އިމިގްރޭޝަންގެ ހަފްލާއެއްގައި އިކޮނޮމިކް މިިނިސްޓަރު ފައްޔާޒު ވާހަކަދައްކަވަނީ-- ފޮޓޯ: އިމިގްރޭޝަން
08 އެޕްރީލް 2021 - 18:44
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް ޖޮބް ސެންޓަ އެމްވީގައި ރަޖިސްޓްރީކުރެވޭ ގޮތަށް ބަދަލުތައް ގެނެސް އާ ވެބްސައިޓު ތައާރަފުކޮށްފި އެވެ.
ޖޮބްސެންޓަ އެމްވީ އަކީ ވަޒީފާގެ ބާޒާރުގައި ހުރި ފުރުސަތުތައް ދިވެހިންނަށް ތަނަވަސްކޮށްދިނުމަށް އިކޮނޮމިކް މިނިސްޓްރީން ތައާރަފުކުރި ވެބްސައިޓެކެވެ. ވަޒީފާ އިއުލާން ކުރާ ފަރާތްތަކާއި ވަޒީފާ ބޭނުންވާ މީހުން އެއް ޕްލެޓްފޯމެއްގައި ބައްދަލު ކުރުމުގެ ފުރުސަތު މި ސައިޓުގެ ސަބަބުން ލިބޭނެ އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ އާ ވެބްސައިޓާ އެކު ގެނައި ބަދަލުތަކުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް ވަޒީފާގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި އެފަދަ މީހުންނަށް ހާއްސަ ވަޒީފާތަކެއް ވެސް ޖޮބްސެންޓަރުގައި ކަނޑައަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ނުކުޅެދުންތެރިކަން ހުރި ފަރާތްތައް ވަޒީފާތަކަށް ނެރުމަށް ބާރުއެޅުމަށްޓަކައި ހާއްސަ ވަޒީފާތަކެއް މީގައި ކަނޑައެޅިގެން ގޮސް އެ ވަޒީފާތަކަށް ހަމައެކަނި އެފަދަ ފަރާތްތަކަށް ބައިވެރިވެވޭގޮތަށް ވެބްސައިޓް މިވަނީ ފަރުމާކުރެވިފައި. އަދި އޭގެ އިތުރުން އަޅުގަނޑުމެން ކުރިން ފަށައިގަތްއިރު އިނގިރޭސި ބަހުން އޮތް ވެބްސައިޓް މިހާރު ދިވެހި ބަހާއި އިނގިރޭސިބަހުން ބޭނުންކުރެވޭނެ ގޮތް ވެސް މިހާރު މިވަނީ ހެދިފައި،" މިނިސްޓަރ ފައްޔާޒު ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓްރީން މި ވެބްސައިޓް ފަރުމާކޮށްފައިވަނީ މައިގަނޑު ތިން ބައެއް އެކުލެވޭ ގޮތަށެވެ. އެއީ ވަޒީފާދޭ ފަރާތަށް ހާއްސަ ޕޯޓަލަކާއި ވަޒީފާ ހޯދާ ފަރާތްތަކަށް ހާއްސަ ޕޯޓަލެއް އަދި ވަޒީފާތަކަށް ބޭނުންވާ ކޯސްތަކާއި ތަމްރީން ޕްރޮގްރާމްތައް ހިންގާ ފަރާތްތަކަށް އެފަދަ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށް ހާއްސަ ޕޯޓަލެއް ހިމެނޭ ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫސް ކިޔާމިހާ
09 April 2021
ހެހެ، ، ރޔާމީނު ނޫނީ ނުހުންނާނެއް ނުކުޅެދޭ ކުދިންނަށް އިހްސާންތެރިވި ރައީސެއް.ރޔާމީނު ނުކުޅެދޭ ކުދިންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިން އަދި އެކުދިން ވަޒީފާގައި އުޅޭއިރު އޯގާތެރިވުމަށް އެންގި.ރޔާމީނު އެކުދިންނަށް ވަޒީފާ ހޯދާދިނީ ޖޮބް ސެންޓަރުތަކަށް ރަޖިސްޓްރީ ކޮށްގެންނެއް ނޫން.ރޔާމީނު ގެ ވެރިކަމުގައި ތިން އުފަލެއް ލިބުނު އެއީ ވަޒީފާ ، ވަޒީފާގެ މުސާރަ އަދ ނުކުޅެދުންތެރިކަމުގެ ހާއްސާ އިނާޔަތުގެ ފައިސާ.ރޔާމީނު މި ގައުމަށް ލިބުނު އެންމެ ހެޔޮ ވެރިކަން.
ޢިބޫ
08 April 2021
މީތޯ މިސަރުކާރުގެ ބޮޑުވަޒީރަކީ؟
އޮނަރަބްލް އަފީފު ދީދީ
08 April 2021
ތިފަދަ ސެންޓަރުތަކެއްހަދައިގެން ތިކަމެއްނުކުރެވޭނެ. ރާއްޖޭގައި ހިންގާ ރިސޯޓްތަކުގައި މީގެކުރިން ދިވެހިންއަދާކުރަމުންދިޔަ ހުރިހާވަޒީފާތަކެއް ބިދޭސިންގެ އަތްމައްޗަށްގޮސް ހުސްވެއްޖެ. # ރިސޯޓެއްގެ އެކައުންޓްސް، ޕާޗޭސިންގ، ރިސަވޭޝަން ފަދަ މަޤާމްތަކަކީ ދިވެހިންނަށް ޙަރާމް ވަޒީފާ ތަކެއްކަމަށް އެތަންތަނުގެ ޕޮލިސީގައި ކަޑައަޅައިފި. # މިކަންކަން ބަދަލު ކުރެވޭނީ ކޯޓާ ދޫކުރުމުގެ ސިޔާސަތު ހަރުދަނާކޮށް ރިސޯޓްތަކުގެ ވަޒީފާގައި ތިބި ބިދޭސިންގެ އަދަދު ބަލައިގެން.