ހުޅުމާލެ: އެޗްޑީސީން ވަނީ ހުޅުމާލޭ މަގުތައް އަލި ކުރުމުގެ މަސައްކަތް ފަށާފައި --- ފޮޓޯ/މިހާރު
17 އެޕްރީލް 2021 - 18:12
ހުޅުމާލޭގެ ފުރަތަމަ ފިިޔަވަހީގެ މަގުތަކުގައި އިތުރު މަގުބައްތި ހަރުކޮށް، މަގުތައް އަލިކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ.
އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައިވަނީ ފުރަތަމަ ފިޔަވަހީގެ މަގުތަކުގެ ބައްތިތައް މަދުވުމުން، މަގުތައް އަނދިރިކޮށް އޮންނަ ކަމުގެ ޝަކުވާ ލިބެމުންދާތީ ސްޓްރީޓްލައިޓް މާސްޓާ ޕްލޭންއެއްގެ ދަށުން، މަގު ބައްތިތައް ބަދަލު ކުރުމާއި އަނދިރި މަގުތަކާއި ސަރަހައްދުތައް ދެނެގަނެފައިވާ ކަމަށެވެ. އެގޮތުން ފާހަގަ ކުރެވުނު 14 ސަރަހައްދެއްގައި މައްސަލަ ޖެހިފައި ހުރި މަގު ބައްތިތައް ބަދަލުކޮށް، އާ ބައްތި ހަރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެޗްޑީސީން ބުނިގޮތުގައި، އެ ސަރަހައްދުތަކުގައި ބައްތި ހަރުކުރުމަށާއި އާ ބައްތިއަށް ބަދަލު ކުރުމަށް ބައެއް ބައްތިތައް ނިއްވައިލަން ޖެހެ އެވެ. އޭގެ ސަބަބުން ކުރިމަތިވެދާނެ ދަތިތަކަށް މާފަށް އެދޭ ކަމަށާއި ކުރިއަށް އޮތް ތިން ދުވަސް ތެރޭގައި އެ މައްސަލަ ހައްލުވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެޗްޑީސީން ބުނީ، އެ މަޝްރޫއުގެ ދަށުން 1،300 އަށް ވުރެ ގިނަ ބައްތި ހަރުކުރާނެ ކަމަށެވެ. ބައެއް ޒޯންތަކުގައި މިހާރު ވެސް އެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުންނާ ބާއީ ހުތަގެ ހުތާ
18 April 2021
ހަވަރު ތިނަދޫ މަގުތަކުގަ ހުރި ބައްތިތަށް ނުދިއްލޭތީ ކައުންސިލަށް ދިޔާމަ ބުނީ ތިއީ އެޗްޑީސީ އިން ކުރަން ޖެހޭކަމެކޭ. ތިމަންނާމެން މިއީ ކައުންސިލަރުންނޭ. މަގުބައްތި ޖަހަން ތިނިބައެއްނޫނޭ. ހަވަރު ތިނަދޫ ބިގަރު ކައުންސިލަށް ވަރަށް ހެޔޮދުވާ ސަލާމެވެ
އަލި
18 April 2021
ހުދު އަލީގެ މަގު ލައިޓަކީ ކިހިނެއް ބަލާފަ ހަރުކުރާ އެއްޗެއްތޯ؟. ހުދުއަލީގެ ވިސިބިލިޓީ ދައްވާނެ. ވާރމްވައިޓް ލައިޓް މަގުތަކަށް ރަނގަޅުވާނީ.
ކަދުރޭ
18 April 2021
ވާރމްލައިޓް ޖަހަނީ މަހުޖަނުން އުޅޭ މަގުތަކުގައި. ނިކަމެތި މީހާ އުޅޭ ސަރަހައްދުތަކުގައި ޖަހަނީ ހުދުއަލީގެ ލޮލަަށް އުނދަގޫ ގާ ލައިޓެއް. ހިޔަނި އެޅިފަ ހުންނަނީ.
ޟަޒް
18 April 2021
މަގު ތަކުގައި ޖެހި ބައްތި ތަކުގެ ހުދު އަލީގެ ބާވަތުން އަލި އެޅުނީމާ ވަރަށް ލޮލަށް އުނދަގޫ ވޭ. ފުލަޑް ލައިޓް ދިއްލާފަ ހެން ހީވަނީ.
ވެންޓިލޭޓަރ
18 April 2021
މާސްޓަރ ފުލޭންހަދާ ޑިވޮލޮފް ކުރީމަ ވާ ވަރު ކޮންމެ ވެރިކަމަކަށް މަގުބައްތި އާކުރަށް ޖެހޭ.
މޯޑް
18 April 2021
އަދިރި ދިމަދިމާލަށް ވަގުތީ ލައިޓެއް ވެސް ޖަހާލާ ނަމަ. މިއޮށް މީހުން ނުބައިއިރު ހަމަ ހަގީގަތުގަ ވެސް އެހާ އަދިރިކޮށް އޮށްނާތީ ބިރުގަނޭ
ފްލެޓް މީހެއް
18 April 2021
ކުރިއަށް ދިޔައިމަ އެވީތަ؟ ގޭ ކައިރީ ހަމަ އެންމެ ލައިޓެއްވެސް ނުދިއްދޭތާ ކިތައްދުވަސް. އަނދިރިކަމުން އަނބި ދަރިންނަށް ބޭރަށް ދާންވެސް ބިރު ހީވޭ. އެކްސިޑެންޓެއްގައި މީހަކު ނިޔާވުމުން ކޮންމެ ސްފީޑް ބްރޭކް އެއްގައި ލައިޓެއް ހަރުކުރި ޒަމާނެއްވެސް ދިޔަ. ނަމަވެސް ސަސްޓެއިން ނުކުރެވޭ. ހުޅުމާލެ އަކީ އެޗްޑީސީގެ ތަރިކައަކަށް ނުހަދާ މާލޭގެ އަވަށެއްގެ ގޮތުން ސިޓީ ކައުންސިލާ ހަވާލު ކުރޭ.
ސައިފު / ހުޅުމާލެ
18 April 2021
ސިޓީކައުންސިލްގެ ހަވާލުގަ މާލެ ވެސް އޮންނަނީ އަނދިރިކޮށް ، ވަކި ކައުންސިލަކާ ހަވާލުކުރިޔަސް ރަނގަޅެއް ނުވާނެ ، ހުޅުމާލެ މިހާރު މިހިންގާ ޕޮރޮޖެކްޓް ނިމުނީމަ ޓޯކިޔޯގެ މަގުތަށް ހާ އަލިވެފަ ނަލަވާނެ، ކެތްތެރިކަން ކޮޅުންލާވަރެއްނުވޭ
ބޮޑުމީހާ
17 April 2021
މާސްޓަރ ޕްލޭންގެ ދަށުން ތަރައްގީކުރި ތަނެއްގައި އަލި މަޑުވުމަކީ މާސްޓަރ ޕްލޭނުގެ މައްސަލައެއް
ކަސްޓަމުސްގެ އެމްޑީޕީ މެމްބަރެއް
17 April 2021
ކޮންމެވެސް ނާޖާއިޒް ކަމެއް މީގައި ހިމެނޭނެއެވެ. ރައީސް ޔާމީނުގެ ވެރިކަމާއި އިބޫގެ ވެރިކަމާއި ހުރި ހަމައެކަނި ތަފާތަކީ ވައްކަން ކުރުން އޭރު ޕީޕީއެމްއިން ދިފާޢު ކުރި ގޮތަށް އެމްޑީޕީ އާއްމު މެންބަރުން ދިފާއު ނުކުރާކަމެެވެ. ވެރިކަމަށް އަންނަން ކެމްޕޭނަށް ފައިސާ ހޯއްދަވަނީ ކަމަށް އިބޫއަށް ވިސްނައި ދީފައި ސަރުކާރު އިބޫއަށް ވެސް ނޭގި ދަވާލަނީއެވެ.
ހިރާފް
17 April 2021
މީމިކަންކަން ވާންޖެހޭގޮތްތަ؟މުޅި ހުޅުމާލޭ އަނދިރިގަނޑަކަށްވީމަ ނޫސްތަކުގައި އެކިފަހަރު ހަބަރު ޖަހާ ރައްޔިތުން އެތައް ޝަކުވާއެއް ކުރުމުން އެބުނީ އަނދިރި ދިމާތައް ފާހަގަ ކުރެވިއްޖެޔޯ..ފަހަރަކު ލައިޓެއް ދަމުންގޮސް ހުރިހާތަނެއް އެއްކޮށް އަނދިރިވާ އިރު އެޗްޑީސީއަށް ރޭކާވެސް ނުލަނީ؟؟؟
އަލީސުޖާއު / ހުޅުމާލެ ވަކަރުގެ
18 April 2021
މައުލޫމާތު ރަނގަޅަށް ސާފުނުވެ އޮތީމަ ބުނެދެން، އަލިގަދަކުރުމުގެ ބިޔަމަސްރޫއުއެއް މިހާރު އެޗްޑީސީ އިން އެ ހިންގަނީ ، ހިނަގަމުން ދާއިރު އަދިރިވިޔަސް ދުވަސްކޮޅަކުން މުޅި ހުޅުމާލެ ނިއުޔޯކްސިޓީއަށް ވުރެ އަލި ވާނެ ރޭގަނޑުވެސް ދުވާލުފަދަ އަލިކަމެއް ހުންނާނެ ،ބަލަންތިބޭ ، މިހާރުވެސް ރަށުގެ ބައެއްތަންތަން މިދެންނެވި މަސްރޫއުގެ ދަށުން ވަރަށް ގަދައަށް ދިއްލާފަހުރީ ، ކްރޮސްކޮށް 25މީޓަރުން ލައިޓްތަށް ހަރުކޮށްފަހުރިތަން ފެންނާނެ.