ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އައްޑޫގެ މޭޔަރަކަށް މިއަދު ހޮވި ނިޒާރު ކުރިން ބައްދަލުކުރައްވަނީ.
10 އެޕްރީލް 2021 - 23:38
މިހާތަަނަށް އައްޑޫ ސިޓީ ކައުންސިލްގައި އެމްޑީޕީން ދަމަހައްޓަމުން އައި ބާރުވެރިކަން ކެނޑި، މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެ ސިޓީ އަށް އެ ކައުންސިލްގެ ސުޕަ މެޖޯރިޓީ ފުރަތަމަ ފަހަރަށް ގެއްލިއްޖެ އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ 13 ގޮނޑީގެ ތެރެއިން މިއަދުގެ އިންތިޚާބުގައި، މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށް ނެގުނީ ހަތް ގޮނޑި އެވެ. ދެން ކާމިޔާބު ހޯދީ އިދިކޮޅު ޕީޕީއެމުން ތިން ގޮނޑި އަދި އަމިއްލަ ތިން ކެންޑިޑޭޓެކެވެ.
މޭޔަރަކަށް އެމްޑީޕީގެ އަލީ ނިޒާރު ހޮވާފައިވާއިރު، ކައުންސިލްގައި ވޯޓަކަށް ގޮސްފި ނަމަ، މިހާރު ގޮނޑިތައް ބެހިފައިވާ ގޮތުން ދެކޮޅު ހަމަހަމަވެ، މޭޔަރު ކާސްޓިން ވޯޓު ދެއްވަން ޖެހޭނެ އެވެ. ކައުންސިލްގައި މޭޔަރުގެ ވޯޓާ ނުލައި ދެން ވޯޓުގައި އެމްޑީޕީ ހައެއް އަދި ބާކީ ހަ ވޯޓު ވާނީ އެއްވަރެވެ.
މިހާތަނަށް އައްޑޫން އެމްޑީޕީ އަށް ނެގުނީ މޭޔަރުގެ ގޮނޑީގެ އިތުރުން ހިތަދޫ ރަސްގެދަރު ދާއިރާ އާއި ހިތަދޫ މެދުވައު ދާއިރާ އާއި ހިތަދޫ ބޭރުމަތި ދާއިރާ އާއި ހިތަދޫ ކޮރުވައު ދާއިރާ އާއި ހުޅުދޫ ދާއިރާ އާއި ފޭދޫ މަރަދޫފޫދޫ ދާއިރާ އެވެ. އިދިކޮޅު ޕީޕީއެމުން ނެގީ މީދު އާއި ފޭދޫ މާދެލަ އަދި ފޭދޫ މަގުއްދޫ ދާއިރާގެ ގޮނޑި އެވެ. އަމިއްލަ ތިން ކެންޑިޑޭޓުންނަށް ކާމިޔާބު ކުރެއްވުނީ ހިތަދޫ މާމެންދޫ ދާއިރާ އާއި ހިތަދޫ މޫލެކެޑެ ދާއިރާ އަދި މަރަދޫ ދާއިރާ އެވެ.
މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މުހިންމު ބައެއް ދާއިރާތަކުން އެމްޑީޕީ އަށް ވަނީ ނާކާމިޔާބުވެފަ އެވެ. ޚާއްސަކޮށް މާލޭގެ މޭޔަރަކަށް އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ހޮވާފައިވާއިރު، އެ ކައުންސިލްގެ ގިނަ ގޮނޑިތަކެއް ވެސް ވަނީ ޕީޕީއެމުން ނަގައިފަ އެވެ. މިއާއެކު، ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީ އަށް ވަނީ ބޮޑު ޝޮކެއް ލިބިފަ އެވެ.
މި އިންތިޚާބާ ދިމާކޮށް، އެމްޑީޕީން ވަނީ ކުއްލި ގޮތަކަށް ތަރައްގީގެ ބައެއް މަޝްރޫއުތައް އިއުލާންކޮށްފަ އެވެ. މިދިޔަ 2-3 ހަފުތާގައި މަޝްރޫއުތައް އިއުލާންކުރުން ނޫން ކަމެއް މި ސަރުކާރުގައި ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުއްއމީދު
12 April 2021
ދަންނަވަންތޯ އައްޑޫގައި ހުރި ސަރުކާރު ކުންފުނިތަކާއި އޮފީސްތަކުގައި އަދިވެސް ތިބީ ރ.ޔާމީނުއަށް ވަފާތެރި އެބޭފުޅާ ވަޒީފާ ހަމަޖައްސައިދިން ފަރާތްތަށް. މިސަރުކާރަށް މުހިއްމުވަނީ އެމީހުންގެ ވަޒީފާ ހިމާޔަތްކޮށް މަމެން މަގުމަތި ކުރަން. މިފަހަރު ސަރުކާރު މަގުމަތިކޮށްފައި ނޫނީ ހުއްޓާލާ ގޮތަކަށް ނޫން މިތިބީ
ސިމްޕަލް
11 April 2021
"މިދިޔަ 2-3 ހަފުތާގައި މަޝްރޫއުތައް އިއުލާންކުރުން ނޫން ކަމެއް މި ސަރުކާރުގައި ނެތެވެ." މިފަހަރު ކެމްޕޭން ކުރީ ދިގު ތިރީސް އަހަރު ރިޔާސީ ވޯޓާ ދިމާކޮށް ރަށްރަށަށް ކަންތައް ކޮށްދޭން އުޅޭ ގޮތަށް.
ސަހައްޓި
11 April 2021
ދެން އޮންނާނީ ރިޔާސީ އިންތިހާބު. މީހުނާއި ދިމާކޮށްކޮށް އެމްޑީޕީ ތިހެން އޮއްވާ ކަތިވަޅި ގެއްލި މަރިޔަބު ވެސް ގެއްލޭތަން ބަލަން އެބަތިބިން.
އޮނަރަބްލް އަފީފު ދީދީ
11 April 2021
ސިޔާސީގޮތުން ހޭލުންތެރި ތައުލީމީ އަދި ދުނިޔެއަށް ލޯހުޅުވިފައިވާ ފަޙުރުވެރި ތާރީޙަކާއި އަމިއްލަވަންތަ ސަޤާފަތެއްއޮތް އައްޑޫގެ އައުލަބީއްޔަތު ކ.އަތޮޅުމާލޭގެ އެމްޑީޕީ ނުވަތަ ޕީޕީއެމްއަށް ދޭކަށްނުޖެހޭ. # މިފަހަރު ވޯޓްދިން ރައްޔިތުންގެތެރެއިން %25 ބުނެފައިވަނީ "އަމިއްލަވަންތި އައްޑޫ ފިކުރު އިސްކުރާންޖެހޭކަމަށާއި" ބޭނުންވަނީ އައްޑޫމީހުންގެ ޕާޓީއެއްގައި ކެންޑިޑޭޓުން ނިކުތުމަށްކަމަށް. ވަގުތު އަތުވެއްޖެ. ޖެހިލުންވެ ބިރުންނުތިބެ ޕާޓީ އުފެއްދުން އަވަސްކުރޭ.
ސިޔާމު.
11 April 2021
ޙަޤީގަތުގައިވެސް އައްޑޫގައި އަމިއްލަ ޕާޓީއެއް އޮންނާންޖެހޭ. އައްޑޫ މީހުން ބޭނުންވާގޮތް މާލޭގައި އޮންނަ މާލޭ ޕާޓީއަކުން ނުނިންމޭނެ. ރަނގަޅު ގޮތަކީ ސީދާ އައްޑޫ މީހުންގެ މެޖޯރިޓީއޮތް އަމިއްލަ ޕާޓީއަކަށް ފުރުސަތުދިނުން.
ޝަފީރު
11 April 2021
ދެން ކޮންމެއަކަސް. ނަލަނަލަ ދިވެހި ރީތިއައްސޭރިއަކުން އިރުމަރީ އެފްރިކާގެ ހިލައިގެ ފަރުބަދަ ތަކުތެރެއިން ފަތިހަކަށްދާން ބޭނުންނުވާކަން އައްޑޫގެ ރައްޔިތުން ނަޝީދަށް ދައްކައިފި.
ގުދުގުދާބެއްޔާ
11 April 2021
އަންނި މިހާރު މާލެސީޓީއިން މާލޭމީހުން ގޯތިހޯދަން ވަކާލާތުކުރާ ވައިބަރ ގުރޫޕްގެ 3000 މީހުންދެކެ ވަރަށް ރުޅިއަންނާނެ. ވަކިން ޚާއްސަކޮށް އެމްޑީޕީގެ ފުރަހަނި ސުއައިބްމެންދެކެ! އަހަރުމެން ގުރޫޕްގެ ފަރާތުން އަންނިއާއި ބައްދަލުހުރީމާ ބުނީ" މާލޭމިހުން ތިބޭހޭ! ތިބެނީ ހުސްބަބުރުންނޭ" މިއީ ވަރަށް ހިތުގަޖެހުނު ދުވަހެއް! އެހެންވީމާ އަހަރުމެން އެމްޑީޕީ މީހުން ވޯޓްބޮއިކޮޓްކޮށް ވޯޓްލާން ނުނިކުތީމާ މުއިޒް ހޮވުނީ! މުއިޒް ވެސް ވީވައުދުނުފުއްދާނަމަ ބާލާނަން.
އުތުރުން
11 April 2021
އައްޑޫކުދިންނަށް ވިސްނިއްޖެ. ދެންވެސް ދައްކާދަޅައަށް ނުބަލާނެކަމަށް އުންމީދުކުރަން.
ރަދީފްއޮފިޝިއަލް
11 April 2021
ބާ ދަބަރު އެކްސްކަވޭޓަރެއް ، ތާރަ ފާޓާ ، ވެލި ބަސްތާ ، ދަބަރު ކޮންނަ ބޯޓު ، ޕީވީސީ ހޮޅިކޮޅެއް ، ދޮޅޮހަކަށް ދަގަނޑު ހޮޅި އަދި ޓާފް ކޮޅަކަށް ބަޔަކު ހެއްލޭނަމަ އަބަދުވެސް މޭޔަރަކަށް ހުންނާނީ އެމްޑީޕީ ބޭފުޅެއް.މިފަހަރު މާލޭ މީހުން ދެއްކި ހިތްވަރުން ހިތްވަރު ހޯދައި ދެން އަންނަ އިންތިހާބެއްގަ ތާފާތު ދައްކާލަން ޖެހޭނެ. ވ.ވެދުން
ޖަމަލު
11 April 2021
އަދިވެސް ދީނަށް ފުރައްސާރަކޮށް މަނޫނީ ބަޔަކު ނެތިގެން ތިޔަ އުޅޭ ބޮޑާކަން ދޫކޮށްލާ. މިއީވެސް އިމްތިހާނެއް
އިބިރިހިންކާލޯ
11 April 2021
އަދިވެސް ހުވަފެން ދެއްކޭތޯ ބަލާ. ހަފަރާތުގައި ހިނގާ ކަންކަމާމެދު ވިސްނާ ބަޔަކަށް އެއްޗެއް ވިސްނޭނީ