ޚަބަރު / މިސްކިތްތައް

ޒިކުރާ މިސްކިތް ހުރި ބިމުގައި އެޅި ވަގުތީ މިސްކިތް ހުުޅުވައިފި

ވަގުތީ މިސްކިތް މިއަދު ހުޅުވައި ދެއްވަނީ: އެ މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެއް --- ފޮޓޯ/އިސްލާމިކް މިނިސްޓްރީ

ޒިކުރާ މިސްކިތް ހުރި ބިމުގައި އެޅި ވަގުތީ މިސްކިތް މިއަދު ހުޅުވައިފި އެވެ.

ޒިކުރާ މިސްކިތް ހުރި ބިމުގައި އެޅި ވަގުތީ މިސްކިތް މިއަދު މެންދުރު ހުކުރު ނަމާދަށް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ. އެ މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ވަގުތީ މިސްކިތް އެޅުމަށްޓަކައި އެކަން ކޮންނަމުން ދަނިކޮށް މިމަހު ކުރީކޮޅު އެތަނުން މިނިކަށިތަކެއް ފެނިފައިވެ އެވެ. އެހެންވެ، އެ ތަކެތި ރައްކާތެރި ކުރުމަށްޓަކައި ހެރިޓޭޖް މިނިސްޓްރީއާ ގުޅިގެން އޭރު މަސައްކަތް ކޮންމެވެސް ވަރަކަށް މަޑުޖައްސާލި އެވެ.

ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އޮފީސް އިމާރާތަކާ އެކު މިސްކިތެއް ހަދަން ކުރީގެ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރި އެވެ. އެކަމަކު ފަހުން ވަނީ އެ އެއްބަސްވުން ބާތިލްކޮށްފަ އެވެ.

17 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 90%
icon sad icon sad 0%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖޯޖް

18 June 2022

ކައުންސިލްގެ މައްސަލައެއްތީ

The name is already taken The name is available. Register?

ޢައި ޖީ

24 April 2021

މިއަދު ޒިކްރާ މިސްކިތުގަ އިމާމް ކަން ކުރެއް ވީ ކޮން ބޭފުޅެއް ތޯ

The name is already taken The name is available. Register?

ކޮރަލް

23 April 2021

އެމްއެންޑިއެފް މީހުން ވ ބުރަކޮށް އެތާ އުޅުނުވެ. އެމީހުންގެ ނަމެއްވެސް ނެތެވެ. ވ ދެރައެވެ.

The name is already taken The name is available. Register?

މުހައްމަދު ބިން ދާވޫދު

23 April 2021

މިއީ މެގަޕުރޮޖެކްޓެއްތޯ، ރަސްމިއްޔާތާ ރެބަންކެނޑުމާ މިހެރަ މިހެރަ ކަންތައްތައް ހުރިގޮތުން ހަމަ އަހާލީ....

The name is already taken The name is available. Register?

ކްރޯޑް

23 April 2021

ހޭބަލިވެދާނެ ދެން ތިޔައީވެސް ރިބަންފަށް ކަނޑާފަ ވަންނަން ޖެހޭވަރުގެ މިސްކިތެއްބާ!. ދެއްކުން ތެރި ކަމުގެ ކޮޅެއްވެސް.

The name is already taken The name is available. Register?

2023

23 April 2021

2023 އަށް ފޮޓޯ ޕްރޮފައިލް ހަދަންޖެހޭ ވިއްޔާ ހެހެހެ

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް.

23 April 2021

މި ކޮމެންޓް ކިޔާފަ ހީހީ ހަލާކުވެއްޖެ.

The name is already taken The name is available. Register?

ގެދާނޯމޮސް

23 April 2021

އަދި ކޮބަ ސަލްމާން މިސްކިތް ހުޅުވާނެ ފޮނި: ރަނގަޅަށް ވިއްޔާމުން ނަޝީދު ކުޑައިރު ދެކެފަ އޮތް ހުވަފެނަކަށް ނުވިއްޔާމުން ރގޅ.

The name is already taken The name is available. Register?

ބަރުދަން

23 April 2021

އިނާޒް އެއީ ކޮން އިސްލާމިކް ޔުނި ވަރސިޓީގެ ޝެއިހެއްތޯ ؟ އަންނި މަންމަ އަށް ބޮޑުދައިތަ ކިޔާތީ ދީފަހުރި މަގާމެއްތޯ؟ އޮޑިޓް ޝޭހު.

The name is already taken The name is available. Register?

ބޮޑުމީހާ

23 April 2021

3 އަހަރު ވީ އިރު މިއެޅުނީ ވަގުތީ މިސްކިތެއް. ވަގުތީ މިސްކިތެއް މިނިސްޓަރ މީހުން އެއްކޮށްގެން ހުޅުވީމަ ސަރުކާރުގެ ކެޕަސިޓީ އެބަހާމަވޭ

The name is already taken The name is available. Register?

މުލޭ

23 April 2021

ރެޔާދުވާލު ހޭލާތިބެގެން މަސައްކަތް ކޮށްދިން މީހުންނަށް ޝުކުރުގެ ބަހެއް ވެސް ނުބުނި. ޓުވީޓުގައި ވެސް އެކަމެއް ފާހަގަ ނުކުރި. ކޮންކަހަލަ މިނިސްޓަރެއް.

The name is already taken The name is available. Register?

ހާމިދު ޝާހިދު

23 April 2021

2 އަހަރު ބައިވިއިރު ކުރެވުނު ކަމަކީ، ދަގަނޑު ވަގުތީ މިސްކިތެއް އެޅުން. ތިޔަށްވުރެއް މާ ތާހިރުވާނެ ދެއްތޯ ސަލްމާން މިސްކިތް ހުޅުވޭނެ ގޮތެއް ހެދިއްޔާ. ބޯހަލާކު. ތިމިސްކިތް ހުރިތަނުގައި ދެން ރަސްކަން ކުރާނީ އެހިސާބަށް އެއްވެ ތިބޭ ބިދޭސީ ބަންގާޅު މީހުން. އެމީހުންގެ ރޯދަވިއްލުމާއި، އެމީހުންގެ ކެއިން ބުއިމާއި ފާހާ ކުރުމާއި ނިދުމުގެ ކަންކަން ހަމަޖެހިގެންދާނީ ތިޔަ މިސްކިތުން ކަމަށް ފެންނަނަނީ. ތިތަނުގައި ޕާކިންގ ޒޯނެއް ހެދި ނަމަ މާރަނގަޅުވީސް.

The name is already taken The name is available. Register?

ކުނބު

23 April 2021

ބަންގްލަދޭޝް މީހުންނަކީވެސް އިންސާނުން. ތިޔަބުނާ ހާލަތަށް ބަންގްލަދޭން މީހުން ދިޔައިއްޔާ ދިޔައީވެސް ދިވެހިންނާހުރެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454