނު މީހުުންނަށް އެތަނުގެ ތަޅުދަނޑި އަންނަ މަހުގެ ތެރޭގައި ހަވާލުކުރެވޭ ވަރުވާނެ ކަމަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މީގެ ކުރިން ވިދާޅުވެފައި ވެ އެވެ.
މި ފްލެޓްތަކުގެ ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހޭ އަދަދެއް ސަރުކާރުން އަދި އާންމެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޮޑުމީހާ
07 April 2021
މި ހުރިހާ ދުވަހު މައުމޫނަށް އެއްޗެހި ކީ މީހުން މައުމޫނަށް ވެ ނިމިއްޖެ! މި މީހުންގެ އަމަލުތައް ހުރި ގޮތުން މިހާރު މައުމޫންވެސް މިއުޅެނީ މި މީހުންނަށްވުރެ 2 ދަރަޖަ ފަހަތުގަ
މަކުނު
07 April 2021
ލިޔުމުގައިވާ އިދާރީ ކުށެއްގެ އިސްލާހް: 'ސަރުކާރުން ކުރިއަށްގެންދިޔަ ހިޔާ މަޝްރޫޢު" ބަދަލުކޮށްލަންވީ " ކުރީގެ ސަރުކާރުން ކުރިއަށްގެންދިޔަ ހިޔާ މަޝްރޫޢުއަށް" އެހެންވީމަ ކޮންމެ ބަޔަަކަށް ލިބުނަސް ފްލެޓް އެޅުނު މީހުންނަށް މަގޭވޯޓް.
ސްޓަންޓް
07 April 2021
ވޯޓުގެ ފަހުން ގުރުއަތުލުން ހުއްޓޭނެ... ކެކެކެކެކެ
ދޮންފުތު
07 April 2021
ވޯޓުލާ ދުވަހު ޤުރުޢަތު ނަގަންވީ ނޫންތޯ. އޭރުން ވޯޓުލިބޭނީ ފުނިފުންޏަށް. ރައްޔިތުންގެ ބޮލަށްޖަހާލާ ޗިޕު މޮޅު.
މޯ.ފަރަރ
06 April 2021
ތިޔަ 6720 ފްލެޓުން ސިފައިންނާއި ފުލުހުންނަށް ދޭން ކަނޑައެޅި 600 ފްލެޓް ވީތަނެއް ބަލާދީބަލަ. ގައިމު އެމީހުންގެ ތެރެއިން އެ 600 ފްލެޓަށް ހޮވުނު މީހުން މީގެ 2 އަހަރަށްވުރެ ކުރިންވަނީ ކަނޑައަޅާ ނިމިފައި. އޭގެ ފަހުން ހަބަރެއް ދަބަރެއްނުވޭ. އަނެއްކާ މީސް މީހުން އެކިޔާހެން އެފްލެޓް ކޮޅު ވެސް ރައްޓެހިންނަށް ބަހާލުމަށްފަހު ސިފައިންނާ ފުލުހުން ގުނބޯ ހައްދަނީބާ؟ ދެފަހަރު އެކައްޗެއް ނުކިޔާ ސަރުކާރެއްވީމަ ހައްތަހާ ސުވާލު އުފެދެނީ.
1828
07 April 2021
ސިފައިންނަށް ފުލުހުންނަޢްވީތީ ވަކިން ފުލެޓް ދޭކަށް ނުޖެހޭ. އެހެންނަމަވެސް އޮންނަ އުސޫލުން މި ދެންނެވި 02 މުއްސަސާގެ މުވައްޒަފުންނަށްވެސް ފުލެޓް ލިބެންޖެހޭނެ. ސަބަބަކީ އެއީވެސް ދިވެހިރައްޔިތުންނަށް ވީތީ.
ހަސަންބެ.
06 April 2021
ރައީސް ޔާމީން ނަންވާނީ. ވޯޓު ލާން 2 ދުވަސް ވީމާ މިހާރު ކޮންކަމެއްތީ. ތިޔަ ފުލެޓް ގުރުއަތު ލިޔަސް މިފަހަރު ވޯޓު ނުލިބޭނެ. މާލޭ ސިޓީގެ ވޯޓު ތަކުން އެމްޑީޕީ މިފަހަރު ތަރިބުރައިގެން ދާވަރުކޮރާނަން.
ދެރަ
06 April 2021
ފްލެޓް ދޫކޮށްލަ ފަރާތްތަކުގެ ފްލެޓް، މާލެއިން ފަރުވާހޯދަން ޖެހިފައިވާ ޚާއްޞަ އެހީގެ ކުދިންނަށްވެސް ލިބޭނެ ގޮތެއް ހަދައިދީ
އިބްރ
06 April 2021
ފްލެޓް ގުރްއަތުލިއަސް ތިތަނަށް ރައްޔިތުން ވެއްދުމަކީ މިސަރުކާރުގެ 5އ ގައި ކުރެވޭނެ ކަމެކޭ ހިތެއް ނުބުނެއެވެ. ރައްޔިތުން މިފަހަރު ވޯޓް ދެއްވަންވީ އިންޑިއާގެ އަޅުވެތިކަމާއި ދެކޮޅަށެވެ. ކޮންމެ ދިވެހި ދަރިއަކު ކައުންސިލަށް ހޮވުނަސް ރައްޔިތުންނަށްޓަކައި ޚިދުމަތްކުރާނެއެވެ. ނަމަވެސް އިންޑިއާގެ ބލ ރާޢްޖެ ސަލާމަތްވާން އޮތީ ކޮންގޮތަކަށްތޯ ވިސްނައި ފިޔަވަޅުއެޅުމަކީ ހަމަ ކޮންމެ ދިވެހި ދަރިއެއްގެ ޒިންމާއެކެވެ.
އުދުހޭ
06 April 2021
ފްލެޓް ދޫކޮށްލަން ބޭނުންވާ ފަންނީ މީހުންނަށް ދެންހުރި ޕްރޮޖެކްޓްތަކުން ފުރުސަތުދެންޏާ އާދައިގެ ރައްޔިތުން ތިބެންޖެހޭނީ ފްލެޓް ކިއުގެ އެންމެ ފަހަތުގަތަ؟ ކުރާ މަސައްކަތެއް ނުބަލާ ބޯހިޔާވަހިކަން ދޭނަމޭ ކިޔައިގެން އުޅެފަ މިހާރު މިޖެހުނީ ކޮންތާކު؟
ޑޮކްޓަރް
08 April 2021
މޮޅު މީހުންނަށް މޮޅު ގޮތް މުއްސަދިން މުއްސަދި ވާ ގޮތް ހަމަ ބޮޑީ ދޯ ނަންވާނީ މައުމޫނު
ދޮން ހަސަނު
06 April 2021
އިންތިހާބަށް ޖަހާ ޑަމީ. ތި ކެޓަގަރީ ނިމިފަ ތިކަން ހުއްޓިވެސް ދާނެ. އެއްކޮޅުން އޮތީ އިޢުލާން ކޮށްފަ މިމަހު 19 ހަމަޔަށް ފްލެޓް ދޫކޮށްލަން ބޭނުންވާ މީހުން އަންގަން. މި ކިޔާ އެއްޗެއްނޭގެ. ޤުރުއަތުލުމަށް ހޭދަވާނީ ހަފްތާއެކީ ކުރިންބުނީ. އެކަމު ބްރާސްފަތިން ފެށިގެން 19 ހަމަޔަށް ބެލިޔަސް ކިތައް ހަފްތާ ވަނީ؟
އަދުރެމެޓިކްސް
06 April 2021
1 ހަފްތާ