މިދިޔަ ކައުންސިލް އިންތިހާބުގައި މާލޭގައި ވޯޓުލާން ބަޔަކު ކިޔޫގައި މަޑުކޮށްލައިގެން -- ފޮޓޯ: ނިޝާން އަލީ/ މިހާރު
08 އެޕްރީލް 2021 - 21:13
އަންނަ ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށް، ކޮވިޑް-19ގެ ސަބަބުން އެކަހެރި ނުވަތަ ކަރަންޓީނުކޮށްފައި ތިބޭ މީހުން ދިޔުމަށް ޓެކްސީ އާއި ބަސް ފަދަ ޕަބްލިކް ޓްރާންސްޕޯޓް ބޭނުން ނުކުރެވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގައިފި އެވެ.
މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނަށް ވެސް ވޯޓުލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އެކަމަކު، އެ މީހުންނަށް ވޯޓުލެވޭނެ ގަޑިއަކީ ހޮނިހިރު ދުވަހުގެ ހަވީރު 5 އިން 6 އަށެވެ. އެކަހެރިކޮށްފައި އަދި ކަރަންޓީނުގައި ތިބޭ މީހުންނަށް ވެސް ވޯޓުލެވޭނީ، އެހެން މީހުން ދިޔުމުންނެވެ.
ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލުމާ ގުޅޭގޮތުން ޕަބްލިކް ހެލްތުގެ ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރު މިރޭ ނެރުއްވި އެންގުމެއްގައި ވިދާޅުވީ އެ ފަދަ މީހުން ވޯޓުލާން ދިޔުމުގެ ހުއްދަ ދިން ނަމަވެސް، ގިނަ ކަންތައްތަކަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ. އޭގެ ތެރޭގައި ކަރަންޓީނުގައި ނުވަތަ އެކަހެރިކޮށްފައި ތިބޭ މީހުން، ޓެކްސީ އާއި ބަހާއި ފެރީ ފަދަ ޕަބްލިކް ޓްރާންސްޕޯޓް ބޭނުން ނުކުރުން ހިމެނެ އެވެ. އެއީ އާއްމުން ބޭނުން ކުރާ އެ ފަދަ އެއްޗެހިން ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވާނެތީ އެވެ.
- އިލެކްޝަންސް އިން ކަނޑައަޅާފައިވާ ގޮތުގެ މަތިން ވޯޓުލާ މަރުކަޒުތަކަށް ދިޔުން، އެއީ ކަނޑައަޅާފައިވާ ވަގުތުގައި، އެހެން މީހުން ވޯޓުލާ ނިމުމުން ދިޔުން
- ހުރިހާ ވަގުތެއްގައި މާސްކް އަޅައިގެން ތިބުމާއި ތިން ފޫޓުގެ ދުރުމިން ބެހެއްޓުން
- ވޯޓުލާން ދާއިރު އަދި ވޯޓުލައި ނިމިގެން އަންނައިރު މީހުންނާ ބައްދަލު ނުކުރުން
- ވޯޓަށް ފަހު، ކަރަންޓީނުވެފައި ހުރި ތަނަކަށް އަވަހަށް އަނބުރާ ދިޔުން
އެޗްޕީއޭން މިއަދު ވަނީ، އިންތިހާބުގައި ވޯޓުލާން ރަށްރަށަށް ދާން ބޭނުންވާ މީހުންނަށް ކަރަންޓީނު ނުވެ، އެކަން ކުރެވޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ. ކަރަންޓީން ވުމެއް ނެތި ވޯޓުލާން ރަށްރަށަށް ދެވޭނެ ފުރުސަތު އޮތީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރަ
09 April 2021
އޭން... ކަރަންޓީނު މީހުންގެ މޫނުގަ ލިޔެފައޮވޭތަ މީ ކަރަންޓީނު މީހެކޭ.
ދެރަ
09 April 2021
ބަލަ މިހުރިހާ ދުވަހު ކަލޭމެން ޕީީޕީ ލައިގެން މުޅިގަޔާއި މޫނު ނިވާކޮށްގެން ފަސްތަނުން ބަދެފައިވާ ގަބުރެއެްހެން ބަލިމީހުން ކައިރިއަށް ހިދުމަތްދޭން ގޮސްގޮސް މިހާރު ތިޔަހެދީ ކިހިނެއް? މި ބަލީގެ ނުރައްކާ ނެތީތަ? ނޫނީ ވޯޓްދެކެ ކޮވިޑް ބިރުގަންނަނީތަ. ވޯޓަށްވުރެ ގައިމުވެސް ދިވެހިން ބޭނުންވާނެ ނިޔާވާމީހާ އަށް ފުރިހަމަ ޖަނާޒާއެއް ބާއްވަން. ޢާއިލާމީހުންނަށް ކިރިޔާ މޫނުދައްކާލާފަ ތިޔަ ވަޅުލަނީ ތަޔަންމަމު ކޮށްލާފ. މިހާރު ހަމައޮޅިއްޖެ
ހަސަނު
08 April 2021
އެދުވަހު ރަށުތެރޭ އުޅޭނީ ހުސް ކޮވިޑު.. މަ ވޯޓުލާ ތަނަކާ ގާތްވެސް ނުވާނަން
ބޮޑުމީހާ
08 April 2021
ކޮންހާ ބޭކާރު އުސޫލުތަކެއް ހަދާކަށް! ތި ކޮވިޑަކީ ސިޔާސީ އެއްޗަކަށްވެ ނިމިއްޖެ! މިވަގުތުން ވަގުތަށް ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާއި އެމީހަކާ އެމީހަކު އުޅުނީމަ ނިމުނީ! ސިޔާސީ ބޭފުޅުން ޖަހާހާ ބެރަކަށް ނަށަން އެޗްޕީއޭއަށް މަޖުބޫރު. އެއަށްވުރެމާ ހިތްފަސޭހަވާމެ ތި ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާ ގޭގަ ތިބީމަ ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ
ނެކްސްޓް
08 April 2021
މިމީހުން އެގޭނީ ކުހިނެތްބާ ކޮންމެ މީހެއްގެ ނިތްކުރީގައި ސްޓޭޓަސް ޖަހާފަތަ އިންނާނީ
ޖަނާބު އަންޖާމު
08 April 2021
އެބުނާހެން. ދިވެހިންނަކީ އެއްވެސް ގޮތެއްފޮތެއް ހުންނަބައެއްނޫން. ތިމާގެ އަމިއްލަ މުހުތާދު ފުދުނީމާ ނިމުނީ. ދެން އެހެޔޮ އަނެކާއަށް ކޮންމެގޮތެއްވިޔަސް.