17 އެޕްރީލް 2021 - 09:42
އެމެޒޯން ޕްރައިމް ވީޑިއޯގެ ކޮމެޑީ ޝީ "ލޮލް" އެކި ގައުމުތަކަށް ހާއްސަކޮށްގެން މިހާތަނަށް ބާއްވާފައިވާ އިރު، އެ ޝޯގެ އިންޑިއާ ވާޝަން "ލޮލް: ހަސީ ތޯ ޕަސީ" މި މަހުގެ 30 ގައި ޕްރިމިއާކުރަން ނިންމައިފި އެވެ.
ކޮމީޑިއަނުންތަކެއްގެ މެދުގައި މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދާ ޝޯގެ ހޯސްޓުންނަކީ ބޮލީވުޑްގެ އެކްޓަރުން ކަމަށްވާ އަރުޝަދު ވަރްސީ އާއި ބޮމަން އިރާނި އެވެ.
ޝޯގައި 10 ކޮމީޑިއަނަކު ވާދަކުރާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސުނިލް ގްރޯވާ، ގޯރަވް ގޭރާ. ސައިރަޝް ބްރޯޝާ، ކުޝާ ކަޕީލާ، ސުރޭޝް މެނަން، މަލިކާ ދުއާ، އަންކިތާ ޝްރިވަސްތާވް، އާކާޝް ގުޕްތާ، އަދިތީ މިއްޓަލް އަދި އާދާރު މާލިކެވެ.
"ލޮލް: ހަސީ ތޯ ޕަސީ" އަކީ ހުރިހާ އެންމެން އެއް ގެއެއްގައި ތިބިގެން ކުރާ މަޖާ ކަންތައްތަކާއި ހެއްވާ ވާހަކަތަކުން ހެއްވާލައިގެން ކުރިއަށް ގެންދާ ޝޯއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy