ވިޔަފާރި

ބަރެސްދޫގެ މަގު ހަދަން ހަތަރު މިލިއަނެއްހާ ރުފިޔާ އަށް ހަވާލުކޮށްފި، އަންނަ އަހަރު ރަށް ނިންމަނީ

ބަރެސްދޫ: މި ރަށުގެ މަސައްކަތް 2018 ގެ ކުރިން ނިންމަން ވަނީ އަމާޒު ހިފާފައި.

16 ނޮވެމްބަރ 2016 - 22:14

5 comments

ސަރުކާރުގެ ގެސްޓްހައުސް މަޝްރޫއު ހިންގަން ހަމަޖައްސާފައިވާ ލ. ބަރެސްދޫގެ މަގުތައް ހެދުމުގެ މަސައްކަތް 3.9 މިލިއަން ރުފިޔާ އަށް މިއަދު ބަޔަކާ ހަވާލުކޮށް، އަންނަ އަހަރުގެ ނިޔަލަށް އެ ރަށް ނިންމަން އަމާޒު ހިފައިފި އެވެ.

ނުވަ ދިހަ ދުވަހުގެ ތެރޭގައި ބަރެސްދޫގެ މަގުތައް ހަދަން ހަވާލުކޮށްފައި ވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ހެވީ ފޯސްއާ އެވެ. އެ ކަމުގެ އެއްބަސްވުމުގައި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދާއި ހެވީ ފޯސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒަމީރު ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވައިފަ އެވެ.

ސަރުކާރުގެ ގެސްޓްހައުސް މަޝްރޫއު ނުވަތަ އިންޓަގްރޭޓެޑް ރިސޯޓު މަޝްރޫއު 2014 ގައި އިއުލާން ކުރިއިރު އެންމެ ފުރަތަމަ ނިންމާފައި ވަނީ ލ. ތުނބުރި ތަރައްގީކުރުމަށެވެ. އެކަމަކު، އެ ރަށާއި އެ ތަނުގެ ކައިރީގައި އޮންނަ ހުޅިޔަންދޫ މި މަޝްރޫއުގެ ދެވަނަ ފިޔަވައްސަށް ބަދަލުކޮށް، ފުރަތަމަ ފިޔަވަހީގައި ތުނބުރި ތަރައްގީކުރަން ނިންމައި އެ ރަށް މިދިޔަ އަހަރު ވަނީ އެމްއެމްޕީއާރުސީއާ ހަވާލުކޮށްފަ އެވެ.

އެމްއެމްޕީއާރުސީން ވަނީ މިދިޔަ އަހަރުގެ މޭ މަހު ހެވީ ފޯސްއާ ތުނބުރީގެ ދެ މަސައްކަތެއް ހަވާލުކޮށްފަ އެވެ. ގާތްގަނޑަކަށް 19 މިލިއަން ރުފިޔާ އަށް އެ ކުންފުންޏާ ހަވާލުކުރީ އެ ރަށުގައި ބަނދަރެއް ހެދުމާއި ދަތުރުފަތުރުގެ ނިޒާމަކުން ތުނބުރި އާއި ލ. އަތޮޅުގެ އެހެން ރަށްރަށާ ގުޅުވާލުމުގެ މަސައްކަތެވެ.

އެމްއެމްޕީއާރުސީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހާރިސް ވިދާޅުވީ މިދިޔަ އަހަރު އިއުލާންކުރި ބަރެސްދޫ ތަރައްގީކުރުމުގެ މަޝްރޫއު ލަސްވީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަން މައްސަލަތަކާ ގުޅިގެން ކަމަށެވެ. އެކަމަކު، އެ ރަށުގެ މަގުތައް ހަދަން މިއަދު ބަޔަކާ ހަވާލުކުރެވުމާ އެކު، ބަރެސްދޫ ތަރައްގީކުރުމުގެ މަސައްކަތް އަމަލީ ގޮތުން ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ 2018 ގެ ކުރިން ބަރެސްދޫގެ މަސައްކަތް ނިންމާލުމަށް،" ހާރިސް ވިދާޅުވި އެވެ.

އެކަމަކު، ބަރެސްދޫގެ މަޝްރޫއު އަލަށް އުފައްދާފައިވާ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ ބެލުމުގެ ދަށަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، މިހާރު އެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި ހަފުތާގެ ތެރޭގައި ގާނޫނީ ހުރިހާ ކަމެއް ނިންމުމަށް ފަހު އެ އެމްއައިޓީޑީސީއާ ހަވާލުކުރާނެ ކަމަށް ހާރިސް ވިދާޅުވި އެވެ.

ބިންތައް ވަކިވަކިން ވިއްކާ ގޮތަށް ތަރައްގީކުރާ ބަރެސްދޫން 16 ބިމެއް ވިކިފައިވާ ކަމަށް އެމްއެމްޕީއާރުސީން މިދިޔަ އަހަރު ބުނެފައިވެ އެވެ. އަދި މޫދު ކޮޓަރި ހެދުމަށް ވެސް ތިން ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި މަސައްކަތް އެއްކޮށް ނިމޭއިރު އެ ރަށުގައި ޖުމްލަ 20،000 އެނދު ހުންނާނެ ކަމަށް އެ ކުންފުނިން ވަނީ ކުރިން ބުނެފަ އެވެ.

ސަރުކާރުން ގެސްޓް ހައުސް ވިޔަފާރި އަށް ވަންނަން މަސައްކަތް ކުރާއިރު، ރާއްޖޭގައި ގެސްޓްހައުސްގެ ވިޔަފާރި އަންނަނީ ވަރަށް ބޮޑަށް ފުޅާވަމުންނެވެ. އެ ގޮތުން، ރާއްޖޭގައި 390 އަށް ވުރެ ގިނަ ގެސްޓްހައުސް މިހާރު ވެސް ހުރިއިރު، ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރަން ރާއްޖެ އަންނަ މީހުންގެ އަދަދު ވަރަށް ބާރަށް އިތުރުވަމުން އަންނަކަން ތަފާސްހިސާބުތަކުން ވެސް ދައްކަ އެވެ.

5 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 36%
icon sad icon sad 0%
icon angry icon angry 64%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސިފާއު

17 November 2016

ފުރަތަމަ ފިޔަވަހީގައި ތަރައްގީކުރަން ނިންމައި މިދިޔަ އަހަރު އެމްއެމްޕީއާރުސީއާ ހަވާލުކޮށްފައިވަނީ ބަރެސްދޫ އެވެ. އެމްއެމްޕީއާރުސީން މިދިޔަ އަހަރުގެ މޭ މަހު ގާތްގަނޑަކަށް 19 މިލިއަން ރުފިޔާ އަށް ހެވީ ފޯސްއާ ހަވާލުކުރީ ބަރެސްދޫގައި ބަނދަރެއް ހެދުމާއި ދަތުރުފަތުރުގެ ނިޒާމަކުން ބަރެސްދޫ އާއި ލ. އަތޮޅުގެ އެހެން ރަށްރަށާ ގުޅުވާލުމުގެ މަސައްކަތެވެ. ސަރުކާރުގެ ގެސްޓްހައުސް މަޝްރޫއު ނުވަތަ އިންޓަގްރޭޓެޑް ރިސޯޓު މަޝްރޫއު 2014 ގައި ގެސްޓްހައުސް ހެދުމަށް އިޢުލާންކުރި ލ. ތުނބުރި އާއި އެރަށް ކައިރީގައި އޮންނަ ހުޅިޔަންދޫ މި މަޝްރޫއުގެ ދެވަނަ ފިޔަވައްސަށްކަށް ސަރުކާރުންވަނީ ބަދަލުކޮށްފައެވެ. ތުނބުރީގައި އަދި މިހާތަނަށް އެއްވެސް މަސައްކަތެއް ނުކުރެއެވެ.

The name is already taken The name is available. Register?

ވިޗްވޭ

16 November 2016

ބަރެސްދޫ މާ ބޮޑަށް މާލެ އާއި ދުރީއެވެ. މާލެ އާއި އެހާ ދުރުގައި އޮންނަ ރަށެއްގައި އިންޓަރގްރޭޓެޑް ރިސޯރޓް ތައް ތަރައްގީ ކޮށްގެން ކުރިއެރުން ލިބޭނެ ކަމަށް އީއައިއާރު އާރު އަދި އެފްއައިއާރުއާރު ގެ ޕަރސެންޓޭޖް ތިން އިން ސައްތަ އަށް ވުރެން މަތި ނުވާނެއެވެ. މިހެން ވެއްޖެ ނަމަ ތިޔަ ޕްރޮޖެކްޓް ފީސްބުލް ނުވާނެއެވެ. ތިޔާ މާ ބޮޑަށް ރަނގަޅު ވީސް ނޫންތޯ މާފުށީ ފަޅު ހިއްކައިގެން އެތަނުން ބިން ތައް ވިއްކައިގެން ތިކަން ކުރަން އެމްއެމްޕީއާރުސީން އުޅުނިއްޔާ. ބަރެސްދޫ ގެސްޓް ހައުސް އައިލެންޑް ގެ ގޮތުގައި ތަރައްގީ ވެ ވިޔަފާރީގެ ތެރެއަށް އެންގޭޖް ވުން ލޯންގް ވޭ ޓު ގޯ. ސަބަބަކީ އެމްއެމްޕީއާރު ސީ އަދި ތިޔާ ވިދާޅުވާ އެމްއައިޓީޑީސީ ގައި ވެސް ނެތޭ ރިސޯރޓެއް ހަދަން ދުވަހަކު އުޅުނު މީހަކު ވެސް. ރިސޯރޓް ތައް ހެދުން އެއީ މެޖިކް އެވެ. އެ ކަން ނުވާނެ ކޮންމެ ކޮންމެ ބަޔަކަށް. އެކަން ނޭނގި ކުރާ ގިނަ މީހުން ވަނީ އިނދަޖެހި ރިސޯރޓް ވެސް ނެހެދި އަތުގައި ހުރި ފައިސާ ވެސް ހުސްވެ ބޭންކަށް ދަރާ މީހާ ހަފުސްވެ ފައެވެ. މިގޮތް އެމްއައިޓީޑީސީ އަށް ނުވެއްޖެއްޔާ ރަނގަޅު. ހެރެތެރެ ނުހިނގައިގެން އުޅޭ އެންމެ ބޮޑު މައްސަލަ. ރިސޯރޓް ހަދަން ނޭގި ހުއި ވިނަ ގަނޑު ތަކެއްގެ ތެރޭގައި ރިސޯރޓް ހަދައިގެން އުޅުން. އަދި ވެސް އެކަމަށް ހައްލެއް ގެންނަން މިހާރު ހެރެތެރެ ގަނެގެން އުޅޭ މީހުންނަށް ވެސް އެއުޅެނީ ނޭގިގެންނެވެ.

The name is already taken The name is available. Register?

ސުލައިމާން

17 November 2016

ވިޗްވޭ އަށް ދަންނަވާލާނީ ތިބޭފުޅާއަށް މާ ބޮޑަށް އިނގެނީއޭ ކަންތައްތައް..! ހަގީގަތުގައި ލާމު ކައްދޫ އެއަރޕޯޓްއާއި މިހާ ކައިރި ތަނެއްގައި ގެސްޓް ހައުސް އުސޫލުން ތަރައްގީކުރުމަކީ ވަރަށް ރަނގަޅުކަމެއް.. ކައްދޫ އެއަރޕޯޓް އިންޓަރނޭޝަނަލް ކޮށްލުމަށްފަހު އިންޓަރނޭޝަނަލް ފްލައިޓްތައް ޖައްސަން ފެށުމުން ހަމަ ހަބޭސްވާނެ.. ކައްދޫ އެއަރޕޯޓުން ބަރެސްދޫ އަށް ދެވޭ ވަގުތު އަވަސްވާނެ މިހާރުވެސް، މާލޭ އެއަރޕޯޓްއިން މާފުށްޓަށްދާން ހޭދަވާ ވަގުތަށްވުރެ..!

The name is already taken The name is available. Register?

ބެއްޔާ

17 November 2016

ރިވެރީސް ލ.ގަމުގައި ކާމިޔާބު ކަމާއެކީ އެހިންގަނީ މާލެ އާ ކައިރިކަމުންބާ

The name is already taken The name is available. Register?

އުދުހޭ

16 November 2016

އެއްކަލަ އެމްއެމްޕީއާރްސީ ދޯ؟!؟!؟!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454