ކުޅިވަރު

އީގަލްސް - އަބަހާނީ މެޗު ފަސްކޮށް، ނިއުޓްރަލް ދަނޑެއް ހޯދަނީ

އީގަލްސް އާއި ތިމްޕޫ ބައްދަލުކުރި މެޗުގައި އީގަލްސްގެ އަޑުބަރޭ (ކ) އަތުން ބޯޅަ ހޯދުމަށް ތިމްޕޫގެ ކުޅުންތެރިއެއް މަސައްކަތްކުރަނީ. -- ފޮޓޯތައް: ނިޝާން އަލީ /މިހާރު

11 އެޕްރީލް 2021 - 13:09

އޭއެފްސީ ކަޕްގެ ކޮލިފައިންގެ ދެވަނަ ބުރުގައި ކްލަބު އީގަލްސް އާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ބުދަ ދުވަހު ކުޅެން ހަމަޖެހިފައި އޮތް މެޗު ބަންގާޅުގައި ކުޅުމުގެ ފުރުސަތު ނެތުމުން، މެޗު ފަސްކޮށް، ނިއުޓްރަލް ދަނޑެއް ހޯދުމަށް އޭއެފްސީން މުހުލަތެއް ދީފި އެވެ.

ބަންގާޅުގައި ކޮވިޑް ކޭސްތައް ގިނަވުމާއެކު، ހަފުތާއެއްގެ މުއްދަތަކަށް އެ ގައުމުގައި ވަނީ ފިޔަވަޅުތައް ހަރުކަށި ކޮށްފަ އެވެ. މިއަދި ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް، މި މަހުގެ 14 އިން ފެށިގެން ހަފުތާގެ މުއްދަތަކަށް އެ ގައުމު އަނެއްކާ ވެސް ލޮކްޑައުން ކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

މެޗުގެ ފަސްކޮށްދިނުމަށް އަބަހާނީ އިން އެދުނު ނަމަވެސް، އޭއެފްސީން އެ ހުށަހެޅުން ގަބޫލެއް ނުކުރި އެވެ. ބަންގްލަދޭޝް ފުޓްބޯޅަ ފެޑަރޭޝަނުން ކުރިން ބުނީ މެޗު ފަސްކުރެވޭ ގޮތްނުވުމުން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރުމަށް ފަހު، ބަންގްލަދޭޝްގައި މެޗު ކުޅޭ ގޮތަށް ހަމަޖެހިފަައިވާ ކަމަށެވެ. އެހެން ނަމަވެސް، މެޗު ހޯސްޓްކުރުމަށް ސަރުކާރު ކަމާބެހޭ އިދާރާތަކުގެ މާ ބޮޑު އެއްބާރުލުމެއް ނުލިބުމާއެކު، މި މެޗު ބަންގްލަދޭޝްގައި ހޯސްޓްކުރުމުގެ އުންމީދު ވަނީ ގެއްލިފަ އެވެ. އޭއެފްސީން ހުކުރު ދުވަހު މެމްބަރު އެސޯސިއޭޝަންތަކަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވާ ގޮތުގައި، ބަންގްލަދޭޝްގައި މެޗު ކުޅެވޭނެ އިންތިޒާމްތައް ހަމަނުޖެހުމާއެކު، މެޗު ކުޅޭނެ ނިއުޓްރަލް ދަނޑެއް ހުށަހެޅުމުގެ ފުރުސަތު ޑާކާ އަބަހާނީ އާއި ބަންގްލަދޭޝް ފުޓްބޯޅަ ފެޑަރޭޝަނަށް މިއަދުގެ ނިޔަލަށް ދީފައިވާ ކަމަށެވެ. އަދި އެކަށީގެންވާ ނިއުޓްރަލް ދަނޑެއް ނުދެއްކިއްޖެ ނަމަ، މި މެޗު މި މަހުގެ 21 ވަނަ ދުވަހު މާލޭގައި ކުޅޭނެ ކަމަށް އޭއެފްސީން ވަނީ ބުނެފަ އެވެ. އޭއެފްސީން ބުނީ ކުރިން މި މަހުގެ 14 ވަނަ ދުވަހު ކުޅެން އޮތް މެޗު ފަސްކުރީ، މެޗު ދެން ކުޅެން ހަމައްސާ ހޯސްޓަކަށް، އިންތިޒާމްތައް ހަމަޖެއްސުމަށް އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުން ކަމަށެވެ. ބަންގްލަދޭޝްގެ މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ނޭޕާލް ނުވަތަ އިންޑިއާ އިން މެޗު ކުޅެވޭނެ ދަނޑެއް ހަމަޖެއްސުމަށް އަބަހާނީ އާއި ބަންގްލަދޭޝް ފެޑަރޭޝަނުން ދަނީ މަސައްކަތްކުރަމުންނެވެ. މި ނިންމުމާއެކު، މި މެޗުން މޮޅުވާ ޓީމެއް ކުޅެންޖެހޭ ޕްލޭއޮފް މެޗު ވެސް ވަނީ މި މަހުގެ 28 ވަނަ ދުވަހަށް ފަސްކޮށްފަ އެވެ. ކޮލިފައިންގެ ދެވަނަ ބުރަށް އީގަލްސް ދަތުރުކުރީ މިދިޔަ ބުދަ ދުވަހު މާލޭގައި ކުޅުނު ކޮލިފައިންގެ ފުރަތަމަ މެޗުގައި ބޫޓާންގެ ތިމްޕޫ ސިޓީ އަތުން 2-0 އިން މޮޅުވެގެނެވެ. ކޮލިފައިންގެ ދެ ވަނަ ބުރުން މޮޅުވާ ޓީމަކަށް އޭއެފްސީ ކަޕްގެ ޕްލޭއޮފުން ޖާގަ ލިބޭނެ އެވެ. ޕްލޭއޮފްގެ ޖާގައަކަށް ދެން ވާދަކުރަނީ ނޭޕާލްގެ އާމީ ކްލަބާއި އިންޑިއާގެ ބެންގަލޫރު އެފްސީ އެވެ. ޕްލޭއޮފުން މޮޅުވާ ޓީމަކަށް އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުން ޖާގަ ލިބެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454