ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގުޅިގެން މާލޭގެ ބިސްބުރު ސަރަހައްދުގައި ކުރިއަށް ގެންދިޔަ ޑްރިލްގެ ތެރެއިން.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
07 އެޕްރީލް 2021 - 11:24
ކޮންމެ ދިވެއްސެއްގެ ވެސް ސިއްހީ ހުރިހާ މައުލޫމާތު ހިމެނޭ ރެކޯޑެއް ގާއިމުކޮށް، ގަވައިދުން އެ އަޕްޑޭޓްކޮށް ބަލަހައްޓާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅުވައިގެން އޭނާ ދެއްވި ހިތާބެއްގައި ވިދާޅުވީ، މި ކޮވިޑްގެ ބަލިމަޑުކަމުގެ ތެރެއިން، އާއްމުންގެ ގިނަ ސިއްހީ މައުލޫމާތުތަކެއް އެއްކޮށްފައިވާ ކަމަށެވެ. އެއީ ކޮވިޑުން ރައްކާތެރިވުމަށް ހިންގި "ކޮވިޑް އިޖާބަ" ޕްރޮގްރާމާއި ކޮވިޑް ވެކްސިންގެ ތެރެއިން އެއްކޮށްފައިވާ ޒާތީ ސިއްހީ މައުލޫމާތުތަކެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި މި މައުލޫމާތުތައް، ޑިޖިޓަލް ޑޭޓާބޭސްތަކުގަ އާއި މި ފަދަ ޕްލެޓްފޯމްތަކުގައި ރައްކާތެރިކަމާއެކު ބަލަހައްޓާނެ އެވެ. އެ މައުލޫމާތުތަކުގެ އަލީގައި، ރައްޔިތުންނަށް ދޭ ސިއްހީ ހިދުމަތްތައް ތަރައްގީ ކުރާނެ ކަމަށް ނަސީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުރިހާ ދިވެހިންގެ ސިއްހީ މައުލޫމާތު ހިމެނޭ ރެކޯޑް، މި އަހަރު ނިމުމުގެ ކުރިން ގާއިމުކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މީހުންގެ ސިއްހީ ހުރިހާ މައުލޫމާތެއް، އެއްތަނަކުން ފެންނަ ނިޒާމު، ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ވެސް ގާއިމްކޮށްފައި ވެ އެވެ. އެކަމަކު ރާއްޖޭގައި މިހާތަނަށް މި ފަދަ ރެކޯޑެއް ގާއިމްކޮށްފައެއް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙެރިޔަ
07 April 2021
ވަރަށް ރަގަނޅު ކަމެއް، ހިދުމަތް ދިނުމުގައްޔާއި ވަޒީފާ ދޭ އިރު ތަފާތު ނުކުރާތި..
ބޮޑުމީހާ
07 April 2021
ސިޔާސީ މީހުންނަށް ހުޅުވައިލެވޭ އިތުރު ދޮރެއް. ތިކަން ކުރިޔަސް ޕަބްލިކް ހެލްތުގެ ކަމާއި ގުޅުންހުރި އިސްވެރިން ފިޔަވައި އެހެން ބަޔަކަށް ތި މައުލޫމާތު ލިބިގެންނުވާނެ. މިނިސްޓަރާއި ސިޔާސީ މީހުންނަށް އިގޭކަން ނުޖެހޭނެ ރައްޔިތުންގެ ސިއްޚީ ޒާތީ މައުލޫމާތު.
އާކަމެއްކޮށްބަލަ
07 April 2021
ދުނިޔޭގެ ލޭ ހަދިޔާކުރުމުގެ މި އަހަރުގެ ދުވަހާ ގުޅިގެން މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އާއި އެލިއާ އިންވެސްޓްމަންޓް ގުޅިގެން ނެޝަނަލް އާޓް ގެލަރީގައި ކުރިއަށް ގެންދާ ހަރަކާތްތައް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ، ސިއްހީ ކަންކަމުގެ ޑޭޓާބޭހެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި އެ ފަދަ ޑޭޓާބޭހެއް ގާއިމްކުރަން ވާހަކަ - 15 ޖޫން 2019
ނަނަ
07 April 2021
ފުރަތަމަ ޕްރައިވެސީ ޤާނޫނެ ނެތި ތީ ހެޔޮވާވަރުކަމެނޫން ކުރަން ވެސް، މީހުންގެ ޒާތިކަންކަމުގެ މަހުލޫމަތު ހުންނަވާނީ ވަރަވެސް ރަކާތެރިކަން މަތީ، މިކަން ވަނީ ފޭލް ވެފަ ދިވެހިރާއްޖެ އައިޑީ ކާޑުންވެސް
ހަސަނު1
07 April 2021
އެހެންދޯ... ދެން ފެންނާނީ ސިޔާސީމީހުންގެ ކެމްޕެއިންތަކަށް ތި މައުލޫތު ހިމެނޭ ޝީޓްތައް ހިފައިގެން މާލެތެރޭ ހިނގާތަން. މިހާރުވެސް އައިޑީ ކާޑުގެ ޑޭޓާބޭސް އާއި ދިރާގުގެ ފޯން ޑޭޓާބޭސް ހިފައިގެން ސިޔާސީ ކެމްޕެއިން އޮފީސްތަކުގައި އުޅޭކަމާއި 3-2 ލައްކަ ރުފިޔާއަށް ތިވިއްކާ މީހުން މާލެ ތެރޭ އުޅޭކަން ތީ ގިނަބަޔަކު ދަންނަ ބޮޑު ސިއްރެއް. މާދަމާ މެމްބަރު ކަމަށް ކުރިމަތިލާ މީހާ ގުޅާލާފަ ބުނާނެ ކޮބާ އެއްކަލަ ގޮނޮރިއާ ބަލި މިހާރު ރަނގަޅުވެއްޖެހޭ..
ހިސްފާން
07 April 2021
ޕާޓީއެއްގައި ރަޖިސްޓްރީވެސް ނުވެ ހުއްޓާ މިގޭ އެއްމެނަށް އެބަގުޅާ ވޯޓްހޯދަން..ފޯނު ނަގާ މީހާ ތިހެން ކިޔާ މީހެއް ނެތޭ ބުންޏަސް ބުނޭ ރަޖިސްޓްރީގައި އެބައޮތޭ.. މިފަދަ ބަޔަ ކަށް އިތުބާރެއްނެތް..
ކަންފިލާ
07 April 2021
އާސަންދަ މެދުވެރިވެގެން އެމީހަކު ޑރ އަށް ދައްކައި އެ ނަގާ ބޭސްތައް އެއްތަނަކުން އެނގެން ނުހުންނަނީތަ؟ މިހާތަނަށް ހީކުރެވުނީ ޑރއަށް ދައްކަން ދާ އިރު އެހާތަނަށް އާސަންދަ މެދުވެރިކޮށް ދެއްކުނު ޑރންނާއި އެ ޑރން ދީފައިވާ ބޭސްތައް ވެސް ފެންނަން ހުންނާނެ ކަމަށް. ކޮންކަހަލަ ސިސްޓަމެއްތަ ތި އޮންނަނީ؟
ނިފޫ
07 April 2021
ދެން މީތި ލީކް ވެގެން ކެމްޕެއިން އޮފީސް ތަކުން ގުޅާނީ ބަލި މީހުނަށް ޓާގެޓްކޮށް.. އެންމެ ޒާތީ މައުލޫމާތުވެސް އެންމެނަށް ފެންނާނެ
ރަދީފް ބިން ރަފައިދާ
07 April 2021
ކުރިންވެސް އޮތީ ރެކޯޑު ވިއްކާފާ. ދެންވެސް ވިއްކާނެ އެ އަތުޖެހޭ ހިސާބުގާ އުޅޭމީހުން. ތީ ހާދަބޮޑު ވިޔަފާރިއެކޭ.
ކަމަކު ނުދޭ
07 April 2021
ދުނިޔޭގެ އެއްވެސް ގައުމެއްގަ ތިފަދަ އިންތިޒާމެއް އަދިއެއްނެތް. ނަސީމް ތިކަން ކުރައްވައިފިއްޔާ ރާއްޖެ ވާނީ ތިކަން ކުރިފުރަތަމަ ގައުމަށް. ޢެކަމަކު ތިކަންވުމަށްވުރެނުވުން ގާތީ. ގުޑްލަކް.