ސްޕޭސް އެކްސްގެ ހެޑްކުއާޓަރު.
18 އެޕްރީލް 2021 - 08:16
ހަނދަށް ދާން އަލުން އެމެރިކާ އިން ފަށާފައިވާ އާޓެމިސް ޕްރޮގްރާމަށް ބޭނުންވާ ޖައްވީ އުޅަނދު އުފެއްދުމުގެ ކޮންޓްރެކްޓް، މަހުޖަނު އީލޮން މަސްކްގެ ސްޕޭސް އެކްސް އިން ކާމިޔާބުކޮށްފި އެވެ.
އެ ކޮންޓްރެކްޓް ސްޕޭސް އެކްސް އިން ކާމިޔާބުކުރީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އެމެޒޯން ކުންފުނީގެ ވެރިޔާ ޖެފް ބެޒޯސްގެ ބްލޫ އޮރިޖިން އާއި ޑިފެންސް ކޮންޓްރެޓް ޑައިނެޓްކްސްއާ ވާދަކޮށެވެ.
އެމެރިކާ އިން މީގެ އެތައް އަހަރެއް ކުރިން ހަނދަށް ދިޔަ އެޕޯލޯ މިޝަންގެ ފަހުން އެ ގައުމުން ހަނދަށް ދާން ކުރިއަށް ގެންދާ އާޓެމިސް ޕްރޮގްރާމަށް ބޭނުންވާ އުޅަނދު އުފެއްދުމަކީ 2.9 ބިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.
NASA has selected Starship to land the first astronauts on the lunar surface since the Apollo program! We are humbled to help @NASAArtemis usher in a new era of human space exploration → https://t.co/Qcuop33Ryz pic.twitter.com/GN9Tcfqlfp
— SpaceX (@SpaceX) April 16, 2021
އެކަން ކާމިޔާބުވުމާ ގުޅިގެން ސްޕޭސް އެކްސް އިން ކުރި ޓްވީޓެއްގައި ބުނީ ނާސާގެ އެ ޕްރޮޖެކްޓް ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އެ ޕްރޮޖެކްޓް ކާމިޔާބުކުރީ މާސްގެ ދަތުރުތަކަށް ހާއްސަކޮށްގެން އުފައްދާފައިވާ، އަލުން ބޭނުންކުރެވޭ އުޅަނދު ސްޓާޝިޕްގެ ޑޮކިއުމަންޓްތަކާ ވެސް އެކީގަ އެވެ. އެ އުޅަނދަކީ މި ވަގުތު ޓެކްސަސްގައި ޓެސްޓްކުރަމުން އަންނަ އެއްޗެކެވެ. އަދި ކުރިއަށް އޮތް ތަނުގައި މާސްގެ ދަތުރުތަކަށް ބޭނުން ކުރާނެ އެއްޗެކެވެ.
ސްޕޭސް އެކްސްގެ އަމާޒަކީ ޓޫރިސްޓުންގެ ގޮތުގައި މާސް އަށް މީހުން އުފުލައި، އަދި އެ ތަނުގައި އިންސާނުން ވަޒަންވެރިކުރުމެވެ. އެގޮތުން ސްޕޭސް މިޝަންތަކާ ގުޅޭ ބޮޑެތި މަސައްކަތްތައްކޮށް، އެކަމުގެ ތަޖުރިބާ 2002 ވަނަ އަހަރު އުފެއްދި ސްޕޭސް އެކްސް އިން އަންނަނީ ހޯދަމުންނެވެ.
ނާސާ އިން މި ފަހަރު އަމާޒު ހިފާފައި ވަނީ 2024 ގައި ހަނދަށް ދާށެވެ. އަދި އެ މިޝަންގައި ދެ ޖިންސްގެ ދެ އެސްޓްރޮނޯޓުން ބައިވެރިކުރާނެ އެވެ. އެހެންވެ މި ފަހަރުގެ މިޝަނަކީ މުޅިން އަލަށް އަންހެނަކު ހަނދަށް ދަތުރުކުރާނެ ފަހަރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy