އޭ ލެވެލް އިމްތިހާނު ހެދުމަށް ވިލާ ހައި ސްކޫލުގެ ދަރިވަރުންތަކެއް ކްލާސްރޫމަށް ވަންނަން ދަނީ.- ފޮޓޯ: ވިލާ ހައި ސްކޫލު
26 އެޕްރީލް 2021 - 11:14
ރާއްޖޭގައި އޭ ލެވެލް އިމްތިހާނު މިއަދު ފަށައިފި އެވެ.
ކޮވިޑު-19 ގެ ބަލިމަޑުކަމުގެ ސަބަބުން މެއި/ޖޫންގައި އެޑެކްސެލް އިމްތިހާނު ނުބާއްވަން އިނގިރޭސި ވިލާތުގެ ޕިއާސަން އިން ނިންމި އެވެ. ނަމަވެސް ރާއްޖެއިން ކުރި މަސައްކަތާއެކު އެ އިމްތިހާނު ބޭއްވުމުގެ ފުރުސަތު ދިނީ އެވެ.
އިމްތިހާނު ބާއްވަން އެންމެ ފުރަތަމަ އުޅުނީ މެއި/ޖޫންގަ އެވެ. އެކަމަކު އެޑެކްސެލް އިން އެ ޓެސްޓު ބާއްވާ ތާރީހު މި މަހަށް ކުއްލިއަކަށް އަވަސްކުރީ އެވެ. އެއާއެކު ގިނަ ދަރިވަރުންނާއި ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުން ދިއުމުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންނަ އޮކްޓޯބަރު/ނޮވެމްބަރުގައި ވެސް އޭ ލެވެލް އިމްތިހާނު ހެދުމުގެ ފުރުސަތު ދީފަ އެވެ.
މި ބުރުގައި އިމްތިހާނު ހަދާ ދަރިވަރުންގެ އަދަދެއް އަދި ސާފެއް ނުވެ އެވެ.
އެންމެ ފުރަތަމަ އޮތީ ހިސާބު ޓެސްޓެވެ. އަންނަ މަހުގެ 14 ގައި އެންމެ ފަހު ޓެސްޓަށް ފަހު އިސްލާމާއި ދިވެހި ކަރުދާސް ހަދާނީ ކުރީގައި ވެސް އޮތް ގޮތަށް ޖޫން 13-17 އާ ދެމެދުގަ އެވެ.
މި ފަހަރުގެ އޭ ލެވެލް އިމްތިހާނުގައި 2،821 ދަރިވަރަކު ބައިވެރިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy