ދުނިޔޭގެ 180 ގައުމެއްގެ ތެރެއިން ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ހިމެނެނީ 72 ވަނައިގައި.
ނޫސްވެރިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް މީޑިއާތަކުން މިދިޔަ ފެބްރުއަރީ މަހު ބޭއްވި މުޒާހަރާގައި ބައިވެރިވި ބައެއް ނޫސްވެރިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
20 އެޕްރީލް 2021 - 14:08
ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް ހަތް ދަރަޖައިގެ ކުރިއެރުމަކާއެކު 72 ވަނަ އަށް އަރައިފި އެވެ.
"ރިޕޯޓާސް ވިތައުޓް ބޯޑާސް" އިން ކޮންމެ އަހަރަކު ނެރޭ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އަށް މިދިޔަ އަހަރު ވެސް ބޮޑު ކުރިއެރުމެއް ލިބިފައި ވެ އެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގައި މިދިޔަ އަހަރު ރާއްޖެ އޮތީ 15 ދަރަޖައިގެ ކުރިއެރުމަކާއެކު 79 ވަނައިގަ އެވެ.
މި އަހަރު ހަތް ދަރަޖައިގެ ކުރިއެރުމެއް ލިބިފައި ވެ އެވެ.
އެ ލިސްޓުގައި 180 ގައުމެއްގެ ތެރެއިން އެއް ވަނައިގައި އޮތީ ނޯވޭ އެވެ. ފިންލެންޑު ދެ ވަނައިގައި އޮތް އިރު، ސްވިޑުން އަށް ލިބިފައިވަނީ ތިން ވަނަ އެވެ. ލިސްޓުގެ އެންމެ ފުލުގައި އޮތް ގައުމުތަކުގެ ތެރޭގައި ޗައިނާ އަދި ނޯތު ކޮރެއާ ހިމެނެ އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ އަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިލާން ޖެހުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެ ވެރިކަމުގައި ޓީވީ ސްޓޭޝަންތައް ޖޫރިމަނާކޮށް، ނޫސްވެރިންނަށް ވެސް ދައުވާ ކުރި އެވެ.
އެ ކަންކަމުގައި އެންމެ ބޮޑު އުނދަގުލަކާ ކުރިމަތިލާން ޖެހުނީ އަބުރުގެ ގާނޫނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ތަސްދީގުކުރެއްވީ ވެސް އަބުރުގެ ގާނޫނު އުވާލުމުގެ އިސްލާހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައްލޭބެ
20 April 2021
ﷲ ގަންދީ ހުވާކޮށްފަ ބުނަން ކެރޭ ތީ ސައްހަ އެއްޗެއްނޫންކަން. ނޫސްވެރިކަން މިގައުމުގައި މިހާރު އޮތީ ބިރުވެރިކަމެއްގައި. ރެގިއުލޭޓަރީ އޮތޮރިޓީތަކުން މާ މިނިވަންކަަމަށް ހެދިގެން ތިބެގެން ސީދާ އޯޑަރ ފަލޯ ކުރަނީ. ހުޅަގުގެ ޔަހޫދީ މިންގަޑަށްފެތޭ ޔަހޫދީ ދައުލަތްތަކުގެ ޕަޕެޓް ސަރުކާރުތަކަށް ތި ކަހަލަ ދަރަޖަ ތަކާ ނުވިތާކަށް ޔުނިވަރސިޓީ ތަކުގެ ޕިއެޗްޑީ ވެސް ހިލޭ ބަހާނެ.
ކަފިހިބޮލި
20 April 2021
ވަރަށް ކުރިއަރައިފި ހޯދަން އުޅުނު ހުރިހާ މައުލޫމާތެއް ސަލާމަތީ ސަބަބުތަކަށް ޓަކައި ސިއްރު ކުރެވިފައި ވެކްސިން ގަތް އަގެއް ނޭގުނު އެވެސް ސަލާމަތައް ނުރައްކާވާކަމެއް ގަތް ވެކްސިން ރާއްޖެ އައިކަމެއް ނޭގެ އެވެސް ސިއްރެއް
12 ޓިނު
20 April 2021
ޢިބޫ ސަޅި