ބްރިޖް މަތިން ކަރަންޓް ކޭބަލް ގުޅާލުމުގެ މަސައްކަތް ކުރަނީ--ފޮޓޯ: ސްޓެލްކޯ
14 އެޕްރީލް 2021 - 14:55
މާލެ އާއި ހުޅުލެ އާއި ހުޅުމާލެ އެއް ކަރަންޓު ވިއުގައަކުން ގުޅުވާލަން ސްޓެލްކޯއިން ފަށާފައިވާ "ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް ޕްރޮޖެކްޓް" ގެ ދަށުން ބްރިޖު މަތިން އިންޓަކަނެކްޝަން ކޭބަލް ގުޅާލައިފި އެވެ.
ސްޓެލްކޯ އިން ބުނީ މިޕްރޮޖެކްޓްގެ 90 ޕަސެންޓް މަސައްކަތް މިހާރު ނިމިއްޖެ ކަމަށާއި މިއަދު ބްރިޖުމަތިން ކަރަންޓް ކޭބަލް ހުޅުމާލެއަށް ގެންދާނެ ކަމަށެވެ. މި ޕްރޮޖެކްޓް ސްޓެލްކޯ އިން ރަސްމީކޮށް ފަށާފައިވަނީ 2016 ވަނަ އަހަރު އެވެ.
މަޝްރޫއުގެ ދަށުން މާލެ އާއި ހުޅުލެ އާއި ހުޅުމާލޭގައި ޑިސްޓްރިބިއުޝަން ސިސްޓަމްތަކާއި ޓްރާންސްފޯމަރުތަކެއް ބެހެއްޓުމުގެ މަސައްކަތްތައް މިހާރު ވަނީ ނިމިފަ އެވެ.
ބްރިޖުމަތިން ކޭބަލް ހުޅުމާލެއަށް ގެންދަނީ. ޕްރޮޖެކްޓްގެ 90 ޕަސެންޓް ވަނީ ނިމިފަ
މި ޕްރޮޖެކްޓު ނިމުމުން ހުޅުމާލެ އިން މާލެ އަށް، މާލެ އިން ހުޅުލެ އަށް ވެސް ބޭނުން ޖެހިއްޖެ ހާލަތެއްގައި ވަގުތުން ކަރަންޓު ދެވޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ. ހުޅުމާލޭގައި އަޅާފައިވާ 50 މެގަވޮޓުގެ އިންޖީނުގެ އިން 50 މެގަވޮޓުގެ ކަރަންޓު އުފައްދާއިރު، މިހާރު ހުޅުމާލެ އަށް ބޭނުން ވަނީ އެންމެ 15 މެގަވޮޓް ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ. އެހެންވެ، ބާކީ އުފައްދާ ކަރަންޓު މި ވިއުގަ މެދުވެރިކޮށް މާލެ ސަރަހައްދަށް ބަހައިލާނެ އެވެ.
މާލެ ސަރަހައްދުން ކަރަންޓުގެ ޑިމާންޑު އަހަރަކު ގާތްގަނޑަކަށް ހަތް ޕަސެންޓަށް އިތުރުވަމުން އަންނަ ކަމަށް ސްޓެލްކޯއިން ބުންޏެވެ. މި ޕްރޮޖެކްޓާ އެކު މިކަމަށް ބޮޑު ހައްލެއް ލިބި، ޑިމާންޑާ އެއްވަރަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލިލޮ
15 April 2021
ތި މައުލޫމާތު ރަނގަޅެއްނޫން. ތީގެ އަދި 5 ކޭ ބަލް އަޅާނެ. އަދި އެ ޖޮއިންޓުވެސް ކުރާނެ.
ލ.އަތޮޅު
15 April 2021
ތިޔަ ކޭބަލް މަށައް ހިމައީ...
ތުނިޔަ
15 April 2021
ތިޔައީކޮންވެރިކަމެއްގާފެށިމަސް ރޫ އުއެއްތޯ
ސަހީލު
15 April 2021
އެހެންވެގެން މި ބުނަނީ މި ސަރުކާރަކީ ޔާމީނަށް ނުވި ކަނތައްކުރާ ސަރުކާރެކޭ. 2 އަހަރު ތެރެޭ އެ އޮތީ މާލެއާހުޅުމޭލެާ ކަރަންޓް ގުޅާފަ. ޢަދި ފެންވެސް ގުޅާލާނަން. އިތުރަށްށް ރިހާކުރާ ގަރުދިޔަ ހޮޅިއެއްވެސް ގުޅާލާނަން.
ފަހުދު
14 April 2021
ރ ޔާމީނު ވެރިކަމުގަ ބޮޑު ބްރިޖެއް އަޅަން 2 އަހަރު. މޑޕ ވެރިކަމުގަ އެބުރިޖު އެއްކޮޅުން އަނެއްކޮޅައް ކަރަންޓު ނަރެއް ގުޅާލާން 3 އަހަރު
އަށްގޮދާ
14 April 2021
ރ. ޔާމީން ގެ ދުރުވިސްނުން.... ތަނެއް ކުރިއަރާނީ އެތަނަކަށް ވަތަނީ ލޯބި ޖެހިގެން.
ޖޯރޭ 78
14 April 2021
ވަތަނީ ލޯތްބަކީ ވެރިމީހާއި ޙަވާލުކުރި މަސައްކަތް ނުކޮށް ގޭގައި ގޯނި ގޯނިން ޑޮލަރު ވެއްްދުމާއި މާރުކުރުމަށް ވެއްޖެ ނަމަ ވަތަން އޮތީ ގިސްލާފައި ރޯން
ބޯރޭ
15 April 2021
ތީ ޖޯރޭ މެން ޔާމީނު ބޮލުގައި އަޅުވާ ކަންކަން. ޑޮލަރު ނުވައްދާއިރު ކަމެއް ނުވެގެން މިއުޅެނީ ކިއްވެ؟
އަށްގޮދާ
15 April 2021
ޖޯރޭ.... ރ. ޔާމީން ކުރި މަސައްކަތް ފެންނަން އެހުރީ... ވަރަށް ސަލާމް... 5 އަހަރު ދުވަހުން މިދިވެހިރާއްޖޭގެ ވެރިއަކަށް ނުކުރެވުނު ކިތައްްމެ ކަމެއް އެހުރީ ކޮށްފަ... ފެންނަން.... ހަޖަމް ކުރަން ދަސްކުރޭ...
1828
14 April 2021
އެމްޑީޕީގައި ހަމައެކަނި ހުންނާނީ ވިސްނުން. އަމަލީ ގޮތުން ހަމަ ސުމެއް
އަބްދުﷲވަހީދު
14 April 2021
ރައީސް ޔާމީން ވައްކަން ކުރިކަމަށް މިހާރުގެ ސަރުކާރުގައި ތިބި މީހުން ބުނޭ, އޯކޭތާ އެމަނިކުފާނު އަށް ނޫނީޔާނެއް ދުރުރާސްތާގެ މުސްތަޤްބަލަށް ވިސްނާފަ މިވަރުކަމެއް ވެސް ކުރެވުނު ވެރިޔަކު, ވަރަށް ބޮޑަށް ޝުކުރިއްޔާ ރައީސް ޔާމީން.
ހިމާރުލްގައުމު
14 April 2021
ހެހެ. ހަމަ ރައީސް ޔާމީންގެ މިންނެތް މަސައްކަތްދޯ. ޝުކުރިއްޔާ ރައީސް ޔާމީން. ރީނދޫ ކުދިން ބާރަށް ހިފަހައްޓައިގެން ތިބެއްޗޭ.
އުދުހޭ
14 April 2021
ލޮނާ އަވީގަ ކޭބަލް އޮންނަންވީމަ އޭގެ އުމުރަށް ކުރަނީ ކޮން އަސަރެއްތޯ ބެލުން މުހިންމު. ވަރުގަދަ ރަބަރަކީ ހޫނުގަ ގިނަ މުއްދަތަކަށް އޮންނަންޏާ މުރަނަވެ ހަލާކުވާ އެއްޗެއް. ލަފާކުރެވޭގޮތުން މީގެ ކޭބަލެއް 20 އަހަރު ހުންނާނެ. އެހެންވީމާ 5 އަހަރުން ހަލާކުުނުވާނެ ގޮތަކަށް ކޭބަލް ބޭއްވުން މުހިންމު.