ސީއެޗްއެސްސީގެ ދަރިވަރުންތަކެއް: އޭ ލެވެލް އަށް ކިޔަވާ ކުދިންގެ އަދަދު އިތުރުކުރަން ސަރުކާރުން ވަނީ ނިންމާފައި. -- ފޮޓޯ | މިހާރު
18 އޯގަސްޓް 2025 - 17:49
ރާއްޖޭގައި އޭ ލެވެލް ކިޔެވުމުގެ ފުރުސަތު ވީހާވެސް ގިނަ ކުދިންނަށް ދޭން ގްރޭޑް 11، 12 އަށް ވައްދާ ކްރައިޓީރިއާ ދަށްކޮށް އުސޫލް އިސްލާހުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާގައި އޭ ލެވެލް އަށް ވަދެވޭނެ ތިން ގޮތެއް ކަނޑައަޅާފައިވެ އެވެ. އެއީ އެކަޑަމިކް ސްޓްރީމާއި ސްކޫލުގައި ކުރިއަށް ގެންދާ ވޮކޭޝަނަލް އެޑިޔުކޭޝަނާއި މަސައްކަތުގެ މާހައުލުގައި ކިޔެވުމުގެ އެޕްރެންޓިޝިޕް ޕްރޮގްރާމެވެ.
އެ ތިން ގޮތަށް ކިޔެވުމަށް ވެސް ޝަރުތުތަކެއް ކަނޑައަޅާފައިވެ އެވެ.
- އޯ ލެވެލް އިމްތިހާނުގައި ދިވެހި ނުވަތަ އިސްލާމުން ދަށްވެގެން ސީ ފާހާ އެކު އެހެން ދެ މާއްދާ ހިމެނޭ ގޮތަށް ޖުމްލަ ހަތަރު މާއްދާ އިން ސީ ލިބުން.
- އޯ ލެވެލް އިމްތިހާނުގައި ދިވެހި ނުވަތަ އިސްލާމްގެ އިތުރަށް ހިސާބުން ދަށްވެގެން ލިބިފައިވުމާ އެކު ސްޓްރީމްގެ (ސައިންސް، ބިޒްނަސް ނުވަތަ އާޓްސް)ގެ ދެ މާއްދާއަކުން ސީ ލިބިފައި ވުން
- އޯ ލެވެލް އިމްތިހާނުގައި ދިވެހި ނުވަތަ އިސްލާމުން ދަށްވެގެން ސީ އާ އެކު ކޮންމެވެސް އެއް ސްޓްރީމެއްގެ (ސައިންސް، ބިޒްނަސް ނުވަތަ އާޓްސް)ގެ ދެ މާއްދާއިން ސީ ހޯދައި ކުރިއަށްދާން ބޭނުންވާ މަސައްކަތުގެ ދާއިރާއާ ގުޅޭ އިހުތިޔާރީ އެއް މާއްދާއަކުން ސީ ލިބިފައިވުން.
- އޯ ލެވެލްގައި ހިސާބު ނޫނީ އިނގިރޭސިން ދަށްވެގެން ސީ ލިބިފައި ވުމާ އެކު ކޮންމެވެސް އެއް ސްޓްރީމަކުން (ސައިންސް، ބިޒްނަސް ނުވަތަ އާޓްސް)ގެ ދެ މާއްދާއިން ސީ ލިބިފައި ވުން.
- އޯ ލެވެލްގައި ހިސާބުން ދަށްވެގެން ސީ ލިބިފައިވުމާ އެކު ކޮންމެވެސް އެއް ސްޓްރީމަކުން (ސައިންސް، ބިޒްނަސް ނުވަތަ އާޓްސްގެ) މަދުވެގެން އެއް މާއްދާއިން ސީ ލިބިފައި ވުމާއެކު ސްޓްރީމް މާއްދާއާ ގުޅުންހުރި އިހުތިޔާރީ އެއް މާއްދާއިން ސީ ލިބިފައިވުން.
- އިންޑިވިޖުއަލް ކަރިކިއުލަމް ޕްލޭން (އައިސީޕީ)އޯ ލެވެލް ހަދާ ކުދިން އޯ ލެވެލް ނިންމައި ބައިވެރިވި މާއްދާތަކުގެ ތެރެއިން ކޮންމެވެސް ދެ މާއްދާއިން ސީ ލިބިފައިވުން.
- ފިއާސަން ބީޓެކް އިންޓަނޭޝަނަލް ލެވެލް 2 ޑިޕްލޮމާ ނުވަތަ ސްކޫލް ޓިވެކް ކޯހުން ދަށްވެގެން "ފާސް" ލިބިފައި ވުން
- އޯ ލެވެލްގެ ކޮންމެވެސް ތިން މާއްދާއަކުން ދަށްވެގެން ސީ ލިބުން.
އޭގެ ތެރެއިން އައިސީޕީގެ ދަށުން ކިޔެވުން ފުރިހަމަ ކުރާ ކުދިންގެ ތެރެއިން އެކަޑަމިކް ސްޓްރީމްތަކާއި ފިއާސަން ބީޓެކް އިންޓަނޭޝަނަލް ލެވެލް 3 ޑިޕްލޮމާ، އެކްސްޓެންޑާޑް ޑިޕްލޮމާ އަދި ސްކޫލު ޓިވެކް ކޯހާއި މަސައްކަތުގެ މާހައުލުގައި ކިޔެވުމުގެ އެޕްރެންޓިޝިޕް ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ކުދިންގެ އެޑްމިޝަނާ ގުޅޭ ކަންކަން ނިންމާނީ މިނިސްޓްރީން ކަމަށް ވެސް ބުންޏެވެ.
މިނިސްޓްރީން ބުނީ އޭ ލެވެލް ކިޔަވަން ފުރުސަތު ދިނުމުގައި ބަލާނީ އެސްއެސްސީ އާއި އައިޖީސީއެސްއީ، އޯލެވެލް އަދި ބީޓެކްގެ ނަތީޖާއަށް ކަމަށާއި ފުރުސަތު ދޭނީ މި އަހަރުގެ ޑިސެމްބަރު 31 އަށް 18 އަހަރު ފުރިފައި ނުވާ ކުދިންނަށް ކަމަށެވެ.
އަތޮޅުތަކުގެ ސްކޫލުތަކުގައި އޭ ލެވެލް ކިޔަވައިދޭ ރަށްރަށު ސްކޫލުތަކުގައި ޖާގަ އޮވެ، ޝަރުތުތައް ފުރިހަމަ ނުވާ ކުދިންނަށް މިނިސްޓްރީގެ ހުއްދައާ އެކު ކިޔެވުމުގެ ފުރުސަތު ދޭނެ ކަމަށް ވެސް އެޑިޔުކޭޝަނުން ބުންޏެވެ.
އޭލެވެލް ކިޔަވާ ކުދިން އިތުރު ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
އޭ ލެވެލް ކިޔަވާ ދަރިވަރުންގެ އަދަދު އިތުރު ކުރުމަށް ސަރުކާރުން ވަނީ ގިނަ ކަންތައްތަކެއް މިހާރު ވެސް ކޮށްފަ އެވެ. އޭގެތެރޭގައި މާލޭގައި ޒަމާންވަންދެން ހިންގި އޭ ލެވެލް ސްކޫލް، ސީއެޗްއެސްއީ އިމާރާތް އަލުން ހުޅުވައި ކިޔަވައި ދޭން ފެށުން ހިމެނެ އެވެ. އަދި އޯ ލެވެލް އަށް ކިޔަވައިދޭ 23 ސްކޫލެއްގައި މި އަހަރު އޭ ލެވެލް ކިޔަވައިދޭން ވެސް ވަނީ ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑރ ވާންޗޯ
22 August 2025
ސީ ލިބިގެން އޭލެވެލްއަށް ކިޔަވާދެނީ ކޮންތާކުންތޯ؟. ސީއެޗްއެސްސީގަ މެތަމެޓިކްސް ނެގެނީ އޯލެވެލްގަ އޭ ލިބިގެން. ބީ ލިބިގެންވެސް ބައިވެރިނުވެވޭ.
ހަސަންބޭ..
19 August 2025
އިނގެރޭސި ބަހުން ވާހަކަ ދައްކަން ދަންނާނެ މިހާރު ނިމޭ ކުދިން.. ދިވެހި އަކުރު ކިޔަންވެސް ނޭނގޭ. އަޑުއަހާ މީހަކަށް ފަހުމް ނުވޭ.. ބަލާބެލުމަށް ހުންނަނީ ނުކުޅެދޭ ކުދިން ތިބޭ ޒާތަކަށް. ކިޔެވުން ނިމޭ އިރު އަތުން ފައިން ކަމެއް ކުރަން ނޭނގޭ. ސްކްރީންގައި އިނގިލި ކާތަން ދަންނާނެ.
މޫސާ ޔައިޝް
19 August 2025
މިސަރުކާރުގެ ކިޔަވާދިނުމުގެ ސިޔާސަތު ހަމަ ވަރަށް ފުރިހަމަ. މީގެ ސަބަބުން ކުދިންގެ ވިސްނުން ރަނގަޅުވެ ކުރިއަރާނެ.
ކިޔަވާ ސޮރު
19 August 2025
ނުކިޔަވާހުރި އބ އެކޭ ކިޔަވައިގެންހުރި މއއޒ އެކޭ މިކަމުގައި ތަފާތެއްކޮބާ؟ އެޑިއުކޭޝަން ސިސްޓަމާ މިކުޅެނީ އެހެނިހެން ސިޔާސީ ކަންތަކާވެސް ކުޅޭހެން. އަމާޒު ލާހޫރޭ ސިސްޓަމަށް. ޕްލޭނެއް، ސިސްޓަމެއް ނެތް. ތިހެން ހަދައިގެން ކޮންމެހެން 12-13 އަހަރު ދަރިން ސްކޫލުގައި ތެޅުވުމުގެ ބޭނުމެއްނެތް. އަހަރަކު ދެފަހަރު ގްރޭޑް ބަދަލުވާގޮތަށް ހަދަންވީ. މިޑް ޓާމް ނިމުމުން ހުރިހާކުދިން ގްރޭޑް މަތިކުރާނަމަ 6 އަހަރުން އޭލެވެލް ނިމޭނެ. ކޮންމެހެން ޝަރުތަކެއް ބޭނުމެއްނޫން
ކަލޭފާނު
19 August 2025
އޭލެވެލަށް އޯ ލެވެލްއިން ރަނގަޅަށް ފާސް ނުވިޔަސް ވަދެވޭ ގޮތައް އުސޫލު އިސްލާހު ކޮއްފި. މި ގޮތަށް ސުރުޚީ މާ ބޮޑަށް ސާފު
ގޮހޮޑާ
19 August 2025
އޭލެވެލް ކިޔަވާ ދަރިވަރުންގެ ޢަދަދު މަދުވީ ރާއްޖޭގައި އަމިއްލަ ކޮލެޖުތައް ގިނަވެ، އޭލެވެލް ހެދުމަކީ ޙަޔާތުން ބޭކާރުވާ ދެއަހަރު ކަމަށް ކުދިންނަށް ވިސްނައިދީ، އެއް އަހަރުގެ ފައުންޑޭޝަން ހަދައިގެން ޑިގްރީހެދުން އެއީ މޮޅުގޮތް ކަމަށް ވިސްނައިދިނީމަ. ޙަގީގަތަކީ އޭލެވެލްގެ ދެ އަހަރަކީ ދަރިވަރުގެ ކިޔެވުމުގެ ދެން އޮންނަ މަރުހަލާއަށް ދަރިވަރު މެންޓަލީ އަދި އެކަޑެމިކަލީ ތައްޔާރުވުމަށް ވަރަށް މުހިއްމު ދެ އަހަރު.
ޒައިކް23
19 August 2025
ދެން ސީއެޗުއެސްސީގަ އެކަނި 11 12 ނުބާއްވާ މާލޭގެ ހުރިހާ ބޮޑެތި ސްކޫލުތަކުގަ ފަށަންވީ އޭލެވަލްއަށް ކިޔަވައިދޭން..
މުދިމްއާ ދަންމަނިކުބެ
18 August 2025
ފުރުސަތުގިނަކޮށް ބޯގިނަވެ އަދަދު ގިނަކުރީމަ ހުރިހައިކަމެއް ނިމުނީ. ކޮލިޓީއެއް މިކިޔާ އޮއްޓަރެއް ވަހެއް ރަހައެއްނެތަސްހެޔޮ. އެކަން ރަގަޅުކުރުވާނެ ފުރުސަތެއްނުދޭ. ސުކޫލް ނިންމާ ނިކުންނަ ކުދިން އަތުންފައިން ކުރާކަށް ކަމެއްނޭގޭ. ހަށިގަޑުގެ ތަރުބިއްޔަތެއް އަދަބެއް އަހުލާގެއް ނޭގޭ، ކުޑަމިނުން އިސްއުފުލާ މީހަކާއި ވާހަކަދައްކާލަން އިގޭ ކުއްޖަކު މަދު. އަބަދު ފޯނުކޮށްޓަން، ދެކަންފަތު އުގުރިޖަހަފަ. ބަޔަކު ބުނޭ ޒޫމާސްއޭ. އެނިމުނީ.
ކޮސް
18 August 2025
މިކަމަކީ ރޭވުންތެރިކަމާއެެކު ކޮށްފިނަމަ ހަމަ ރަނގަޅުކަމެއް. އެކަމަކު މިކަންކުރުމުގެ ފަހަތުގައި އޮތީ ސަރުކާރުގެ އެހެން އެޖެންޑާއެއް. އެއީ ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި ވަޒީފާތަކަށް ކުދިން ވަންނަން ބޭނުންވާ އަދަދު މަދުކޮށްލުން. އޭރުން ވަޒީފާ ނުލިބެއޭ ކިޔާނެ އަދަދު މަދުވާނެ. މިޖާގަތަކަށް ޕާޓީ ކުދިންކޮޅު ގިނަކުރެވޭނެ ...
raajje
18 August 2025
ފެންވަރުދަށްކޮށްގެން ފުރުސަތުދިނަކަސް ނުކިޔަވާބަޔަކު ހަމަނުކިޔަވާނެ، ކިޔަވާކުދިން ހަމަކިޔަވާނީ، ޝަރުތުތައް ޑައުންގުރޭޑުކޮށްގެން ފުރުސަތުދިނުމުން ލިބޭފައިދާއަކީކޮބާ؟؟ ތީބޮޑެތިސިންގާމީހުން ބޭބީސިޓުކުރުން، ކިޔަވަންބޭނުންވާކުދިން މަސައްކަތްކޮށްގެން 11، 12 އަށްވަނުމުގެޝަރުތުފުރިހަމަވާވަރަށް ފާސްވާނެ، އިތުރަށްކިޔަވަދީގެން ފާސްވާރޭޓުމަތިކުރިނަމަ އޯކޭ، ނަމަވެސް މިހެދިގޮތަކީ ޝަރުތުތައް ޑައުންގުރޭޑުކުރީ، މުޅިސިސްޓަމުގެ ފެންވަރުދަށްކޮށްލީ